“އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟” (2)

ކިޔާފައިވާ ޢަދަދު: 2515
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތަޢާރުފު

އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟  ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟” (2)

ޢަބްދުﷲ ފާރޫޤު ޙަސަން
(13 ޖޫން 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ޤުރްއާންމަޖީދު ތަރުޖަމާކުރާ އިރު އެއްވެސް އާޔަތެއްގެ މަފްހޫމަށް ކުޑަވެސް ބަދަލެއް އަޔަދީގެން ނުވާނެއެވެ. އެހެނީ އާޔަތެއްގެ މަފްހޫމު ބަދަލުވުމަކީ އެއްވެސް އަގެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މުސްލިމުން ދުނިޔޭގެ ތަފާތު ބަސްބަހަށް ޤުރްއާން ތަރުޖަމާކޮށްފައިވާރު ކޮންމެއާޔަތެއްގެ ތަރުޖަމާއިންވެސް ލިބޭނީ އެއް މަފްހޫމެކެވެ. ޣައިރު މުސްލިމު އަޚުންނަށް ޤުރްއާންމަޖީދުގެ ތަރުޖަމާގެ އުނދަގޫ ލަފުޒުތަކުގެ މާނަ ވިސްނައިނުގަނެވިއްޖެނަމަ މައުލާނާ މުޙައްމަދު ފާރޫޤުޚާން ތަރުޖަމާކުރައްވައިފައިވާ “ޕޫތަރެޤުރްއާން” (ހިންދީ ބަހުގެ ތަރުޖަމާއެއް)ގެ އެހީ ހޯދިދާނެއެވެ.” (ޞަފްޙާ: 27)

“އިސްލާމް:ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ކިޔާފައިވާ ޢަދަދު: 2506
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޮތެއްގެ ތަޢާރުފު

އިސްލާމް: ނިރުބަވެރިކަން ހެއްޔެވެ؟  ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟”

ޢަބްދުﷲ ފާރޫޤު ޙަސަން

މަތީގައިއެވާ މައިގަނޑު ނަމަކީ ފޮތެއްގެ ނަމުގެ ތަރުޖަމާއެވެ. އެ ފޮތުގެ މުޞައްނިފަކީ އިސްލާމްދީނުގެ ދަންނަބޭކަލެއް ނޫނެވެ. މުސްލިމު މުފައްކިރެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހިންދީ ސްކޮލަރެކެވެ. ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިޔާއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ގައެވެ.  އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގައެވެ. އޭނާއަކީ ބުރަހްމަން ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ސީތާރާމް  ތަރްޕާ އާއި، މަންމަ ކޯޝީލާދޭވީއާ ދެކަނބަލުންނަކީ ދެ ޓީޗަރުންނެވެ. ސުވާމީޖީ ތަޢުލީމު ޙާޞިލްކުރެއްވީ ކާންޕޫރުންނާއި، އިލާހުއާބާދުންނެވެ.

ޠާހިރުކަންމަތީ ނިދުން

ކިޔާފައިވާ ޢަދަދު: 4753
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އިބްރާހީމް ރަޝީދު މޫސާ


ﷲއަށް ސަޖިދަކުރާ ރޫޙުތަކުގެ ލިސްޓްގައި  ތިބާގެ  ރޫޙު ހިމެނޭތޯ މަސައްކަތެއް ފަހެ ނުކުރާނަން ހެއްޔެވެ؟

ﷲގެ ދަރުބާރުގައި ހުރެވޭތޯ ނުބަލާނަން ހެއްޔެވެ؟


އިންސާނާ ރޭގަނޑު ތަންމަތީ އޮށޯވެ ނިދުމުން އޭނާގެ ރޫޙު އޭނާގެ ހަށިގަނޑާ ވަކިވެގެންދެއެވެ. މި ވަކިވުމަށް  ” ކުޑަ މަރު ” އޭ ކިޔެއެވެ. ﷲ ﷻ މިކަމަށް އިޝަރަތް ކުރައްވާ ވަޙީކުރައްވަނީ ” اللَّهُ يَتَوَفَّى الْأَنْفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَى إِلَى أَجَلٍ مُسَمًّى إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ (الزمر: 42) މާނައަކީ : نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. “

ތަރިކަ ބެހުމުގެ އުޞޫލުތަކާ ދެކޮޅަށް މުސްތަޝްރިޤުން ދައްކާ ބައެއް ވާހަކަތަކާއި އޭގެ ރައްދު

ކިޔާފައިވާ ޢަދަދު: 10158
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމް ދީނުގެ ތަޞައްވުރު ހުތުރުކޮށް، އެ ދީނުގެ ފުރިހަމަކަމާއި ހަމަހަމަކަމާއި އިންޞާފުވެރިކަން ދުނިޔެއަށް އޮޅުވައިލުމަށް ހުޅަނގުން ކުރާ ބޮޑު ހޭދަ އާއި ބުރަ މަސައްކަތެވެ. މި ބޮޑު ޖަރީމާ ހިންގާ މުޖުރިމުންނާ ކުރިމަތިލައި އެކަންކަމަށް ދެވޭ ރައްދުގެ މަދުކަމެވެ.

އޭރުގެ ފަތްފުށްތަކުން…. (67)

ކިޔާފައިވާ ޢަދަދު: 2316
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޮޑާ މީހުން

عمر عيسی


ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ފަދަ ވާހަކަތައް ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. ޝައިޚް ޢުމަރު ޢީސާ، ތަޢުލީމު ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ މަޝްހޫރު އަލްއަޒްހަރު ޔުނިވަރސިޓީން ނެވެ.

ދުނިޔެ: މިސާލެއް ނެތް ފަދަ ޕްލެނެޓެއް

ކިޔާފައިވާ ޢަދަދު: 6195
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔެ: މިސާލެއް ނެތް ފަދަ ޕްލެނެޓެއް

ހާރޫން ޔަޙްޔާ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިންސާނަކު ދިރިދުނިޔޭގައި ހުންނަން ބޭނުން ވާ އެއްޗިއްސާ މެދު ކުޑަ އިރުކޮޅަކަށް ވިސްނާވަޑައިގެން ބައްލަވާށެވެ. އެ އެއްޗެހީގެ ތެރޭގައި ފެނާއި، އިރާއި، ވަޔާއި، ޖައްވާއި، ގަސްގަހާ ގެއްސާއި، ޖަނަވާރާ މި ނޫނަސް، އަޅުގަނޑުމެންގެ ހިތަށް ނުވެސް ގެނެވޭ ފަދަ އެއްޗިއްސާ އެކު، އެތައް އެއްޗެއް ހިމެނެ އެވެ. މި ހުރިހައި އެއްޗެއް އަޅުގަނޑުމެންގެ އެއްވެސް މަސައްކަތަކާ ނުލައި ލިބޭ ގޮތަށް ދުނިޔޭގައި ވަނީ ލައްވައިފަ އެވެ. މީގެ އިތުރަށް އަޅުގަނޑުމެން މި ހުރިހައި އެއްޗަކާއި ވަސީލަތަކަށް ތަޙްޤީޤީ ނަޒަރަކުން ބަލައިލީމާ އެނގޭ ގޮތުގައި މި ހުރިހައި ކަމެއް އޮންނަނީ އެއް ކަމެއް އަނެއް ކަމަކާ ވަރަށް ބޮޑަށް ގުޅިފައިކަން އެނގެ އެވެ. އަދި މި ހުރިހައި ކަމެއް ލައްވާފައި ވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީގައިކަން ވެސް އެނގެ އެވެ. ދުނިޔޭގައި ލައްވާފައިވާ ދިރޭ ތަކެއްޗާއި، ގަސްގަހާ ގެއްސާއި، އުޑާއި، ކަނޑުތަކާއި މި ނޫނަސް މި ފަދަ ހުރިހައި އެއްޗެއް ހައްދަވައިފައި ވަނީ އިންސާނުންނަށް އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނޭ ފަދަ ގޮތަކަށެވެ.

[އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.]

ކިޔާފައިވާ ޢަދަދު: 2636
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
ދުވަސްތަކާއި މަސްތަކާއި އަހަރުތައް ފާއިތުވަމުން ދަނީ ތަފާތު ގިނަ ކަންތައްތަކާއި އިންސާނާ ކުރިމަތި ކުރުވާފައެވެ. ހިތާމައާއި އުފާވެރިކަމެވެ. ރުޅިވެރިކަމާއި ހިތްހަމަޖެހުމެވެ. ނަފުރަތާއި އެކުވެރިކަމެވެ. އުނދަގުލާއި ފަސޭހައެވެ. އިންސާނާ އަބަދު ހޭދަ ކުރަނީ އޭނާ ހިތްހަމަޖެހޭފަދަ ދުވަސްތަކެއް ނޫނެވެ. އުނދަގުލާއި ދަތިކަމުގައި ދުވަސްތައް ހޭދަކުރުމަކީ ދުނިޔެ ހިނގަމުންދާ ޤާނޫނުން އެންމެންނާވެސް ކުރިަތިލާންޖެހޭ ކަމެކެވެ.

ކީރިތި ރަސޫލާ ޢާއިޝަތުގެފާނާ ކާވެނިބައްލަވައިގަތުން

ކިޔާފައިވާ ޢަދަދު: 2723
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިސްމާޢީލް ނާޖީ
ސ: ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން 9 އަހަރުގައި، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާއި ކައިވެނި ބައްލަވައިގަތް ވާހަކަ އެއީ ތެދެއްހެއްޔެވެ؟
ޢާއިޝަތުގެފާނާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިތުމުގެ ސަބަބުން ބައެއް މީހުންވަނީ އެކަމާއި މެދު ހައިރާންވެ ނުވަތަ ޝައްކު އުފެދިފައެވެ. މިފަދަ މީހުން ކުރާ ސުވާލަކީ ކީރިތި ރަސޫލާ ޢުމުރުފުޅުން 50 އަހަރުވެފައި ހުންނަވަނިކޮށް، ޢާއިޝަތުގެފާނުގެ ޢުމުރުފުޅުން އެންމެ 9 އަހަރުގައި ކައިވެނި ބައްލަވައި ގަތީ ކިހިނެއްހެއްޔެވެ؟

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން:

ކިޔާފައިވާ ޢަދަދު: 3128
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިރާއި ހަނދު އެއްކުރެއްވުން

 މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކައުނު ފުޅާވަމުންދާކަން، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ޢިލްމުވެރިން ވަނީ ސާބިތުކޮށްދެއްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި މިފުޅާވުމަކީ ނިމުމެއްނުވާ ކަމެއް ނޫނެވެ. ފަހެ، ބިގްބޭންގގެ ސަބަބުން ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން މިފުޅާވާ ފުޅާވުން ބޭރަށް ފުޅާވަމުންދާ ބާރުމިން ދަށްވާނެ ވަގުތެއް އަންނާނެއެވެ. މިބާރު ދަށްވުމުގެ ސަބަބުން އެ އެތިކޮޅުތައް، އެތެރެއަށް ދަމާބާރު ގަދަވެ، މިއެތިކޮޅުތައް އަލުން އެއްވެ، މިކައުނުގެ ހުރިހާ ބަޔަކާ އެބައިތަކުގައިވާ ހުރިހާ ހަކަތައެއް އެއްވެ އެކަތިގަނޑަކަށް ވެއެވެ. އެ އެތިކޮޅުތައް އެކުވެ އެކަތިގަނޑަކަށް ވެގެންދަނީ އެންމެ ފުރަތަމަ މިކައުނު އުފެއްދެވުމުގެ ކުރިން ނުވަތަ ބިގްބޭންގގެ ކުރިން މިގެލެކްސީ އޮތް ގޮތަށެވެ. އެ ގެލެކްސީ ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނުވާ ފަދައިންނެވެ. މިގޮތަށް މިކަން ހިނގުމަށް ބޮޑު އެއްކުރެއްވުމޭ ކިޔައެވެ. ކީރިތި ޤުރްއާނުގެ އަލްއަންބިޔާއު ސޫރަތުގެ 104 ވަނަ އާޔަތުގައި މިކަންތައް ވަރަށްކުރު ޢިބާރާތުން ނުހަނު ބަލާޣާތްތެރިކޮށް ސިފަކޮށްދެއްވައިފައި ވެއެވެ.

ޕްލެނެޓްތަކާއި ތަރިތަކާއި ހަނދުތައް ދަތުރު ކުރުން

ކިޔާފައިވާ ޢަދަދު: 2694
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް

ވަރަށް މަދު އަހަރުތަކެއް ކުރިން ހޯދިފައިވާ ގޮތުގައި އަހަރެމެން އިންސާނުން ބިންމަތީގައި ހުރެގެން އެއްގޮތަކަށްވެސް އެއްވެސް ތަރިއެއް ނުފެނެއެވެ. އެކަމަކު އަހަރެމެންނަށް މިފެންނަނީ ތަރިތައް ދަތުރުކޮށްފައިވާ ރޮނގު ނުވަތަ އެތަރި ހުންނަ ތަންތަނެވެ. މިގޮތުން އަހަރެމެންނާ އެންމެ ކައިރީގައިވާ އިރުން ފޮނުވައިދޭ އަލި އަހަރެމެންނާ ހަމަޔަށް މި އަންނަނީ އަށްމިނިޓް ވިހި ސިކުންތުންނެވެ. އަދި އިރުދަނީ ސިކުންތަކު 19.4 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރަމުންނެވެ. އެހެންވީމާ އަހަރެމެންނަށް ފެންނަނީ އިރު ކުރިން ހުރިތަންތަނެވެ. އަދި އިރު މިގެލެކްސީގެ މެދު ވަށައިގެން ސިކުންތަކު 220 ކިލޯމީޓަރުގެ ބާރު މިނުގައި އިރު ދަތުރު ކުރެއެވެ.