ކީރިތި ޤުރްއާން ކިޔައިލުމުން ޔަޤީންވަނީ އެ ފޮތަކީ އިންސާނީ މަސައްކަތެއް ނޫންކަމެވެ.

ކިޔާފައިވާ ޢަދަދު: 2654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަނޑު އިސްލާމްވީ ކީއްވެ؟

ކީރިތި ޤުރްއާން ކިޔައިލުމުން ޔަޤީންވަނީ އެ ފޮތަކީ އިންސާނީ މަސައްކަތެއް ނޫންކަމެވެ.

— ———————- ޑޮކްޓަރ ގެރީމިލަރ
ޢަބްދުﷲ ފާރޫޤު ޙަސަން
ޕްރޮފެސަރ ޑޮކްޓަރ ގެރީމިލަރ (Dr. Gary Miller) އަކީ ކުރީގެ މިޝަނަރީއެކެވެ. އޭނާއަކީ ކްރިސްޓިއަން ޢިލްމުވެރީންގެ ތެރެއިން މަތީ ދަރަޖައިގެ ޢާލިމެކެވެ. ޚާއްޞަކޮށް ފޮތަށް ލޯބިކުރެއްވުމާއި މަޢުލޫމާތުގެ މުއްސަނދިކަމުގެ ލާމަސީލު މިސާލެކެވެ. އޭނާއަކީ ކެނެޑާގައި ވަރަށް މަޝްހޫރު މެތަމެޓީޝަނެކެވެ. އާދެ، އަލްޖިބްރާގެ ޢާލިމެކެވެ. ތިއޮލޮޖީގެ މާހިރެކެވެ. މަންޠިޤީ ޢިލްމުވެރިޔެކެވެ. އެމެރިކާއާއި ކެނެޑާގައި އޭނާ މަޝްހޫރުވެވަޑައިގެންފައި އޮތީ ކްރިސްޓިއަން ދީނަށް ގޮވައިލެއްވުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަރަހުށި މާތްﷲ އޭނާގެ ހިތްޕުޅު އިސްލާމްދީނަށްޓަކައި ތަނަވަސްކޮށްދެއްވިއެވެ. ކްރިސްޓިއަނިޓީގެ އަނދިރި ބިންގަރާހުގެ ދަތުރުވެރިޔާ މާތްﷲ ގެ ރަޙުމަތްފުޅުން ބަދަލުވެގެންދިޔައީ އިސްލާމްދީނަށް ގޮވައިލައްވާ އެދީނުގެ ޚާދިމަކަށެވެ. އޭނާވަނީ ޙަޤީޤީ އީމާންކަމަކީ ކޮބައިކަން އޮޅުންފިލުވައިގަނެވޭނެ މިންގަނޑުތަކެއް އެކަށަ އަޅުއްވައިފައެވެ. ޙައްޤު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ރަނގަޅު މިސްރާބު ހޯދާނެ ވަރަށް ސާދާ އެކަމަކު ޢަމަލީ އުޞޫލުތަކެއް ދައްކަވައިފައެވެ. 
 

“އީސާގެފާނު ދެކެ ލޯބިވުމާއެކުވެސް އެކަލޭގެފާނަކީ ކަލެއްކަމަށް މީހުން ޤާބޫލުކުރާ ސަބަބެއް އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ.”

ކިޔާފައިވާ ޢަދަދު: 2277
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

“އީސާގެފާނު ދެކެ ލޯބިވުމާއެކުވެސް އެކަލޭގެފާނަކީ ކަލެއްކަމަށް މީހުން ޤާބޫލުކުރާ ސަބަބެއް އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ.”

————— ޖަންނާތު މާކޯސް
ޢަބްދުﷲ ފާރޫޤު ޙަސަން
ސޭރުޖީ ޖަންނާތު މާކޯސް އަކީ ރޫސީވިލާތުގެ ވަރަށް މަޝްހޫރު ޝަޚްޞިއްޔަތެކެވެ. ޚާއްޞަކޮށް ރޫސީވިލާތުގެ މުސްލިމުން އެބޭފުޅަކު ވަރަށް ރަނގަޅަށް ހިތުދަސް ޢިލްމުވެރިޔެކެވެ. ކުރިން އޭނާއަކީ ކްރިސްޓިއަނެކެވެ. ނަމަވެސް ކްރިސްޓިއަން ދީނުގެ އޮޅުން ބޮޅުންތަކުން ފުރިފައިވާ މައްސުނި ޢަޤީދާ އޭނާގެ ހިތްޕުޅުގައި ވަރަށްގިނަ ސުވާލުތަކެއް އުފެއްދިއެވެ. ކްރިސްޓިއަނިޓީއަކުން އެސުވާލުތަކުގެ ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އޭނާގެ ހިތްޕުޅުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގަތީ ހަމައެކަނި އިސްލާމްދީނުންނެވެ. އޭނާ އިސްލާމްވެވަޑައިގަތީ އެސަބަބާހުރެއެވެ. 

خليل އާއި ذبيح ގެ އުފާވެރި ހަނދާން

ކިޔާފައިވާ ޢަދަދު: 2148
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖްމަލް ޙާމިދު

1.    ގޮވައިލެއްވި ގޮވައިލެއްވުން
އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. “ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟” އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލެއްވުން ކަމަށެވެ. އެގޮވާލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮށްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 2512
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ހުޅަނގުގެ ސަޤާފަތު ވަނީ ހަލާކުގެ އޮޅިގަނޑު މަތީގައެވެ. މާއްދިއްޔަތަށް އަޅުކަން ކުރުމާ ދެކޮޅަށް ބަޣާވަތްކުރަން ހުޅަނގު ތައްޔާރުވަނީއެވެ.”

________________ޑޮކްޓަރ މުރާދު

ޢަބްދުﷲ ފާރޫޤު ޙަސަން      

“އަޅުގަނޑުގެ ޙަޔާތުގެ އެންމެ ފަހުގެ އެދުމަކީ އަޅުގަނޑުގެ ދަރިފުޅު އިސްލާމްވުމެވެ. އެހެނީ އިސްލާމްދީނަކީ އަރަހުށި މާތް ﷲ ތަބާރަކަ ވަތަޢާލާ ވީރާނާވެފައިވާ ހިތްތަކާއި، ފިކުރުބޮޑުވެ ޙައިރާންވެފައިވާ ސިކުނޑިތަކަށް ހަމަޖެހުމާއި، ހިތްގައިމުކަން ދެއްވާ އަލިކަމެކެވެ. އެއީ އެކަލާނގެ މަގުދެއްކެވުމެވެ. މި އަހަރުގެ ފިނިމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު ފެނުމުން އީމާންކަމުގައި ވެސް އޭނާ އަޅުގަނޑާ ބައްދަލުކުރާނެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑުގެ ދަރިފުޅު ވިޔަފާރީގައި ކިތަންމެ ކާމިޔާބު ކަމުގައި ވިޔަސް އަދި އެކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުގެ މި އެދުން ފުރިހަމަވާނެ ކަމުގައެވެ.”
   

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (9)

ކިޔާފައިވާ ޢަދަދު: 5583
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ذوالكفلގެފާނު (عليهِ السّلام)

عبدالعزيزجمال أبوبكر

މި ލިޔުން ވިދާޅުވަމުން ގެންދަވާއިރު ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އެރުން އެކަށީގެންވާ ސުވާލަކީ ސަލާމްލެއްވި ޛުލްކިފްލިގެފާނަކީ ނަބީ ބޭކަލެއްތޯ ރަސޫލު ބޭކަލެއްތޯ ނުވަތަ ނޫންތޯ އެވެ. އަޅުގަނޑުގެ ހިތުގައިވެސް ފުރަތަމަ އުފެދުނީ ތިޔަ ސުވާލެވެ.

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (2)

ކިޔާފައިވާ ޢަދަދު: 3985
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (2)

އިބްރާހީމު ރަޝީދު މޫސާ

ދެވަނަ މުޢުޖިޒާތް : ރޯދައިގެ ސަބަބުން އިންސާނާ،  ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުން

ހޮލްބްރޫކް (Holbrook) ވިދާޅުވާ ގޮތުގައި ”  ރޯދަ ހިފުމަކީ ވަގުތީ ޖާދުވީ ކުޅިވަރެއް ނޫނެވެ. އެކަމަކު އެއީ ރަގަނޅު ޞިއްޙަތަކަށްޓަކައި އޮތް ކަށަވަރު ގަރަންޓީއެކެވެ. ” ޑރ. ލީކް (Liek) ވިދާޅުވާ ގޮތުގައި ރޯދައިގެ ސަބަބުން ހަޖަމުކުރުމަށް ބޭނުންވާ ހަކަތައިގެ ތެރެއިން ވަރަށް ގިނަ ހަކަތަތަކެއް ރައްކައުތެރި ކުރެވެއެވެ. މި ހަކަތަތައް ހަށިގަނޑުގެ އެހެނިހެން ބޭނުންތަކަށް (މިސާލަކަށް ފާރުގަނޑު ހިއްކުމަށާއި ޖަރާސީމުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް)  އިސްތިޢުމާލު  ކުރެވެއެވެ.

ތަވްޙީދާއި ޝިރްކް

ކިޔާފައިވާ ޢަދަދު: 5393
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 27

ތަވްޙީދާއި ޝިރްކް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.

މަތިވެރި ނަބިއްޔާ

ކިޔާފައިވާ ޢަދަދު: 5017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 25

މަތިވެރި ނަބިއްޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގައި މާތް ނަބިއްޔާ މުޙައްމަދު ބުނު ޢަބްދުﷲ އަށް خاتم النبيـين (އަލްއަޙްޒާބް 40) މިނަމުން މުޚާޠަބް ކުރައްވާފައިވެއެވެ. މި ނަންފުޅުގެ މާނައަކީ ހަމައެކަނި އެކަލޭގެފާނަކީ ނަބީބޭކަލުންގެ ސިލްސިލާގެ އެންމެ ފަހު ބޮޅުކަމުގައި ބަޔާން ކުރެއްވުމެއް ނޫނެވެ. މިނަންފުޅުގެ މާނައަކީ ނަބީބޭކަލުން ފޮނުއްވައިގެން ބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހިންގެވި މަޝްރޫޢު ނިމުމަކަށް އައީއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަށް އެންގެވީ އެހެންވެގެންނެވެ. އެކަލޭގެފާނަށްފަހު އެހެން ނަބިއްޔަކު ފޮނުއްވުމުގެ ބޭނުން ކެނޑުނީއެވެ.

مُحَـمَّدٌ رَسُـوْلُ اللَّـه

ކިޔާފައިވާ ޢަދަދު: 5398
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 24

مُحَـمَّدٌ رَسُـوْلُ اللَّـه

ޢަބްދުﷲ ނަޢީމު އިބްރާހީމު

ޤަދީމީ މައްކާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތްއިރު، މައްކާގައި އޮތީ ޝިރުކުގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހައި ފައިދާތަކެއް ގުޅިފައި އޮތީ ޝިރުކާއެވެ. އެހެންނަމަވެސް އެކަލޭގެފާނު، އެކަލޭގެފާނު އަމިއްލަ ނަފްސު، އެ ޙާލަތަށްވުރެ މައްޗަށް އުފުއްލެވިއެވެ. ޙާލާތުގެ ފައިދާ ހޯއްދެވުމުގެ ބަދަލުގައި އެކަލޭގެފާނު ފެއްޓެވީ ޙައްޤަކީ ކޮބައިތޯ ހޯއްދެވުމުގެ މަސައްކަތްޕުޅެވެ. ﷲ ގެ މަދަދު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ހިދާޔަތުގެ އަލިމަގު ފެނިވަޑައިގަތެވެ. އޭގެ ފަހުން ﷲ އެކަލޭގެފާނަށް ނަބިކަން ދެއްވިއެވެ.

لَيْـسَ كَمِـثْلِهِ شَـْئ

ކިޔާފައިވާ ޢަދަދު: 4967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 23

لَيْـسَ كَمِـثْلِهِ شَـْئ

ޢަބްދުﷲ ނަޢީމް އިބްރާހީމް

ކީރިތި ޤުރްއާނުގައި ﷲ އާ ބެހޭ ގޮތުން އަންގަވައިފައިވަނީ އެފަދަ އެއްވެސް ފަރާތެއް ނެތްކަމުގައެވެ. (އައްޝޫރާ 11) ﷲ އަކީ ކޮންމެ ގޮތަކުން ބެލިނަމަވެސް އެހެން ހުރިހައި އެއްޗަކަށް ނުވަތަ ކަމަކަށްވުރެ މަތިވެރި ފަރާތެކެވެ. ﷲ ގެ މަތިވެރިކަމުގެ ސަބަބުން އެހެން ހުރިހައި އެއްޗެއްގެ ކަލަކަށް ވެވޮޑިގަތުމުގެ ޙައިސިއްޔަތު ލިބިވޮޑިގެން ވަނީއެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ ގެ ކުރިފުޅުމަތީގައި ބޯތިރިކުރާށެވެ. އެހެން ހުރިހައި އެއްޗަކަށް ޖެހެނީ ﷲ އަކީ އެންމެ މަތިވެރި ފަރާތްކަމަށް ގަބޫލުކޮށް ﷲ ގެ ކުރިފުޅުމަތީގައި ދެރަވެގަންނާން ރުހޭށެވެ.