ތަވްޙީދާއި ޝިރްކް

ކިޔާފައިވާ ޢަދަދު: 5512

ރޯދައިގެ ހަދިޔާ – 27

ތަވްޙީދާއި ޝިރްކް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.

މަތިވެރި ނަބިއްޔާ

ކިޔާފައިވާ ޢަދަދު: 5096

ރޯދައިގެ ހަދިޔާ – 25

މަތިވެރި ނަބިއްޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގައި މާތް ނަބިއްޔާ މުޙައްމަދު ބުނު ޢަބްދުﷲ އަށް خاتم النبيـين (އަލްއަޙްޒާބް 40) މިނަމުން މުޚާޠަބް ކުރައްވާފައިވެއެވެ. މި ނަންފުޅުގެ މާނައަކީ ހަމައެކަނި އެކަލޭގެފާނަކީ ނަބީބޭކަލުންގެ ސިލްސިލާގެ އެންމެ ފަހު ބޮޅުކަމުގައި ބަޔާން ކުރެއްވުމެއް ނޫނެވެ. މިނަންފުޅުގެ މާނައަކީ ނަބީބޭކަލުން ފޮނުއްވައިގެން ބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހިންގެވި މަޝްރޫޢު ނިމުމަކަށް އައީއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަށް އެންގެވީ އެހެންވެގެންނެވެ. އެކަލޭގެފާނަށްފަހު އެހެން ނަބިއްޔަކު ފޮނުއްވުމުގެ ބޭނުން ކެނޑުނީއެވެ.

مُحَـمَّدٌ رَسُـوْلُ اللَّـه

ކިޔާފައިވާ ޢަދަދު: 5541

ރޯދައިގެ ހަދިޔާ – 24

مُحَـمَّدٌ رَسُـوْلُ اللَّـه

ޢަބްދުﷲ ނަޢީމު އިބްރާހީމު

ޤަދީމީ މައްކާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތްއިރު، މައްކާގައި އޮތީ ޝިރުކުގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހައި ފައިދާތަކެއް ގުޅިފައި އޮތީ ޝިރުކާއެވެ. އެހެންނަމަވެސް އެކަލޭގެފާނު، އެކަލޭގެފާނު އަމިއްލަ ނަފްސު، އެ ޙާލަތަށްވުރެ މައްޗަށް އުފުއްލެވިއެވެ. ޙާލާތުގެ ފައިދާ ހޯއްދެވުމުގެ ބަދަލުގައި އެކަލޭގެފާނު ފެއްޓެވީ ޙައްޤަކީ ކޮބައިތޯ ހޯއްދެވުމުގެ މަސައްކަތްޕުޅެވެ. ﷲ ގެ މަދަދު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ހިދާޔަތުގެ އަލިމަގު ފެނިވަޑައިގަތެވެ. އޭގެ ފަހުން ﷲ އެކަލޭގެފާނަށް ނަބިކަން ދެއްވިއެވެ.

لَيْـسَ كَمِـثْلِهِ شَـْئ

ކިޔާފައިވާ ޢަދަދު: 5057

ރޯދައިގެ ހަދިޔާ – 23

لَيْـسَ كَمِـثْلِهِ شَـْئ

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކީރިތި ޤުރްއާނުގައި ﷲ އާ ބެހޭ ގޮތުން އަންގަވައިފައިވަނީ އެފަދަ އެއްވެސް ފަރާތެއް ނެތްކަމުގައެވެ. (އައްޝޫރާ 11) ﷲ އަކީ ކޮންމެ ގޮތަކުން ބެލިނަމަވެސް އެހެން ހުރިހައި އެއްޗަކަށް ނުވަތަ ކަމަކަށްވުރެ މަތިވެރި ފަރާތެކެވެ. ﷲ ގެ މަތިވެރިކަމުގެ ސަބަބުން އެހެން ހުރިހައި އެއްޗެއްގެ ކަލަކަށް ވެވޮޑިގަތުމުގެ ޙައިސިއްޔަތު ލިބިވޮޑިގެން ވަނީއެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ ގެ ކުރިފުޅުމަތީގައި ބޯތިރިކުރާށެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމަށް ގަބޫލުކޮށް ﷲ ގެ ކުރިފުޅުމަތީގައި ދެރަވެގަންނާން ރުހޭށެވެ.

އިލާހީ މަޢުރިފަތު

ކިޔާފައިވާ ޢަދަދު: 5020

ރޯދައިގެ ހަދިޔާ – 21

އިލާހީ މަޢުރިފަތު

ޢަބްދުﷲ ނަޢީމު އިބްރާހީމު

ﷲ ގެ މަޢުރިފަތަކީ ޝުޢޫރީ ހޯދުމެކެވެ. އެއީ ﷲ މި ނަންފުޅު ވަކި ޢަދަދަކަށް ކިޔައިގެން ހާސިލު ކުރެވޭނޭ އެއްޗެއް ނޫނެވެ. ނުވަތަ ވަކި ދުޢާއެއް ކިޔައިގެން ނުވަތަ ވަކި ކަހަލަ ފަންޑިތައެއް ހަދައިގެން ހާސިލު ކުރެވޭ އެއްޗެއްވެސް ނޫނެވެ. އެފަދަ ކަންތައްތަކުން ހާސިލު ކުރެވޭ އެހެން ކަމެއް އޮވެދާނެއެވެ. އެއީ ﷲ ގެ މަޢުރިފަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.

