ރަސްފުރާ

ކިޔާފައިވާ ޢަދަދު: 438

(މިއީ د.خالد بن صالح المنيف  ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ) ތަރުޖަމާ: އިބްރާހީމް މާހިރު މީހާގެ ޢުމުރުން އަހަރުތައް ފާއިތުވަމުން ގޮސް، ބައެއް މީހުންގެ ވިސްނުމާ ފިކުރު އެމީހުން ވަރަށް އުފާވެރިކުރުވާ މަރުޙަލާއަކަށް ގެންދާނެއެވެ. މި މަރުޙަލާއަށް ރަސްފުރާ ކަމުގައި ކިޔަމާ ހިނގާށެވެ. އެއް ސަބަބަކީ، މި މަރުޙަލާގެ ހިތްގައިމުކަމާއި ފުރިހަމަކަމެވެ. އަނެއް ސަބަބަކީ މި މަރުޙަލާގައި، ޙަޔާތުގައި އެމީހަކަށް ލިބިފައިވާ ކަންކަމާމެދު އުފާވާ މިންވަރާއި މުޅިމީހާއަށް ލިބޭ ރާޙަތުގެ ބޮޑުކަމުންނެވެ. މި…

ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙު ތަރުޖަމާ ކުރުމުގައި އިނގިރޭސި ބަހާއި ދިވެހި ބަހުގައި ހުރި ތަފާތުގެ މައްޗަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 666

އަޙްމަދު ޝާޒް (2017) ޢަރަބި ބަހުގެ ބަލާޣާތްތެރިކަމާ ފަޞާޙާތްތެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ މަސްދަރަކީ ކީރިތި ޤުރްއާނެވެ. އަދި މިއީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތުން، ބަހަކަށް ލިބިގެންވާ ހަމައެކަނި ރެފަރެންސް ވެސް މެއެވެ. ޢަރަބި ބަސްފިޔަވައި މިފަދަ ފުރިހަމަ ރެފަރެންސެއް ލިބިފައިވާ އެހެން އެއްވެސް ބަހެއް ދުނިޔޭގައި ނެތޭ ބުނުމުން މިކަމާ ދެކޮޅަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙުތައް އެހެނިހެން ބަސްބަހަށް ތަރުޖަމާކުރުމުގައި، އެ މުޞްޠަލަޙެއްގެ ސީދާ…

މިންވަރަށް އީމާންވުން

ކިޔާފައިވާ ޢަދަދު: 1066

ވަރަށް ފަޤީރު މީހަކު ގެންގުޅުނު ބަލިކަށި، ނިކަމެތި ހިމާރަކަށް ޝާހީ އަސްތަބީލާއަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެ ސޮރު އެ ތަނަށް ގޮސް ބަލައިލި އިރު އެ ތާނގައި އުޅޭ އަސްތަކުގެ ސިއްހަތު ރަނގަޅުކަން ފެނިފައި  ހައިރާން ވެއްޖެއެވެ. އެ އަސްތަކުގެ ޚިދުމަތުގައި އެތައް ނޯކަރުންނެއް ތިއްބެއެވެ. ހިމާރަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ނިކަމެތި، އަނަރޫފަ ހަށިގަނޑަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. [އަހަރެންނަށް ވެސް މި ސޮރުމެންނަށް މި ލިބޭ ފަދަ ކާނާ ލިބޭނޭ ނަމަ…

”ދެންހަމަ عجائب !_____ ”

ކިޔާފައިވާ ޢަދަދު: 338

تاليف (” ނަން ނުއައްސަވާ!”) މިއީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު (ރަޙިމަހުﷲ) ގެ ހިނގާ ގަލަންކޮޅު މީގެ 76 އަހަރު ކުރީން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ”އައްރަފީޤު” މަޖައްލާގައެވެ. ނަމަވެސް  މިސައިޓަށް ނަގާފައި މިބަނީ، ނޮވެލްޓީން ނެރެފައިވާ ”ދިވެހިޑައިޖެސްޓް” 86  (8 ނޮވެންބަރު 2016)  ވަނަ އަދަދުންނެވެ. __________________________ މިޖެހުނީ ބޮޑުކަމެކެވެ. ” ފޫހިފިލުވުމަށް” ލިޔާންވީއެވެ. ބަހުގައި ބުނެވޭ ޖެހިއްޖެކަމަކަށް ފަސްޖެހުމަކީ ފިނޑިންގެ ކަމެކެވެ. ފިނޑިއަކަށް ވާހިތްވާނީ ކާކުތޯއެވެ؟ ގައިމުވެސް އަޅުގަނޑެއް ނޫނެވެ……. އެހެންވީއިރު…

ވަގުތުގެ ބޭނުން ހިފުން

ކިޔާފައިވާ ޢަދަދު: 649

”ޓެކް އަ ލުކް އެޓް ޔޮރސެލްފް” އަކީ ޖޯން މިލަރ އޭ ނަމަކަށް ކިޔާ މީހަކު ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި ވަރަށް މަޖާ ވާހަކައެއް އޭނާ ލިޔެފައި ވެއެވެ. ”ފަރުބަދަތަކުގެ މަތީގައި ހުރި ކުޑަކުޑަ ގެއެކެވެ. ގޭގެ ދޮރުމަތީގައި އެލުވާފައި އޮތް ކޮށްޓެއްގައި އިން ގުރައެކެވެ. އެ ގެއަށް މީހަކު ވަންނާން އައުމާއެކު އެ ގުރާ ގޮވައިލިއެވެ. ” ބޭކަލުންނޭ – ފަހަރަކު ބޭކަލަކު ވަންނަވާ! ” އެއް ދުވަހަކު ކޮށި ހުޅުވާފައި ހުއްޓާ ގުރާ…

المدنية ومحمــــد صلى الله عليه وسلم

ކިޔާފައިވާ ޢަދަދު: 264

= ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު= ފާދިއްޕޮޅު އަތޮޅުވެރި ދޮންކަލޭގެފާނު ފަހުން އަލްމުޙްތަރަމް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނު (ރަޙިމަޙުﷲ) ގެ މި ލިޔުއްވުން ނަކަލުކޮށްފައި މިވަނީ، މީގެ 71 އަހަރު ކުރީން އާދެ! 1 ރަބީޢުލްއައްވަލު 1367 ގައި ނުކުތް ” ސަރުކާރުގެ ޚަބަރު” ގެ 15 ވަނަ އަދަދުންނެވެ. ____________________ އިންސާނާ، އުފެދުނީއްސުރެން، މިހައިތަނަށް އޭނާގެ ކަންތައް، ވެގެންދިޔަގޮތާއި މެދުގައި ވިސްނި ކޮންމެ މީހަކު އަޖާއިބު ނުވާނޭ ހެއްޔެވެ؟ ވެގެންދިޔަ ގޮތްތަކުގެ ސިއްރުތައް ހޯދުމުގައިވިސްނުމުގެ ފަހުލަވާނުން ހުއްޓުންނާރާނޭ ހެއްޔެވެ؟…

ދެ ތަނބު ދޭތެރޭ ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. (3)

ކިޔާފައިވާ ޢަދަދު: 274

ހުރިހާ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ޙާލަތް: ދީނުގެ ޢިލްމުވެރިންގެ ތެރެއިން މިމައްސަލާއާ  މެދު ރައުޔު ތަފާތު ވެފައި އޮތް ކަމުގައި ވިއަސް މިހުރިހާ ބޭކަލުންވެސް އެއްބަސްވެ ވަޑައިގަންނަވާ ޙާލަތެއް އެބަ އާދެއެވެ. އެއީ މިސްކިތުގައި ތަނބުތައް ހުރެފައި މީހުން ގިނަވާ ޙާލަތުގައްޔާއި މިސްކިތް ދަތިވާ ޙާލަތުގައި އެއީ މަކުރޫހަކަމެއް ނެތި ހުއްދަ ކަމެއް ކަމެވެ. މިގޮތުން ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. لاَ خِلاَفَ بَيْنَ أَهْلِ الْعِلْمِ الْقَائِلِينَ بِالْكَرَاهَةِ بِأَنَّ الْكَرَاهَةَ تَنْتَفِي عِنْدَ ضِيقِ…

އަމުރަށް ކިޔަމަންވުން

ކިޔާފައިވާ ޢަދަދު: 350

ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ޖަމީލުގެ މި ލިޔުއްވުމަކީ، މީގެ 35 އަހަރު ކުރީގެ ލިޔުމެކެވެ. އެހެންކަމުން ވިދާޅުވާ ބޭފުޅުންގެ ހަނދުމަފުޅުގައި މިކަން ބެހެއްޓެވުން އެދެމެވެ. މި ލިޔުން ނަކަލުކޮށްފައި މި ވަނީ، 10 އޮގަސްޓް 1981 (ހޯމަ) ދުވަހުގެ [ހަވީރު] ނޫހުންނެވެ.   _______________________________        އަމުރާ ނަހީއަކީ ދެބަހެއް ކަމުގައި ވިޔަސް މާނައިގެ މާނައަށް ބަލާއިރު އެއްކަމެވެ. މިވެނި ކަމެއް ކުރާށޭ ބުނުމަކީ އަމުރެކެވެ. ނުކުރާށޭ ބުނުމަކީ ނަހީއެކެވެ. ނަމަވެސް އެއީވެސް އަމުރެކެވެ.       …

ދެ ތަނބު ދޭތެރޭ ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. (2)

ކިޔާފައިވާ ޢަދަދު: 561

ނބުތަކުގެ ދެމެދު ނަމާދު ނުކުރުމާއި ތަނބާ ދިމާއަށް ހުރެ ނަމާދު ކުރުން: ޢުމަރުގެފާނުންގެ މިބަސްފުޅުންނާއި ޢަމަލުފުޅުން ދޭހަވާ އެއްކަމަކީ ތަނބު ދޭތެރޭ ނަމާދު ނުކުރުމަށް އެބޭކަލުން ސަމާލުކަން ދެއްވާ މިންވަރެވެ. އެއީ ޢާއްމު ގޮތެއްގައި އެފަދަ ޙާލަތުގައި އޭނާގެ ކުރިމަތީ ސުތުރާއެއް ނުހުންނާތީއެވެ. އަދި ސުތުރާއެއްނެތި ނަމާދު ނުކުރުމަށް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާތީއެވެ. އެހެންކަމުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައި އައިސްފައިވަނީ އެބޭކަލުން ބަންގި…

ވަގުތު ފާއިތުވުމުގެ ކުރިން….!

ކިޔާފައިވާ ޢަދަދު: 573

ފަތުޙުﷲ ޞާލިޙު ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ދޭންވާވަރަށް އާއިލާއަށް ވަގުތު ނުދެވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި އާންމު ކަމެކެވެ. މައިންބަފައިން ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް އަވަދިވެގެން ދަރިންނާއެކު ހޭދަކޮށްލާނޭ ވަގުތުކޮޅެއް ނުލިބި މުޅި ދިރިއުޅުން ވެއަތުކުރާ ދަރީންނާއި މައިންބަފައިން މިއަދުގެ މުޖުތަމަޢުގައި ދަނީ އިތުރުވަމުންނެވެ. އަނބިދަރީންނަށް ވަގުތު ނުދެވުމުގެ ސަބަބުން މައްސަލަޖެހި ރޫޅެން ދިމާވާ ޢާއިލާތައްވެސް މަދެއް ނޫނެވެ. ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮލުގެތެރޭގައި 24 ގަޑިއިރު އެނބުރޭނީ މުޅީންވެސް ފައިސާ ހޯދުމުގެ ވިސްނުމެވެ. ކަންތައްތައް ހަމަޖެއްސުމަށްޓަކައި…