ތައުބާވުމުގެ ދެވަނަ ޝަރުޠު – ފާފަތަކާ މުޅިން އެކަހެރިވެ ދުރުހެލިވުން

ކިޔާފައިވާ ޢަދަދު: 208

ތައުބާވުމުގެ ދެވަނަ ޝަރުޠު – ފާފަތަކާ މުޅިން އެކަހެރިވެ ދުރުހެލިވުން   އަޙްމަދު ފާރޫޤް މުޙައްމަދު ފާފަތަކުން އެއްކިބާވެ ދުރުހެލިވުމަކީ އެންމެ ފުރިހަމަ މާނާގައި ތައުބާވުން ދޭހަކޮށްދޭ ކަންތަކެވެ. އެހެނީ ފާފަތަކާ އެކަހެރިނުވެ ތައުބާވީކަމަކަށް ނުވާނެއެވެ. ތައުބާވީކަމަށް ބުނުމާއެކު ވެސް ފާފަތައްކުރުން ހުއްޓައިނުލާނަމަ އެފަދަމީހުންނާމެދު ޢިލްމުވެރިން ވިދާޅުވަނީ އެއީ ދޮގުވެރިންގެ ތައުބާވުންކަމުގައެވެ. ފާފަތަކުން އެއްކިބާ ނުވުމަކީ މީހާގެ ދީނަށްއޮތް ވަރަށްބޮޑު ނުރައްކަލެކެވެ. އަންނަނިވި ޙަދީޘުން އެކަން އެނގެއެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ:…

ހުކުރު ނަމާދަށް ދާންވާނީ ފެންވަރައި ޒީނަތްތެރި ވެގެންނެވެ.

ކިޔާފައިވާ ޢަދަދު: 131

ހުކުރު ނަމާދަށް ދާންވާނީ ފެންވަރައި ޒީނަތްތެރި ވެގެންނެވެ. مأمون عبدالقيوم ހުކުރު ނަމާދަކީ، ފަރުޟު ނަމާދުތަކުގެތެރޭގައި ހިމެނޭ އެންމެ މާތް ނަމާދެވެ. އަދި ހުކުރު ނަމާދުގެ ޖަމާޢަތަކީ، ވަރަށް ބަރަކާތްތެރި ޖަމާޢަތެކެވެ. އެހެންކަމުން، ހުކުރު ނަމާދަށް ދިޔުމަށް ތައްޔާރު ވުމަކީ، ކޮންމެ މުސްލިމަކުވެސް ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހޭނެކަމެކެވެ. ހުކުރު ނަމާދަށް ދާންޖެހޭނީ، ފެންވަރައިގެންރީތި ހެދުމެއް ލައިގެންނެވެ. އަދި ލިބިއްޖެނަމަ، މީރުވަސް ދުވާ ހުވަނދެއްވެސް ލައިގެންނެވެ. މިކަމާބެހޭ ގޮތުން رسول الله صلى الله عليه وسلم…

ފިޠުރު ޒަކާތުގެގޮތުގައި ނަޤުދުފައިސާއިން ޒަކާތްދެއްކުން.

ކިޔާފައިވާ ޢަދަދު: 127

  ފިޠުރު ޒަކާތުގެގޮތުގައި ނަޤުދުފައިސާއިން ޒަކާތްދެއްކުން. އަޙްމަދު ފާރޫޤް މުޙައްމަދު ފިޠުރުޒަކާތް ވާޖިބުކުރެއްވިކަން ބަޔާންވެފައިވާ ޙަދީޘާއި، އެނޫންވެސް މައުޟޫޢާ ގުޅުންހުރި ޙަދީޘްތަކުގެމައްޗަށް ރިޢާޔަތްކުރައްވައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ ފިޠުރުޒަކާތުގެގޮތުގައި ނެރެންޖެހޭނީ، ރަމަޟާންމަހު އެބަޔަކު ޢާއްމުކޮށް ކާންބޭނުންކޮށްއުޅުނު ގޮވާމުގެ ބާވަތެއްގެތެރެއިން ޞާޢެއްގެ މިންވަރުކަމަށެވެ. އެއީ މިޒަމާނުގެ މިނެކިރުމުގެ ބަރުދަނުންނަމަ، ގާތްގަނޑަކަށް 2.035 ކިލޯއެވެ. އަލްއިމާމު އަބޫޙަނީފާ ދެކެވަޑައިގަންނަވާގޮތުގައި ފިޠުރުޒަކާތުގެ ގޮތުގައި ނެރެންޖެހޭ ގޮވާމުގެ މިންވަރަށްވާ ނަޤުދު ފައިސާއިން ފިޠުރުޒަކާތް ނެރުންހުއްދަވާނެއެވެ. އަލްއިމާމު އިބްނުތައިމިއްޔާގެ އަރިހުގައި ދެންނެވުނެވެ. ފިޠުރުޒަކާތަށް ނެރެންޖެހޭ…

ފަހަރުގައި މިއީ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ!

