ޢަރަފާތު ދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 793
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އައްޝައިޚް ޙަސަން ފިކުރީ
 
الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد

ޢަރަފާތް ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ. އެދުވަހަކީ ދުޢާ އިޖާބަކުރައްވާ ދުވަހެކެވެ. އަދި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަހެވެ. އެހެން ދުވަސްތަކުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަސް ވަނީ މާތްކުރައްވާފައެވެ. އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަހެވެ.

ޙައްޖު މަހުގެ ދިހަ ދުވަސް

ކިޔާފައިވާ ޢަދަދު: 1209
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
 
ޙުރްމަތްތެރި މަހެއް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ ” وَٱلْفَجْرِ وَلَيَالٍ عَشْرٍ  – ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.” އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  އެކަލާނގެ ޙަޟްރަތަށް  އަލުން އައުމަށެވެ.

ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް

ކިޔާފައިވާ ޢަދަދު: 664
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް – الشيخ عبد الرزاق بن عبد المحسن حفظه الله

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން 
الشيخ عبد الرزاق بن عبد المحسن حفظه الله ވިދާޅުވެފައިވެއެވެ.
“އަހަރެމެން މިހޭދަކުރާ ދުވަސްތަކަކީ الله ޙުރަމަތްކުރައްވާފައިވާ މަހެއްގެ ދުވަސްތަކެވެ. އެކަލާނގެ ޙުރުމަތް ކުރައްވާފައިވާ މަސްތަކަކީ ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މިހުރިހާ މަސްތަކެއްގައިވެސް ބަޔާންވެގެންވާ ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިމަސްތަކަށް ޙުރުމަތްވެގެންވާ މަސްތަކޭ ބުނެވެނީ މިމަސްތަކުގައި އެހެން މަސްތަކަށްވުރެ ބޮޑަށް ޙުރުމަތްތެރިކަން ލެވިގެންވާތީއެވެ. الله ވަޙީ ކުރައްވާފައިވެއެވެ. {إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ} “التوبة: 36” “ހަމަކަށަވަރުން އުޑުތަކާ ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރު ތަކުގެ ޢަދަދަކީ اللهގެ ހަޒުރަތުގައި ބާރަ މަހެވެ.”

ހުކުރުދުވަހާއި ހުކުރު ނަމާދު

ކިޔާފައިވާ ޢަދަދު: 698
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލް އަޚް އަބުދުލް ޙަންނާނު މުޙައްމަދު.
ހުކުރު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަސްކަމީ އެކަމާމެދަކު އެއްވެސް ސައްކެއް އޮތްކަމެއްނޫނެވެ. ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.  

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހުޅަނގުން ތަޢާރުފުކުރި ޙައްޤެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 1864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާތް ﷲ ޚަލްޤުކުރެއްވި ކޮންމެ މަޚުލޫޤަކަށް ވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ޙައްޤަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. މިނިވަންކަމާއެކު އުދުހި އުޅޭ ދޫންޏެއް ހިފައި ކޮއްޓަކަށް ލުމުން އެ ސޮރު މިނިވަންކަން ބޭނުންވެގެން އުޅޭ މިންވަރު ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އެހެންކަމުން މާތް ﷲ އެންމެ މާތްކުރެއްވި އިންސާނާ މި ޙައްޤަށް ބޭނުންވާ މިންވަރު މާ ބޮޑަށް އިތުރުވާނެކަން ކަށަވަރެވެ.

ޢީދު ދުވަހުގެ ބައެއް އަދަބުތައް

ކިޔާފައިވާ ޢަދަދު: 742
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ޙަސަން މޫސާ ފިކުރީ 
ރަމަޟާންމަހުގެ އަޅުކަން ފުރިހަމަ ކުރުމާއި ގުޅިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި ފިޠުރު ޢީދުވަނީ އަޅުގަނޑުމެންނަށްޓަކައި ކަނޑައަޅުއްވައި ދެއްވާފައެވެ. ނަމަވެސް މިފަދަ ޢީދުތަކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީގޮތް ގިނަބަޔަކަށް މިއަދުވަނީ އޮޅިފައެވެ. ވީމާ ޞަލަފުއް ޞާލިޙުން ޢީދު ފާހަގަ ކޮށް އުޅުނު ގޮތުގެ މައްޗަށް ބަލައިލުން މުހިންމެވެ.

ރޯދައަކީ ހަމައެކަނި ނުކައިނުބޮއި ހުރުމަށް ކިޔާ ނަމެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 1347
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރޯދައަކީ ވަރަށް ޚާއްޞަ އަޅުކަމެކެވެ. އެހެން ހުރިހާ އަޅުކަމަކާ ޚިލާފު އަޅުކަމެކެވެ. އެހެނީ ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމަކީވެސް ކަންތައްތަކެއް ކޮށްގެން އަދާކުރާ އަޅުކަމެކެވެ. އެހެން ނަމަވެސް ރޯދައަކީ ކަންތައްތަކެއް ނުކޮށް ހުރެގެން އަދާކުރާންޖެހޭ އަޅުކަމެކެވެ. އަދި އެ އަޅުކަމަކީ އެ އަޅުކަން އަދާކުރުމުން އެ މީހެއްގެ ހުރިހާ ފާފައެއް ފޮހެވިގެންދާ އަޅުކަމެއްވެސް މެއެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި… (6)

ކިޔާފައިވާ ޢަދަދު: 788
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
 
16. އިންސާނީ އަދި އިޖްތިމާޢީ ރީތި އުޞޫލުތައް ޤަބޫލުކުރުމަށް ގޮވާލުން
މިޒަމާނުގައި ބައެއް މުސްލިމުން ވަނީ އިންސާނީ އަދި އިޖްތިމާޢީ ރީތި ވަރަށްގިނަ ހަމަތަކާއި އުސޫލުތައް ދޫކޮށްލާފައެވެ. ބައެއް މުސްލިމުންގެ ނަޒަރުގައި އެފަދަ ބައެއް ކަންކަމަކީ ހުޅަނގުގެ ދިރިއުޅުމާ ގުޅިފައިވާ އެމީހުންގެ އުސޫލުތަކެކެވެ. ނަމަވެސް ޙަޤީޤަތުގައި އެފަދަ ބައެއް ކަންކަމަކީ އިސްލާމްދީނުގެ މައިކަށީގައި އެކުލެވިފައިވާ ހަމަތަކާއި އުޞޫލުތަކެއް ކަމުގައި ވެއެވެ. ޝަރީޢަތް ކުރުމުގައްޔާއި، ސިޔާސީ ކަންކަމާއި އިޤްތިޞާދީ ކަންކަމުގައި ޢަދުލުވެރިވުމަކީ މިފަދަ މިސާލެވެ. ހަމަ އެމޭރުމުން ސިޔާސީ ކަންކަމާއި އިޖްތިމާޢީ ކަންކަމުގައި މަޝްވަރާކުރުމާއި، މިނިވަންކަމާއި ކަރާމާތްތެރިކަމާއި، އިންސާނީ ޙައްޤުތަތަކީ ވެސް ރީތި އިސްލާމީ ހަމަތަކެކެވެ. ވަކިން ޚާއްޞަކޮށް މުޖްތަމަޢުގައި ނިކަމެތިވެފައިވާ މީހުންގެ ޙައްޤުތަކުގައެވެ.
 

ކީރިތި ޤުރުއާނުގެ ބައެއް ޚާއްޞިއްޔަތުތަކުގެ ތެރެއިން

ކިޔާފައިވާ ޢަދަދު: 767
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫ ޠާސީން
ކީތިރި ޤުރުއާނަކީ ހުރިހާ ކަމެއްގެ ޙައްލު އެ ފޮތުގައި ގެނެސްދެއްވައިފައިވާ ޝާމިލު ފޮތެކެވެ. ޤުރުއާނުގެ މަތިވެރިކަމާއި މާތްކަމާއި އެ ކީރިތި ފޮތުގައިވާ އިންސާނާގެ ބުއްދި ވެސް ނުފޯރާ ޢަޖައިބުތަކުގެ ތެރެއިން މަދު މިންވަރެއް ނޫނީ އަޅުގަނޑުމެންނަށް އިޙުސާސްވެސް ނުކުރެވެއެވެ. ކީތިރި ޤުރުއާނަކީ މުޢުޖިޒާއެކޭ ބުނުމުން ވެސް އަޅުގަނޑުމެންނަށް ދޭހަވަނީ ވަރަށް އާދައިގެ މާނައެކެވެ. ޤުރުއާނަކީ ހުސްވުމެއް ނެތް ޢިލްމީ ޚަޒާނާއެކެވެ. 

ރޯދައަކީ އައްޑަނައެއް

ކިޔާފައިވާ ޢަދަދު: 778
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ މަޒުމޫނު (2)

ރޯދައަކީ އައްޑަނައެއް

މުޙައްމަދު ޢަބްދުﷲ 
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިއަހުން ބުޚާރީ ރިވާކުރައްވާފައިވާ ހަދީސެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ހަދީސުކުރެއްވިއެވެ. “ރޯދައަކީ އައްޑަނައެކެވެ.” އައްޑަނައަކީ ޢާއްމުގޮތެގައި ހަގުރާމައިގާ ބޭނުންކުރެވޭ އެއްޗެކެވެ. ދުޝްމަނުންގެ ނުރައްކާތެރި ހަމަލާތަކުން ތިމާގެ ހަށިގަޑު ރައްކާތެރި ކުރުމަށެވެ.