މަތިވެރި މަޢުރިފަތު

ކިޔާފައިވާ ޢަދަދު: 5112

ރޯދައިގެ ހަދިޔާ – 20

މަތިވެރި މަޢުރިފަތު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ޞަޙީޙް މުސްލިމްގެ 5256 ވަނަ ޙަދީޘްގައި ވެއެވެ. الدنيا سجن المؤمن وجنة الكافر “ދުނިޔެއަކީ މުއުމިނުންނަށް ހުރި ހުރަގެއެކެވެ. އަދި ކާފިރުންނަށް ހުރި ސުވަރުގެއެކެވެ.”

ކައިރީގައިވާ ސުވަރުގެއާއި ދުރުގައިވާ ސުވަރުގެ

ކިޔާފައިވާ ޢަދަދު: 5316

ރޯދައިގެ ހަދިޔާ – 18

ކައިރީގައިވާ ސުވަރުގެއާއި ދުރުގައިވާ ސުވަރުގެ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގެ ޤަމަރް ސޫރަތުގެ 54 ވަނަ އާޔަތާއި، 55 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. إنّ المتقين فى جنات ونهر، فى مقعد صدق عنك مليك مقتدر “ހަމަ ކަށަވަރުން ތަޤްވާވެރިން ވަނީ، ސުވަރުގެތަކާއި، ބާވަތް ބާވަތުގެ ކޯރުތަކުގެ ނިޢުމަތުގައެވެ. ހިތް ހަމަ ޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟުރަތުގައެވެ.”

ހެއްދެވި ފަރާތުގެ ޙައްދެއް ނެތް މަތިވެރިކަން

ކިޔާފައިވާ ޢަދަދު: 4744

ރޯދައިގެ ހަދިޔާ – 17

ހެއްދެވި ފަރާތުގެ ޙައްދެއް ނެތް މަތިވެރިކަން

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކީރިތި ޤުރްއާނުގެ އައްރަޢްދު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަނީ މި ފަދައިންނެވެ. اللّـه الّذى وفع السّماوات بغير عمدٍ ترونها މާނައަކީ “ﷲއީ ތިޔަބައި މީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ.”
މި އާޔަތުގައި ބަޔާން ކުރައްވައިފައި މި ވަނީ ކާއިނާތުގެ ވަރަށް މަތިވެރި ޙަޤީޤަތެކެވެ. މި ޙަޤީޤަތާ މެދު ފުންކޮށް ވިސްނައި، ގަބޫލު ކުރެވުމާއެކު ހިތް ފުރިގެން ބަންޑުން ވެދެއެވެ. ގައިން ހީބިހި ނަގައިގެންފަތެވެ.

ﷲ ދެކެ ލޯބިވުން

ކިޔާފައިވާ ޢަދަދު: 5087

ރޯދައިގެ ހަދިޔާ – 16

ﷲ ދެކެ ލޯބިވުން

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. މި އާޔަތުން އެނގޭ ގޮތުގައި ﷲ އަށް އީމާންވާ މީހެއްކަން އެނގޭ އެއް ސިފައަކީ މީހަކު ހިތުގެ އަޑީން ﷲ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަން އެނގުމެވެ. މި އާޔަތުގައި ވަނީ ﷲ ދެކެ ލޯބިވާ ވާހަކައެއް ނޫނެވެ. މީހެއްގެ ހިތުގައި ﷲ ގެ ލޯބި ފުރިހަމައަށް އަށަގަތުމުގެ ވާހަކައެވެ. (ނުކުތާއަކީ ބޭރު ފުށުން ލޯބި ފެނުމެއް ނޫނެވެ. ހިތުގެ އަޑީގައި ލޯބި އަށަގަތުމެވެ.)

ޝައްކެއް ނެތުން

ކިޔާފައިވާ ޢަދަދު: 5025

ރޯދައިގެ ހަދިޔާ – 14

ޝައްކެއް ނެތުން

ޢަބްދުﷲ ނަޢީމު އިބްރާހީމު

ހިދާޔަތުގެ ކަންތައްތަކުގައި ﷲ ސުބްޙަނަހޫ ވަތަޢާލާގެ ޤާނޫނެއް އޮވެއެވެ. އެއީ ޝައްކަށް ޖާގަ ދެއްވުމެވެ. (ޝައްކަށް ޖާގަ ދެއްވުމަކީ ވިސްނުމަށް ޖާގަ ދެއްވުމެވެ.) މިކަން އެނގެނީ އަންޢާމް ސޫރަތުގެ 8 ވަނަ އާޔަތުންނެވެ. ކޮންމެ އެއްޗެއްގައިމެ ޝައްކަށް ޖާގައެއް ލައްވައިފައި ވެއެވެ. މިއީ އިމްތިޙާނެއްގެ ގޮތުން ލައްވައިފައިވާ ކަމެކެވެ.