ދަންމަރު (19)

ކިޔާފައިވާ ޢަދަދު: 8098
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޤުދުރަތުގެ ޤާނޫނުު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ކޮޓަރިކޮޅު ބަންދު ކުރައްވާފައި ދެތިން ހަފްތާ ވަންދެން ބަހައްޓަވާފައި ހުޅުވައިލައްވާށެވެ. ފެނިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ކޮޓަރިކޮޅުން ފެނިވަޑައިގަންނަވާނީ ހިރަފުހުގެ ފަށަލަތަކެކެވެ. މިއީ ހިތްޕުޅު ހަމަ ޖެހޭ މަންޒަރަކަށް ނުވާނެ އެވެ.

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (8)

ކިޔާފައިވާ ޢަދަދު: 9308
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙިއްސީ ގުނަވަންތަކުގެ ތަރުތީބު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަނީގެ ތިތްކަތުން ގަނޑުލޭކޮޅަކުން އިންސާނާ އުފެދުމުގެ މަރުޙަލާތައް ފެށިގެން ތަރައްޤީވަމުން އަންނަކަމީ ކީރިތި ޤުރުއާނާއި މި ޒަމާނުގެ ސައެންސް ސާބިތުކޮށްދީފައިވާ ކަމެކެވެ. އެކަމުގައި އެއްވެސް މީހަކު ޚިލާފެއް ނުވެއެވެ. މި މަރުޙަލާތަކުގައި އިންސާނާގެ ޙިއްޞުތައް ތަރުތީބުވާ ގޮތް ވެސް މިއަދުގެ ސައެންސް ވަނީ ހޯދައިފައެވެ.

ދަންމަރު (16)

ކިޔާފައިވާ ޢަދަދު: 7508
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ﷲގެ ރުއްސެވުން ހޯދުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented)   މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented) ހޯދަން އުޅުމެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (8)

ކިޔާފައިވާ ޢަދަދު: 9391
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދާއޫދު ނަބީކަލޭގެފާނު (عليهِ السّلام)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

سيّدنا داؤود عليهِ السّلام އަކީ ވަރަށް މާތް ނަބީ ބޭކަލެކެވެ. އަދި އެއީ ﷲގެ ޙަޟުރަތުން ފޮތް ބާވައިލެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. ދާއޫދުގެފާނަށް ބާވާއިލެއްވި ފޮތަކީ ޒަބޫރެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (7)

ކިޔާފައިވާ ޢަދަދު: 8677
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سيدنا لقمان الحكيم (عليه السلام)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރިވާވެގެންވާ ގޮތުގައި ލުޤުމާނުގެފާނަކީ އައްޔޫބު (عليه السلام) އަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެކެވެ. ނުވަތަ ދެބޭންގެ ދެދަރި ބޭކަލެކެވެ. (މާނައަކީ: އައްޔޫބުގެފާނުންގެ އުޚުތެއްގެ ދަރިކަލެކެވެ. ނުވަތަ މައްމާފުޅާ އެއްކިހުނުފަން އުޚުތެއްގެ ދަރިކަލުންނެވެ.) والله أعلم.
ރިވާވެގެންވަނީ ލުޤުމާނުގެފާނުގެ އުފަން ރަށަކީ އުތުރު ސޫދާނާއި ދެކުނު މިޞްރާ ދެމެދުގައިވާ ނުބާ އެވެ ކިޔާ ޝަހަރެއް ކަމުގައެވެ.

ބުއްދީގެ އަލީގައި ޙަޤީޤީ އީމާންކަން

ކިޔާފައިވާ ޢަދަދު: 7703
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ޙައްޤު ތެދު ހޯދުމަށް ފެންބޮވައިގަތުމަކީ ލިބޭ ވަރަށްބޮޑު އުފަލެކެވެ. އަދި އެއީ ޙަޔާތުގެ މަޤުޞަދުގެ މައިބަދަ ވެސް މެއެވެ. ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ މި ދުނިޔޭގެ ޙަޔާތް ނިންމައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުބާރަށް ހާޒިރުކުރެވި އޭނާގެ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭ އަދި އެ އިންސާނާގެ ކޮންމެ ޢަމަލެއް އެ އަމަލެއްގެ ނިޔަތުގެ އަލީގައި، އިންސާފުވެރިކަމާ އެކު އިންސާފުކުރެވޭނޭ މީހެކެވެ.

އިންސާނީ ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގައި ދީފައިވާ ދަރަޖަ

ކިޔާފައިވާ ޢަދަދު: 10626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތާއި ރަޙުމަތެއް ކަމުގައި މާތް ﷲ ގެ ޙަޟުރަތުން ބާވައިލެއްވި އިލާހީ ދީނެވެ. މާތްﷲ އެކަލާނގެ ޚަލީފާއިންކަމުގައި ބިމުގައި ލެއްވި އިންސާނުން އުޅެންވީ މަގު ބަޔާންކުރައްވައި ބާވައިލެއްވި ޝަރީޢަތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. “إنَّ الدِّين عِندَ الله الإسلام” (“ހަމަކަށަވަރުން، اللَّهގެ حضرةގައި، دينއަކީ، إسلام دينއެވެ.”) (آل عمران:19)

އިސްލާމްވީ ކީއްވެތޯއެވެ؟

ކިޔާފައިވާ ޢަދަދު: 3287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނަސްރީނާ އިބްރާހީމް

މިއީ، މިޞްރު (އޭރުގެ އެކުވެރި ޢަރަބި ޖުމްހޫރިއްޔާ) ގައި ތިބޭ “ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ”ގެ ފަރާތުން ނެރެފައިވާ މަޖައްލާ “ރޭނީސް” ގެ ފުރަތަމަ ޢަދަދުގައި މ. އެންދެރިމާގޭ އަލްފާޟިލާ ނަސްރީނާ އިބްރާހީމް، ލިޔުއްވާފައިވާ މަޒުމޫނެކެވެ. 
(“ރޭނީސް” މި ޢަދަދު ނުކުތް ތަރީޚެއް އެ މަޖައްލާއިން އެނގޭކަށް ނެތެވެ. “ރޭނީސް” ގެ 2 ވަނަ ޢަދަދު ނުކުމެފައިވަނީ 26 ޖުލައި 1971 ގައެވެ.)

މިއަދުވެސް އިސްލާމް ދީން ފެތުރެމުން ވަކިވަކިން ނަމަވެސް މީހުން މިދީނަށް ވަންނަމުންދަނީ ކީއްވެތޯއެވެ؟ އެހެނިހެން ދީންތައް ފަތުރަނީ ފާދިރީންނާއި މިޝަނަރީންގެ ޒަރީޢާއިންނެވެ. ގިނަ މީހުން އިސްލާމް ދީނަށް ވަންނަނީ، މިފަދަ ޖަމާޢަތްތަކުގެ ދަޢުވަތަކުން ނޫނެވެ. 

ފުރައްސާރަ

ކިޔާފައިވާ ޢަދަދު: 3732
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
ޢުމަރު ޣައިމޫރަކީ، ނައިޖޭރިޔާގެ އުތުރުގައިވާ ކޮންގޯ ސްޓޭޓްގެ ރަށްތަކުގެތެރޭގައި ހިމެނޭ މޯބުގައި ދިރިއުޅުނު މީހެކެވެ. މީނާއަކީ މަސީޙީ ދީނުގެ ވާޢިޡު އަދި ފާދިރީއެކެވެ. އަދި ކީރިތި ޤުރްއާނަށް ވަރަށްބޮޑަށް ފުރައްސާރަކުރާ ކިބުރުވެރި އިންސާނެކެވެ.
އެއްފަހަރަކު ޢީސާއީ ދީނުގެ ބޮޑު ޖަމާޢަތެއްގެ ކުރިމަތީގައި މިދެންނެވި ފާދިރީ ވަޢުޡާއި ނަސޭހަތް ދެމުން ގެންދިޔައެވެ. އޭނާ ތަޤްރީރުކުރުމުގެތެރޭގައި ބުންޏެވެ.

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (7)

ކިޔާފައިވާ ޢަދަދު: 10149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޮޑު ގޮވުމުގެ (Big Bang) ނަޒަރިއްޔާތު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔެ އުފެދުނު ގޮތާމެދު ސައެންސްވެރީން ތަފާތު ނަޒަރިއްޔާތައް ގެންގުޅެފައިވެއެވެ. ކާއިނާތަކީ ފެށުމެއް ނިމުމެއް ނެތް އެއްޗެއްކަމުގައި ދަޢުވާކުރި އެވެ. މިއިން ކޮންމެ ނަޒަރިއްޔާއެއް ބޭކާރުވެ އެންމެ ފަހުން، ކާއިނާތު އުފެދުނީ ބޮޑު ގޮވުމަކުން ކަމަށް 20 ވަނަ ޤަރުނުގައި ނިންމި އެވެ. އެއީ ބިގްބޭންގ ތިއަރީ އެވެ. ބިގް ބޭންގ ތިއަރީ އަކީ މިއަދު މުޅި ދުނިޔެ ޤަބޫލުކޮށްފައިވާ ޙަޤީޤަތެކެވެ.