لَيْـسَ كَمِـثْلِهِ شَـْئ

ކިޔާފައިވާ ޢަދަދު: 4954
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 23

لَيْـسَ كَمِـثْلِهِ شَـْئ

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކީރިތި ޤުރްއާނުގައި ﷲ އާ ބެހޭ ގޮތުން އަންގަވައިފައިވަނީ އެފަދަ އެއްވެސް ފަރާތެއް ނެތްކަމުގައެވެ. (އައްޝޫރާ 11) ﷲ އަކީ ކޮންމެ ގޮތަކުން ބެލިނަމަވެސް އެހެން ހުރިހައި އެއްޗަކަށް ނުވަތަ ކަމަކަށްވުރެ މަތިވެރި ފަރާތެކެވެ. ﷲ ގެ މަތިވެރިކަމުގެ ސަބަބުން އެހެން ހުރިހައި އެއްޗެއްގެ ކަލަކަށް ވެވޮޑިގަތުމުގެ ޙައިސިއްޔަތު ލިބިވޮޑިގެން ވަނީއެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ ގެ ކުރިފުޅުމަތީގައި ބޯތިރިކުރާށެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމަށް ގަބޫލުކޮށް ﷲ ގެ ކުރިފުޅުމަތީގައި ދެރަވެގަންނާން ރުހޭށެވެ.

އިލާހީ މަޢުރިފަތު

ކިޔާފައިވާ ޢަދަދު: 4827
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 21

އިލާހީ މަޢުރިފަތު

ޢަބްދުﷲ ނަޢީމު އިބްރާހީމު

ﷲ ގެ މަޢުރިފަތަކީ ޝުޢޫރީ ހޯދުމެކެވެ. އެއީ ﷲ މި ނަންފުޅު ވަކި ޢަދަދަކަށް ކިޔައިގެން ހާސިލު ކުރެވޭނޭ އެއްޗެއް ނޫނެވެ. ނުވަތަ ވަކި ދުޢާއެއް ކިޔައިގެން ނުވަތަ ވަކި ކަހަލަ ފަންޑިތައެއް ހަދައިގެން ހާސިލު ކުރެވޭ އެއްޗެއްވެސް ނޫނެވެ. އެފަދަ ކަންތައްތަކުން ހާސިލު ކުރެވޭ އެހެން ކަމެއް އޮވެދާނެއެވެ. އެއީ ﷲ ގެ މަޢުރިފަތާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ.

މަތިވެރި މަޢުރިފަތު

ކިޔާފައިވާ ޢަދަދު: 4996
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 20

މަތިވެރި މަޢުރިފަތު

ޢަބްދުﷲ ނަޢީމު އިބްރާހީމް

ޞަޙީޙް މުސްލިމްގެ 5256 ވަނަ ޙަދީޘްގައި ވެއެވެ. الدنيا سجن المؤمن وجنة الكافر “ދުނިޔެއަކީ މުއުމިނުންނަށް ހުރި ހުރަގެއެކެވެ. އަދި ކާފިރުންނަށް ހުރި ސުވަރުގެއެކެވެ.”

ކައިރީގައިވާ ސުވަރުގެއާއި ދުރުގައިވާ ސުވަރުގެ

ކިޔާފައިވާ ޢަދަދު: 5110
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 18

ކައިރީގައިވާ ސުވަރުގެއާއި ދުރުގައިވާ ސުވަރުގެ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގެ ޤަމަރް ސޫރަތުގެ 54 ވަނަ އާޔަތާއި، 55 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. إنّ المتقين فى جنات ونهر، فى مقعد صدق عنك مليك مقتدر “ހަމަ ކަށަވަރުން ތަޤްވާވެރިން ވަނީ، ސުވަރުގެތަކާއި، ބާވަތް ބާވަތުގެ ކޯރުތަކުގެ ނިޢުމަތުގައެވެ. ހިތް ހަމަ ޖެހޭ، އުފާވެރިކަމުގެ ދާނެއްގައެވެ. ކުޅަދުންވަންތަ، ރަސްވަންތަ ރަސްކަލާނގެ ޙަޟުރަތުގައެވެ.”

ހެއްދެވި ފަރާތުގެ ޙައްދެއް ނެތް މަތިވެރިކަން

ކިޔާފައިވާ ޢަދަދު: 4630
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 17

ހެއްދެވި ފަރާތުގެ ޙައްދެއް ނެތް މަތިވެރިކަން

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކީރިތި ޤުރްއާނުގެ އައްރަޢްދު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަނީ މި ފަދައިންނެވެ. اللّـه الّذى وفع السّماوات بغير عمدٍ ترونها މާނައަކީ “ﷲއީ ތިޔަބައި މީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ.”
މި އާޔަތުގައި ބަޔާން ކުރައްވައިފައި މި ވަނީ ކާއިނާތުގެ ވަރަށް މަތިވެރި ޙަޤީޤަތެކެވެ. މި ޙަޤީޤަތާ މެދު ފުންކޮށް ވިސްނައި، ގަބޫލު ކުރެވުމާއެކު ހިތް ފުރިގެން ބަންޑުން ވެދެއެވެ. ގައިން ހީބިހި ނަގައިގެންފަތެވެ.

