ވިޔަފާރީގެ حلال ފައިދާ

ކިޔާފައިވާ ޢަދަދު: 382

  ވިޔަފާރީގެ حلال ފައިދާ مأمون عبدالقيوم ވިޔަފާރިއަކީ، مجتمعގެ إقتصادى حياتގެ ވަރަށް مهم ބިންގަލެވެ. مجتمعއަށް ފައިދާހުރި ގޮތެއްގެ މަތިން، ވިޔަފާރީގެ معاملاتތައް ހިނގުމަކީ، أفرادންނާއި جماعةގެ مهم مقصدތައް حاصلވެގެން ދާނޭ ކަމެކެވެ. ވިޔަފާރީގެ دائرةއަކީ އެހާމެ ފުޅާ ދާއިރާއެކެވެ. އެހެންކަމާއެކު، ވިޔަފާރީގެ ބައެއް ކަންތައްތަކާމެދު ދަންނަވާލަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އަދިވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ވިޔަފާރި ކޮށްގެން ހޯދާ ފައިދާގެ ވާހަކައެވެ. ޝައްކެއްނެތެވެ. އެއްވެސް މީހަކު،…

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 355

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟ އަޙްމަދު ޝާޒް (2017) ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.  “إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتْ الشَّيَاطِيْنُ” (صحيح مسلم  1079) މިޙަދީޘްގެ ލަފުޒީ މާނައަކީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވެއެވެ.” މި ޙަދީޘްގެ ތަފާތު ރިވާޔަތްތައް ވެއެވެ.…

وعظ ބުނުމުގައިކުރުކޮށް އޮޅުންފިލާގޮތަށް ވާހަކަ ދެއްކުން

ކިޔާފައިވާ ޢަދަދު: 161

وعظ ބުނުމުގައިކުރުކޮށް އޮޅުންފިލާގޮތަށް ވާހަކަ ދެއްކުން مأمون عبدالقيوم މީސްތަކުންނަށް دينގެ حكمތައް އޮޅުން ފިލުވައި ދިނުމާއި وعظ ބުނުމުގައި އެންމެ ހެޔޮ ގޮތަކީ، ވީހާ އޮޅުން ފިލާގޮތަކަށް ވީހާ ކުރުކޮށް ވާހަކަ ދެއްކުމެވެ. މިއީ މިކަމަށް ކުރިމަތިލާ ކޮންމެ މީހަކުވެސް سمالކަން ދޭން ޖެހޭނެކަމެކެވެ. މީހުންނަށް مسألةތައް ރަނގަޅަށް އޮޅުން ފިލާ ގޮތަށް ބުނެދެވޭނީ، އެންމެ ފުރަތަމަ ހަރުދަނާ علمއެއް ލިބިފައިވާ މީހަކަށް ވެގެންނެވެ. إسلام دينގެ ދާއިރާ ފުޅާކަމުން، دينގެ علمތަކުގެ ތެރެއިން ހަމައެކަނި…

رمضان މަހަކީ إصلاح ގެ މަހެވެ.

ކިޔާފައިވާ ޢަދަދު: 153

رمضان މަހަކީ إصلاح ގެ މަހެވެ. مأمون عبدالقيوم މިއަދަކީ މިއަހަރުގެ بركات ތެރި رمضان މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. رمضان މަހުގެ މާތްކަމާއި ހުކުރު ދުވަހުގެ މާތްކަން އެކުވެފައިވާ بركات ތެރި ދުވަހެކެވެ. މިއަދުގެ އެންމެ އުފާވެރި واجبއެއް ކަމުގައި ދެކެނީ، ރާއްޖޭގެ ލޮބުވެތި ،رعية ންނަށް رمضان މަހުގެ إخلاصތެރި ހެޔޮއެދުންތައް ފޮނުވުމެވެ. رمضان މަހަކީ، إصلاحގެ މަހެވެ. إصلاحގެ މަގަކީ، ވަރަށް ފުޅާ މަގެކެވެ. إصلاح ނުކުރަންވީ ވަކިކަމެއް ނެތެވެ. އަޅުގަނޑުމެންގެ…

ރަމަޟާންމަހުގެ އުފާވެރިކަމާއި ރޯދައިގެ މަޤްޞަދުތައް

ކިޔާފައިވާ ޢަދަދު: 301

ރަމަޟާންމަހުގެ އުފާވެރިކަމާއި ރޯދައިގެ މަޤްޞަދުތައް   ތަރުޖަމާ: އިބްރާހީމް މާހިރު މިއީ، ޑރ.علي محي الدين القره داغي ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ   އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެހެން ހުރިހާ އަޅުކަމަކާ ރޯދަ ތަފާތުކަން އަޅުގަނޑުމެން ދަންނަމުއެވެ. ޢާއްމުކޮށް އެހެން އަޅުކަންތަކުގައި ޖެހެނީ ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ކުރާށެވެ. ނަމާދާއި ޒަކާތާއި ޙައްޖުފަދަ ރުކުންތަކުގައި ވެސް ކަން އޮތީ އެގޮތަށެވެ. އެއާ ޚިލާފަށް ރޯދައިގެ އަޅުކަމުގައި ޖެހެނީ، ވަކި ޚާއްޞަ ކަންތައްތަކަކުން…

مسلمން ވާންޖެހޭނީ ތެދު قبول ކުރާ ބަޔަކުކަމުގައެވެ.

ކިޔާފައިވާ ޢަދަދު: 297

مسلمން ވާންޖެހޭނީ ތެދު قبول ކުރާ ބަޔަކުކަމުގައެވެ. مأمون عبدالقيوم إنسانންނަކީ، ވަރަށް ގިނަ ކަންކަމުގައި ތަފާތު ބަޔެކެވެ. އެބައި މީހުންގެ ވިސްނުން ތަފާތެވެ. مزاج ތަފާތެވެ. أخلاق ތަފާތެވެ. حاصل ކުރަން ބޭނުންވާ ކަންތައްތައްވެސް ތަފާތެވެ. މިކަންތައްތައް މިހެން ހުރުމާ އެކުވެސް، ތެދަކީ އެންމެންވެސް قبول ކުރަންޖެހޭ އެއްޗެކެވެ. إسلام دين ބިނާވެފައި ވަނީވެސް ތެދު قبول ކުރުމުގެ މައްޗަށެވެ. ﷲ ވޮޑިގެންވާކަން قبول ކުރަންޖެހެއެވެ. ﷲގެ އެއްކައުވަންތަކަން قبول ކުރަންޖެހެއެވެ. قيامة ދުވަސް އަންނާނެކަން…

މަގުދެއްކުމުގައި نمونۃ އަކަށްވުމުގެ مہمّ ކަން

ކިޔާފައިވާ ޢަދަދު: 143

مأمون عبدالقيوم علم ވެރިން ވިދާޅުވާ ގޮތުގައި، އަދި ބުއްދި قبول ކުރާ ގޮތުގައިވެސް، މީސްތަކުންނަށް މަގު ދެއްކުމުގައި އެންމެ މޮޅުގޮތަކީ نمونۃ އަކަށް ވުމެވެ. އެހެންކަމުން، إنسانންނަށް ތެދުމަގު ދެއްކެވުމަށް މާތްﷲ ފޮނުއްވި އެންމެ މާތް نبىއާ محمـّـد صلى الله عليه وسلم އެކަލާނގެ ލައްވާފައިވަނީ، إنسانންނަށް ދެއްކެވި އެންމެ މަތިވެރި نمونۃ ކަމުގައެވެ. މާތް ﷲ وحى ވަހީކުރެއްވިއެވެ.  މާނައީ: ” ހަމަކަށަވަރުން ﷲގެ رسول ގެ ކިބައިގައި ތިޔަބައި މީހުންނަށް ރިވެތި…

ހަމްދަރުދީވުމާއި ހިތާމަ ފިލުވައިދިނުމުގެ މައްސަރު

ކިޔާފައިވާ ޢަދަދު: 168

ޢަބްދުﷲ ފާރޫޤް ޙަސަން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްފަހަރަކު ދަތުރުވެރިޔަކު އައެވެ. އެމީހާ ހުރީ ވަރަށްބޮޑަށް ބަނޑުހައިވެފައެވެ. އޭނާ ހައިހޫނުކަމުގެ ވާހަކަ ބަޔާންކޮށް ކާއެއްޗެއްދެއްވާތޯ ދެންނެވިއެވެ. އިތުރުސާހިބާ އެންމެހައި އުންމަހާތުންގެ ކޮޓަރިކޮޅުތަކަށް ބޭކަލަކު ފޮނުއްވިއެވެ. އެއިން ބޭކަނބަލެއްގެ އަތްޕުޅުގައި ކާއެއްޗެއް ހުރިތޯ ބެއްލެވުމަށްޓަކައެވެ. އެބޭކަލުކު އެނބުރިވަޑައިގެން ވިދާޅުވީ އިތުރުސާހިބާގެ އެއްވެސް އަނބިކަނބަލެއްގެ އަތްޕުޅުގައި ފަރީއްކުޅުއްވާނެ އެއްވެސް އެއްޗެއް ނެތް ކަމުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނާ ދިމާޔަށް އެނބުރިވަޑައިގެން ޙަދީޘުކުރެއްވިއެވެ. ”…

އެކަކު އަނެކަކާ އަޅާލުމުގެ މަތިވެރި أصول

ކިޔާފައިވާ ޢަދަދު: 271

مأمون عبدالقيوم އެންމެ މާތް دينގެ أهل ވެރިންގެ ގޮތުގައި އެންމެ ސީދާ ތެދުމަގުގައި ތިބެ، قومއާއި مجتمعގެ ފައިދާ އާއި ލާބަޔަށް ޓަކައި މަސައްކަތް ކުރާ ބައެއްގެ މެދުގައި ކޮންމެހެން ހުންނަންޖެހޭ ކަންތައް ތަކެއްވެއެވެ. މިގޮތުން إجتماعى ކަންތައްތަކުގެ ދާއިރާގައި إسلام دينގައި ކަނޑައަޅުއްވާފައިވާ އެންމެ މަތިވެރި أصولއަކީ، އެކަކު އަނެކަކަށް އަޅާލުމެވެ. އެކަކު އަނެކަކަށް ކަމޭހިތައި އެހީތެރިވެދީ ހެދުމެވެ. އެކަކު އެކަކާ ބައްދަލުވާ ހިނދު، ހިނިތުންވުމާއެކު سلام ގޮވާލުމެވެ. މީހަކު، ތިމާގެ ގެއަށް زيارة…

دينގެ މަގަކީ إسلام دينގެ މަގެވެ.

ކިޔާފައިވާ ޢަދަދު: 144

مأمون عبدالقيوم دينގެ މަގަކީ، ﷲ ގެ މަގެވެ. ދުނިޔެއާއި آخرةގެ ބާއްޖަވެރިކަން ލިބިދެނިވި މަގެވެ. دينދީނުގެ މަގަކީ، إسلام دينގެ މަގެވެ. އެހެނީ إسلام دين އައުމާއެކުހެން ހުރިހާ دينތަކެއް باطلވެ، نسخވެ ފޮހެވިގެން ދިޔައީއެވެ. މާތްﷲ وحىކުރައްވާފައި ވެއެވެ. ” وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ” މާނައީ: ” إسلام دين ފިޔަވައި އެހެން دينއެއް ހޯދައިފި މީހާ ދަންނާށެވެ!…