إسلامى ރީތި أدبތައް ދަސްކުރަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 188

إسلامى ރީތި أدبތައް ދަސްކުރަމާތޯއެވެ!  مأمون عبدالفيوم إجتماعى أدب ތަކަކީ، إسلام دينގެ ވަރަށް مهمّ ބައެކެވެ. އެހެނީ إسلام دينއާއިގެން ވަޑައިގެންނެވި މާތް رسول އާ محمــد رسول صلى الله عليه وسلم رسول ކަމާއިގެން ފޮނުއްވާފައި ވަނީ، މީސްތަކުންނަށް ރީތި أخلاق ދަސްކޮށް ދެއްވުމަށެވެ. ފަހެ އެކަލޭގެފާނު حديث ކުރައްވާފައިވެއެވެ.[إِنَّمَا بُعِثْتُ لِأُتَمِّمَ مَكَارِمَ الأَخْلاقِ‏] މާނައީ، [ހަމަކަށަވަރުން ތިމަން ކަލޭގެފާނު ފޮނުއްވާފައިވަނީ، މާތް أخلاق ފުރިހަމަ ކުރެއްވުމަށެވެ.] ކަންއޮތީ މިހެންކަމަށް…

އަހުލުއް ސުއްނަތި ވަލް ޖަމާޢަތި އެޢަޤީދާގެ މަތީ ހިނގަމުން އަންނަ: ތައުޙީދުގެ ޢަޤީދާ

ކިޔާފައިވާ ޢަދަދު: 396

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅުގެ  ސިފަފުޅުތައް: ]الوُجُودُ[ (ވޮޑިގެންވުން):   މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅުގެ ސިފަފުޅެކެވެ. މިހެނީ ފެށުމެއް ނިމުމެއް ނެތި އަމިއްލަ ނަފްސުފުޅަށް ވޮޑިގެންވެ، އެންމެހައި ތަކެއްޗަކާއި ޚިލާފުވެ އެއްކައުވަންތަވެ ވޮޑިގެންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަލްވުޖޫދު (ވޮޑިގެންވުން) މިސިފަފުޅުގައި ދެފުށެއް އެބަ އޮވެއެވެ. އެއީ البَاطِنُ (ބޭރުފުށް) އާއި الظَّاهِرُ (އެތެރެފުށް) އެވެ. ]الظَّاهِرُ[ (ބޭރުފުށް) : މިއީ ޙިއްސުތަކަށް އިދްރާކުވުން ނުވަތަ ދަނެގަތުން އެކަށީގެންވާ ފުށެކެވެ. ﷲ ސުބްޙާނަހޫ…

شكر އަދާކުރުމުގެ ރިވެތި އާދަ

ކިޔާފައިވާ ޢަދަދު: 185

شكر އަދާކުރުމުގެ ރިވެތި އާދަ مأمون عبدالقيوم مسلمންގެ ކިބައިގައި ހުންނަންޖެހޭ އެންމެ ރިވެތި އެއްސިފަޔަކީ، ތިމާޔަށް މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ، އެމީހަކަށް شكر އަދާކުރުމުގެ ސިފައެވެ. ބަހުންނާއި عملންނެވެ. ތިމާއަށް ކޮށްދިން ކަހަލަ ކަމެއް ކޮށްދިނުމުންނެވެ. އެމީހާއަށްޓަކައި ހެޔޮ دعاءކޮށް ދިނުމުންނެވެ. މިއީ ކީރިތި رسولއާ عملކުރެއްވި ގޮތެވެ. އަދި އިތުރު އެކަލޭގެފާނު މިأمة އަށް إرشاد ދެއްވާފައިވާ ގޮތްވެސް މެއެވެ. މީސްތަކުންނަށް شكر ކުރުމާއި، މީސްތަކުންގެ ވެރިﷲ އަށް شكر ކުރުމާ ދެމެދު ވަރަށް…

އަނެކުންކަންކުރާގޮތް ނުބަލާށެވެ. ތިމާ إحسان ތެރިވާށެވެ!

ކިޔާފައިވާ ޢަދަދު: 218

އަނެކުންކަންކުރާގޮތް ނުބަލާށެވެ. ތިމާ إحسان ތެރިވާށެވެ! مأمون عبدالقيوم إنسانى جماعة އެއްގައި އަޅުގަނޑުމެން ދިރިއުޅެމުން ދާއިރު، އަނެކުންގެ ފަރާތުން އަބަދު ފެންނަމުން ދާނީ، އަޅުގަނޑުމެން ހިތް ހަމަޖެހޭ ކަންތައްތަކެއް ނޫނެވެ. އަޅުގަނޑުމެންގެ حقّއަކަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް ބައެއް މީހުން عملކޮށްފާނެއެވެ. ބައްޕައެއްގެ حيثية ން ނުވަތަ އެނޫންވެސް أمرއަމުރު ވެރިއެއްގެ حيثية ން، ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ތިމާ ދޭ ހެޔޮ نصيحةއާ خلاف އަށް އެމީހުން عملކޮށްފާނެ މެއެވެ. މިފަދަ…

ތެދުބުނުމަކީ ހެޔޮކަންތަކަށް މަގުދައްކާކަމެކެވެ.

ކިޔާފައިވާ ޢަދަދު: 178

ތެދުބުނުމަކީ ހެޔޮކަންތަކަށް މަގުދައްކާކަމެކެވެ. مأمون عبدالقيوم ތެދުބުނުމަކީ، ހެޔޮބަސް ބުނުމުގެ ތެރޭގައި އެންމެ އިސްކަންދޭން ޖެހޭ ކަންތަކެވެ. ﷲ ފިޔަވައި އެހެން إله ހަކު ނުވާ ކަމަށްހެކިވާ ހެކިވުމަކީ، ހެޔޮބަސް ބުނުމުގެ އެންމެ މަތީ درجة ކަމުގައި ހިމެނިފައިވަނީވެސް އެއްވެސް ޒަމާނެއްގައި އަދި އެއްވެސް ތަނެއްގައި إنسانނަކަށް ބުނެވޭނެ އެއަށްވުރެ ތެދުބަހެއް ނެތީމައެވެ. އާދޭހެވެ. ދުނިޔޭގައިވާ އެންމެ ބޮޑު حقيقة ތަކީ ﷲގެ وحدانيّة އެވެ. މި حقيقة ތަށް إقرار ވުމުގެ ގޮތުން ބުނާ ބުނުމަކީ،…

مؤمنންނަކީ، ނުބައި ހީކުރުންތަކުން ދުރުހެލިވާން ޖެހޭބަޔެކެވެ.

ކިޔާފައިވާ ޢަދަދު: 212

مؤمنންނަކީ، ނުބައި ހީކުރުންތަކުން ދުރުހެލިވާން ޖެހޭބަޔެކެވެ. مأمون عبدالقيوم إسلامى مجتمعގެ أفرادންގެ މެދުގައި އޮންނަންވީ  أخوةތެރި ކަމުގެ ގުޅުން ބަދަހިކޮށް ހިފެހެއްޓުމަށް ޓަކައި ވަރަށް ހަރުދަނާ أصولތަކެއް دينގައި ވަނީ ކަނޑައެޅުއްވާފައެވެ. އެ أصولތަކުން އެއް ކިބާވެ ދުރަށްދާ ކޮންމެ فردއަކީ، مجتمعގެ އޮނިގަނޑަށް ބަލިކަން ގެނެސްދޭ މީހެކެވެ. إجتماعى ގުޅުންތަކަށް ނިކަމެތިކަން ގެނެސްދޭ މީހެއްމެއެވެ. مجتمعގެ ކޮންމެ فرއަކީވެސް، އޭނާގެ ވިސްނުމާއި، فكرކުރުމާއި، އެހެން މީހުންނާއެކު ކުރާ معاملاتތަކުގައި އަމިއްލަ ގޮތެއް ގެންގުޅޭ މީހެކެވެ.…

ބުއްދިވެރިގޮތަކީ ވެހޭތާ ފެންނެގުމެވެ.

ކިޔާފައިވާ ޢަދަދު: 264

ބުއްދިވެރިގޮތަކީ ވެހޭތާ ފެންނެގުމެވެ. ޢަބްދުﷲ ފާރޫޤް ޙަސަން ތަރުބިޔަތުގެ ފޯވައްސެއް ރަމަޟާންމަސް އަތުވެއްޖެއެވެ. ހެޔޮޢަމަލުތަކާއި ބަރަކާތުގެ ބަހާރު މޫސުން ލައިގެންފިއެވެ. ރަޙްމަތުގެ ވާރެއިން ހިތްތަކުގެ ހަނަފަސްކަން ފިލަން ފަށައިފިއެވެ. އަޅުގަނޑުމެންގެ އުނގުތައް މިމޫސުމުގެ މާމެލާމެލީން ފުރައިލުމުގެ ތައުފީޤު ދެއްވުން އަދައި މަސައްކަތްކުރައްވަމާ ހިންގަވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިބަރާކާތްތެރި މައްސަރުގެ ބާއްޖަވެރިކަމާއި ހެޔޮކަން ލިބިގަތުމަށް އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. އަޅުކަމުގައި ހީވާގިވުމަށް ދުރާލާ ބާރުއެޅުއްވިއެވެ. މިމަހުގެ އެންމެ ޚާއްޞަ ހެޔޮޢަމަލަކީ ރޯދައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާބަފައިން މިމަހަށް…

ވިޔަފާރީގެ حلال ފައިދާ

ކިޔާފައިވާ ޢަދަދު: 431

  ވިޔަފާރީގެ حلال ފައިދާ مأمون عبدالقيوم ވިޔަފާރިއަކީ، مجتمعގެ إقتصادى حياتގެ ވަރަށް مهم ބިންގަލެވެ. مجتمعއަށް ފައިދާހުރި ގޮތެއްގެ މަތިން، ވިޔަފާރީގެ معاملاتތައް ހިނގުމަކީ، أفرادންނާއި جماعةގެ مهم مقصدތައް حاصلވެގެން ދާނޭ ކަމެކެވެ. ވިޔަފާރީގެ دائرةއަކީ އެހާމެ ފުޅާ ދާއިރާއެކެވެ. އެހެންކަމާއެކު، ވިޔަފާރީގެ ބައެއް ކަންތައްތަކާމެދު ދަންނަވާލަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އަދިވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ވިޔަފާރި ކޮށްގެން ހޯދާ ފައިދާގެ ވާހަކައެވެ. ޝައްކެއްނެތެވެ. އެއްވެސް މީހަކު،…

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 405

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތަޅު އެޅުއްވުމަކީ ކޮބާ؟ އަޙްމަދު ޝާޒް (2017) ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.  “إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ ، وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتْ الشَّيَاطِيْنُ” (صحيح مسلم  1079) މިޙަދީޘްގެ ލަފުޒީ މާނައަކީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވެއެވެ.” މި ޙަދީޘްގެ ތަފާތު ރިވާޔަތްތައް ވެއެވެ.…

وعظ ބުނުމުގައިކުރުކޮށް އޮޅުންފިލާގޮތަށް ވާހަކަ ދެއްކުން

ކިޔާފައިވާ ޢަދަދު: 218

وعظ ބުނުމުގައިކުރުކޮށް އޮޅުންފިލާގޮތަށް ވާހަކަ ދެއްކުން مأمون عبدالقيوم މީސްތަކުންނަށް دينގެ حكمތައް އޮޅުން ފިލުވައި ދިނުމާއި وعظ ބުނުމުގައި އެންމެ ހެޔޮ ގޮތަކީ، ވީހާ އޮޅުން ފިލާގޮތަކަށް ވީހާ ކުރުކޮށް ވާހަކަ ދެއްކުމެވެ. މިއީ މިކަމަށް ކުރިމަތިލާ ކޮންމެ މީހަކުވެސް سمالކަން ދޭން ޖެހޭނެކަމެކެވެ. މީހުންނަށް مسألةތައް ރަނގަޅަށް އޮޅުން ފިލާ ގޮތަށް ބުނެދެވޭނީ، އެންމެ ފުރަތަމަ ހަރުދަނާ علمއެއް ލިބިފައިވާ މީހަކަށް ވެގެންނެވެ. إسلام دينގެ ދާއިރާ ފުޅާކަމުން، دينގެ علمތަކުގެ ތެރެއިން ހަމައެކަނި…