ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (5)

ކިޔާފައިވާ ޢަދަދު: 967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (5)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އަހަރެން އެހެން ބުނުމުން އަބޫލަހަބުގެ ގާތަށް ރުޅިއައިސްގެން އަހަރެންގެ މޫނުމަތީގައި ވަރަށް ބާރަށް ތަފާލެއް ޖަހައިފިއެވެ. އަހަރެންވެސް އަބޫލަހަބާ ހިފައިގެންފީމެވެ. އަބޫލަހަބު އަހަންނަށްވުރެ މާބާރު ގަދައެވެ. އޭނާ އަހަރެން ހޫރައިފައި ބިންމައްޗަށް ޖަހައިފިއެވެ. އަހަރެންގެ ބުރަކަށި މައްޗަށް އަރައި އިށީނދެއްޖެއެވެ. އެވަގުތު އުއްމުލް ފަޟުލު އެތާނގައި އޮތް ފޭލިގެއެއްގެ މުޑިއެއް ނަންގަވައި އެއިން އަބޫލަހަބުގެ ބޮލުގައި ޖެއްސެވުމުން އަބޫލަހަބުގެ ބޯ ވަރަށް ބޮޑަށް ފެޅިއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އޭނާގެ ސާހިބާ ރަށުގައި ވަޑައިގެން ނުއުޅުއްވާތީ ތިޔަ އުޅެނީ ހިތުހުރި ގޮތެއް ހަދައިލާން ކަމަށް ހެއްޔެވެ؟ އަބޫލަހަބު ދެރަވެގެން ތެދުވެގެން ހިނގައްޖެއެވެ. އަރަހުށި މާތްﷲ ޢަދަސާއެވެ ކިޔުނު ބައްޔެއްގައި އޭނާ ހައްޔަރު ކުރެއްވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. ހަތްރޭވީތަނާ އޭނާ މަރުވެއްޖެއެވެ. އެބައްޔަކީ ޢަރަބީން ވަރަށް ބޮޑަށް ބިރުގަންނަ ބައްޔެކެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ކިޔާފައިވާ ޢަދަދު: 981
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليه وسلّم މުސްލިމުންނަށް ރައްދު ހަމަލަދިނުމަށް އަމުރުކުރެއްވިއިރު މުޝްރިކުން ތިބީ ވަރަށް ބޮޑަށް ލޮޑުވެފައެވެ. ބުންވަރު އެލިފައެވެ. އަނެއްކޮޅުން ޞަޙާބީން އޭގެ ކުރިން ގެންދެވީ ހަމައެކަނި މުޝްރިކުންގެ ޙަމަލަތައް މަތަކުރައްވަމުންނެވެ. އެހެންކަމުން އެބޭކަލުން ތިއްބެވީ ވަރުބަލިފުޅުކަމެއް ނެތި ފުރިހަމަ ފޯރިއާއި ޖޯޝުގައެވެ. އެބޭކަލުން މުޝްރިކުން ގިއްގަޅުއްވަމުން ފަހަތަށް ކޮއްޕަވަމުން އެއުރެން ހައްޔަރުކުރައްވަމުން ޤަތުލުކުރައްވަމުން ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވިއެވެ.

ނަބަވީ އަޚްލާޤް (1)- ﷲ ކަލޭގެފާނު ފަދަ ބޭކަލަކު ގެއްލެނިއެއް ނުކުރައްވާނެ

ކިޔާފައިވާ ޢަދަދު: 1308
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
سيّدة خديجة رضي الله عنها އަކީ محمّد رسول الله صلى الله عليه ގެ މާތް އަނބިކަނބަލުންނެވެ. އެ ކަމަނާ އަކީ ނުހަނު ވިސްނުންފުޅު ތޫނު، ބުއްދިވެރި، މުޢާމަލާތްތައް ޙައްލު ކުރެއްވުމުގެ ގާބިލުކަން ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. محمّد رسول الله صلى الله عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީގެ ފަނަރަ އަހަރުވެސް އެކަމަނާ ހުންނެވީ އިތުރު އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައެވެ. ކާވެނިފުޅު ކުރެއްވި އިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަންސަވީސް އަހަރެވެ. މި މަތިވެރި އަންހެން ސާހިބާ ވަނީ އިތުރު އެކަލޭގެފާނަށް ޖެހިވަޑައިގަތް ކޮންމެ އުފާފުޅަކާއި، ހިތާމަފުޅެއް ހިއްސާ ކުރައްވައިފައެވެ. ފިރިކަލުންގެ ގިނިކަންޏާ ހުންނަވާ ވަގުތާއި، އަރިހުގައި ހުންނަވާ ވަގުތަކީ ކޮބައިކަމާއި، ބޭނުންފުޅުވާ ކަންތައްތަކަކީ ކޮބައިކަން ފިސާރި ރަނގަޅަށް އެކަމަނާ ދެނެވަޑައިގަނެއެވެ. ޙިރާ ފަރުބަދައިގެ ހޮހަޅައިގައި އިތުރު އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަސޫލުކަމުގެ ތާޖު ބެހެއްޓުނު ވަގުތަކީ އާދައިގެ ވަގުތުކޮޅެއް ނޫނެވެ.

