ޙައްޖަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 8311
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ. އެހެނިހެން އަޅުކަމެކޭ އެއް ފަދައިން ޙައްޖުގެ ޙަޤީޤީ ރޫޙަކީ ވެސް ތަޤްވާ އެވެ.

ޖާހިލިއްޔަ ޒަމާން……..

ކިޔާފައިވާ ޢަދަދު: 6481
ޙަސަން ޒަހީން
ޖާހިލިއްޔަ ޒަމާނަކީ އިންސާނުން އެމީހުންގެ ބުއްދިއަށް ބިނާކޮށް ހުރިހާކަމެއް ރޭވި ޒަމާނެކެވެ. ހީތަކާއި ވަހުމުތަކަށް ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ދުވަސްވަރެކެވެ. ދިރިއުޅުމުގެ މަންހައްޖު ގެއްލިގޮސް ރަގަނޅާއި ގޯސް ވަކިނުވާ ޙާލަތުގައި ދުނިޔެ އޮތް ދުވަސްވަރެކެވެ. ހެއްދެވި ފަރާތާއި އިލާހުވަންތަކަން ހަނދާން ނެތިކޮށްލި ދުވަސްވަރެކެވެ. ލޮލަށްފެންނަ ފެނުންތަކަށް ބުރެވެ ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ޒަމާނެވެ.

އެއްބައިވަންތަކަމުގެ ޝަރުޠު

ކިޔާފައިވާ ޢަދަދު: 7748
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިސްލާމީ ހަތަރު ވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ ދުވަސްވަރު މުސްލިމުންގެ އިޖްތިމާޢިއްޔަތު ނުވަތަ އެއްބައެއްވަންތަކަން އޮތީ ގެއްލިފައެވެ. މުސްލިމުންގެ މެދުގައި ޚިލާފު އުފެދެން ފަށާފައެވެ. އެ ދުވަސްވަރު އެއް ދުވަހަކު މީހަކު އައިސް ޢަލީ ރަޟިޔަﷲ ޢަންހު އަށް ދަންނަވައިފިއެވެ. އަބޫބަކުރުގެފާނާއި، ޢުމަރުގެފާނުގެ ދުވަސްވަރު އިސްލާމީ ދުނިޔެ އޮތީ އެކަތިގަނޑަކަށެވެ. ކަލޭގެފާނުގެ ދުވަސްވަރު މި އޮތީ ބައިބައި ވެފައެވެ. އެއީ ކީއްވެގެންތޯއެވެ؟ ޢަލީ ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. لان ابابكروعمركانا واليين على مثلى وانااليوم وال على مثلك މާނައަކީ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާ ދެބޭކަލުން ވެރިކަން ކުރެއްވީ އަހަރެމެން ކަހަލަ މީހުންގެ މައްޗަށެވެ. އަހަރެން މި ވެރިކަން ކުރަނީ ކަލޭކަހަލަ މީހުންގެ މައްޗަށެވެ.

ޤާޟީކަމަކީ ހައިބަތުހުރި ޒިންމާދާރު މަސައްކަތެއް

ކިޔާފައިވާ ޢަދަދު: 5457
ޙަސަން ޒަހީން

އަލްއިމާމް ޒުހުރީ ވިދާޅުވެފައެވެ. ތިން ސިފައެއްހުރެއްޖެ މީހަކީ ޤާޟީކަމަށް ކުފޫހަމަވާ މީހެއް ނޫނެވެ. އެގޮތުން އެސިފަތަށް ބަޔާންކޮށް ދެއްވަމުން ވިދާޅުވެފައިވާ ސިފަތަކުގެ ތެރޭގައި، މީސްތަކުން ކޮށްފާނެ މަލާމާތަކަށް ޖެހިލުންވެ ފިނޑިވުމާއި އެހެންމީހުންގެ ސަނާއާއި ތަޢުރީފު ހޯދުމަށް މަސައްކަތްކުރުމާއި ޤާޟީކަމުގެ މަޤާމުން ވަކިކޮށްފާނެކަމުގެ ބިރު އޮތުން އަދި އެކަމަށް ފަސްޖެހުން ހިމަނުންވާފައިވެއެވެ.

އޭރުގެ ފަތްފުށްތަކުން……(41)

ކިޔާފައިވާ ޢަދަދު: 3384

حجّ ވުން

 الشيخ محمد جميل


މިއީ، މީގެ 60 އަހަރުކުރިން ނުކުތް “ދީނީރޫޙް” ގެ 20 ވަނަ އަދަދު (15 ޛުލްޤަޢިދާ 1373) ގައި އޮނަރަބްލް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ އަކީ، ދިވެހި އަދަބީ  އުފެއްދުންތެރިކަމުގެ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭނޭ ބޭފުޅެކެވެ. އަދަބީ ފަންނުގެ ހުރިހާ ރޮނގެއްގައި ފައިހަމަކުރެއްވި ބޭފުޅެކެވެ. ރަސްމީ ގޮތުންނާއި އަމިއްލަފުޅުގޮތުންވެސް ދީނީ މަޖައްލާތައް ނެރުއްވާފައިވެއެވެ. ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ.

އޭރުގެ ފަތްފުށްތަކުން…… (40)

ކިޔާފައިވާ ޢަދަދު: 5768

ހުކުރު

ملم محمد ދީދީ


މިއީ، އަންނަބީލް މަލިން މުޙައްމަދު ދީދީ (ރަޙިމަހުﷲ) ގެ ލިޔުއްވުމެކެވެ. މަލިން މުޙައްމަދު ދީދީއަކީ ދިވެހިބަހުގެ އަދީބެކެވެ. އޭނާއަކީ، ލިޔުއްވުމުގައި އަމިއްލަފުޅު ގޮތްތަކެއް ގެންގުޅުއްވި ލިޔުންތެރިއެކެވެ. އޭނާ ލިޔުއްވާފައިވާ ލިޔުންތަކުގެތެރޭގައި ވާހަކައާއި ދިވެހި ބޭހުގެ ފޮތެއްވެސް ހިމެނެއެވެ. “އެކުވެރިންގެ ހަދިޔާ ވަކިބޭހުގެ ފައިދާ” އަކީ ބޭސް ހެދުމުގައި ބޭނުންކުރާ 300 އަށްވުރެ ގިނަ ތަކެތީގެ ފައިދާ ބަޔާންކުރައްވާފައިވާ ފޮތެކެވެ. އޭނާ ލިޔުއްވާފައިވާ ވާހަކަތަކުގެތެރޭގައި “އިހުގެ ކުޅިވަރައި މިހާރުގެ ކުޅިވަރު” ، “ރައިވެރިބެއާއި ރުކާ” ފަދަ ވާހަކަތައް ހިމެނެއެވެ. “އައްރަފީޤު” މަޖައްލާގެ ދުވަސްވަރު އޭނާ ލިޔުއްވަމުން ގެންދެވީ، “އަބޫގުއްޕާލުއްދީފުރަމީ” ގެ ނަމުގައެވެ.

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ

ކިޔާފައިވާ ޢަދަދު: 4085

އިސްލާމްދީނުގައި އަންހެނުންނާއި ސިޔާސަތު

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ

ލިއުއްވީ: ޣަޒާލާ ޙަސަން ޤަދުރީ، މިންހާޖު ވިމެންސް ލީގު
ތަރުޖަމާކުރީ: ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

ތަޢާރުފް
މުސްލިމުނޫން އޮބްޒާވަރުންނާއި އަދި މުސްލިމުންވެސް އެންމެ ގިނައިން ކުރާ ސުވާލަކީ އިސްލާމީ ސިޔާސީ ނިޒާމުގައި އަންހެނުންގެ ދައުރާއި މެދުގައެވެ. ބައެއް އިސްލާމީ މުޖުތަމަޢު ތަކުގައި އަންހެނުންނާ މެދު އިހާނެތިކޮށް ކަންތައްތައް ކުރެވެމުން ދިއުމުގެ ސަބަބުން ގިނަފަހަރަށް ހީވެފައި އޮންނަނީ ސިޔާސީ ނިޒާމުގައި އަންހެނުންނަށް އޮންނަނީ ވަރަށްވެސް ކުޑަ ފުރުޞަތެއް ކަމަށެވެ. ނުވަތަ އެއްވެސް ޙައްޤެއް ލިބިގެން ނުވާކަމުގައެވެ. އެކަމަކު އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ.
 

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (7)

ކިޔާފައިވާ ޢަދަދު: 3380

فضيلة الشيخ نصرالله مصطفى

(5 ޖުލައި 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބަދަލު ހިފައި ޙައްޤު ލިބިގަތުމުގެ ބައި ދޫކޮށްފިނަމަ ކެތްތެރިވެ މަޢާފްދިނުން ފަސޭހަވެގެންދާނެއެވެ.

ޝުކުރުކުރުން

ދެވަނަ އަޞްލަކީ ޝުކުރުވެރި ވުމެވެ. އެއީ ﷲ އަންގަވާފައިވާ ކަންތައްތައް އެކަލާނގެ އާއި ކުއްތަން ވުމުގެ ގޮތުން ކުރުމެވެ.ﷲ ވަޙީކުރެއްވިއެވެ: “لَئِن شَكَرْتُمْ لأَزِيدَنَّكُمْ” (إبراهيم:7) މާނައަކީ: ތިޔަބައިމީހުން ތިމަން ﷲއަށް ޝުކުރުވެރި ވެއްޖެނަމަ ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ”. މިއާޔަތުން ޝުކުރުކުރުމުގެ މުހިއްމުކަން ހާމަވާނެކަން ކަށަވަރެވެ.

ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (2)

ކިޔާފައިވާ ޢަދަދު: 4897

އިބްރާހީމް ރަޝީދު މޫސާ
ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ ” يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَاكُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (البقرة : 183) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެމައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ. “

މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.

ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (1)

ކިޔާފައިވާ ޢަދަދު: 4968

އިބްރާހީމް ރަޝީދު މޫސާ

ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ “يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ( البقرة : 183)  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”
މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.