ކިޔާފައިވާ ޢަދަދު: 272

ފަހަރުގައި މިއީ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ! ޙަސަން ޒަހީން   ނަޞީބުގެ މޫސުން ފެށުނީއެވެ. ލިބިގަތުމަށް އަވަސްވެގަންނާށެވެ. މިއީ ފުރުޞަތުގެ ފުރުޞަތެވެ. ދަނޑިވަޅުގެ ބޭނުންހިފުމަށް ފޫގަޅާލާށެވެ. ތިބާ ބޭނުންވަނީ ކޮންގޮތެއް ތޯއެވެ! ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތައް ފޮހެލަންތޯއެވެ! ތަޢުބާވެ މާތްﷲގެ މަގަށް އެބުރި ރުޖޫއަވާންތޯއެވެ! ކުރިމަތި މިލެވުނީ އެދުވަސްތަކާއެވެ. ފުރުޞަތުތައް ބައިވަރެވެ. ތިބާގެ ހިތްވަރާއި ކެރުންހުރި މިންވަރަކުން ލިބިގަތުމަށް އަވަސްވެގަންނާށެވެ. ތިބާ ހޯދަށް އެނދުނު މިންވަރަކަށް ލިބޭނެއެވެ. ބޭނުންވަނީ ތިބާގެ ހިތްވަރެވެ. ތިބާ ބޭނުންވަނީ ކޮންކަމެއްތޯއެވެ! ނަރަކައިގެ…

ފިޠުރު ޒަކާތް އަދާކުރުމަށް ފަރުވާތެރިވުންހުއްޓެވެ.

ކިޔާފައިވާ ޢަދަދު: 142

ފިޠުރު ޒަކާތް އަދާކުރުމަށް ފަރުވާތެރިވުންހުއްޓެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މުދަލުގެ ޒަކާތެކޭ އެއްފަދައިން، ފިޠުރު ޒަކާތަކީ، އިސްލާމްދީނުގައި ލައްވާފައިވާ އިޖުތިމާޢީ ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަރަށް މުހިއްމު އަޅުކަމެކެވެ. ފިޠުރު ޒަކާތްދިނުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، ރަމަޟާންމަހުގެ ރޯދަހިފުމާ ވިދިގެން، އިސްލާމީ އުއްމަތް ޢީދުގެ އުފަލުގައި ބައިވެރިވާހިނދު، މުޖުތަމަޢުގެ އެއްބައިކަމަށްވާ މިސްކީނުން އެ އުފަލުން މަޙުރޫމުވުމުން ސަލާމަތްކޮށް ދެއްވުމެވެ. ހަމައެއާއެކު އެއީ، ރޯދައަށް ހުރުމުގައި، ރޯދަވެރިޔާއަށް ކުރެވިފައިވާ ކުދިކުދި ކުށްތަކުގެ ކައްފާރާއެއްގެގޮތުގައި ދިނުމަށް ރަސޫލު اللَّهِ…

رمضان މަހުގެ ފަހުދިހައިގެ މާތްކަން

ކިޔާފައިވާ ޢަދަދު: 482

رمضان މަހުގެ ފަހުދިހައިގެ މާތްކަން مأمون عبدالقيوم بركات ތެރި رمضان މަސް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، އެމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ سبحانه وتعالى ކީރިތި قرآن ބާވައިލައްވަން ފެށްޓެވީ، رمضان މަހުގެ ފަހުދިހައިގެ ރޭތަކުގެތެރެއިން ރެއެއްގައިކަމަށް ގިނަ علم ވެރިން ވިދާޅުވެފައިވެއެވެ. ކީރިތި قرآن ބާވައިލައްވަން ފެށްޓެވި ރެޔަކީ، ليلة القدر ވިލޭރޭކަމަށާއި އެރެޔަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް ކަމަށް القدر…

ތަޤްވާ – ރޯދައިގެ އަޞްލު މަޤްޞަދު

ކިޔާފައިވާ ޢަދަދު: 84

ތަޤްވާ – ރޯދައިގެ އަޞްލު މަޤްޞަދު ޢަބްދުﷲ ފާރޫޤް ޙަސަން ނޯޓު: މިމަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ މައުލާނާ ޚާލިދު ސައިފުﷲ ރަޙްމާނީގެ ލިޔުއްވުމެކެވެ. މައުލާނާ ޚާލިދު ސައިފުﷲ ރަޙްމާނީއަކީ މިވަގުތު އިސްލާމީ ދުނިޔޭގައި ތިއްބެވި އެންމެ ބޮޑެތި ފަޤީހުންކުރެ އެއްބޭކަލެކެވެ. __________________________ އިސްލާމްދީނުގައި ފަރުޟުކުރައްވައިފައިވާ ހުރިހާ އަޅުކަމެއްވެސް ވަނީ އިންސާނާގެ ތަރްބިޔަތާއި އިޞްލާހަށްވެސް އަމާޒުކުރައްވައިފައެވެ. ރޯދައަކީވެސް މިދެންނެވިފަދަ އަޅުކަމެކެވެ. ރޯދައަކީ އިންސާނާގެ ނަފުސު ތަރްބިޔަތު ކުރެއްވުމާއި ނަފުސު ޠާހިރު ކުރެއްވުމުގެ އާދަޔާ ޚިލާފު ބާރުތަކެއް ލައްވައިފައިވާ އަޅުކަމެކެވެ.…

ރަމަޟާންމަހުގެ އުފާވެރިކަމާއި ރޯދައިގެ މަޤްޞަދުތައް

ކިޔާފައިވާ ޢަދަދު: 273

ރަމަޟާންމަހުގެ އުފާވެރިކަމާއި ރޯދައިގެ މަޤްޞަދުތައް   ތަރުޖަމާ: އިބްރާހީމް މާހިރު މިއީ، ޑރ.علي محي الدين القره داغي ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ   އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެހެން ހުރިހާ އަޅުކަމަކާ ރޯދަ ތަފާތުކަން އަޅުގަނޑުމެން ދަންނަމުއެވެ. ޢާއްމުކޮށް އެހެން އަޅުކަންތަކުގައި ޖެހެނީ ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ކުރާށެވެ. ނަމާދާއި ޒަކާތާއި ޙައްޖުފަދަ ރުކުންތަކުގައި ވެސް ކަން އޮތީ އެގޮތަށެވެ. އެއާ ޚިލާފަށް ރޯދައިގެ އަޅުކަމުގައި ޖެހެނީ، ވަކި ޚާއްޞަ ކަންތައްތަކަކުން…

دينގެ މަގަކީ إسلام دينގެ މަގެވެ.

ކިޔާފައިވާ ޢަދަދު: 117

مأمون عبدالقيوم دينގެ މަގަކީ، ﷲ ގެ މަގެވެ. ދުނިޔެއާއި آخرةގެ ބާއްޖަވެރިކަން ލިބިދެނިވި މަގެވެ. دينދީނުގެ މަގަކީ، إسلام دينގެ މަގެވެ. އެހެނީ إسلام دين އައުމާއެކުހެން ހުރިހާ دينތަކެއް باطلވެ، نسخވެ ފޮހެވިގެން ދިޔައީއެވެ. މާތްﷲ وحىކުރައްވާފައި ވެއެވެ. ” وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ” މާނައީ: ” إسلام دين ފިޔަވައި އެހެން دينއެއް ހޯދައިފި މީހާ ދަންނާށެވެ!…

ރޯދަ ވީއްލާއިރު ވަކި ޢިބާރާތަކުން ދުޢާކުރުން ލާޒިމުހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 351

އަޙްމަދު ޝާޒް (2017) ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((ثلاثة لا تُردُّ دعوتُهم: الإمام العادل، والصَّائم حين يُفْطِر، ودعوة المظلوم))(1) މާނައީ: ތިންމީހެއްގެ ދުޢާ އިޖާބަނުކުރައްވައި  މާތްالله ރައްދުނުކުރައްވާހުއްޓެވެ. އެއީ ޢަދުލުވެރި އިމާމު ކުރާ ދުޢާއާއި، ރޯދަވެރިޔާ ރޯދަވީއްލާހިނދު ކުރާ ދުޢާއާއި، އަދި ނުޙައްޤުން އަނިޔާލިބިފައިވާމީހާ ކުރާ ދުޢާއެވެ.” މާތްالله ވަޙީކުރައްވާފައިވެއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا…