ސުވަރުގެ ލިބުންވަނީ اللَّهُ އެންގެވި ގޮތުގައި ގަދައަޅައި މަސައްކަތްކުރުމުގައެވެ.

ކިޔާފައިވާ ޢަދަދު: 90

ސުވަރުގެ ލިބުންވަނީ اللَّهُ އެންގެވި ގޮތުގައި ގަދައަޅައި މަސައްކަތްކުރުމުގައެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު އެއްވެސް ދަތި އުނދަގުލަކާނުލައި ދިރިއުޅެވޭނެ ގޮތެއް ތަނަވަސްވުން އެއީ ކޮންމެ އިންސާނެއްގެ ނަފުސުގެ އެންމެފުނުގައި اللَّهُލައްވާފައިވާ މަތިވެރި އެދުމެކެވެ. ކޮންމެ އިންސާނަކުވެސް އެދެނީ އެއްވެސް ތަކުލީފެއްނެތި، މަސައްކަތްކުރުމުގެ ވަރުބަލިކަމުން ސަލާމަތްވެގެންވުމާއި، ބަލިވުމާއި، މަރުވުމާއި މިފަދަ އެންމެހައި ނިކަމެތި ކަމަކުން މިންޖުވެގެންވާ ތަނަވަސް ދިރިއުޅުމެއް ލިބުމަށެވެ. މިއިން އިސްތިސްނާވާ އެއްވެސް އިންސާނެއް މި އުޑުދަށުގައި ނުވާނެއެވެ. އެއްވެސް އިސްތިސްނާއެއްނެތި ކޮންމެ އާދަމުގެދަރިޔެއްގެ ހިތުގައި މިފަދަ…

އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ މާތްކަމާއި، އެ ދުވަސްތަކާ ގުޅުންހުރި ބައެއް ޙުކުމްތައް

ކިޔާފައިވާ ޢަދަދު: 135

  އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގެ މާތްކަމާއި، އެ ދުވަސްތަކާ ގުޅުންހުރި ބައެއް ޙުކުމްތައް އަޙްމަދު ފާރޫޤް މުޙައްމަދު އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ މާތްކަމާއި އެ ދުވަސްތަކާ ގުޅޭ ޙުކުމްތައް ޢިލްމުވެރިންގެ ލިޔުއްވުންތަކުގައި ބަޔާންވެފައި ވެއެވެ. މި ދުވަސްތަކާއި ރޭތަކުގެ މަތިވެރިކަން ހާމަކުރައްވައި މާތް اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ.} (البقرة: ٢٠٣) މާނައީ: {ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި اللَّهُ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ!} ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދު اللَّهِ ވިދާޅުވަނީ އެދުވަސްތަކަކީ އައްތަޝްރީޤުގެ ދުވަސްތައްކަމަށެވެ.…

މިއަދަކީ މިއަހަރުގެ ބަރަކާތްތެރި އަޟްޙާޢީދު ދުވަހެވެ.

ކިޔާފައިވާ ޢަދަދު: 48

މިއަދަކީ މިއަހަރުގެ ބަރަކާތްތެރި އަޟްޙާޢީދު ދުވަހެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުހިއްމު ދެ އަޅުކަމެއް އަދާކޮށް ނިމުމާވިދިގެން اللَّهُ އަމުރުކުރައްވާފައިވާ ގޮތަށް އެކަން ކޮށް ނިންމައިލެވުނުކަމާމެދު އުފާކޮށް، اللَّهُއަށް ޝުކުރުވެރިވުމުގެގޮތުން މުސްލިމުން ފާހަގަކުރާ ދެ ދުވަހަކީ އެއް މާނައަށްވުރެ ގިނަ މާނާގައި ޚާއްޞަ ދެ ދުވަހެވެ. މި ދެ ޢީދުގެތެރެއިން އަޟްޙާ ޢީދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމާ ވިދިގެން މުސްލިމުން އުފާ ފާޅުކުރާ ދުވަހެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ދުވަސް ފާހަގަކުރުމުގައި ޚާއްޞަ…

މިއަދަކީ ޙައްޖުވެރިންގެމައްޗަށް اللَّهُގެ ރަޙްމަތުގެ ވާރޭވެއްސަވާ ދުވަހެވެ.

