އޭރުގެ ފަތްފުށްތަކުން….(23)

ކިޔާފައިވާ ޢަދަދު: 6569

خيالىއެކުވެރިއަކާއެކު بحثތަކެއް

   •  ސުވަރުގެއަކީ މޭވާގެ ބާޒާރެއް ނޫނެވެ.

   •  ނަރަކައަކީ މަސްފިހާ އަލިފާންގަނޑެއް ނޫނެވެ.

محمدزاهرحسين


ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން (ނ.ޢ.ޢ.ވ) އަކީ، ދީނީ ޢިލްމުވެރިއެކެވެ. ލިޔުންތެރިއެކެވެ. ތަފާތު މައުޟޫޢުތަކަށް ލިޔުއްވާފައިވާ، އަދި ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ނޫސް، މަޖައްލާ ނެރުއްވުމަކީ، އެމަނިކުފާނުގެ ޙަޔާތާއި ގުޅިފައިވާކަމެކެވެ. ސިލޯނުގައި ކިޔަވައިވިދާޅުވާން ހުންނެވި ދުވަސްވަރު “އާދީއްތަ” އިގެ ނަމުގައި ހަފުތާ ނޫހެއް ނެރުއްވިއެވެ. މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ކިޔަވާވިދާޅުވާން އުޅުއްވިއިރު، (ދިވެހި ކިޔަވާ ކުދީންގެ ޖަމްޢިއްޔާ އިން ނެރުނު މަޖައްލާ) ނާރެސްގެ އެޑިޓަރކަން ކުރެއްވިއެވެ. އެއަށްފަހު ރާއްޖެވަޑައިގެން އެކުވެރި ބޭފުޅުންކޮޅަކާއެކު، “އަމާޒު” ނެރުއްވިއެވެ. 1 ޖަނަވަރީ 1979 ން ފެށިގެން މިހާރުވެސް “ހަވީރު” ނޫސް ނެރުއްވަމުން ގެންދަވަނީ އެ މަނިކުފާނެވެ.

ޙަޤީޤަތް ހޯދުން

ކިޔާފައިވާ ޢަދަދު: 7764
މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނާއަކީ ޙައްޤު ހޯދަން މަސައްކަތް ކުރާ ޙައިވާނެކެވެ. (Man is a truth-seeking animal) އަޅުގަނޑު ވަނީ އަމިއްލައަށް ވެސް މި ތަޖުރިބާ ކޮށްފައެވެ. ކުޑަ އިރުއްސުރެ ޙަޤީޤަތަކީ ކޮބައިތޯ ހޯދުމުގެ އެދުން އަޅުގަނޑުގެ ހިތުގައި ކޮންމެވެސް އެއް ސިފައެއްގައި އޮވެއެވެ. މި އެދުން އޭގެ އެންމެ ފުރިހަމަ ބާރާއެކު އުތުރިއަރައިގަތީ 1942 ވަނަ އަހަރުއެވެ. އެ ދުވަސްވަރު އަޅުގަނޑު ޖަންގަލީގަޔާއި ވީރާނާ ވެފައިވާ ތަންތާނގައި ރޮމުން ހިނގައި އުޅުނީމެވެ. އަދި ކިޔަމުން ދިޔައީމެވެ. “އޭ ﷲއެވެ. އިނބަ ކަލާނގެ ހިދާޔަތް ލިބޭނީ ކޮން ދުވަހަކުންތޯ އެވެ؟ ހިދާޔަތުގެ އިންތިޒާރުގައި މިއަޅާ ހުންނަން ޖެހޭނީ ކިހައި ދުވަހެއް ވާންދެންތޯ އެވެ؟”

ކީރިތި ޤުރުއާނުގެ ހިޔަލުގައި (1) :

ކިޔާފައިވާ ޢަދަދު: 6625

ނަޞްރު ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލުމެއް

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

ފެށުމުގެ ކުރިން

ނަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ 110 ވަނަސޫރަތެވެ. މިސޫރަތް އެކުލެވިގެންވަނީ ތިން އާޔަތުގެ މައްޗަށެވެ. ނަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތެރެއިން އެއްކޮށް އެންމެފަހުން ބާވާލެއްވުނު ސޫރަތެވެ. މިސޫރަތައްފަހު  ބާވާލެއްވުނު ކަމަށް ބުނެވެނީ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. ” އެދުވަހަކުން، ތިޔަބައިމީހުން، މާތް ﷲގެ ހަޟުރަތައް ގެންދެވޭނެ ދުވަހަކަށްޓަކައި، ރައްކާތެރިވެތިބޭށެވެ. އެއަށްފަހު (އެދުވަހު) ކޮންމެ މީހަކަށްމެ، އެއްވެސް ބޭއިންސާފުވުމެއްނެތި، (ހައްގުވެގެންވާ ޖަޒާ) ފުރިހަމައަށް ދެވޭނެއެވެ.” މިއާޔަތެވެ.ނަޞްރު ސޫރަތްބާވައިލެއްވުނީ ހިޖުރައިން 10 ވަނައަހަރު ހައްޖުމަހު ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވުމުގައި މިނާއަށް ވަޑައިގެންވަނިކޮށެވެ. އެހެންނަމަވެސް، މިސޫރަތް ބާވާލެއްވިފައިވަނީ ހިޖުރައިގެ ފަހުންކަމަށް ވާތީ ނަޞްރު ސޫރަތް ހިމެނެނީ މަދަނީ ސޫރަތެއްގެގޮތުގައެވެ.

އިބިލީހުގެ ސިޓީއެއް……

ކިޔާފައިވާ ޢަދަދު: 6484
ހަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

އިއްޔެ ކަލޭ ދުވަސް ފެށިގޮތް އަހަރެންހުރީ ވަރަށް ގާތުން ބަލާށެވެ. ކަލޭ ފަތިސްނަމާދަށްވެސް ނުތެދުވެ ނިދީމު ނޫންހެއްޔެވެ؟ ޙަޤީޤަތުގައި އިއްޔެ ކަލެއަށް މާތް ﷲ މިންވަރު ކުރެއްވި ރިޒުގަށްވެސް ކަލޭ ޝުކުރު ނުކުރަމެއް ނޫންހެއްޔެވެ؟ އަދި އިއްޔެގެ ނަމާދުތައްވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ދޫކޮށްލީމު ނޫންހެއްޔެވެ؟ އެންމެފަހުން ރޭގަނޑު ނިދިއިރުވެސް ޢިޝާނަމާދުގެ މަތިން ކަލޭ ހަނދާނެއް ނެތެއް ނޫންހެއްޔެވެ؟
 

ވަގުތު ކުޑަތަން ވެއްޖެ ނަމަ…….

ކިޔާފައިވާ ޢަދަދު: 6713

މި ދުނިޔޭގައި ކަލެއަށް އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއްކަން ކަލެއަށް އެނގިއްޖެނަމަ، ކަލޭ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟

ހަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
އެބަޔެއްގެ ސަބަބުން ކަލޭގެ ޙަޔާތަށް ބަދަލުތަކެއް އައި ކަމަށް ކަލޭ ބުނާނީ ކޮން ބަޔެއްގެ ގާތުގައި ހެއްޔެވެ؟ އެ ބަޔެއް ދެކެ ކަލޭ ލޯބިވާކަމަށް ކަލޭ ބުނާނީ ކޮން ބަޔެއްގެ ގާތުގައި ހެއްޔެވެ؟ ކަލޭ ހިތް ހެޔޮކޮށް މާފުކުރާނީ ކޮންބަޔަކަށް ހެއްޔެވެ؟ ކަލޭ އަލުން ގުޅުން ރަގަނޅުކުރަން ބޭނުންވާނީ ކޮންބަޔަކާއެކު ހެއްޔެވެ؟

ދިވެހީންނަށް ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނެވެ.

ކިޔާފައިވާ ޢަދަދު: 8067
އަބޫ ޠާސީން

އެއްވެސް އެއްޗެއްގެ އަގު ގިނަ ފަހަރަށް ނުވަތަ ފުރިހަމަ އަށް ވަޒަންކުރެވޭނީ އެ އެއްޗެއް ގެއްލި ދިޔުމުންނެވެ. ލޮލުގެ ފެނުމުގެ އަލިކަމުގެ މުހިއްމުކަން ނުވަތަ އިވުމުގެ ޙިއްސުގެ މުހިއްމުކަން ނުވަތަ އެނޫން ނިޢުމަތްތަކުގެ އަގު ވެސް އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ އެ ނިޢުމަތެއް ފިލައި ދިޔުމުންނެވެ. ޒުވާންކަމުގެ އަގު ވަޒަންކުރެވޭނީ މުސްކުޅިވުމުންނެވެ.

އޭރުގެ ފަތްފުށްތަކުން….(11)

ކިޔާފައިވާ ޢަދަދު: 3057

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ


ޞާޙިބުއްސަޢާދާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލްއަޒްހަރީ


މިއީ، މީގެ 59 އަހަރު ކުރިން ނުކުން،”دينى روح” ގެ 29 ވަނަ ޢަދަދު (15 ރަބީޢުލްއައްވަލް 1375) ން ނަގައިފައިވާ ލިޔުމެކެވެ. އައްޝައިޚް އިބްރާހީމް ރުޝްދީ (ނުވަތަ އަޅުގަނޑުމެންގެތެރޭގައި މަޝްހޫރު ޝައިޚް ރުޝްދީ) އަކީ، ރާއްޖޭގެ ފުރަތަމަ މަދަރުސާ، މަދްރަސަތުލް މަޖީދިއްޔާގެ ފުރަތަމަ މުދައްރިސެވެ. އޭގެ އިތުރުން އޭނާ ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެތެރޭގައި ބަންޑާރަ ނާއިބުކަމާއި ވަޒީރުލްއައުޤާފުކަމާއި މަޙްކަމަތުލްމަޢާރިފުގެ ވެރިކަމާ މަޙްކަމަތުއްޝަރްޢިއްޔާގެ ވެރިކަމާއި ނިޔާކަނޑައަޅާ ކޮމިޓީގެ ރައީސްކަމާއި ބަސް ކޮމިޓީ ރައީސްކަން ހިމެނެއެވެ. 

މާތްﷲ އެކަލާނގެ ރަސޫލުންނަށް ދެއްވި ނަޞްރާއި ކާމިޔާބީ އަކީ އެކަލާނގެ މަގަށް ނޫޅޭ މީހުންނަށް ލައްވައިފައިވާ ޢިބްރަތްތަކެއް

ކިޔާފައިވާ ޢަދަދު: 3617
إبراهيم رشيد موسى
މާތްﷲ ކީރިތި ޤުރްއާނުގައި އަންގަވަނީ “ތިމަންރަސްކަލާނގެ ރަސޫލުންނާ ބެހޭ ގޮތުން ތިމަންރަސްކަލާނގެ ލިއުއްވައި މިންވަރުކުރައްވައިފައިވަނީ އެ ބޭކަލުންނަށް ނަޞްރުދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެއަށް ތަބާވާ މީހުން ގަދަވެގެންވާ ބަޔަކުކަމުގައި ލެއްވުމަށެވެ.” މި ބަސްފުޅުން މާތްﷲ އެކަލާގެ މަންހަޖާ ޚިލާފުވާ މީހުންނަށާއި ރަސޫލުބޭކަލުންނާ ދެކޮޅު ހަދާ މީހުންނަށް އިންޒާރުކުރައްވައި އަންގަވަނީ އެފަދަ މީހުންނަށް މާތްﷲ ހަލާކާއި ގެއްލެނިވުން މެދުވެރިކުރައްވާނެ ކަމެވެ. މާތްﷲ ރަސޫލަކު ކަމުގައި ބޭކަލަކު ފޮނުއްވުމަށްފަހު، އެ ބޭކަލަކާ ދެކޮޅުހަދާ މީހުން، އެ ބޭކަލެއްގެ މައްޗަށް ގަދަވެގަތުމަށް ދޫކޮށެއް ނުލައްވާނެ އެވެ. މިއީ އެކަލާނގެ އަމިއްލަ ޛާތުފުޅަށް ޢަހްދުކަށަވަރުހިއްޕަވައިފައިވާ ކަމެކެވެ.

ދަންމަރު (19)

ކިޔާފައިވާ ޢަދަދު: 8158

ޤުދުރަތުގެ ޤާނޫނުު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ކޮޓަރިކޮޅު ބަންދު ކުރައްވާފައި ދެތިން ހަފްތާ ވަންދެން ބަހައްޓަވާފައި ހުޅުވައިލައްވާށެވެ. ފެނިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ކޮޓަރިކޮޅުން ފެނިވަޑައިގަންނަވާނީ ހިރަފުހުގެ ފަށަލަތަކެކެވެ. މިއީ ހިތްޕުޅު ހަމަ ޖެހޭ މަންޒަރަކަށް ނުވާނެ އެވެ.

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (8)

ކިޔާފައިވާ ޢަދަދު: 9369

ޙިއްސީ ގުނަވަންތަކުގެ ތަރުތީބު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މަނީގެ ތިތްކަތުން ގަނޑުލޭކޮޅަކުން އިންސާނާ އުފެދުމުގެ މަރުޙަލާތައް ފެށިގެން ތަރައްޤީވަމުން އަންނަކަމީ ކީރިތި ޤުރުއާނާއި މި ޒަމާނުގެ ސައެންސް ސާބިތުކޮށްދީފައިވާ ކަމެކެވެ. އެކަމުގައި އެއްވެސް މީހަކު ޚިލާފެއް ނުވެއެވެ. މި މަރުޙަލާތަކުގައި އިންސާނާގެ ޙިއްޞުތައް ތަރުތީބުވާ ގޮތް ވެސް މިއަދުގެ ސައެންސް ވަނީ ހޯދައިފައެވެ.