މިންވަރަށް އީމާންވުން

ކިޔާފައިވާ ޢަދަދު: 419
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވަރަށް ފަޤީރު މީހަކު ގެންގުޅުނު ބަލިކަށި، ނިކަމެތި ހިމާރަކަށް ޝާހީ އަސްތަބީލާއަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެ ސޮރު އެ ތަނަށް ގޮސް ބަލައިލި އިރު އެ ތާނގައި އުޅޭ އަސްތަކުގެ ސިއްހަތު ރަނގަޅުކަން ފެނިފައި  ހައިރާން ވެއްޖެއެވެ. އެ އަސްތަކުގެ ޚިދުމަތުގައި އެތައް ނޯކަރުންނެއް ތިއްބެއެވެ. ހިމާރަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ނިކަމެތި، އަނަރޫފަ ހަށިގަނޑަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. [އަހަރެންނަށް ވެސް މި ސޮރުމެންނަށް މި ލިބޭ ފަދަ ކާނާ ލިބޭނޭ ނަމަ…

ޙައްޤުވެގެންވާ ގޮތުގައި ﷲ އަށް ޤަދަރުކުރުން

ކިޔާފައިވާ ޢަދަދު: 213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ﷲ ގެ ސިފަފުޅުތައް ބަޔާން ކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. “اللَّهއީ، އެކަލާނގެ ފިޔަވައި حقވެގެން އަޅުކަމެއް ވެވޭ إلهއަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائمއަށް قائمވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذنފުޅާ ނުލައި އެކަލާނގެ حضرةގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلقތަކުންގެ…

ތައުޙީދުގެ ޢަޤީދާގެ ތެރެއިން… އޮޅުންފިލުވައިދިނުމެއް!

ކިޔާފައިވާ ޢަދަދު: 232
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވިސްނުމުގެ އުނިކަން:        އާދެ! ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް ނަމުރޫދަށް ވިސްނާދެއްވުމުގެ ގޮތުން އޭނާގެ ސުވާލަކަށް ޖަވާބުދެއްވާ: ”އަޅު ހައްދަވައި ގެންގުޅުއްވަވާ އިލާހުއީ ދިރުއްވަވައި، މަރުގަންނަވާ އިލާހުއެވެ.“ މިހެން ވިދާޅުވުމުން އެކަލޭގެ ވިސްނުމަށްއައީ ދޫކޮށްލުމާއި ޤަތުލުކުރުމުގެ މާނައެވެ. މިހެންކަމުން ދެމީހަކަށް ގޮވައިގެނެސް އެކަކު ޤަތުލުކޮށް އަނެކަކު ދޫކޮށްލާފައި ބުންޏެވެ: ”އަހުރެންވެސް މަރަމެވެ. އަދި ދިރުވަމެވެ.“ މިއީ އޭނާގެ ވިސްނުމުގެ އުނިކަމެވެ.        އަޅުގަނޑު ތައުޙީދުގެ ޢަޤީދާގެތެރެއިން ސުވާލާއި ޖަވާބުގައި ”ﷲ ވޮޑިގެންވުމަށް ވަކިތަނެއް، އަދި ވަކިފަރާތެއްނުވެއެވެ.“ މިހެން…

ދީނަކީ ނަޞީޙަތެވެ.: ” ގޭގައިވާ އެއްޗެއް އެންމެބޮޑަށް އެނގޭނީ ގޭގައި އުޅޭމީހަކަށެވެ.“

ކިޔާފައިވާ ޢަދަދު: 295
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދެ! މައްކާގެ މުޝްރިކުން ރަސޫލުﷲ ‘ ގެ ޞުޙުބަތުން ދަރިވަރުނުވަނީސް ކާހިނެކޭ، ޅެންވެރިއެކޭ، މޮޔައެކޭ ކިޔާހެދިއެވެ. މިއީ މީސްތަކުންގެ ހިތުގައި ނަފުރަތްތެރިކަން އުފެއްދުމުގެގޮތުންނެވެ. ނަމަވެސް އެއިގެތެރެއިން ޞުޙުބަތުން ދަރިވަރުވުމުގެ ނަޞީބުލިބިވަޑައިގެންނެވި ބެއިކަލުންނަށް ވަގުތުން އެއީ ގޯސްކަން އެނގިވަޑައިގެންފިއެވެ. ދަންނާށެވެ! މާތްވެގެންވާ އިސްލާމްދީނުގައި ޤުރްއާނާއި ސުންނަތުގެ ރައްކަލަށްޓަކައި އެނަޤުލުވެގެން ހިނގަމުންއައިސްފައިވަނީ އެމަތީގައި ރަސޫލުﷲ ‘ އާއި މިތުރު އަޞްޙާބުން ތިއްބެވިގޮތްމަތީގައެވެ. އެއީ ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލެވެ. މާތް ﷲ ރުއްސުންލެއްވި އަޞްޙާބުން، ޞުޙުބަތުން ދަރިވަރުވުމުގެ އުޞޫލުން، ޤުރްއާނާއި ސުންނަތަށް…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (6)

ކިޔާފައިވާ ޢަދަދު: 281
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިމާމު އަޙްމަދު އިބްނު ޙަންބަލް:   އާދޭހެވެ! ދެން ނިކަން الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ އަށް ބަލާލަމާ ހިނގާށެވެ! އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 164 ވަނަ އަހަރުގައި ޢިރާޤުކަރައިގެ “ބަޣުދާދު” ގައެވެ. الإِمَامُ أَحْمَدُ بْنُ حَنْبَلٍ عَلَيْهِ الرَّحْمَةُ ހިމެނި ވަޑައިގަންނަވަނީ ތަބްޢުއްތާބިޢީންގެ ތެރެއިންނެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލުކުރެއްވެވީ މާތް ﷲ އެބޭކަލުންނަށް ރަޙްމަތްލެއްވި سُفْيَانُ بْنُ عُيَيْنَة އާއި إِبْرَاهِيمُ بْنُ سَعِيد އާއި…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (4)

ކިޔާފައިވާ ޢަދަދު: 413
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިމާމު މާލިކު: އާދެ! އިސްލާމީ އުއްމަތުގައި މަޤުބޫލު ދެވަނަ ބޭކަލަކީ ޙަދީޘު ޢިލްމުގައި މުއުމިންތަކުންގެ އަމީރު، މަދީނާގެ ޝައިޚު، الإِمَامُ مَالِكُ بْنُ أَنَس އެވެ. އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 90 ވަނަ އަހަރު މަދީނާގައެވެ. ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 179 ވަނަ އަހަރު މަދީނާގައެވެ. ޢުމުރުފުޅަކީ 89 އަހަރުފުޅެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލު ކުރެއްވީ އަލްމަދީނަތުލް މުނައްވަރާ ގައި رَسُولُ اللَّهِ صلّى الله عليه وسلّم ޤާއިމު ކުރައްވާފައި…

އެއީވެސް އިމްތިހާނުގެ މަގެކެވެ!

ކިޔާފައިވާ ޢަދަދު: 373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންސާނާގެ ވިސްނުމާއި ފިކުރަކީ ހުރިހާކަމެއް ނިންމުމުގެ ބާރު ލިބިގެންވާ އެއްޗެއްނޫނެވެ. އެއީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ބުއްދިކުރުމާއި ފިކުރު ކުރުމުގެ ބާރަކީ ވެސް އުނި އެއްޗެއްކަމަށް ވާތީއެވެ. އިންސާނާއަށް އަބަދު ކުރިމަތިވަނީކީ އޭނާ ހިތް އެދޭގޮތެއްނޫނެވެ. އޭނާ ބޭނުންވާ ގޮތެއްވެސް ނޫނެވެ. ބައެއް ފަހަރު އޭނާ ބަލިވެ، އެކަމުގެ ވޭން އުފުލަންޖެހެއެވެ. އަނެއްބައި ފަހަރު އޭނާ ކުރާ ކަންކަން ފެއިލުވެދެއެވެ. އަނެއްބައި ޙާލަތްތަކުގައި އޭނާ އެންމެ އެދޭ ކަންކަން އޭނާއަށް ހާސިލު ނުވެދެއެވެ. ހަމަ މިބީދައިން މީގެ…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (3)

ކިޔާފައިވާ ޢަދަދު: 481
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުސްތަޤިއްލު މުޖްތަހިދުންނަކީ ކޮބާ؟ އާދެ! މުސްތަޤިއްލު މުޖުތަހިދަކީ ވަކިމީހެއްގެ އުޞޫލަކަށް ބެއްލެވުމަކާއި ނުލައި ޤުރުއާނާއި ސުންނަތުން އަމިއްލަފުޅަށް އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުތަކުގެ މަތީން ޤުރުއާނާއި، ސުންނަތް ޝަރަހަކުރެއްވުމުގެ ކުޅަދާނަކަން ލިބިވަޑައިގެން ހުންނެވި ކޮންމެ ޢިލްމު ވެރިއެކެވެ. މިއީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައިގެ ބޭކަލުންނެވެ. މިދަރަޖައާ ހަމައަށް ވަޑައިގެންފައި ވަނީ الله ރުއްސުންލެއްވި އަޞްޙާބުންގެ ތެރެއިން ހަތަރު ޚަލީފާއިންނެވެ. އޭގެ އިތުރުން ކުރީގައި ބުނެވިދިޔަ “ފުޤަހާއުއްޞަޙާބާ”ގެ ބޭކަލުންނެވެ. ދެން އިސްލާމީ އުއްމަތުގައި އިޖްތިހާދުގެ މިދަރަޖައަށް ވާޞިލުވެ…

އެއްބިމެއް، އެއްފެނެއް، ނިއުޓްރިޝަން ތަފާތުވަނީ ކީއްވެ!

ކިޔާފައިވާ ޢަދަދު: 346
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި ކައުނު ހައްދަވައި ކައުނުގައި ލައްވާފައިވާ އަޖައިބު ކުރުވަނިވި ކަންކަމާމެދު ތިބާ ފިކުރުކުރަންތޯއެވެ. އިރުއަރާ އޮއްސުމެވެ. ރޭގަނޑާއި ދުވާލު ދައުރުވަމުންދާ ދިއުމެވެ. އުޑުން ވާރޭވެހި ބިމުން ގަސްފަޅާ ހެދުމެވެ. އެއިން މޭވާ ނުކުމެ ފައްކާވާގޮތެވެ. ވިސްނުމުގެ ނަޒަރަކުން ފިކުރުކޮށްލުމަށް މިފަދަ އެތައްކަމެއް މާތްﷲ ވަނީ މި ކައުނުގައި ލައްވަވާފައެވެ. އެފަދަ ކޮންމެ ކަމަކީ ވިސްނާބަޔަކަށް އެކަލާނގެ މަތިވެރިކަމާއި ވޮޑިގެންވުން ދަލީލުކުރުވާނެ ކަންކަމެވެ. އިލާހުވަންތަ ކަލެއްގެ ރޭއްވެވުމާއި ތަދުބީރުކުރެއްވުން ހިމެނިގެންވާކަން ހާމަވާ ދަލީލުތަކެވެ. މިއީ ދޮގެއްތޯއެވެ. ބިމުން ގަސްފަޅާ…

ޙަޔާތުގެ ޤާފިލާ

ކިޔާފައިވާ ޢަދަދު: 1457
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ފައުޒީ                  އަލްފާޟިލް އިބްރާހީމް ފައުޒީއަކީ، މާލޭގެ މަޝްހޫރު ގިނަ މަދަރުސާތަކެއްގައި ޢަރަބި ތާނަ ލިޔުމާއި ދިވެހިބަހުގެ މުދައްރިސެއްގެ ގޮތުން 45 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ކިޔަވައިދެއްވި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ވަރަށްބޮޑަށް ހޯއްދަވާފައިވާ މުދައްރިސެކެވެ.              އިބްރާހީމް ފައުޒީގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “އަލްމަންހަޖު” ގެ 10 ވަނަ އަދަދުންނެވެ. އެ އަދަދު ނުކުމެފައިވަނީ، 1 ޝައްވާލު 1410 (26 އެޕްރީލް 1990) ގައެވެ. އާދެ!…