ތަޒްކީރުލްޤުރްއާން (1)

ކިޔާފައިވާ ޢަދަދު: 1248
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މަވްލާނާ ވަޙީދުއްދީން ޚާން 
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ މަވްލާނާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ “ތަޒްކީރުލްޤުރްއާން” ގެ ދިވެހި ތަރުޖަމާއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަރުޖަމާ އަޅުގަނޑު ނަގާފައި ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ކީރިތި ޤުރްއާނުގެ ތަރުޖަމާއިންނެވެ. ތަރުޖަމާއަށްފަހު “ބަޔާނެއް” މިހެން ސުރުޚީ ޖަހާފައި އެވަނީ މަވްލާނާ ވަޙީދުއްދީން ލިޔުއްވާފައިވާ ބަޔާނުގެ ތަރުޖަމާއެވެ.

 

ވިސްނައިލަމާ (4) – އަމުދުން ނުކުރުމަށްވުރެ ލަހުން ކުރުންވެސް ރަނގަޅު

ކިޔާފައިވާ ޢަދަދު: 1144
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ބައްޕަ މަރުވީ އިރު ހާރލަންގެ ޢުމުރަކީ އެންމެ ފަސް އަހަރެވެ. ޢުމުރުން ސާދަ އަހަރުގައި އޭނާ އިސްކޫލުން ކެނޑިގެން ދަނޑެއްގައި މަސައްކަތް ކުރާން ފެށިއެވެ. އެކަމަކު އެއީ އޭނާ ގަޔާވާ މަސައްކަތަކަށް ނުވިއެވެ. ޢުމުރުން ސޯޅަ އަހަރުގައި ޢުމުރު އޮޅުވާލައިގެން އެމެރިކާގެ ސިފައިންގެ ތެރެއަށް އޭނާ ވަނެވެ. އެކަމަކު އެންމެ އަހަރަކު މަސައްކަތް ކޮށްފައި ސިފައިންގެ ވަޒީފާއިން ކެނޑިގެން ދަގަނޑުގެ މަސައްކަތް ކުރާ ތަނަކުން ވަޒީފާއެއް ހޯދައިގެން މަސައްކަތް ކުރާން ފެށްޓިއެވެ. އެކަމަކު އެ މަސައްކަތަކުންވެސް ކުރިއަކަށް ނުދިޔައެވެ. އެންމެ ފަހުން ރޭލު އިސްޓޭޝަނަކުން ވަޒީފާއެއް ހޯދައިފިއެވެ. އެއީ އޭނާ ގަޔާވާ މަސައްކަތަކަށްވެސް ވިއެވެ. އެހެންވީމާ އޭނާއަށް ހީ ކުރެވުނީ ދިރިއުޅުން ހަމަ މަގަށް އެޅުނީ ކަމުގައެވެ.

ޙައްޖު މަހުގެ ދިހަ ދުވަސް

ކިޔާފައިވާ ޢަދަދު: 1179
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
 
ޙުރްމަތްތެރި މަހެއް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ ” وَٱلْفَجْرِ وَلَيَالٍ عَشْرٍ  – ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.” އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  އެކަލާނގެ ޙަޟްރަތަށް  އަލުން އައުމަށެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ކިޔާފައިވާ ޢަދަދު: 1102
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ޢަބްދުﷲ ފާރޫޤް ޙަސަން
 އިތުރު ސާހިބާ ސަފުތައް އެއްވަރުކުރައްވައި ނިމިވަޑައިގަތުމުން ލަޝްކަރަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނުގެ “ފަހުބަސްފުޅު” ލިބުމުގެ ކުރީން އެކީއެކައްޗަކަށް ހަމަލަނުދޭން އެންގެވިއެވެ. ހަނގުރާމަކުރިޔަށް ގެންދަންވީގޮތާ ބެހޭ ގޮތުން ވިދާޅުވިއެވެ. ދުޝްމިނުން ކައިރިޔަށް އަތުވެއްޖެނަމަ ދުނިއުކާށެވެ. ތީރުތައް ބޭކާރުވިޔަނުދޭށެވެ. އެބައިމީހުން ތިޔަބައިމީހުންގެ އަތްފޯރާފަށަށް ނާންނަނީސް ކަނޑި އުރައިން ދަމައިނުގަންނާށެވެ. ކެތްތެރިވެ ސާބިތުވެތިބޭށެވެ. އެއަށްފަހު އަބޫބަކުރުގެފާނު ގޮވައިގެން ވަޑައިގަތީ އެކަލޭގެފާނުގެ ޢަރީޝަށެވެ. ސަޢުދު ބިން މުޢާޛު އެކަލޭގެފާނުގެ ގެމަ އާއިގެން ޢަރީޝު ވަށައިގެން އެތުރިވަޑައިގެންނެވިއެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކިޔާފައިވާ ޢަދަދު: 216
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ- 2:

