ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (13)

ކިޔާފައިވާ ޢަދަދު: 345

ހުކުރު ނަމާދުގައި ދެވޭ ދެބަންގީގެ ވާހަކަ:           ޝައްކެއްނެތެވެ. އިރުމެދުޖެހޭ ވަގުތާއި ބެހޭގޮތުން ޞައްޙަ ޙަދީޘުތަކުގައި ބަޔާންވެގެންވަނީ އެއީ ﷲގެ ކޯފާއާއި ޢަޛާބުގެ ގޮވަތި ކަމުގައިވާ ނަރަކަ އަންދާލެވޭ ވަގުތު ކަމުގައެވެ. މާތް ﷲ ރުއްސުންލެއްވި ޢަމުރުބްނި ޢަބަޘާ ގެކިބައިން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلّى الله عليه وسلّم އަރިހުން ނަމާދާއި ބެހޭގޮތުން އަޅުގަޑު ސުވާލު ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. “އިރުމެދުޖެހޭއިރު ނަމާދު ނުކުރާށެވެ. އެހެނީ އެއީ ނަރަކަ ރޯކޮށްލެވޭ…

އަނދިރީގެ ދުނިޔެ: ކުދިވަގުންގެ ޕާޓީއެއް

ކިޔާފައިވާ ޢަދަދު: 350

إ . ش އަލިފު. ޝީނު. ނުވަތަ އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު (ރަޙިމަހުﷲ) ގެ މި ލިޔުން ނަކަލުކޮށްފައި މި ވަނީ ދުވަހުނޫސް “ވިޔަފާރިމިއަދު” ގެ 19 ސެޕްޓެންބަރު 1968 (ބުރާސްފަތި) ދުވަހުގެ ނޫހުންނެވެ. ______________________________ ޝައްކެއްނެތެވެ. މުޅި މަސްއޫލިއްޔަތު އެޅެނީ، މައިންބަފައިންނާއި ބެލެނިވެރީންގެ ކޮނޑުގައެވެ. ޤައުމުގައި ހަމައެންމެ ރަނގަޅު މުވާޠިނުންގެ ގޮތުން މުސްތަޤްބަލުގެ ބައިތައް ކުޅެންތިބި ކުދިން ގެއްލި ހަލާކުވުމުގެ މުޅި މަސްއޫލިއްޔަތު ރައްދުވަނީ އެކުދީންގެ ބެލުންތެރިންނަށެވެ. އަޅުގަނޑު އަހާފައިވާ ގޮތުގައި ޢުމުރުން 12،…

މީސްމީހުންނަށް އެކަކު އަނެކާ ވަކިވާން ޖެހެނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 830

އުމުރުން ސަތަރާ ވަރަކަށް އަހަރުގައި އަހަންނަށް ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެންނަނީ އަހަރެން މިސްކިތެއްގެ ތެރޭގައި އިށީނދެގެން އިންދާ ކުޑަ އަންހެން ކުއްޖަކު އައިސް އަހަންނާ ސުވާލެއް ކުރާތީއެވެ. އެ ކުއްޖާ ސުވާލު ކުރިއެވެ. [މީސްމީހުންނަށް އެކަކު އަނެކަކާ ވަކިވާން ޖެހެނީ ކީއް ވެގެން ހެއްޔެވެ؟] އެއީ އެ ކުއްޖާގެ ޒާތީ ސުވާލެކެވެ. އެކަމަކު އެ ސުވާލު އަހަންނަށް އަމާޒު ކުރެވުނީ ކީއްވެގެން ކަން އަހަންނަށް އެބަ އެނގެޔޭ އޭރުވެސް ހިތަށް އެރިއެވެ. އަހަންނަކީ މީސްމީހުންނާ…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (12)

ކިޔާފައިވާ ޢަދަދު: 453

ޖަޒާ ލިބުންވަނީ ކުރެވޭ ޢަމަލުގެ މައްޗަށް ބިނާވެގެންނެވެ. ﷲގެ ޙަޟުރަތުން އަޅާއަށް ޖަޒާ ދެއްވަނީ އޭނާ ކުރާ ޢަމަލެއްގެ ގިނަ މަދު މިންވަރަކަށެވެ. އަދި އެކަމުގައި އޭނާގެ ކިބައިގައި އޮތް އިޚްލާޞްތެރި ކަމެއްގެ މަޗަށް ބިނާކޮށެވެ. ދެން ނިކަން ނަމާދު ވަޤުތު ވަނުމުން رَسُولُ اللَّهِ صلّى الله عليه وسلّم ޢަމަލުފުޅު ކުރައްވައި އުންމަތަށް އިރުޝާދު ދެއްވާފައިވާ އިރުޝާދުތަކަށް ބަލާލަމާ ހިންގަވާށެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ.  وَأَن لَّيْسَ لِلْإِنسَانِ…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (11)

ކިޔާފައިވާ ޢަދަދު: 393

ހުކުރު ދުވަހާއި ހުކުރު ނަމާދު: އިސްވެ ބަޔާންވެދިޔަ ފަދައިން މިޒަމާނަކީ އިސްލާމް ދީނާ އިދިކޮޅަށް ތަފާތު ގޮތްގޮތަށް ހަނގުރާމަ ކުރެވެމުންދާ ދުވަސްވަރެކެވެ.ފިކުރީ ހަނގުރާމަ އެންމެ ބާރަށް ހިނގަމުންދާ ދުވަސްވަރެވެ. ޙައްޤުގޮތް ބަލިކަށިވަމުން، ބާޠިލުގޮތްތައް ކުރިއަރަމުން، ރޭގަޑުގެ އަނދިރިކަން ދުނިޔެމައްޗަށް ފެތުރިދާހެން އެކި ބާވަތްބާވަތުގެ ފިތުނަތައް ހަލުވިކަމާއެ ފެތުރެމުންދާ ޒަމާނެވެ. އާދެ، ފަހު ޒަމާނެވެ. އެހެން ކަމުން މީގެ ތެރެއިން ލާފައި އިސްލާމް ދީނުގެ ނަމުގައިވެސް ކަންތައްތަކެއް ފެތުރިގެން ޙައްޤާ އިދިކޮޅަށް ބަސްކިޔަމުން، އެއަށް ގޮންޖަހަމުން އަޑުއަރަމުން ދާނެއެވެ.…

އައްތަކާޘުރު ސޫރަތުގެ މާނައިގެ ތަރުޖަމާއެއް

ކިޔާފައިވާ ޢަދަދު: 944

އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު (ރަޙިމަހުﷲ) އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދު، ތަފާތު މައުޟޫއުތައް ދިރާސާ ކުރައްވައި ތަފާތު މައުޟޫއުތަކުގެ މައްޗަށް ލިއުއްވި އެވެ. މިމައުޟޫއުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާއި އިސްލާމް ދީނާއި ބެހޭ ދިރާސާތުތައް ހިމެނެއެވެ. އަދި ކީރިތި ޤުރްއާނާއި ތަފްސިރު ގިނައިން ކިޔުއްވައި މުތާލިއާ ކުރެއްވިއެވެ. މީގެ ތެރޭގައި، މުޙައްމަދު ޢަބްދުހޫގެ ތަފްސީރު އަލްމާނާރާއި ސައްޔިދު އަބޫ އަލްއަޢުލާ އަލްމައުދޫދީގެ ތަފްހީމު އާއި ސައްޔިދު ޤުޠުބްގެ ޡިލާލު ހިމެނެއެވެ. އަދި އަލްމައުދޫދީގެ ތަފްހީމުގެ މައްޗަށް…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (10)

ކިޔާފައިވާ ޢަދަދު: 406

ފަތިސް ނަމާދުގެ ޤުނޫތު: ކުރީންވެސް ދެންނެވި ފަދައިން ސުންނަތަކީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޢަމަލުފުޅާއި، ޙަދިޘުކުރެއްވެވި ބަސްފުޅާއި، އަދި رَسُولُ اللَّهِ صلّى الله عليه وسلّم ގެ އަރިހުގައި ކަމެއް ހިނގައިގެން އެކަމެއް މަނާ ނުކުރެއްވި ކަންތަކާއި މިތިން ބައެވެ. މިހެންކަމުން މިތިން ގޮތުންކުރެ ގޮތަކުން ޘާބިތުވެފައިވާ ކަމެއް އެޘާބިތުވެފައިވާ ގޮތަށް، އަދި އެޘާބިތުވެފައިވާ މިނަށް އަދާކުރުމަށް ބިދުޢައެކޭ ބުނުން ހެއުނުވާނެއެވެ. މިގޮތުން ބަލާއިރު ފަތިސް ނަމާދުގެ ފަހު ރަކުޢަތުގެ…

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް (4)

ކިޔާފައިވާ ޢަދަދު: 593

ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެ ފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗެއްސަށްވެސް އީމާންވާ މީހުންނެވެ، އަދި އެމީހުން، އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ. މިއާޔަތުގައި ފުރަތަމައަށް ބަޔާން ކުރެވިފައިވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުން…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (9)

ކިޔާފައިވާ ޢަދަދު: 443

ބިސްމި ސިއްރުން ކިއުމާމެދު އައިސްފައިހުރި ދަލީލުތައް: ބަޔާންވެދިޔަ ޙަދީޘުތަކާ ޚިލާފަށް بِسْمِ ކިޔަން ނުޖެހޭކަމަށް ނުވަތަ بِسْمِ ކިޔުން އޮންނަނީ ސިއްރުން ކަމަށްވެސް ސާބިތުވެދާނެ ޙަދީޘުތައް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން އިމާމު އަބޫޙަނީފާއާއި މާލިކާއި އަޙްމަދާއި އަދި އެނޫން އެތަކެއް ޢިލްމުވެރިންގެ މަޛްހަބަކީ ބިސްމި ބާރަށް ނުކިޔެވުމަށެވެ. އިމާމު މާލިކުގެ މަޛްހަބަކީ ބިސްމިއަކީ އަލްޙަމްދުވެސް އަދި ނަމްލު ސޫރަތުގެ މެދުތެރޭގައި އޮންނަ އާޔަތް ފިޔަވައި އެހެން ސޫރަތެއްގެވެސް އާޔަތެއް ނޫންކަމަށާއި ނަމާދުގެތެރޭގައި  ބިސްމި ސިއްރުންވެސް ކިޔަވައިގެން ނުވާނެ…

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް (3)

ކިޔާފައިވާ ޢަދަދު: 467

އެންމެ ފަހުން، ބަލާލެވުނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ ފުރަތަމަ އާޔަތުގެ މައްޗަށެވެ. ވަކިކުރެވިފައިވާ އަކުރުތަކުގެ މައްޗަށެވެ. ދެން މިބައިގައި ހިމެނޭ އަނެއް ހަތަރު އާޔަތް، އާދެ، ދެވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔާތުގެ ނިޔަލަށް، ބަލައިލާން ފަށަމާތޯއެވެ. ދެވަނަ އާޔަތުގައިވަނީ ” ذلك الكتاب لا ريب فيه هدى للمتقين”، މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެކެވެ، މިހެންނެވެ. މިއާޔަތުގައި ހިމެނޭ މުހިއްމު ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާ ތޯއެވެ. މިއާޔަތް…