އަލްމުއުމިނޫން ސޫރަތުގެ އަލީގައި ފުރިހަމަ މުއުމިނުންގެ ސިފަތައް (2)

ކިޔާފައިވާ ޢަދަދު: 300

އަލްމުއުމިނޫން ސޫރަތުގެ އަލީގައި ފުރިހަމަ މުއުމިނުންގެ ސިފަތައް (2) އަޙްމަދު ފާރޫޤް މުޙައްމަދު އަލްމުއުމިނޫން ސޫރަތާއި އެހެންވެސް ސޫރަތްތަކުގައި އަންގަވާފައިވާ މުއުމިނުންގެ ސިފަތަކަކީ، އެއަށް އިތުރު ތަފުޞީލުތައް ކީރިތި ޤުރްއާނާއި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތުން ސާބިތުވާ ކަންތައްތަކެކެވެ. ތިރީގައި ކޮންމެވެސް ވަރަކަށް އެ ކަންކަމުގެ ތަފުޞީލު ހިމަނައިލަމެވެ. ފުރިހަމަ މުއުމިނުންނީ، އެއުރެންގެ ނަމާދުގައި اللَّهُ އަށް ބިރުވެތިވެ، މަޑުމައިތިރިވެތިބޭ މީހުންނެވެ. ނަމާދަކީ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ކުއްތަންވެވޭ އަޅުކަމެކެވެ. ނަމާދަށް…

ޙަދީޘެއްގެ ހިޔަލުގައި

ކިޔާފައިވާ ޢަދަދު: 362

ޙަދީޘެއްގެ ހިޔަލުގައި  އަޙްމަދު ފާރޫޤް މުޙައްމަދު މުސްލިމުންގެ ޢަމަލުތައް އިޞްލާޙުވެ، اللَّهُގެ ރުއްސެވުން އެބައިމީހުންނަށް ލިބޭނެ މަގުތައް ރަސޫލުاللَّهِ Jގެ ސުންނަތުގައި ބަޔާން ކުރައްވާފައިވެއެވެ. އިތުރުއެކަލޭގެފާނުގެ ބަސްފުޅުތަކަކީ ޙައިރާންވުން އެކަށީގެންވާފަދަ ބަލާޣާތްތެރި ބަސްފުޅުތަކެކެވެ. މަދު ލަފުޒުތަކުން ގިނަގުނަ މާނަތައް ބަޔާންވެގެންވާ ބަސްފުޅުތަކެކެވެ. ތިރީގައި މި ނަންގަނެވޭ ޙަދީޘަކީ އެފަދަ ޚާއްޞަ ޙަދީޘެކެވެ.   عَنِ النُّعْمَانِ بْنِ بَشِيْرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  يَقُولُ: {إِنَّ…

އަޅުތަކުންގެމައްޗަށް اللَّهُގެ ދީލަތިވަންތަކަމާއި، اللَّهُގެ ފަޟުލުވަންތަކަމުން މަޙްރޫމުވުމުގެ ސަބަބުތައް

ކިޔާފައިވާ ޢަދަދު: 463

އަޅުތަކުންގެމައްޗަށް اللَّهُގެ ދީލަތިވަންތަކަމާއި، اللَّهُގެ ފަޟުލުވަންތަކަމުން މަޙްރޫމުވުމުގެ ސަބަބުތައް  އަޙްމަދު ފާރޫޤް މުޙައްމަދު ޝަޢުބާންމަހުގެ ފަނަރަވަނަ ރެޔާގުޅޭގޮތުން އައިސްފައިވާ ޙަދީޘްތަކާމެދު ވާހަކަދައްކަވަމުން، އައްޝައިޚު މުޙައްމަދު އައްސައްޔިދު ޢަބްދުހޫ ޢަބްދުއްރައްޒާޤު، އޭނާގެ [ތަޙްވީލުލް ޤިބުލަތި މިނަލް ޤުދުސި އިލަލް ކަޢުބަތި] މި ނަންކިޔުނު ލުއިފޮތުގެ 14 ، 15 މި ދެ ޞަފްޙާގައި ލިޔުއްވާފައިވެއެވެ. [މި މައުޟޫޢުގައި ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅަށް ބަލާއިރު، ޝަޢުބާންމަހުގެ މާތްކަމާ ގުޅޭގޮތުން ޞައްޙަމަގުން އެއްވެސް ބަސްފުޅެއް ވާރިދުވެގެން ނުވާކަމަށް ބުނުމަކީ މުޅިން ރަނގަޅުގޮތެއްނޫނެވެ.…

އަހަރެން ފިކުރާވި އިސްލާމްދީން:: އިސްލާމްދީނުގައި އަންހެނުންގެ ޙައިޘިއްޔަތު

ކިޔާފައިވާ ޢަދަދު: 258

އަހަރެން ފިކުރާވި އިސްލާމްދީން: އިސްލާމްދީނުގައި އަންހެނުންގެ ޙައިޘިއްޔަތު ތަރުޖަމާ : ޢަބްދުﷲ ފާރޫޤު ޙަސަން އިސްލާމްދީނާއި މުސްލިމުންނާ ބެހޭގޮތުން ފެތުރިފައިވާ ކުށްހީތަކުގެތެރެއިން ބައެއްހީތަކަކީ އަންހެނުންނާ ބެހޭގޮތުން ފެތުރިފައިވާ ކުށްހީތަކެވެ. އިސްލާމްދީން އައުމުގެ ކުރީން އާއްމުގޮތެއްގައި ހުރިހައި މުޖްތަމައުތަކެއްގައިވެސް އަންހެނުން ތިބީ ނިކަމެތި ކޮށްލައިފައެވެ. ދެރަކޮށްފައެވެ. އެމީހުނަށް އިހާނެތިކޮށްހިތައި އަނިޔާކުރެވުނެވެ. އިންޑިޔާގެ މުޖްތަމައުގައި ހުވަފަތްވާ އަންހެނުން ފިރިމީހާގެ ޗިތާގައި (ހަށިގަނޑާއެކު) އަންދައިލެވެއެވެ. އަރަބި ކަރައިގައި އަންހެންދަރީން ދިރިތިއްބައި ވަޅުލިއެވެ. ޗައިނާގައި އަންހެނުންގެފަޔަށް ދަގަނޑުގެ ހަނިފައިވާންލައްވައެވެ. ޝައްކެއްނެތެވެ. އަންހެނުންނަށް ކުރެވޭ…

ހިތްތަކުގެ ހަމަޖެހުންވަނީ اللَّهُ ހަނދުމަކުރުމުގައެވެ.

ކިޔާފައިވާ ޢަދަދު: 362

ހިތްތަކުގެ ހަމަޖެހުންވަނީ اللَّهُ ހަނދުމަކުރުމުގައެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދު މީސްތަކުންގެ ޙާލަތަށް ބަލައިލާއިރު ގިނަ ބަޔަކުއުޅެނީ އެބައިމީހުންގެ ހިތް ނުތަނަވަސްކަމާއި ކަންބޮޑުވުންތައް ފިލުވައިލެވޭނެ ގޮތެއް ނުފެނިގެންނެވެ. ނަފުސާނީ ބޮޑު ގިލަންވެރިކަމެއްގައި މީސްތަކުންވަނީ ހަފުސްވެފައެވެ. ހިތްހަމަޖެހުން ހޯދުމަށްޓަކައި ބައެއް މީހުން މަސްތުވާ ތަކެތީގެ އަޅުންނަށް ވެދެއެވެ. އަނެއްބަޔަކު ޑިސްކޯތަކާއި ނައިޓްކްލަބުތަކުގައި ވަގުތުތައް ހޭދަކުރެއެވެ. ބައެއް މީހުން ސައިކޭޓްރިސްޓުންނާއި ނަފުސާނީ ޢިލްމުވެރިންގެ ގާތުން ކޮންމެވެސް ނަތީޖާއެއް ލިބޭތޯ މަސައްކަތްކުރަމުން ދެއެވެ. އަނެއް ބަޔަކު ޑޮކްޓަރުންނާއި ބޭސްވެރިންގެ ކިބައިން ތިމާމެންގެ…

ޝަރުޢީގޮތުން ސާބިތުނުވާ ތަކެއްޗަށް ޢަމަލުކުރުމެއް ނުވެއެވެ.

ކިޔާފައިވާ ޢަދަދު: 323

ޝަރުޢީގޮތުން ސާބިތުނުވާ ތަކެއްޗަށް ޢަމަލުކުރުމެއް ނުވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު                           ކީރިތި ޤުރްއާނާއި ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުން ސާބިތުވާ ދުޢާތަކާއި ޛިކުރުތައް އެއީ މުސްލިމުންނަށް ފުދި އިތުރުވެގެންވާ އެއްޗެކެވެ. އަޅުގަނޑުމެން މުސްލިމުންކުރެ ގިނަ މީހުން މިއުޅެނީ ކޮންމެ ދުވަހަކު ކީރިތި ޤުރްއާނުން ފޮތެއްވެސް ކިޔަވައި ނުލެވިގެންނެވެ. ނުވަތަ ހެނދުނާއި ހަވީރު ކިޔެވުމަށާއި އެނޫން ވަގުތުތަކުގައި…

ރަޖަބުމަހު ރޯދަހިފުމުގެ މާތްކަމާގުޅިގެން ބަޔާންކުރާ އަސްލެއްނެތް ވާހަކަތައް

ކިޔާފައިވާ ޢަދަދު: 409

ރަޖަބުމަހު ރޯދަހިފުމުގެ މާތްކަމާގުޅިގެން ބަޔާންކުރާ އަސްލެއްނެތް ވާހަކަތައް  އަޙްމަދު ފާރޫޤް މުޙައްމަދު ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާގޮތުގައި ރަޖަބު މަހަކީ، ޙުރުމަތްތެރިކުރައްވާފައިވާ މައްސަރުތަކުގެތެރެއިންވާ މަހެކެވެ. އެހެންކަމާއެކު އެ މައްސަރުގައި اللَّهُ ނަހީކުރައްވާފައިވާ ކަންކަމާ ދުރުވެ، ކުރުމަށް އަމުރުކުރައްވާފައިވާ ކަންކަން ކުރުމުގައި ދެމިތިބުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ. މީގެ އިތުރަށް ރަޖަބުމަހު ވަކި ޚާއްޞަ އަޅުކަމެއްކުރުމަށް އަންގަވާފައިވާ ޞައްޙަ ޙަދީޘެއް ނެތްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަލްއިމާމު އިބްނު ޙަޖަރު ވިދާޅުވިއެވެ. [ރަޖަބުމަހުގެ މާތްކަން ބަޔާންވެގެންވާ ޙަދީޘެއް، ނުވަތަ…

ރަޖަބުމަހު ކުރަންއަންގަވާފައިވާ ޚާއްޞަ ނަމާދެއް ނުވެއެވެ.

ކިޔާފައިވާ ޢަދަދު: 476

ރަޖަބުމަހު ކުރަންއަންގަވާފައިވާ ޚާއްޞަ ނަމާދެއް ނުވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ރަޖަބުމަހުގެ މާތްކަން ބަޔާންކުރުމުގެ ގޮތުން ރަޖަބުމަހަށް ހަނދުބެލުމުން، ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ވިދާޅުވާ ދުޢާއެއްކަމަށްބުނެ މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ އަންނަނިވި ޢިބާރާތް އިބްނުޙަޖަރު ބަޔާންކުރައްވާފައިވެއެވެ. “اللهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ.” [އަޅަމެންގެވެރިރަސްކަލާކޮ! އަޅަމެންނަށް ރަޖަބުމަހާއި ޝަޢުބާންމަހުގައި ބަރަކާތްލައްވާނދޭވެ! އަދި އަޅަމެން ރަމަޟާންމަހާ ބައްދަލުކުރައްވާނދޭވެ!] އެއަށްފަހު އިބްނުޙަޖަރު ލިޔުއްވާފައިވެއެވެ. އަލްއިމާމުއްޠަބަރާނީ، އެ ކަލޭގެފާނުގެ މުޢުޖަމުލްއައުސަޠުގައި މި ޙަދީޘް…

ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވާ ރަޖަބު މަސް (2)

ކިޔާފައިވާ ޢަދަދު: 387

ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވާ ރަޖަބު މަސް (2) އަޙްމަދު ފާރޫޤް މުޙައްމަދު ޙުރުމަތްތެރި މައްސަރެއްގެ މާނަ: ރަޖަބުމަހާ ގުޅޭގޮތުން އެންމެ ފުރަތަމަ ކަމަކަށް ބަލައިލަންޖެހެނީ، އެއީ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވުމުން އެ ކަމާމެދުގައެވެ. ޝައްކެއްނެތެވެ. ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތައްކަމުގައިވާ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހާއި، ރަޖަބު މަހަކީ، އެ މައްސަރުތަކުގައި ކުށްފާފަތަކަށް އަރައިގަތުމުގެ ޙަރާމްކަން ބޮޑުވެގެންވާ މައްސަރުތަކެކެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ. {إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ…

ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވާ ރަޖަބު މަސް (1)

ކިޔާފައިވާ ޢަދަދު: 348

ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވާ ރަޖަބު މަސް (1)   އަޙްމަދު ފާރޫޤް މުޙައްްމަދު މިހާރު ހިނގަމުން މިދަނީ، اللَّهُ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްކަމަށްވާ ރަޖަބު މަހުގެ ދުވަސްތަކެވެ. ރަޖަބު މަހުގެ މާތްކަމާ ގުޅޭގޮތުން، އެ މައްސަރުގެ ދުވަސްތަކުގައި ޤުރްބާންކުރުމާއި، ރޯދަހިފުމާއި، އެ މައްސަރަށް ޚާއްޞަވެފައިވާ ނަމާދެއްކުރުމާއި، އެ މަހުގައި ޒަކާތްނެރުން އިތުރުވެގެންވާކަމާއި، މިފަދަ ތަފާތު އެތައް ވާހަކަތަކެއް މުސްލިމުންގެ މެދުގައި ދެކެވެމުންދެއެވެ. އެއްވެސް އަޅުކަމެއް ކުރުން ހުއްދަވާނީ، އެ ކަމެއް ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ…