ތިބާ ރޯދައަށް ތައްޔާރުތޯ؟

ކިޔާފައިވާ ޢަދަދު: 792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ރޯދަ މަޒުމޫނު – 1

ތިބާ ރޯދައަށް ތައްޔާރުތޯ؟

މުޙައްމަދު ޢަބްދުﷲ
އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ އަޅުކަމާ ތަޤްވާގެ މޫސުން މިވަނީ ފެށިފައެވެ. މިއީ އާޚިރަތުގެ އަގުބޮޑު މުދާ ހެޔޮ އަގުގައި “ސޭލް އެޅުވޭ” ފައިދާ ބޮޑު ބާޒާރުގެ މޫސުމެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދާ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
 

رمضان : ރޫޙާނިއްޔަތުގެ މަސް

ކިޔާފައިވާ ޢަދަދު: 840
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(الشيخ إبراهيم الدويش ދެއްވާފައިވާ ދަރުސަކުން ބައެއް)

ތަރުޖަމާ: އިބްރާހީމް މާހިރު
މައްސަރުތަކުގެ އެންމެ މާތް މައްސަރުކަމުގައިވާ ރަމަޟާން މަސް އަޅުގަނޑުމެން ގާތަށް އަތުވެއްޖެއެވެ. އެމާތް މައްސަރަށް މަރްޙަބާއެވެ! ރަޖަބު މަސް އައުމާއެކު ކީރިތި މާތް ނަބިއްޔު صلى الله عليه وسلم ދުޢާކުރައްވާ ކަމުގައިވެއެވެ “اللهم بارك لنا في رجب وشعبان وبلغنا رمضان” އޭ ﷲ އެވެ! ރަޖަބު މަހާއި ޝަޢުބާން މަހުގައި އަޅަމެންނަށް ބަރަކާތް ލައްވާނދޭވެ! އަދި އަޅަމެންނަށް ރަމަޟާން މަސް ފޯރުކުރައްވާނދޭވެ!”
 

މެދުމިން (5)

ކިޔާފައިވާ ޢަދަދު: 1007
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
 
13. އިސްލާމީ ބިންތައް މިނިވަންކުރުން
ޣައިރު މުސްލިމުންގެ ހިފާފައިވާ އިސްލާމީ ބިންތައް މިނިވަން ކުރުމުގެ ފަރްޟުވެރިކަމާމެދު އުއްމަތް ހޭލުންތެރި ކުރަންޖެހެއެވެ. ހިފާފައިވާ ބިންތަކުގައި އުޅޭ ޣައިރު މުސްލިމުންނާ ދެކޮޅަށް ތެދުވުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ފަރްޟެކެވެ. އެމީހުން މުސްލިމުންގެ ބިންތަކުން ފައްސާލެވުމަށް ދާންދެނެވެ.
 

ހޮނިހިރު ދުވަހު ރޯދަ ހިފުން

ކިޔާފައިވާ ޢަދަދު: 898
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިދާރާ

ތިރީގައި މިވަނީ “ޢަރަފާތު ދުވަހުގެ ރޯދަ ހޮނިހިރު ދުވަހާ ދިމާޥެއްޖެ ނަމަ….” މި މައުޟޫޢަށް އައްޝައިޚު އާދަމް ޝަމީމް ބިން އިބްރާހީމް، އޭނާގެ ބްލޮގް ގައި 4 ނޮވެމްބަރ 2011 ގައި ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. މުހިއްމު ޙުކުމެއް ބަޔާންކޮށްދެއްވައިފައިވާ ލިޔުމަކަށް ވާތީ މި ސައިޓްގެ އަހުލުވެރީންނަށް މި ލިޔުން ހަދިޔާކޮށްލާހިތްވީ އެވެ. ޝާއިޢުކޮށްފައި މިވަނީ އެއްވެސް އުނި އިތުރެއް ގެނައުމަކާ ނުލައެވެ.

ޤުރުއާނުގެ ހިޔަލުގައި (8)

ކިޔާފައިވާ ޢަދަދު: 2375
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަކީ ލިޔަން ކިޔަން ދެނެވަޑައި ނުގަންނަވާ އުއްމިއްޔަ ނަބީއެކެވެ. އެހެން ކަމުން ކީރިތި ރަސޫލާގެ ބަސްފުޅުތަކުގައި ކަނޑައެޅިގެން އެއް އުސްލޫބާއި އަނެއް އުސްލޫބު ތަފާތުކުރެވޭ ތިން ވައްތަރެއްގެ ބަސްމޮށުންތެރިކަން ހުރެދާނެހެއްޔެވެ؟ މިދެންނެވީ ޤުރުއާނުގެ އުސްލޫބު (ބަސްމަގު) ހުންނަގޮތާއި، ޤުދުސީ ޙަދީސްގެ އުސްލޫބު (ބަސްމަގު) ހުންނަގޮތާއި، ކީރިތި ނަބިއްޔާގެ ނަބަވީ ޙަދީސްފުޅުތަކުގެ އުސްލޫބު (ބަސްމަގު) ހުންނަގޮތުގެ ވާހަކައެވެ. 
 

ޤުރުއާނުގެ ހިޔަލުގައި (7)

ކިޔާފައިވާ ޢަދަދު: 2402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާނުގެ އެހެން މުޢުޖިޒާއަކަށް ބަލައިލަމާތޯއެވެ؟ އެއީ ﷲ ގެ ރަސޫލެއްގެ ގޮތުގައި މުޙައްމަދު ބިން ޢަބްދުﷲ އިޚްތިޔާރު ކުރެއްވުމާއި އެ ރިސާލަތަށް އެކަލޭގެފާނު ތައްޔާރުކުރެއްވުމެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް އަހަރެމެން ބަލައިފިނަމަ ފެންނާނީ އެކަލާނގެ އިޚްތިޔާރު ކުރައްވާފައިވަނީ ލިޔަން ކިޔަން އެނގިވަޑައި ނުގަންނަވާ އުއްމިއްޔަ ނަބީއެއްކަމެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ދައްކައިދޭ ހުރިހާ ސިފަތަކެއް އެކަލޭގެފާނުގެ ފަރާތްޕުޅުންވަނީ ފާޅުވެފައެވެ. އެހެނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަކީ އެޒަމާނުގެ މަޝްހޫރުކަން ލިބިފައިވާ ޤައިސް ބިން ސާޢިދާ ނުވަތަ އަކްޘަމް ބިން ޞައިފީފަދަ، ޅެމެއް ނުވަތަ ނަޘްރެއް އަދި މިއިން އެއްވެސް ފަންނެއްގައި ކުރިއަރާފައިވާ ބޭފުޅެއްނޫނެވެ. ބަލާޣާތްތެރިކަމުން ކީރިތި ރަސޫލާއަށް ލިބިވަޑައިގެންފައިވަނީ އާދައިގެމިންވަރެކެވެ.
 

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (2)

ކިޔާފައިވާ ޢަދަދު: 1774
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ.ޔޫސުފް އަލްޤަރަޟާވީ
ތަރުޖަމާ: އިބްރާހީމް މާހިރު
(29 ޖެނުއަރީ 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
04. ތަކްލީފުތައް ޝަރްޢީ ހަމަތަކުން ތަރުތީބު ކުރުން
އިސްލާމްދީނުގައި ކުރުމަށް ކަނޑައަޅުއްވާފައިވާ އަޅުކަންތަކާއި އެނޫންވެސް ތަކްލީފުތައް ފަހްމުކުރަންޖެހޭނީ ދީނުގައި އެކަންކަން ކަނޑައަޅުއްވާފައިވާ ތަރުތީބުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައެވެ. އެއިން ކޮންމެ ކަމަކަށްވެސް ނައްޞުތަކުގެ އަލީގައި ދީނުގައި ކަނޑައަޅުއްވާފައިވާ މަޤާމު ދޭންވާނެއެވެ. އިސްލާމްދީނުގައި ކުރުމަށް އަމުރުކުރައްވާފައިވާ ހުރިހާ ކަމަކީ އެއް ދަރަޖައެއްގައި ކަނޑައަޅުއްވާފައިވާ ކަންކަމެއް ނޫނެވެ. އައްތައުބާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވެއެވެ. “أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آَمَنَ بِاللَّهِ وَالْيَوْمِ الْآَخِرِ وَجَاهَدَ فِي سَبِيلِ اللَّهِ لَا يَسْتَوُونَ عِنْدَ اللَّهِ” މާނައަކީ: “ޙައްޖުވެރިންނަށް ބޯފެންދީ، ޙުރުމަތްތެރިވެގެންވާ މިސްކިތް ފަޅުފިލުވައި ބަލަހައްޓައި އުޅޭމީހަކާއި، ﷲ އާއި އާޚިރަތްދުވަހަށް އީމާންވެ، ﷲގެ މަގުގައި ޖިހާދުކޮށް އުޅޭ މީހަކާ ދެމީހުން އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި އެދެބައިމީހުން ހަމަހަމައެއް ނުވާނެތެވެ” ދީނުގައި ހުރިހާކަމެއް ހުރީ އެއް ދަރަޖައެއްގައި ނޫންކަން މިއާޔަތުން ވެސް އެނގެއެވެ. އިސްކުރަންޖެހޭ ކަންކަމާއި، ފަސްކުރަންޖެހޭ ކަންކަން ދީނުގައި ހުރެއެވެ. ބޮޑެތި ކަންކަމާއި ކުދިކަންކަން ދީނުގައި ހުރެއެވެ.

ޤުރުއާނުގެ ހިޔަލުގައި (5)

ކިޔާފައިވާ ޢަދަދު: 2475
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
އަހަރެމެން ޤުރުއާން ދެނެގަންނަން ބޭނުންނަމަ އިންސާނުން މިންއަޅައި މިނެކިރާ މިންތަކުން ބޭރަށް ނުކުންނަން ޖެހެއެވެ. އަހަރެމެން ދިގުމިން ބަލާ ފަތިގަނޑާއި ބަރުދަންބަލާ ރާތަލުން ކިރައިގެން އެކަން ކުރެވޭނެގޮތެއް ނޯންނާނެއެވެ. ޤުރުއާން އުނގެނުމަށްޓަކައި ފަށަންވާނީ ޤުރުއާނުގެ ފެށުމުންނެވެ. އެއީ بسم الله الرحمن الرحيم ، ސޫރަތުލް ފާތިޙާ އިން ފަށައިގެން ޤުރުއާނުގެ އެންމެފަހު ސޫރަތް ކަމުގައިވާ ނާސި ސޫރަތުގެ ނިޔަލަށެވެ. އަދި ޤުރުއާން ކިޔަވަން ފަށަންވާނީ ޝައިޠާނާގެ ވަސްވާސްތަކުން ދުރުވެ ރައްކާތެރިވުމަށް ﷲ ގެ ޙަޟްރަތުން ވާގިއެދި ތިބެގެންނެވެ. އަހަރެމެން ޤުރުއާން ކިޔަވަން ފަށާއިރު أعوذ ކިޔަނީ މި ސަބަބަށްޓަކައެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (1)

ކިޔާފައިވާ ޢަދަދު: 2155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ.ޔޫސުފް އަލްޤަރަޟާވީ 
 ތަރުޖަމާ: އިބްރާހީމް މާހިރު
 
01. އިސްލާމްދީން އޭގެ ޝާމިލު މާނާގައި ދެނެގަތުން
އިސްލާމްދީން ފަހްމުކުރަންޖެހޭނީ ހުރިހާ ދާއިރާއެއް އެކުލެވޭ ޝާމިލު މާނާގައެވެ. ﷲ އެކަލާނގެ ރަސޫލާއަށް އެދީން ބާވައިލެއްވި ގޮތަށެވެ. އިސްލާމްދީނުގައި ޢަޤީދާއާއި ޝަރީޢަތް ހިމެނެއެވެ. ޢިލްމާއި ޢަމަލު ހިމެނެއެވެ. ޢިބާދާތާއި މުޢާމަލާތު ހިމެނެއެވެ. ޘަޤާފަތާއި އަޚްލާޤު ހިމެނެއެވެ. ޙައްޤާއި ބާރު ހިމެނެއެވެ. ދަޢުވަތާއި ދައުލަތް ހިމެނެއެވެ. ދީނީ ކަންކަމޭ ކިޔާ ކަންކަމާއި ދުނިޔަވީ ކަންކަންމޭ ކިޔާ ކަންކަން ހިމެނެއެވެ. ޙަޟާރަތާއި އުއްމަތް ހިމެނެއެވެ.
 

ވިޔަފާރިވެރިން ޒަކާތް ދައްކާނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 1871
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހިމް މާހިރު
ނަމާދާއި ރޯދަ ފަދައިން، މުދަލުގެ ޒަކާތަކީ އިސްމާލްދީނުގެ އެއް ރުކުނެވެ. ތިމާގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް މުދަލުގެ ޙަޤީޤި މިލްކުވެރި ފަރާތަކީ ކީރިތި ﷲ އެވެ. އެކަލާނގެ ވަނީ މުދަލުގައި ފަޤީރުންނަށް ޙައްޤެއް ކަނޑައަޅުއްވާފައެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަރު އައްޞިއްދީޤު ވަނީ ފަޤީރުންނަށް އެ ޙައްޤު ހޯއްދަވައި ދެއްވުމަށް ހަނގުރާމަ ކުރައްވާފައެވެ. މުޅި އިންސާނީ ތާރީޚުގައި ވެސް ފަޤީރުންގެ ޙައްޤު ހޯދުމަށް ދައުލަތަކުން ހަނގުރާމަ ކުރި ބަޔަކީ މުސްލިމުންނެވެ. މިލިޔުމުގައި ހަމައެކަނި މިވަނީ ވިޔަފާރިވެރިން ޒަކާތް ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތެވެ.