ކާއިނާތުގައިވާ އެއްވެސް އެއްޗެއް އަމިއްލައަށް ވުޖޫދެއް ނުވާނެއެވެ

ކިޔާފައިވާ ޢަދަދު: 176

ކާއިނާތުގައިވާ އެއްވެސް އެއްޗެއް އަމިއްލައަށް ވުޖޫދެއް ނުވާނެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު اللَّهُ އަށް އީމާންނުވާ މީހުން ދެކޭގޮތުގައި މި ދުނެއާއި، އެ ތާނގައި ވާހައި އެއްޗެއް އުފެދިފައިވަނީ، އެތަކެތި އުފެއްދެވި ފަރާތެއްނެތި، އެ ތަކެތީގެ އަމިއްލަ ޒާތުގައެވެ. ޙަޤީޤަތުގައި މިއީ އެއްވެސް އަސްލެއްނެތް މުޅީންމެ ބާޠިލު ޢަޤީދާއެކެވެ. އިންސާނުން ބޭނުންކުރާ އެއްވެސް އެއްޗެއް، އޭގެ އަމިއްލަ ޒާތުގައި އުފެދި ހެދިގެން ވުޖޫދަށް ނާންނަކަން އެއީ ކާއިނާތުގައިވާ އެއްޗެއް އަމިއްލައަށް ވުޖޫދުވެގެން ނުދާނެކަމުގެ ހެއްކަކަށް ފުދެއެވެ. މިފަދަ…

އަބާއްޖަވެރިކަމުން ސަލާމަތްވާނީ اللَّهُގެ މަގުގައި ދެމިތިބެއްޖެ ބައެކެވެ.

ކިޔާފައިވާ ޢަދަދު: 123

އަބާއްޖަވެރިކަމުން ސަލާމަތްވާނީ اللَّهُގެ މަގުގައި ދެމިތިބެއްޖެ ބައެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ޔަހޫދީންނާއި ނަޞާރާއިން އަދިއެނޫންވެސް ކުފުރުގެ އަހުލުވެރިންނަކީ، اللَّهُގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބޯލަނބާނެ ބަޔެއްނޫނެވެ. އެބައިމީހުން އެދެނީ ކޮންމެ ޙާލެއްގައިވެސް އެބައިމީހުންގެ ގޮތަށް މުސްލިމުން ތަބާވުމަށެވެ. އެއީ އެންމެ ކުރިއްސުރެ ކުފުރުގެ އަހުލުވެރިން އެދެމުން ދިޔަގޮތެވެ. ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި މިކަމަކީ މުސްލިމު އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ.{وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى…

މެދުވެރިވާ ކޮންމެ ކަމަކަށްވެސް ކެތްތެރިވުމަކީ ތިމާގެ ފާފަތައް ފުއްސަވާނެ ކަމެކެވެ.

ކިޔާފައިވާ ޢަދަދު: 207

މެދުވެރިވާ ކޮންމެ ކަމަކަށްވެސް ކެތްތެރިވުމަކީ ތިމާގެ ފާފަތައް ފުއްސަވާނެ ކަމެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މުސީބާތްތަކާއި ދަތި އުނދަގޫތަކާއި ހިތާމައާއި ހިތްދަތިކަމުގެ ދެވަނަ ނަމަކީ ދިރިއުޅުމޭ ބުނެވިދާނެއެވެ. އެހެނީ، މި ދުނިޔޭގެ ޙަޔާތުގައި މުސީބާތްތަކާއި ހިތްދަތިކަމާއި އުނދަގޫތައް ތަޙައްމަލުކުރަން ނުޖެހޭ އެއްވެސް އިންސާނަކު ނުވެއެވެ. މުއުމިނުންނަކީ، އެބައިމީހުންނަށް ކުރިމަތިވާ މުސީބާތްތަކާއި ހިތްދަތިކަމުގެ ވަގުތުގައި ވެސް ނާއުއްމީދުވެ މާޔޫސްވެ ތިމާމެންގެ ނަފުސު ހަލާކުގެތެރެއަށް އެއްލައިލާނެ ބަޔަކުކަމުގައި ވެގެންނުވާނެއެވެ. އެއާޚިލާފަށް اللَّهُ ހަނދުމަކޮށް، ކެތްތެރިކަން އިސްކުރުމަކީ މުއުމިނުންގެ ޚާއްޞަ ސިފައެކެވެ.…

މަރުވާނެކަމުގެ ޔަޤީންކަމާއި، އެކަމަށް ތައްޔާރުވުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 204

މަރުވާނެކަމުގެ ޔަޤީންކަމާއި، އެކަމަށް ތައްޔާރުވުމުގެ މުހިއްމުކަން އަޙްމަދު ފާރޫޤް މުޙައްމަދު ފުރާނަލައި ހެއްދެވި ކޮންމެ މަޚްލޫޤަކު މަރުގެ ރަހަދެކޭނެކަމީ ކުޑަވެސް ޝައްކެއް އެކަމުގައިވާ ކަމެއްނޫނެވެ. މީސްތަކުންނަށް އެނގިފައިނުވާ ކަމަކީ މަރު އެ މީހަކާ ބައްދަލުކުރާނެ ވަގުތެކެވެ. اللهُ ވަޙީކުރައްވާފައިވެއެވެ. { كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ} (آل عمران: 185)…

ސުވަރުގެއާއި ނަރަކައަށް ގޮވޭ ގޮވުންތައް

ކިޔާފައިވާ ޢަދަދު: 217

ސުވަރުގެއާއި ނަރަކައަށް ގޮވޭ ގޮވުންތައް އަޙްމަދު ފާރޫޤް މުޙައްމަދު ސުވަރުގެއަށް ގޮވޭ ގޮވުންތައް ދަންނައެ! ސުވަރުގެއަށް ދެވޭނެމަގުގައި ކުރިޔަށްދާމީހާ އޭނާގެ ނަފުސުގެ އެދުންތަކުގެކުރިޔަށް الله ރުހިވޮޑިގެންވާގޮތް އިސްކޮށް، ހަވާނަފުސުގެ އެދުންތައް މައިތިރިކޮށް، الله ޙަރާމުކުރެއްވި ކޮންމެކަމަކުން ރައްކާތެރިވުން ހިމެނެއެވެ. އެމަގުގައި ކުރިޔަށްދާއިރު ތިބާގެ ނަފުސު ބުނާނެއެވެ! ރޭގަނޑުގެ އަރާމުނިދި ދޫކޮށްލައި ފަތިހުގެ ނަމާދަށް ތެދުވާށެވެ! ކާބޯތަކެއްޗަށް ނަފުސުގައިވާ ދަހިވެތިކަން މައިތިރިކޮށް ގިނަގިނައިން ސުންނަތް ރޯދަހިފުމަށް އާދަކުރާށެވެ!  الله ދެއްވި މުދަލުން އެކަލާނގެ ޙައްޤު އަދާކޮށް ފަޤީރުންނާއި، ނިކަމެތިންނަށް…

އުޟްޙިޔާ ކަތިލުމާ ގުޅިގެން އެނގުން މުހިއްމު ބައެއް ކަންތައްތައް

ކިޔާފައިވާ ޢަދަދު: 333

  އުޟްޙިޔާ ކަތިލުމާ ގުޅިގެން އެނގުން މުހިއްމު ބައެއް ކަންތައްތައް އަޙްމަދު ފާރޫޤް މުޙައްމަދު އުޟްޙިޔާ އަކީ ނަޙްރުގެ ދުވަސްތަކުގައި، އެބަހީ: ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހާއި، އެގާރަ، ބާރަ، ތޭރަ މި ހަތަރު ދުވަހުގެ ތެރެއިން ދުވަހެއްގައި ނަޢަމްސޫފީގެތެރެއިން އެކަމަށް ހުއްދަ ބާވަތެއް، اللَّهُގެ މަގުގައި ޤުރްބާންކޮށްގެން ކުރެވޭ އަޅުކަމެކެވެ. މިއީ، اللَّهُ އާ ކުއްތަންވުމުގެގޮތުން ކުރެވޭ  އެންމެ މަތިވެރި އެއް އަޅުކަމެވެ. އެކަން އެނގެނީ ނަމާދާ ވިދިގެން އުޟްޙިޔާގެ ވާހަކަ އަންގަވާފައިވާތީއެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ.…

އުޟްޙިޔާ ކަތިލުމަކީ، އިބްރާހީމުގެފާނުގެ ޛިކްރާ ދެމެހެއްޓެވުމުގެތެރެއިންވާ ކަމެކެވެ.

ކިޔާފައިވާ ޢަދަދު: 219

  އުޟްޙިޔާ ކަތިލުމަކީ، އިބްރާހީމުގެފާނުގެ ޛިކްރާ ދެމެހެއްޓެވުމުގެތެރެއިންވާ ކަމެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ސަލާމްލެއްވި އިބްރާހީމުގެފާނަށް ކުރިމަތިކުރެއްވި ބޮޑެތި ބޮޑެތި ގިނަ ގުނަ އިމްތިޙާނުތަކުގެތެރެއިން އެއް ކަމަކީ، އެކަލޭގެފާނު މުސްކުޅިފުޅުވި ދުވަހު ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދަރިކަލުން އިސްމާޢީލުގެފާނު، اللَّهُގެ މަގުގައި ޤުރްބާންކުރެއްވުމަށް އަންގަވައި ކުރެއްވި އިމްތިޙާނެވެ. މިކަމަކީ މީހަކު ޙައިރާންވެ އަންތަރީސްވާވަރުގެ ބޮޑު އެހާމެ ބުރަ ކަމެކެވެ. އިބްރާހީމުގެފާނު ދަރިކަލަކު ލިބިވަޑައިނުގެން ދުޢާކުރެއްވުމުގައި ދެމިހުންނަވައި، މުސްކުޅިފުޅު އުމުރުފުޅުގައި ލިބިވަޑައިގެން ދަރިކަލުން ތުއްޕުޅު ޙާލުކޮޅުގައި މައްކާގައި ވަޒަންވެރި…

އެއްވެސްކަމެއްގައި އަޅުތަކުންނަށް އުނދަގޫތައް ކުރިމަތިކުރެއްވުމަކީ اللَّهُ އެދިވޮޑިގެންވާ ކަމެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 575

  އެއްވެސްކަމެއްގައި އަޅުތަކުންނަށް އުނދަގޫތައް ކުރިމަތިކުރެއްވުމަކީ اللَّهُ އެދިވޮޑިގެންވާ ކަމެއްނޫނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިދުވަސްވަރަކީ، ދުނިޔޭގެ ކަންކޮޅުތަކުން މީސްތަކުން ޙައްޖުގެ މަތިވެރި އަޅުކަމަށްޓަކައި މައްކާއަށް ދަތުރުކުރަމުންދާ ދުވަސްވަރެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އެ މީހެއްގެ ރަށުން މައްކާއަށް ފައިމަގުގައި ހިނގާފައި ދިޔުމަކީ އިތުރު ސަވާބާއި ދަރުމަހުރި ކަމެއް ކަމުގައެވެ. އެހެންކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން ފައިމަގުހިނގާފައި ޙައްޖަށްދިޔުމަކީ ހިނގަމުންދާ ކަމެކެވެ. އިބްރާހީމުގެފާނު ކަޢުބަތު اللَّهِ ގެފުޅު ތަޢުމީރުކުރައްވައި ނިމުމުން، މީސްތަކުން ޙައްޖަށްއައުމަށް ގޮވައިލެއްވުމަށް…

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާގުޅޭގޮތުން ޢާއްމުކޮށް ދެކެވޭ ޞައްޙަމަގުން ސާބިތުނުވާ ބައެއް ވާހަކަ

ކިޔާފައިވާ ޢަދަދު: 477

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާގުޅޭގޮތުން ޢާއްމުކޮށް ދެކެވޭ ޞައްޙަމަގުން ސާބިތުނުވާ ބައެއް ވާހަކަ  އަޙްމަދު ފާރޫޤް މުޙައްމަދު މީސްތަކުން ދީނަށްއުޅުމަށް ހިއްވަރުދިނުމުގެ ނަމުގައި އެންމެ އިހުއްސުރެ އަމިއްލައަށް ހަދަހަދައިގެން ވަރަށް ގިނަ ވާހަކަތައް މީސްމީހުން ފަތުރަމުން ގެންދެއެވެ. މީގެ އެންމެ ދެރަކަމަކީ އެފަދަ ބައެއް ވާހަކައަކީ ރަސޫލު اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްކަމުގައި ބުނެ ފަތުރަމުން ގެންދިއުމެވެ. މިފަދަ ކަންކަމުގެތެރެއިން، ކުރިމަތީގައިވާ ބަރަކާތްތެރި ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ރޯދަހިފުމުގެ މާތްކަން ބަޔާން ކުރުމުގެގޮތުން…

ޙުރުމަތްތެރިވެގެންވާ މައްސަރުތަކާއި، އެ މައްސަރުތަކާގުޅޭ ބައެއް ޙުކުމްތައް

ކިޔާފައިވާ ޢަދަދު: 217

ޙުރުމަތްތެރިވެގެންވާ މައްސަރުތަކާއި، އެ މައްސަރުތަކާގުޅޭ ބައެއް ޙުކުމްތައް އަޙްމަދު ފާރޫޤް މުޙައްމަދު މައްސަރުތަކުގެތެރެއިން ބައެއް މައްސަރަކީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކެއްކަމުގައި ލައްވައި މާތްاللَّهُ ވަޙީކުރައްވާފައި ވެއެވެ. ]  نَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ [ (التوبة: ٣٦) މާނައީ: }ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّهُ ކަނޑައަޅުއްވާފައިވާ ގޮތުގައި…