ތެދަކީ ކޮބައިތޯ ހޯދުން

ކިޔާފައިވާ ޢަދަދު: 8064
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މި ދުނިޔެ މައްޗަށް ލޯހުޅުވައިލާ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނަން ފަށައެވެ. އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވަންނަ ސުވާލަކީ އަހަރެން މިއީ ކާކުހޭ (?Who am I) މި ސުވާލެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، އެނގިގެން ނުވަތަ ނޭނގިނަމަވެސް، ކޮންމެ މީހެއްގެ ސިކުނޑީގައިވެސް މި ސުވާލު އޮވެއެވެ.

ބުއްދިއާއި ވަޙީ

ކިޔާފައިވާ ޢަދަދު: 8121
ޚާލިދު ބޭގް
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ރޮބަރޓް ސެމިއުލްސަން އަކީ އެމެރިކާގެ ވަރަށް މަޝްހޫރު އިޤްތިޞާދީ މާހިރެކެވެ. “ނިވްސްވީކް” މަޖައްލާގައި 11 މާޗް 1996 ގައި އެމެރިކާގެ މުޖުތަމަޢާ ބެހޭ ގޮތުން އޭނާ ލިޔުއްވި ކޮލަމެއްގައި ބަޔާން ކުރައްވައިފައި ވެއެވެ. “އެމެރިކާގެ ކާމިޔާބީއާއި، ވިޔާނުދާކަމާ ވަނީ މަސްހުނި ވެ އެކަތިގަނޑަކަށް ވެފައެވެ.”
 

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ނުރައްކާތައް

ކިޔާފައިވާ ޢަދަދު: 4618
ޢަބްދުﷲ ފާރޫޤު ޙަސަން

މާޒީގެ ތާރީޚުގެ ފިލާވަޅުތަކުން ނަސޭހަތް ލިބިގަތުމަކީ ބުއްދިވެރީންގެ ކަމެކެވެ. ހަމައެފަދައިން އަލަށް ކުރިމަތިވާ ނުރައްކާތަކާމެދު ފިޔަވަޅުއަޅަމުން ގެންދިޔުމަކީވެސް އެހައިމެ ބޭނުންތެރިކަމެކެވެ. އިސްލާމީ އުންމަތުގެ މިއަދުގެ ޙާލަތަށް ބަލާއިރު އެތައް ނުރައްކާތަކަކާއި ގޮންޖެހުންތަކެއްވަނީ އިސްލާމީ ދައުލަތުތަކުގެ ތަރައްޤީއަށް ހުރަސްއަޅައިފައެވެ. އިސްލާމީ އުންމަތް ދިރިދެމިއޮތުމަށްޓަކައިވަނީ އެނުރައްކާތައް ދެނެގަނެ އެކަންކަމަށް ފަރުވާކޮށް އެކަންކަން ދިފާޢުކުރަން ބޭނުންވެފައެވެ. ތިރީގައި މިވަނީ އޭގެތެރެއިން ބޮޑެތިބޮޑެތި ބައެއް ކަންތައްތަކެވެ.

” ޤުރްއާނާއި އިންޖީލާއި ސައިންސް ” މި ފޮތުގެ ލިޔުންތެރިޔާ

ކިޔާފައިވާ ޢަދަދު: 525
އަޙްމަދް ސަމީރު ޢަލީ
ސުރުޚީގައި އެވާ ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތައުލީމީ މުސްލިމުންގެ ތެރޭގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތް ލިޔުއްވީ ފަރަންސޭސި ވިލާތުގެ މެޑިކަލް ޑަކްޓަރެކެވެ. ބޭސްވެރިކަމުގެ ޚާއްސަ ފަންނަކީ އެތެރެހަށީގެ އޮޕަރޭޝަން ކުރެއްވުމެވެ.
 

އަޖަމީންނަށް ކީރިތި ޤުރްއާން ތައާރަފު ކޮށްދެއްވި މުތަރުޖިމް (2)

ކިޔާފައިވާ ޢަދަދު: 8198
އަޙްމަދް ސަމީރު ޢަލީ

(1 އޮގަސްޓް 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
އިސްލާމުންގެ އެތައް މިލިޔަން މީހުން، މުޙައްމަދު ޕިކްތޯލްގެ ޤުރްއާން ތަރުޖަމާ މުތޯލިއާ ކުރާއިރު ނުދެނަހުރި ކަމަކީ މި ބުރަ މަސައްކަތް ޕިކްތޯލް ކުރެއްވީ އިނގިރޭސީން އިންޑިޔާ އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު، އިންޑިޔާގެ ދެކުނުގައި އޮތް އިސްލާމީ އިސްޓޭޓެއްގައި ކަމެވެ.

އަޖަމީންނަށް ކީރިތި ޤުރްއާން ތައާރަފު ކޮށްދެއްވި މުތަރުޖިމް

ކިޔާފައިވާ ޢަދަދު: 7920

އަޙްމަދް ސަމީރު ޢަލީ

މުޙައްމަދް މާމަޑިޔުކް ޕިކްތޯލް Muhammad MarmadukePickthal (1875 – 1936) އެންމެ ބޮޑަށް އިސްލާމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ކީރިތި ޤުރްއާން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެއްވި އިސް ބޭކަލެއްގެ ގޮތުގައެވެ. ޕިކްތޯލްގެ ތަރުޖަމާ އެންމެ ފުރަތަމަ ޝާއިޢު ކުރެވިފައިވަނީ  1930 ގައެވެ.

އިސްލާންވީ މައިންބަފައިންނަށް އޯގާތެރިވުމަށް އިސްލާން ދީން ނަސޭހަތްތެރިވާ ވަރުންނެވެ.

ކިޔާފައިވާ ޢަދަދު: 8125

“الدعوة ”  މަޖައްލާއިން. ކިޔައިދެއްވީ أم عبد الملك
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެންމެ ފުރަތަމަ އިސްލާންދީނުގެ މައުލޫމާތުކޮޅެއް އަހަންނަށް އަޑުއިވުނީ، ޓީވީ ބަލަން އިންދައެވެ. އިވުނު އެއްޗަކުން، މަލާމާތުގެ ރާގަކަށް ހީލީމެވެ. އޭގެ އެއް އަހަރު ފަހުން އިސްލާމެއްގެ ގާތުން އިސްލާން ދީނާއި ބެހޭ މައުލޫމާތު އަމިއްލަ އަށް އިސްނަގައިގެން ހޯދީމެވެ! އެކަން ދިމާވީ އަހަރެން މަސައްކަތްކުރި ހޮސްޕިޓަލެއްގައެވެ.

ރޯދައާއި ދުޅަހެޔޮކަން

ކިޔާފައިވާ ޢަދަދު: 5157

އިބްރާހީމު ރަޝީދު މޫސާ

ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި  ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި  ބޭސްތަކުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ. މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ.
 

ރޯދައިގެ ޙިކްމަތްތަކުގެ ތެރެއިން (2)

ކިޔާފައިވާ ޢަދަދު: 5033
އިބްރާހީމު ރަޝީދު މޫސާ

ރޯދަހިފުމަކީ ކެތްތެރިތެރިކަން ދަސްކޮށްދީ ކެތްތެރިވުމަށް ތަމްރީނުދޭ ކަމެކެވެ. މިހެންވެ ކީރިތި ރަސޫލާ ރޯދަމަހަށް (ނުވަތަ ރަމަޟާން މަހަށް) ކެތްތެރިކަމުގެ މަހޭ ވިދާޅުވިއެވެ.

ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ “صَوْمُ شَهْرِ الصَّبْرِ وثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصدر– رواه البزار والطبرانى-ކެތްތެރިކަމުގެ މަހުގައި ރޯދަ ހިފުމާއި އެހެން ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ ހިތުގެ ވަސްވާސްތައް ފިލުވާލަދޭނެ ކަމެކެވެ. ނުވަތަ އެއީ އެހެންމީހުންނަށް ޙަސަދަވެރިވުމާއި ނުނިޔަތްލުމުން ދުރުހެލި ކުރުވާނެ ކަމެކެވެ.

ރޯދަހިފުން….: ﷲގެ ނިޢުމަތުގެ އަގު ވަޒަން ކުރުން

ކިޔާފައިވާ ޢަދަދު: 5054
އިބްރާހީމު ރަޝީދު މޫސާ

ރޯދައިގެ ޙިކްމަތްތަކުގެ ތެރޭގައި ރޯދަވެރިޔާއަށް ﷲގެ ނިޢުމަތް އިޙްސާސް ކޮށްދިނުމާއި އެ ނިޢުމަތުގެ އަގު ވަޒަންކުރަން ދަސްކޮށްދިނުން ހިމެނެއެވެ. އިންސާނާއަކީ ވަކި ނިޢުމަތެއްގެ މަތީގައި ހުރުން އާދަވުމުން އެނިޢުމަތެއްގެ އަގު ވަޒަންކުރުމާ ދުރުހެލިވާ މީހެކެވެ. ނުވަތަ އޭގެ އަގު އިޙްސާސް ނުކުރެވޭ މަޚްލޫޤެކެވެ.

އިންސާނާއަށް ދުޅަހެޔޮކަމުގެ އަގު ވަޒަން ކުރެވޭނީ ބަލިވުމުންނެވެ. މިހެންވެ ، ކީރިތިރަސޫލާ އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި ، ޢާފިޔަތު ދެއްވުން އެދިދުޢާކުރުމަށް ނަސޭހަތް ދެއްވާފައިވެއެވެ.