ﷲ ދެކެ ލޯބިވުން

ކިޔާފައިވާ ޢަދަދު: 4871
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 16

ﷲ ދެކެ ލޯބިވުން

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 165 ވަނަ އާޔަތުގައި ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. މި އާޔަތުން އެނގޭ ގޮތުގައި ﷲ އަށް އީމާންވާ މީހެއްކަން އެނގޭ އެއް ސިފައަކީ މީހަކު ހިތުގެ އަޑީން ﷲ ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަން އެނގުމެވެ. މި އާޔަތުގައި ވަނީ ﷲ ދެކެ ލޯބިވާ ވާހަކައެއް ނޫނެވެ. މީހެއްގެ ހިތުގައި ﷲ ގެ ލޯބި ފުރިހަމައަށް އަށަގަތުމުގެ ވާހަކައެވެ. (ނުކުތާއަކީ ބޭރު ފުށުން ލޯބި ފެނުމެއް ނޫނެވެ. ހިތުގެ އަޑީގައި ލޯބި އަށަގަތުމެވެ.)

ޝައްކެއް ނެތުން

ކިޔާފައިވާ ޢަދަދު: 4854
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 14

ޝައްކެއް ނެތުން

ޢަބްދުﷲ ނަޢީމު އިބްރާހީމު
ހިދާޔަތުގެ ކަންތައްތަކުގައި ﷲ ސުބްޙަނަހޫ ވަތަޢާލާގެ ޤާނޫނެއް އޮވެއެވެ. އެއީ ޝައްކަށް ޖާގަ ދެއްވުމެވެ. (ޝައްކަށް ޖާގަ ދެއްވުމަކީ ވިސްނުމަށް ޖާގަ ދެއްވުމެވެ.) މިކަން އެނގެނީ އަންޢާމް ސޫރަތުގެ 8 ވަނަ އާޔަތުންނެވެ. ކޮންމެ އެއްޗެއްގައިމެ ޝައްކަށް ޖާގައެއް ލައްވައިފައި ވެއެވެ. މިއީ އިމްތިޙާނެއްގެ ގޮތުން ލައްވައިފައިވާ ކަމެކެވެ.

ނޯވޭގައި ރަމަޟާން މަސް

ކިޔާފައިވާ ޢަދަދު: 3945
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ނޯވޭގައި ރަމަޟާން މަސް

އިބްރާހީމު ރަޝީދު މޫސާ

ނޯވޭއަކީ ސްކެންޑްނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިޤައުމުގެ ދެކުނުފަރާތުގައި އޮންނަނީ ޑެންމާރކެވެ. އުތުރު ފަރާތުގައ ރަޝިޔާއެވެ. އިރުމަތީ ފަރާތުގައި ފިންލެންޑާއި ސްވިޑުނެވެ.

އަށެއްކަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ޤައުމަކީ ދުނިޔޭގެ ސިޔާސީ މައިދާނާއި އިޤްތިޞާދީ މައިދާނުގައި ވަރަށް މުހިއްމު މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ.

މަޢުރިފަތުގެ ޒަރީޢާ

ކިޔާފައިވާ ޢަދަދު: 4995
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 13

މަޢުރިފަތުގެ ޒަރީޢާ

ޢަބްދުﷲ ނަޢީމު އިބްރާހީމް

މަޢުރިފަތުގެ ޒަރީޢާ އަކީ ވަކި މުއްދަތަކަށް ހުޅުވިފައި ހުރެފައި، ވަގުތު ޖެހުނީމާ ބަންދުވާ އެއްޗެއް ނޫނެވެ. އެއީ ދިރިހުރި އަދި ދިގު ދެމިގެންދާ ހޯދުމަކަށް ކިޔާ ނަމެކެވެ. މަޢުރިފަތު ލިބިގަތުމަށް އޮންނަނީ ހަމަ އެންމެ މަގެކެވެ. އެއީ ފުންކޮށް ވިސްނައި ފިކުރު ހިންގުމެވެ. ވިސްނައި ފިކުރު ހިންގުމުގެ ގާބިލުކަން ތިމާގެ ކިބައިގައި އަށަގެންނެވުމެވެ.
 

މަޢުރިފަތުގެ ބިންގަލަކީ ބުއްދި

ކިޔާފައިވާ ޢަދަދު: 5469
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 12

މަޢުރިފަތުގެ ބިންގަލަކީ ބުއްދި

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އެނގޭ ގޮތުގައި މަޢުރިފަތު ހާސިލު ކުރުމަށްޓަކައި ކުރާން ޖެހޭ ކަމަކީ ﷲ ހަނދުމަ ކުޅައުމާއި، ވިސްނައި ފިކުރު ކުރުމެވެ. ވިސްނައި ފިކުރު ކުރުމަކީ ސިކުނޑިއާ ގުޅިފައިވާ ކަމެކެވެ. އެއީ އިންސާނާގެ ގުނަވަން ތަކުގެ ތެރެއިން ހަމަ އެކަނި ސިކުނޑިއަށް ލިބިފައިވާ ބާރެކެވެ. ނުވަތަ ގާބިލު ކަމެކެވެ. ސިކުނޑީގެ ބޭނުން ކޮށްގެން ﷲ ހަނދުމަ ކުޅައުން މަތީ ދެމި ހުންނަ މީހަކަށް މަޢުރިފަތު ހާސިލު ކުރާކަށް އުނދަގުލެއް ނުވާނެއެވެ.