ޚިތާނު ކުރުން (2)

ކިޔާފައިވާ ޢަދަދު: 3938
އިބްރާހީމް ރަޝީދު މޫސާ
(16 މެއި 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ފިޠުރަތުގެ މާނައަކީ ހަމަ އެކަނި ދީނެއް ނޫނެވެ. އަދި ޢަޤީދާއެއް ވެސް ނޫނެވެ. އެ ކަލިމައިގައި ވަރަށް ގިނަ މާނަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ” ﷲ އެ ގޮތުގައި އެއްޗެއް ހައްދަވާފައިވާ ގޮތް ” ހިމެނެއެވެ. އޭގެ ތެރޭގައި  ޚަލްޤު ކުރެއްވުން ވެސް ހިމެނެއެވެ.

ޚިތާނު ކުރުން (1)

ކިޔާފައިވާ ޢަދަދު: 4486
އިބްރާހީމް ރަޝީދު މޫސާ
މި ދިރާސާގައި ބަލައިލާނީ  އަންނަނިވި ކަންތައްތަކާ މެދު އެވެ.
• ޚިތާނު ކުރާ ގޮތް
• ޚިތާނު ކުރުމުގެ ޙުކުމް
• އަންހެނުން ޚިތާނު ކުރުމަކީ ދީނީ ކަމެއްބާ!

ޚިތާނަކީ ކޮބާ

ޚިތާނު މި ބަސް އައިސްފައި ވަނީ ” ختن ” އިންނެވެ.  މާނައަކީ ކަނޑައިލުން ނުވަތަ ބުރިކޮށްލުން އެވެ. ޚިތާނަކީ ޚިތާނު ކުރެވޭ ތަނުގެ ނަމެވެ. 

ރަގަނޅު މުސްލިމު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

ކިޔާފައިވާ ޢަދަދު: 3947

حسن لطفي، ރަންފަސް، ސ.ހިތަދޫ

ﷲ ސުބުހާނަހޫ ވަތަޢާލާއާއި އެކަލާނގެ މާތް ނަބިއްޔާ (ﷺ) ވަނީ އިންސާނީ ޙަޔާތުގެ ހުރިހާ ކަންކަމާ ގުޅޭގޮތުން އިންސާނިއްޔަތަށް މަގުދައްކަވައިފައެވެ. އެގޮތުން ﷲއާއި އެކަލާނގެ ނަބިއްޔާވަނީ ވެރިޔަކު ހޮވުމުގެ ކަންތައްތަކުގައި ވެސް އަޅުގަނޑުމެންނަށް މަގު ދައްކަވައިފައެވެ. ވެރިޔަކު ހޮވުމުގެ ކަންތައްތަކާ ގުޅޭ ގޮތުން ތަފާތު މީހުން ދެކޭ ގޮތް ވެސް ތަފާތުވާނެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ވެރިޔަކު ވާންޖެހޭނީ ވަރަށް ޗާލު އަދި ވަރަށް ރީތި މީހަކަށެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެ މީހަކު ވާންޖެހޭނީ ވަރަށް ހީވާގި އަދި ބުއްދިވެރި މީހަކަށެވެ.

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން: ވެލަންޓައިން ދުވަސް

ކިޔާފައިވާ ޢަދަދު: 2469

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން:

ވެލަންޓައިން ދުވަސް

އަޙްމަދު ޢަބްދުﷲ ސަޢީދު

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް އައުމާއެކު އަޅުގަނޑުމެންގެ ޒުވާން ފުރައިގެ ކުދިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެލަންޓައިން ދުވަސް ފާހަގަކުރުމަށެވެ. އެ ދުވަސް އައުމާއެކު ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކާއި އަގު ބޮޑު ހަދިޔާތަކާއި މާމުއި ބަސްތަކުން ކަޅިކުރެވިފައިވާ ވެލަންޓައިން ކާޑުތަކުން ލޯބިވެރިން އެ މީހުންގެ ހިތުގެ ޖަޒުބާތުތައް ފާޅުކުރަމުންދެ އެވެ. ދިވެހީންގެ ތެރޭގައި ވެސް ވެލެންޓައިން ދުވަސް ގަބޫލުކުރެވިފައި އޮންނަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
 

މައުލިދުއްނަބަވީ ފާހަގަކުރުން

ކިޔާފައިވާ ޢަދަދު: 2383
އިސްމާޢީލް ނާޖީ

ރައްޓެއްސެއްގެ އުފަން ދުވަސް އައުމުގެ އެތައް ދުވަސް ކުރިން، އެ ދުވަހަށްޓަކައި ބޮޑެތި ތައްޔާރީތައް ވުމަކީ، އަހަރެމެން އެންމެންވެސް ވަރަށް ފަރުވާތެރި ކަމާއިއެކު ކުރާ ކަމެކެވެ. ލޯބިޖެހިފައިވާ ނުވަތަ ތާއިދު ކުރާ ފިލްމީ ތަރިއެއް އުފަންވި ދުވަހަކާއި އަހަރެއް އަދި އެމީހެއްގެ ” ރާހި ” އޭ މި ކިޔޭ އެއްޗެއްވެސް ހޯދައި ބަލައި، ތިމަންނައާއި މިވެނި ބަޠަލާއެއް ނުވަތަ ބަޠަލަކާއި އުފަންވީ އެއް ދުވަހެއްގައޭ ކިޔައި، ފަޚްރުވެރި ވާތަން ފެނެއެވެ.

އޭރުގެ ފަތްފުށްތަކުން…. (50)

ކިޔާފައިވާ ޢަދަދު: 239

اَلْعِلْمُ وَالْعَمَلُ

حسين صلاح الدين


“އޭރުގެ ފަތްފުށްތަކުން….” މި ސިލްސިލާއަށް 50 ހަމަވީއެވެ. މެދުކެނޑުމެއްނެތި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު، 50 ހަފުތާ ވަންދެން ޝާއިޢުކުރެވުނީތީ އުފާކޮށް މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (3)

ކިޔާފައިވާ ޢަދަދު: 4156

އިސްލާމްދީނުގައި އަންހެނުންނާއި ސިޔާސަތު

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (3) 

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
(28 އޮކްޓޯބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރެވުނު ބައިގެ ބާކީ)
ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލައި، ޤާޢިދީ މުޘައްރަމްގެ ރަޢުޔަކީ، ސައްޔިދުނާ ޢުމަރު (ރޢ)ގެ ހުށަހެޅުމުގެ ފަހަތުގައި ފޮރުވިފައިވާ އަސާސީ ސަބަބަކީ، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކާ އެކަލޭގެފާނު ކަންބޮޑުވެ ވަޑައިގަންނަވާ މިންވަރެވެ.
 

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (2)

ކިޔާފައިވާ ޢަދަދު: 4448

އިސްލާމްދީނުގައި އަންހެނުންނާއި ސިޔާސަތު

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ (2)

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

(1 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢޫކުރެވުނު ބަޔާ ގުޅޭ)
ހަތަރުވަނަ ހާދިސާ ހިގާފައިވަނި މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ސައްޔިދުނާ ޢުޘްމާން (ރޢ) ގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެކަލޭގެފާނު، ޙަޟްރަތު އުއްމު ކުލްސޫމް ބިންތި ޢަލީ (ރޢ) ޚިލާފާ ތަމްސީލްކުރައްވާ އެމްބަސެޑަރެއްގެ ހައިސިއްޔަތުން ޑިޕްލޮމެޓިކް މިޝަންއެއްގައި އިޓަލީގެ ރޯމްގެ ރާނީއާއި ބައްދަލުކުރައްވަން ފޮނުއްވިއެވެ. (ތަބަރާނީ)

ގެއްލުމަކީ ފިލުވައިލާންޖެހޭ އެއްޗެކެވެ.

ކިޔާފައިވާ ޢަދަދު: 5058
ޙަސަން ޒަހީން
އިސްލާމީ ފިޤުހުގެ ޤަވާއިދެއްގައި ޢިލްމުވެރިން ގެންނަވައިފައިވެއެވެ. “ފައިދާ ލިބިގަތުމަށްވުރެ، ގެއްލުން ދުރުކުރުން އައުލާކަން ބޮޑެވެ.” ބޭނުމަކީ އެކަމަކުން ލިބިދޭ ވަގުތީ ފައިދާއަށް ވުރެ ފަހުން އެ ކަމުން ލިބިދާނެ ގެއްލުމުން ދުރުކުރުމެވެ. އޭގެ ސަބަބުން ޖަމާޢަތަށް އެކަމުގެ އަސަރު ފޯރުން ކުޑަކުރުމެވެ. އެހެންކަމުން ގެއްލުމަކީ އަބަދު ވެސް ފިލުވައިލާންޖެހޭ އެއްޗެކެވެ. އެހެންނޫން ނަމަ މުޅި މުޖުތަމައު ހަލާކުވެގެން ހިގައިދާނެތީ އެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަބަދުވެސް ނުބައި، ރަނގަޅުގެ މައްޗަށް ފާވާލެއް އަވަސްވާނެއެވެ. ހެޔޮ ކަންތައްތަކަށް ވުރެ ނުބައިކަންކަން ޤަބޫލުކުރާ މީހުން ގިނަވާނެ ކަމެވެ.

ޢީދުގެ މަޤްޞަދުތަކަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 4647
 އިބްރާހީމު ރަޝީދު މޫސާ 

ޢީދަކީ ޙަޟާރަތްތަކާއި ޘަޤާފަތްތަކުގެ ޚާއްޞަ މަލަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޢީދެއް ނެތް އުއްމަތެއް ނުވެއެވެ. ހަމައެފަދައިން އުއްމަތެއް ނެތް ޢީދެއް ވެސް ނުވެއެވެ.