ކިޔާފައިވާ ޢަދަދު: 152

މިއަދަކީ ޙައްޖުވެރިންގެމައްޗަށް اللَّهُގެ ރަޙްމަތުގެ ވާރޭވެއްސަވާ ދުވަހެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު ކޮންމެ އަހަރެއްގެ ޛުލްޙިއްޖާމަހުގެ ނުވަވަނަ ދުވަހަކީ، އެހެން ޢިބާރާތަކުން ދަންނަވާނަމަ ޢަރަފާތު ދުވަހަކީ އަހަރުތެރޭގައި އަންނަ އެންމެ މަތިވެރި ދުވަހެވެ. މި ދުވަހުގެ މަތިވެރިކަން ބަޔާންވެފައިވާ ޙަދީޘްތަކުގެތެރެއިން އަންނަނިވި ޙަދީޘްތައް ވެއެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ {مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ، مِنْ يَوْمِ عَرَفَةَ، وَإِنَّهُ…

ހުކުރު ދުވަހާއި ޢީދު ދުވަސް އެއްދުވަހަކު ޖަމާވުމަކީ ހުކުރުނަމާދު އެޅުން ހުއްދަވާނެ ކަމެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 287

ހުކުރު ދުވަހާއި ޢީދު ދުވަސް އެއްދުވަހަކު ޖަމާވުމަކީ ހުކުރުނަމާދު އެޅުން ހުއްދަވާނެ ކަމެއް ނޫނެވެ. ޙުސައިން ރަޝީދު އަޙްމަދު ޢީދު ދުވަހާ ހުކުރު ދުވަސް ދިމާވުމަކީ މުސްލިމުންނަށް އެމީހުންގެ ދެޢީދު ދުވަސް އެއް ދުވަހަކާ ދިމާވެ، ދެއުފަލުގައި ބައިވެރިވާންޖެހޭ މާތް، ބޮޑު ދުވަހެކެވެ. މިއުފާވެރި ދުވަހުގައި ދެނަމާދުކުރަން އެބަ އޮވެއެވެ. އެއީ ޢީދު ނަމާދާއި ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮންނަ ފަރުޟު ނަމާދެކެވެ. ހުކުރު އަޅައިފުން ޢުޛުރުވެރިވާ މީހެއް ފިޔަވައެވެ. އެފަދަ…

އުޟްޙިޔާގެގޮތުގައި ގޭބިސީއަކުން ބަކަރިއެއް ކަތިލުމުން އެ އެންމެންގެކިބައިން ސުންނަތް އަދާވާނެއެވެ

ކިޔާފައިވާ ޢަދަދު: 233

އުޟްޙިޔާގެގޮތުގައި ގޭބިސީއަކުން ބަކަރިއެއް ކަތިލުމުން އެ އެންމެންގެކިބައިން ސުންނަތް އަދާވާނެއެވެ އަޙްމަދު ފާރޫޤް މުޙައްމަދު އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އިބްރާހީމު ޢަލައިހިއްސަލާމްގެ ސުންނަތް ދިރުވުމަށާއި، އެކަމުގައި ފޮރުވިފައިވާ އީމާންކަމާއި ތެދުވެރިކަމުގެ ފިލާވަޅުތައް ލިބިގަނެ، اللَّهُއަށް ކިޔަމަންގަތުމުގެގޮތުން  އެ މީހަކަށް ތަނަވަސްކަންލިބިހުރި މިންވަރެއްގެމަތިން އުޟްޙިޔާ ކަތިލުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ވަރަށް ޝައުޤުވެރިކަމާއެކު ކުރަމުންއަންނަ ކަމެކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ ޢާއިލާއެއްގެ އެންމެން އެކުގައި އެއްގެއްގައި ދިރިއުޅެމުންދާ ޢާއިލާއަކުން، އެ އެންމެންގެމަތިން އެއް ބަކަރި އުޟްޙިޔާގެގޮތުގައި…

އަލްމަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމަކީ، ޙައްޖުގެ މަނާސިކުގެތެރެއިންވާ ކަމެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 269

  އަލްމަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމަކީ، ޙައްޖުގެ މަނާސިކުގެތެރެއިންވާ ކަމެއްނޫނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިދުވަސްވަރަކީ ދުނިޔޭގެ ކަންކޮޅުތަކުން މީސްތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދަތުރުކުރަމުންދާ ދުވަސްވަރެވެ. ޙައްޖުގެ އަޅުކަމުގެ ކުރިން ނުވަތަ ޙައްޖުގެ އަޅުކަމަށްފަހު ކޮންމެ މީހަކުވެސް އަލްމަސްޖިދުއް ނަބަވީއަށް ޒިޔާރަތްކޮށް، އެ މިސްކިތުގައި ނަމާދުކުރުމުގެ ސަވާބު ލިބިގަތުމަށް އަވަސްވެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަދީނާއަށް ޒިޔާރަތްކުރުމަކީ، ޙައްޖުގެ މަނާސިކުގެތެރެއިންވާ ކަމެއްކަމަށެވެ. ޙައްޖާބެހޭގޮތުން ދިވެހިބަހުން ލިޔެފައިވާ ލިޔުމެއްގައި، [ޙައްޖު-ވިކިޕީޑިއާ] [މަދީނާއަށް ގޮސް ރަސޫލާ…

އެންމެ އިތުރުކަންބޮޑު ޢަމަލުތަކުގެތެރޭގައި މަބްރޫރު ޙައްޖު ހިމެނެއެވެ.

ކިޔާފައިވާ ޢަދަދު: 151

އެންމެ އިތުރުކަންބޮޑު ޢަމަލުތަކުގެތެރޭގައި މަބްރޫރު ޙައްޖު ހިމެނެއެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަމުގެ ކަންކަމުގެތެރެއިން ބައެއް ކަންކަމަކީ އަނެއްބައި ކަންކަމަށްވުރެ ހެޔޮކަން އިތުރުވެގެންވާ ކަންކަމެވެ. އެއްވެސް ކަމެއް އަނެއް ކަމަކަށްވުރެ އިތުރުވެގެންވާކަން އެނގޭނީ، އުއްމަތުގެ ނަބިއްޔާ صَلَى اللَّهُ عَلَيهِ وَسَلَّمَ  އެކަމެއް ބަޔާންކޮށް ދެއްވުމުންނެވެ. އެކަލޭގެފާނު ކަމެއް ބަޔާންކޮށްދެއްވުމުގެ މާނައަކީ اللَّهُގެ ޙަޟުރަތުން އެކަލޭގެފާނަށް އަންގަވާ އެންގެވުމަކާ އެއްގޮތްވާގޮތުގެމަތިން ބަޔާންކޮށްދެއްވާ ބަޔާންކޮށްދެއްވުމެއް ކަމަށްވުމެވެ. މި ބަހުގެ ދަލީލަކީ، اللَّهُގެ މިދަންނަވާ ވަޙީ ބަސްފުޅެވެ.…

އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާގޮތަށް ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ މަތިވެރިކަން

ކިޔާފައިވާ ޢަދަދު: 125

އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާގޮތަށް ޙައްޖުގެ އަޅުކަން ފުރިހަމަކުރުމުގެ މަތިވެރިކަން  އަޙްމަދު ފާރޫޤް މުޙައްމަދު ޙައްޖުގެ އަޅުކަމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަމުގެ މައިގަނޑު ކަންކަމުގެތެރެއިން ވަރަށް ޚާއްޞަ އަޅުކަމެކެވެ. އެކަމަށް ކުޅަދާނަވެއްޖެ މީހަކު ޢުމުރުން އެންމެ ފަހަރަކު އެ އަޅުކަން އަދާކުރުމުން، އެމީހެއްގެ ކިބައިން އަޅުކަމުގެ ވާޖިބުކަން ކެނޑިގެންދާ އެހެން އަޅުކަމެއް ޙައްޖު ފިޔަވައި ނުވެއެވެ. އެހެންކަމާއެކު ޙައްޖަކީ އެހެން ހުރިހައި އަޅުކަމަކާ ތަފާތު އަޅުކަމެކެވެ. އިސްލާމްކަމުގެ ރުކުންތަކުގެތެރޭގައި ހިމެނޭ އެހެން ކަންކަމަށް ބަލައިލާއިރު، ނަމާދަކީ، ކޮންމެ މުކައްލަފަކު…

[ތިބާކަޢުބާއަށް ވަނުމަށް އެދޭނަމަ، އަލްޙިޖުރުގައި ނަމާދުކުރާށެވެ. ހަމަކަށަވަރުން، އެއީ ކަޢުބަތުاللَّهِ ގެފުޅުގެތެރެއިންވާ ތަނެކެވެ.]

ކިޔާފައިވާ ޢަދަދު: 610

 [ތިބާކަޢުބާއަށް ވަނުމަށް އެދޭނަމަ، އަލްޙިޖުރުގައި ނަމާދުކުރާށެވެ. ހަމަކަށަވަރުން، އެއީ ކަޢުބަތުاللَّهِ ގެފުޅުގެތެރެއިންވާ ތަނެކެވެ.]  އަޙްމަދު ފާރޫޤް މުޙައްމަދު މިދުވަސްވަރަކީ ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރެވެ. އެހެންކަމާއެކު މިއީ މުސްލިމުންގެ ހިތްތައް މާތްވެގެންވާ މައްކާއާ ޚާއްޞަގޮތެއްގައި ގުޅިފައިވާ ދުވަސްވަރެކެވެ. އެހެންނޫނަސް މުސްލިމުންގެ މުޤައްދަސް ތިން ޙަރަމްފުޅުކަމަށްވާ މައްކާއާއި، މަދީނާއާއި، އަލްއަޤްޞާއަށް ޒިޔާރަތްކޮށް، އެ ތަންތަން ދެކެލުމަކީ ކޮންމެ މުސްލިމެއްގެ ހިތުގެ އެންމެބޮޑު އެދުމެވެ. ކޮންމެ އަހަރަކު ޙައްޖަށްދާ މީސްތަކުންގެތެރެއިން އެކި ޤައުމުތަކުގެ އިސް ވެރިންނާއި، ޙައްޖުމިޝަންތަކުގެ އިސް ވެރިންނަށް…