اللَّهُ އަށް އީމާންވި ޞާލިޙު އަޅުތަކުންނަށް ދެއްވާނެ ނިޢުމަތުގެ މަތިވެރިކަން

ކިޔާފައިވާ ޢަދަދު: 135

اللَّهُ އަށް އީމާންވި ޞާލިޙު އަޅުތަކުންނަށް ދެއްވާނެ ނިޢުމަތުގެ މަތިވެރިކަން އަޙްމަދު ފާރޫޤް މުޙައްމަދު މީސްތަކުން މި ދުނިޔޭގައި އުޅުމަށް ދެއްވާފައިވާ ކުޑަކުޑަ ވަގުތުކޮޅުގައި اللَّهُ އަށް އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނީ، ސުވަރުގޭގެ އަހުލުވެރިންކަމަށާއި އެއުރެންނީ އެތާނގައި އަބަދުގެ އަބަދަށް ދެމިތިބޭނޭ މީހުންކަމަށް ކަނޑައަޅުއްވާފައިވެއެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ. {وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ} (الْبَقَرَة: 82) މާނައީ:{އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން، އެއީ ސުވަރުގޭގެ އަހުލުވެރިންނެވެ.…

އިޞްލާޙުކުރެވޭނީ ކީރިތި ޤުރްއާނާއި، ޙަދީޘުގައި އަންގަވާފައިވާގޮތަށް ޢަމަލުކޮށްގެންނެވެ.

ކިޔާފައިވާ ޢަދަދު: 87

އިޞްލާޙުކުރެވޭނީ ކީރިތި ޤުރްއާނާއި، ޙަދީޘުގައި އަންގަވާފައިވާގޮތަށް ޢަމަލުކޮށްގެންނެވެ.   އަޙްމަދު ފާރޫޤް މުޙައްމަދު اللَّهُގެ ޢަޛާބަށް މީސްތަކުން ބިރުވެތިކުރުވުމަކީ، ނަފްސާނީ ގޮތުން މީސްތަކުންނަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއްކަމުގައި މި ޒަމާނުގެ ބައެއް މީހުން ބުނެއުޅެއެވެ. އެފަދަ މީހުން ދެކޭގޮތުގައި ޢަޛާބުގެ ވާހަކަ ބަޔާންވެފައިވާ އާޔަތްތަކާއި، ޙަދީޘްތައް ޢާއްމުންނަށް ބަޔާންކޮށްދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިޞްލާޙަށް މަސައްކަތްކުރުމުގައި އަބަދުވެސް ދައްކަންޖެހޭނީ އުފާވެރިކަމާއި ސަވާބުގެ ވާހަކައެވެ. މިފަދަ މީހުންގެ ދަލީލަކީ، އަލްބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ރަސޫލު اللَّهِ…

ހަނދާންނައްތާލައި ފަރުވާކުޑަކޮށްލެވިފައިވާ މުހިއްމު ކަންތައްތަކެއް

ކިޔާފައިވާ ޢަދަދު: 100

ހަނދާންނައްތާލައި ފަރުވާކުޑަކޮށްލެވިފައިވާ މުހިއްމު ކަންތައްތަކެއް   އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުންގެ ދިރިއުޅުން ހަމަޖެހޭ އޮމާން އަމާން ދިރިއުޅުމެއްކަމުގައި ވުމަށްޓަކައި ގިނަގުނަ ކަންތައްތަކަކަށް ބޭނުންވެއެވެ. އެއް ބަޔަކު އަނެއްބަޔަކަށް ނުބައި ހީކުރުމާއި، ޖާސޫސްކުރުމާއި، ނެތިމޮށުމާއި، އިޖްތިމާޢީ ގުޅުންތައް ނެތިކޮށްލާ މިފަދަ އެންމެހައި ކަމަކުން ދުރުވެގެން މެނުވީ ބަދަހި މުޖުތަމަޢެއް ބިނާއެއް ނުކުރެވޭނެއެވެ. މިކަން ކަށަވަރުކޮށްދެއްވައި اللَّهވަޙީކުރައްވާފައިވެއެވެ. {يَاأَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ…

ބޮޑާކަމަކީ މުސްލިމެއްގެ ކިބާގައި ހުރެގެންވާނެ ސިފައެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 107

ބޮޑާކަމަކީ މުސްލިމެއްގެ ކިބާގައި ހުރެގެންވާނެ ސިފައެއްނޫނެވެ.   އަޙްމަދު ފާރޫޤް މުޙައްމަދު ތިމާއަށް ލިބިފައިވާ ތަނަވަސް ކަމާހުރެ، ނުވަތަ މަޤާމުގެ މަތިވެރިކަމާހުރެ، ނުވަތަ މިފަދަ ކަމަކާނުލައިވެސް، ބައެއް މީހުން އަނެކުންގެމައްޗަށް ބޮޑާވެ ކިބުރުވެރިވުމަކީ ގިނަބައެއްގެ އާދައެކެވެ. ނަމަވެސް އެއީ އެ ކަމުގެ ގެއްލުންބޮޑު ކަމެކެވެ. ނަހީކުރައްވާފައިވާ ކަމެކެވެ. އިންސާނުން ބޮޑާވެގަތުމުގެ ނުބައިކަން ބަޔާންކުރައްވައި ރަސޫލު اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ އިރްޝާދުދެއްވާފައި ވެއެވެ. {لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ…

ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެކެވެ.

ކިޔާފައިވާ ޢަދަދު: 196

ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިދުނިޔެއަކީ އާޚިރަތަށްޓަކައި މަސައްކަތްކުރުމުގެ ގޮވައްޗެވެ. މިއީ، ދާއިމީ ވަޒަނެއް ނޫނެވެ. މީސްތަކުންގެ ދާއިމީ ވަޒަންކަމުގައިވާ އާޚިރަތް ބިނާވެގެންވަނީ، މި ދުނިޔޭގައި މީސްތަކުން ޢަމަލުކުރާ ގޮތެއްގެމައްޗަށެވެ. اللَّهُއަށް އީމާންވެ، ހެޔޮޢަމަލުކުޅަ މީހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ. އެހެންނޫންނަމަ ނަރަކައިގެ ދާއިމީ ޢަޛާބެވެ. اللَّهُވަޙީކުރެއްވިއެވެ. {اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ…

اللَّهُގެ މަގުގައި ކުރެވޭ ހޭދައަކީ، ތިމާއަށް ގެއްލިދާނެ އެއްޗެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 225

اللَّهُގެ މަގުގައި ކުރެވޭ ހޭދައަކީ، ތިމާއަށް ގެއްލިދާނެ އެއްޗެއް ނޫނެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ދިރިއުޅުމުގެ މައިދާނުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ވަކިން ޚާއްޞަކޮށް އެ ބަޔަކަށް اللَّهُތަނަވަސްކަން ދެއްވާފައިވާ މީހުން، އަނެކުންނަށް އަޅާލައި އެހީތެރިވެ އުޅުމަކީ اللَّهُއަށްޓަކައި ދެވޭ ދަރަންޏެއްގެ ގޮތުގައި އިސްލާމްދީނުގައި ސިފަކުރައްވާފައި ވެއެވެ. اللَّهُ ވަޙީކުރައްވާފައިވެއެވެ. {مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ} (البقرة:…

ޟުޙާ ނަމާދުގެ ވަގުތާއި ރަކުޢަތުގެ އަދަދު

ކިޔާފައިވާ ޢަދަދު: 233

ޟުޙާ ނަމާދުގެ ވަގުތާއި ރަކުޢަތުގެ އަދަދު އަޙްމަދު ފާރޫޤް މުޙައްމަދު ޟުޙާ ނަމާދުގެ ވަގުތުފެށެނީ ލޮންސިއެއްގެ މިންވަރަށް އިރު އެރުމުންނެވެ. އަދި މެންދުރު ވަގުތާ ހަމައަށް އެ ނަމާދުގެ ވަގުތު ދެމިއޮވެއެވެ. މުސްތަޙައްބުވެގެންވަނީ، ތަންކޮޅެއް މައްޗަށް އިރުއަރައި ރަނގަޅަށް ބިންމައްޗަށް ހޫނުކަން ފޯރާހައި އިރުވުމުން އެ ނަމާދު ކުރުމެވެ. އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޒައިދު ބްނު އަރުޤަމުގެ އަރިހުން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى…

ޟުޙާ ނަމާދަކީ ދަރުމައާއި ސަވާބު އިތުރުވެގެންވާ ނަމާދެކެވެ

ކިޔާފައިވާ ޢަދަދު: 172

ޟުޙާ ނަމާދަކީ ދަރުމައާއި ސަވާބު އިތުރުވެގެންވާ ނަމާދެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ޟުޙާ ނަމާދަކީ ކުރުން މުސްތަޙައްބުވެގެންވާ ނަމާދެކެވެ. އެ ނަމާދުކުރުމުން ލިބޭނެކަމަށް އަންގަވައިފައިވާ ޘަވާބު ލިބުމަށް އެދޭ މީހަކު އެ ނަމާދުކުރުން ހުށްޓެވެ. ނުކުރުމުން އެ މީހަކު ފާފަވެރިއެއް ނުވާނެމެއެވެ. އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި އަބޫސަޢީދުލްޚުދުރީގެ އަރިހުން އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. “كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى (رَوَاهُ التِّرْمِذِيُّ) މާނައީ: [ރަސޫލު اللَّهِ صَلَّى اللَّهُ…

ފަހަރެއްގައިވެސް ގެއްލުންވުމެއް ކުރިމަތިވުންނުވާ ވިޔަފާރިއެއް

ކިޔާފައިވާ ޢަދަދު: 118

ފަހަރެއްގައިވެސް ގެއްލުންވުމެއް ކުރިމަތިވުންނުވާ ވިޔަފާރިއެއް އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުން ދިރިއުޅުމަށްޓަކައި ކުރާ ތަފާތު މަސައްކަތް ކުރުމުގައި އެބައިމީހުންނަށް އެ މަސައްކަތުން ގެއްލުންވުމެއްނެތި އަބަދުމެ ކާމިޔާބުވާނެކަން ޔަޤީންވާ އެއްވެސް މަސައްކަތެއް ނުވެއެވެ. ދިރިއުޅުމަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި މި ދުނިޔެއަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށްވެސް ވެގެން ނުވެއެވެ. މި ދެގޮތުގައިމެ، އިންސާނުންނަށް އެ ކަމަކުން ގެއްލުމެއް ކުރިމަތި ނުވާނެ ކަމަކަށް މީސްތަކުން ޝައުޤުވެރި ކުރައްވައި، އެކަމުގައި މީސްތަކުން ސާބިތުވެއްޖެނަމަ، އެ ވިޔަފާރީގައި ލިބޭނެ މަތިވެރި ފައިދާ ބަޔާންކުރައްވައި…

ނަމާދުން ސަލާންދިނުމުގެކުރިން ރައްކާތެރިކަމަށް އެދެންޖެހޭ ހަތަރު ކަމެއް

ކިޔާފައިވާ ޢަދަދު: 146

ނަމާދުން ސަލާންދިނުމުގެކުރިން ރައްކާތެރިކަމަށް އެދެންޖެހޭ ހަތަރު ކަމެއް އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނީ ޙަޔާތަކީ ބިރުވެރި އެތައްކަމެއްގެ މެދުތެރޭގައިވާ ކަމެކެވެ. ކަމުގެ ނުރައްކާތެރި ކަމާއި އެ ކަންކަމުގެ ޙަޤީޤަތް ހެޔޮގޮތުގައި ދެނެގަނެވިއްޖެ އެއްވެސް މީހަކު އޭނާގެ ޙަޔާތުގެ އެންމެ ހިނދުކޮޅެއް ވެސް اللهُ ނަހީކުރެއްވި ކަމެއްކުރުމުގައި ނަގައެއް ނުލާނެއެވެ. އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. {إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللهِ مِنْ أَرْبَعٍ يَقُولُ: [اللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ…