ޤުރުއާނުގެ ހިޔަލުގައި (4)

ކިޔާފައިވާ ޢަދަދު: 3130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު، ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ކައުނީ ޙަޤީޤަތްތަކުގެ ވާހަކައަށް ކީރިތި ނަބިއްޔާ އިޝާރާތް ކުރެއްވިނަމަ، އޭރު މީސްތަކުންގެ ސިކުނޑިތައް ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު، ދީނުގެ އަސާސީ ކަންކަން ދޫކޮށްލައި، ކައުނުގެ ސިއްރުތަކާމެދު ބޭނުމެއްނެތް ޖަދަލަކާ ކުރިމަތިލައިފާނެއެވެ. އެއީ އޭރު މީސްތަކުން ތިބީ އެފަދަކަމެއް އެމީހުންގެ ސިކުނޑިތަކުން ވިސްނައި ފަހުމް ކުރެވޭވަރުގެ ޢިލްމީ ކުރިއެރުމެއްގައެއް ނޫނެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުގައިވަނީ ކައުނުގައިވާ ބައެއް ޙަޤީޤަތްތައް ޢިލްމީ ކުރިއެރުމާއެކު ހާމަވެގެން ދިއުމަށެވެ.
 

ފަރަންސޭސިވިލާތުގައި ނިރުބަވެރިކަމާ ދެކޮޅުވުމުގެ ކަމާކެމީގެ އިސް ސަފުގައި ނަތަންޔާހޫ!!!

ކިޔާފައިވާ ޢަދަދު: 2720
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކޮންމެ ފަދަ ސަބަބުތަކަކާ ލައިގެން ހިންގުނު ކަމުގައި ވިޔަސް ، ދެމީހަކު ދެބަސް ނުވާނެ ފަދައިން ނިރުބަވެރިކަމަށް ދީނެއް އަދި ޢަޤީދާއެއް ނެތެވެ. އެއީ ފިކްރީ އަދި ނަސްލީ ޙައްދުފަހަނަޅައި ދިޔުމުގެ އުނގުތެރޭގައި ބޮޑުވެފައިވާ ރަން ދަރިއެކެވެ. އެއީ ހަމައެކަނި މުސްލިމުންގެ ބޮލަށް ފޫޅުކެނޑެން އޮތް ކަމެއް ނޫނެވެ. މުސްލިމުންނަށް ވުރެ މާ ގިނައިން ނަޞާރާއިންނާއި، ޔަހޫދީންނާއި، ހިންދީން ނިރުބަވެރި ޢަމަލުތައް ވަނީ ހިންގައިފައެވެ. އަދި ދަނީ ހިންގަމުން ވެސް މެއެވެ. ބައިނަލްއަޤްވާމީ ހަމްދަރްދީއާ އެކު ފަރަންސޭސި ވިލާތުގައި ނިރުބަވެރިކަމާ ދެކޮޅަށް ބޮޑު ހިނގައިލުމެއް ބޭއްވުމުން މުސްލިމުން ވެސް އެކަމާ އުފާކުރިއެވެ. އެއީ ހުޅަނގު ޤަބޫލު ނުކުރިއަސް ހައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަމާ ހިރާސް އެމީހުންނަށް ވެސް ތަޞައްވުރު ކުރެވުނީތީއެވެ. ޙަޤީޤަތަށް ބަލައި އިރު، މިހާރު  ފެތުރިފައި މިވާ ހައްދުފަހަނަޅައިދިޔުމުގެ ޙަރަކާތްތަކަކީ ހުޅަނގުގެ ބޭނުންތަކަށްޓަކައި އުފައްދައި، ބޯހިޔާވަހިކަން ދީ ، ބަލައި ބޮޑުކުރި ޙަރަކާތްތަކެކެވެ. މިހާރު އެ ޢިފްރީތު އެ އޮތީ އެމީހުންގެ ބާރުގެ ދަށުން ނުކުމެފައެވެ. 
 

ޤުރުއާނުގެ ހިޔަލުގައި (2)

ކިޔާފައިވާ ޢަދަދު: 2506
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާން ބާވާލެއްވި އިރު އެއިން މުޢުޖިޒާތްތަކެއް ފާޅުވާން ހުއްޓެވެ. އެ މުޢުޖިޒާތްތައް ދަލީލުކޮށް ދެނީ އެއީ ﷲ ބާވާލެއްވި ތެދުވެރި ބަސްފުޅުކަމެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ތެދުވެރިކަމެވެ. ޤުރުއާނުގެ އެންމެ ފުރަތަމަ މުޢުޖިޒާއަކީ އެއީ ﷲ ގެ ބަސްފުޅު ކަމުގައި ވީކަމެވެ. އޭގައި އިންސާނާގެ ނަފްސު އެއަށް ލޯބިކޮށް އެއަށް ލެނބޭގޮތް ހުރުމެވެ.
 

ޤުރުއާނުގެ ހިޔަލުގައި (1)

ކިޔާފައިވާ ޢަދަދު: 2767
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާނަކީ އޭގެ ދެއްވުމަށް ހުއްޓުމެއް ނުވާ، ހޯދާ ބަޔަކަށް އޭގެ ޢިލްމު އުތުރިއަރާ، ﷲ ގެ ވަޙީބަސްފުޅެވެ. ޤުރުއާނުގެ މާނައާއި ޤުރުއާނުގެ ތަފްސީރު ޢިލްމުވެރިންނަށް ވީ މިންވަރަކުން އަބަދުވެސް ލިޔަމުން އާދެއެވެ. “ޤުރުއާނުގެ ހިޔަލުގައި” މި ސުރުޚީގެ ދަށުން އަޅުގަނޑު ލިޔަން މި ފަށަނީ ފަހުގެ ތާރީޚެއްގައި އިސްލާމީ ދުނިޔެއަށް އުފަންވި އަދި މިހާރު ﷲ ގެ ރަޙްމަތަށް ދަތުރު ކުރައްވާފައިވާ މިސްރުގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއް ޝައިޚު މުޙައްމަދު މުތަވައްލީ އައްޝަޢުރާވީ ލިޔުއްވާފައިވާ خواطر الشعراوي މި ދިގު މުޖައްލަދުތަކުގެ މައްޗަށް ބިނާކޮށްގެން ލިޔާ ލިޔުންތަކެކެވެ. ޝަޢުރާވީއަކީ މުޅި ޢަރަބި ދުނިޔޭގައި އަދި މުޅި އިސްލާމީ ދުނިޔޭގައި ވަރަށް މަޝްހޫރު، އަދި ވަރަށް ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ޤަދަރުވެރި ޢިލްމުވެރިއެކެވެ.
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (3)

ކިޔާފައިވާ ޢަދަދު: 2793
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
(14 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
 
7. ދައުލަތަކީ ކޮބާ؟
މިޒަމާނުގެ ޤާނޫނީ އިޞްތިލާޙުތައް ބުނާގޮތުގައި ދައުލަތަކީ، ވަކިނިޒާމެއް ޤަބޫލުކުރާ ފަރުދުންތަކެއްގެ މައްޗަށް އެކުލެވިގެންވާ، ޖިއޮގްރަފީގޮތުން ވަކި އިންތަކެއް  ކަނޑައެޅިފައިވާ، ވެރިކަމުގެ ބާރުލިބިފައިވާ، ޖަމާޢަތެއްގެ މައްޗަށް އެކުލެވޭ މަޢުނަވީ ޝަޚުޞިއްޔަތެކެވެ. މިހެންކަމަށްވާނަމަ ދައުލަތެއްގައިހުންނަ ބައިތަކުގައި:-
1. ފަރުދުންތަކެއް އެކުލެވޭ ޖަމާޢަތެއް
2. ވަކިޚާއްޞަ ނިޒާމަކަށް ތަބާވުން
3. ޖިއޮގްރަފީގޮތުން ވަކި އިންތަކެއް ކަނޑައެޅިފައިވުން
4. ވެރިކަމެއްގެ ބާރުއޮތުން
5. އެއަށް ޚާއްޞަ މަޢުނަވީ ޝަޙުޞިއްޔަތެއްވުން ހިމެނެއެވެ.
 

ހުކުރުދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 1687
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.

އިސްލާމް ދީނަކީ ހަމައެކަނި ދީނެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 3642
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިސްލާމްދީނަކީ ހަމައެކަނި ދީނެއްނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާކަމަކަށް ހައްލު ހޯދައިދީފައިވާ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީނާ ބީރައްޓެހި، އިސްލާމް ދީން ނުދަންނަ މީހުން ޤަބޫލުކުރާ ގޮތުގައި ދީނާއި ދައުލަތަކީ ދޭއްޗެކެވެ. ސިޔާސަތަކީ ރައްޔިތުންގެ ޙައްޤުތައް ހޯދަދިނުމަށް ގައުމުތަކުގެ ވެރީންގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެވެ. އެ ކަންކަން ފުރިހަކޮށްދިނުމުގައި ދީނެއް ބޭނުމެއް ނުވާނެއެވެ. މިއީ އަލްމާނީ ފިކުރުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތެވެ. އެހެންނަމަވެސް އިލްމާއި ފިކުރު ހެޔޮ ގޮތުގައި ބޭނުންކުރާ ޣައިރު މުސްލިމުންވެސް ޤަބޫލުކުރާ ގޮތުގައި އިސްލާމް ދީނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަޔާންވެގެން ވެއެވެ.

ހުކުރުދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 2021
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފުތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ” (رواه مسلم) މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.

މުއުމިނުންނަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 4150
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 29

މުއުމިނުންނަކީ ކޮބާ؟

ޢަބްދުﷲ ނަޢީމު އިބްރާހީމު

މީސްތަކުން މާއްދީ ތަކެއްޗަށް ނަޒަރު ހިންގައި ބަލައި އުޅެއެވެ. މުއުމިނުން އެއިން ކޮންމެ އެއްޗަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކޭނެއެވެ. މީސްތަކުން މާއްދީ ތަކެތީގައި އަޅައިގަނެގެން އުޅެގެންފަތެވެ. މުއުމިނުން އެ ތަކެތި ފަސްދީ ގޮސް ﷲ ގެ ވުޖޫދާ ގުޅިގެންފަތެވެ.

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

ކިޔާފައިވާ ޢަދަދު: 3477
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

އިބްރާހީމު ރަޝީދު މޫސާ

މާތްﷲ އެކަލާނގެ އަޅުންގެ މައްޗަށް ފަރްޟުކުރައްވާ ކަންތައްތަކަކީ އެ ކަންތައްތަކުގައި ބޮޑެތި ޙިކްމަތްތަކަކާއި ފައިދާތަކެއް ހިމެނޭ ކަންތައްތަކެކެވެ.