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކައު ސާހިބާ މައިދާން ރޭއްވެވީ ދުވާލުގެ އެއްވެސް ވަގުތެއްގައި މުސްލިމުންގެ ލޯތައް އިރާދިމާ ނުވާނެ ގޮތަށެވެ. މުސްލިމުންގެ ފުރަގަހުގައި ނުވަތަ އަރިމައްޗެއްގައި އިރު ހުންނާނެ ގޮތަށެވެ. ހަމައެއާއެކު މުސްލިމުންނަށް ހުރިހާ ވަގުތެއްގައިވެސް ވައިމަތީގައި ތިބެވޭ ގޮތަށެވެ. ވަޔާއެކު އުފުލޭ ވެއްޔާއި ހިރަފުހުގެ ރާޅުތައް ދުޝްމިނުންނާ ސީދާވާ ގޮތަށެވެ. ދުޝްމިނުންގެ ލޯތަކާ އަބަދުވެސް އިރާ ދިމާވާގޮތަށެވެ.

ބަދުރު ހަނގުރާމަ: 2 – ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން-2

ކިޔާފައިވާ ޢަދަދު: 768
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (2)

ޢަބްދުﷲ ފާރޫޤް ޙަސަން

       
  ކައު ސާހިބާ މައިދާން ރޭއްވެވީ ދުވާލުގެ އެއްވެސް ވަގުތެއްގައި މުސްލިމުންގެ ލޯތައް އިރާދިމާ ނުވާނެ ގޮތަށެވެ. މުސްލިމުންގެ ފުރަގަހުގައި ނުވަތަ އަރިމައްޗެއްގައި އިރު ހުންނާނެ ގޮތަށެވެ. ހަމައެއާއެކު މުސްލިމުންނަށް ހުރިހާ ވަގުތެއްގައިވެސް ވައިމަތީގައި ތިބެވޭ ގޮތަށެވެ. ވަޔާއެކު އުފުލޭ ވެއްޔާއި ހިރަފުހުގެ ރާޅުތައް ދުޝްމިނުންނާ ސީދާވާ ގޮތަށެވެ. ދުޝްމިނުންގެ ލޯތަކާ އަބަދުވެސް އިރާ ދިމާވާގޮތަށެވެ. އިސްލާމީ ލަޝްކަރުގެ މެދުތެރެ ވަރުގަދަ ކުރެއްވުމަށާއި، މެދުތެރެ ވަށައިލެވުނަ ނުދެއްވުމަށްޓަކައި ދެފަރާތުގެ އަރިމައްޗަށް ދުނިދަނޑިވެރިންތަކެއް ޚާއްޞަ ކުރެއްވިއެވެ. ލަޝްކަރުގެ ފަހަތް ހިމާޔަތް ކުރެއްވުމަށްޓަކައި ރިޒާވް ލަޝްކަރެއްގެ ގޮތުގައި ފަހަތުގައި ވަރުގަދަ ޔުނިޓެއް ބޭއްވެވިއެވެ. އެޔަށްފަހު ލަޝްކަރުގެ ކޮންމެ ބަޔަކަށްވެސް ވަކިވަކިން އިރުޝާދު ދެއްވައި އެބައެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ބަޔާންކޮށްދެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅާއި އިޝާރަތާނުލައި އެއްވެސް ޙަރަކާތެއް ނުހިންގުމަށް ބާރުލައްވައި އަމުރުކުރެއްވިއެވެ. ހަނގުރާމައިގެ މައިދާނަށް ވަޑައިގެން އެކިތަންތަނަށް އިޝާރާތްކުރައްވައި ވިދާޅުވެދެއްވިއެވެ. އިރާދަކުރެއްވިއްޔާ މިއީ މާދަމާ ދުޝްމިނުންގެ މިވެނި މީހަކު ގަތުލުވާނެ ތަނެވެ. އެވެނި ތަނެއްގައި އެވެނި މީހަކު ގަތުލުވާނެއެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (09)

ކިޔާފައިވާ ޢަދަދު: 745
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
 
25. ބިން ޢިމާރާތްކުރުމާއި، ތިމާވެއްޓަށް ރައްކާތެރިވުމާއެކު ތަރައްޤީ ހޯދުން
ބިން ޢިމާރާތްކުރުމާއި، މާއްދީ އަދި އިންސާނީ ވަސީލަތްތަކުގައި ފުރިހަމަ ތަރައްޤީ ހޯދުމާއި، ތިމާވެއްޓަށް ރައްކާތެރިވެ، ކުނިބުންޏާއި ނުސާފުކަމުން ރައްކާތެރިވުމާއި، ވެށީގެ ވަސީލަތްތައް ހަމަހަމަކުރުމާއި، މީހުންގެ ދިރިއުޅުން ފަސޭހަކޮށްދޭނެ ކަންކަމުގައި އެހީތެރިވެ އުޅުމާއި، ދިރިއުޅުން އިތުރަށް ޒީނަތްތެރިކޮށްދޭ ކޮންމެ ކަމަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއްކަމާއި އެއީ އަޅުކަމެއް ކަމުގައި ދެކެންވާނެއެވެ.