ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (4)

ކިޔާފައިވާ ޢަދަދު: 564

އިމާމު މާލިކު: އާދެ! އިސްލާމީ އުއްމަތުގައި މަޤުބޫލު ދެވަނަ ބޭކަލަކީ ޙަދީޘު ޢިލްމުގައި މުއުމިންތަކުންގެ އަމީރު، މަދީނާގެ ޝައިޚު، الإِمَامُ مَالِكُ بْنُ أَنَس އެވެ. އެކަލޭގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 90 ވަނަ އަހަރު މަދީނާގައެވެ. ދުނިޔެ ދޫކުރެއްވެވީ ހިޖުރައިން 179 ވަނަ އަހަރު މަދީނާގައެވެ. ޢުމުރުފުޅަކީ 89 އަހަރުފުޅެވެ. އެކަލޭގެފާނުން ޤުރުއާނާއި ސުންނަތުގެ ޢިލްމު ޙާޞިލު ކުރެއްވީ އަލްމަދީނަތުލް މުނައްވަރާ ގައި رَسُولُ اللَّهِ صلّى الله عليه وسلّم ޤާއިމު ކުރައްވާފައި…

އެއީވެސް އިމްތިހާނުގެ މަގެކެވެ!

ކިޔާފައިވާ ޢަދަދު: 531

އިންސާނާގެ ވިސްނުމާއި ފިކުރަކީ ހުރިހާކަމެއް ނިންމުމުގެ ބާރު ލިބިގެންވާ އެއްޗެއްނޫނެވެ. އެއީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ބުއްދިކުރުމާއި ފިކުރު ކުރުމުގެ ބާރަކީ ވެސް އުނި އެއްޗެއްކަމަށް ވާތީއެވެ. އިންސާނާއަށް އަބަދު ކުރިމަތިވަނީކީ އޭނާ ހިތް އެދޭގޮތެއްނޫނެވެ. އޭނާ ބޭނުންވާ ގޮތެއްވެސް ނޫނެވެ. ބައެއް ފަހަރު އޭނާ ބަލިވެ، އެކަމުގެ ވޭން އުފުލަންޖެހެއެވެ. އަނެއްބައި ފަހަރު އޭނާ ކުރާ ކަންކަން ފެއިލުވެދެއެވެ. އަނެއްބައި ޙާލަތްތަކުގައި އޭނާ އެންމެ އެދޭ ކަންކަން އޭނާއަށް ހާސިލު ނުވެދެއެވެ. ހަމަ މިބީދައިން މީގެ…

ބަގުރާއާއި މަސްތުވާ އެހެނިހެން ތަކެތި

ކިޔާފައިވާ ޢަދަދު: 553

ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މިލިޔުމަކީ، 12 ޖޫން 1979 (އަންގާރަ) ދުވަހުގެ “ހަވީރު” ނޫހުގައި ޝާއިއުކުރައްވާފައިވާ ލިޔުމެކެވެ. ____________________________________________ ދާދިފަހުން އަލްއަޚް އަލްއުސްތާޛް އިބްރާހީމް ޝިހާބު ގެ ތަޤުރީރެއް އަޅުގަނޑު އަހައިފާ ހިތަށް ކުރަމުން ދިޔަ ފުން އަސަރަކީ ގަލަމުން ސިފަކުރުމަށް ދަތި އަސަރެކެވެ. އެމަނިކުފާނު ދެއްވި ތަޤުރީރުގައި މައިގަނޑު މައުޟޫއަކީ ރާޔާ އެހެނިހެން މަސްތުވާ ތަކެއްޗެވެ. އެ ތަކެތި އިސްތިޢުމާލު ކުރުމުގެ ވަބާ މި ރާއްޖޭގައިވެސް މަޑުމަޑުން ނަމަވެސް ފެތުރެމުންދާ ކަމެވެ. މައުޟޫޢަކީ،…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (3)

ކިޔާފައިވާ ޢަދަދު: 843

މުސްތަޤިއްލު މުޖްތަހިދުންނަކީ ކޮބާ؟ އާދެ! މުސްތަޤިއްލު މުޖުތަހިދަކީ ވަކިމީހެއްގެ އުޞޫލަކަށް ބެއްލެވުމަކާއި ނުލައި ޤުރުއާނާއި ސުންނަތުން އަމިއްލަފުޅަށް އުޞޫލުތައް އިސްތިންބާޠު ކުރައްވައި، އެއުޞޫލުތަކުގެ މަތީން ޤުރުއާނާއި، ސުންނަތް ޝަރަހަކުރެއްވުމުގެ ކުޅަދާނަކަން ލިބިވަޑައިގެން ހުންނެވި ކޮންމެ ޢިލްމު ވެރިއެކެވެ. މިއީ އިޖްތިހާދުގެ އެންމެ މަތީ ދަރަޖައިގެ ބޭކަލުންނެވެ. މިދަރަޖައާ ހަމައަށް ވަޑައިގެންފައި ވަނީ الله ރުއްސުންލެއްވި އަޞްޙާބުންގެ ތެރެއިން ހަތަރު ޚަލީފާއިންނެވެ. އޭގެ އިތުރުން ކުރީގައި ބުނެވިދިޔަ “ފުޤަހާއުއްޞަޙާބާ”ގެ ބޭކަލުންނެވެ. ދެން އިސްލާމީ އުއްމަތުގައި އިޖްތިހާދުގެ މިދަރަޖައަށް ވާޞިލުވެ…

ކީރިތި ޤުރްއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް މަގެއް (5)

ކިޔާފައިވާ ޢަދަދު: 859

އަލް ފާތިޙާ ސޫރަތުގެ މައްޗަށް ބަލައިލުމެއް އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެންއޮތް ބައެއް ފިލާވަޅު އަލްފާތިޙާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރު ނިންމާލުމުގެ ގޮތުން، މިތަނުގައި ދެން އެއްޗެއް ލިޔެލަން ގަސްދު ކުރަނީ މިސޫރަތުން، މިއަދު، މުއުމިނުންނަށް ލިބެންއޮތް ފިލާވަޅަކީ ކޮބައިކަމާ ބެހޭގޮތުންނެވެ. މިގޮތުން، އަޅުގަނޑު ދެފިލާވަޅެއް ފާހަގަކޮށްލަން ބޭނުންވެއެވެ. ބައެއް އާއްމު އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅަކާއި އަދި މިސޫރަތުގެ މައިގަނޑު މައުޟޫއު އާއި ގުޅޭ ފިލާވަޅެކެވެ. އާއްމު އަދަބުތަކުގެ މައްޗަށް ބަލާލާއިރު، އެންމެ ފުރަތަމަ ފާހަގަ…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (2)

ކިޔާފައިވާ ޢަދަދު: 614

ދަރިވަރުވެ ވަޑައިގަތުމުގެ ސިލްސިލާ: ސަލަފުއްޞަލިޙީންގެ ދަންނަބޭކަލުން ޙައްޤު ރައްކައުތެރި ކުރެއްވެވީ އެކަކު އަނެކަކަށް ދަރިވަރު ވެގަތުމުގެ ސިލްސިލާ ބޮޅުތަކުން ގުޅިވަޑައިގެން، ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވެ. ހަމަ އެއާއެކު ހިތުދަސް ކުރެއްވުމާއި، ޢަމަލު ކުރެއްވުމާއި، ފޮތްތައް ތަޞްނީފުކޮށް ލިއުއްވުމާއި، މިތިން ވަސީލަތް އެކުއެކީ ބޭނުން ކުރެއްވުމާ އެކުގައެވެ. މިއީ رَسُولُ اللَّهِ صلّى الله عليه وسلّم ގެ ޙަޔާތްޕުޅުގައި މިތުރު އަޞްޙާބުން ޤުރުއާނާއި ސުންނަތް ރައްކައުތެރި ކުރެއްވުމުގައި އިޚްތިޔާރު ކުރެއްވި ގޮތެވެ. އެބޭކަލުން ދަރިވަރުވެ ވަޑައިގެންނެވީ ސީދާ…

ދިރިއުޅުމުގެ މަސްރަހުން

ކިޔާފައިވާ ޢަދަދު: 662

  ފަޟީލަތުއްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ) ގެ މި ލިޔުމަކީ، މީގެ 61 އަހަރު ކުރީގެ ލިޔުމެކެވެ. މި ލިޔުން އެންމެ ފުރަތަމަ ޝާއިއު ކުރައްވާފައިވަނީ، “މުންނާރު” ނޫހުގެ 1376 ވަނަ އަހަރުގެ މުޙައްރަމް މަހުގެ އަދަދުގައެވެ. މި ސައިޓަށް މި ލިޔުން ނަކަލުކޮށްފައި މި ވަނީ “ފަތްތޫރަ” މަޖައްލާގެ 138، 139 (ސެޕްޓެންބަރު، އޮކްޓޯބަރު 1990) މި ދެ އަދަދުންނެވެ.  ޝައިޚު ޢުމަރު ޢީސާގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ. _______________________________ ދިރިއުޅުމުގެ މަސްރަހުން ފެންނަމުންދާ…

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށް ދެނެގަތުމަށް މަގެއް (4)

ކިޔާފައިވާ ޢަދަދު: 1162

އަލްފާތިޙާ (އަލްހަމްދު) ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލުމެއް އަލްފާތިޙާ ސޫރަތުގެ މާނައިގެ ތަރުޖަމާއެއް އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. އިސްވެ ދިޔަ ހަލަގާތަކުގައި ނަންގަނެވި ދިޔަ ފަދައިން، މި ފަސް އާޔަތުގައި ބަޔާން ކުރެވިފައިވަނީ މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކައެވެ. އެއަށްފަހު، އެކަލާނގެ އާއި މުއުމިނާއާއި އޮންނަ ގުޅުމުގެ ވާހަކައެވެ. ދެން،…

ވަހުމަށް އަޅުކަން ކުރުން

ކިޔާފައިވާ ޢަދަދު: 511

މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ. ރޭގަން ޤަބޫލު ފުޅު ކުރައްވާ ގޮތުގައި މި ބޫޓު ކިބައިގައި ކޮންމެވެސް ރޫޙާނީ ބާރެއް އެކުލެވިގެން ވެއެވެ. އެބާރެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގަންނަވާ…

ފިތުނައިން ސަލާމަތްވާނެ މަގު ތަޤްލީދާއި މަޛްހަބް (1)

ކިޔާފައިވާ ޢަދަދު: 494

ސ. ހިތަދޫ، ދިލްކަޝްގޭ ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން ލިޔުއްވާފައިވާ ” ފިތުނައިން ސަލާމަތްވާނެ މަގު – ތަޤްލީދާއި މަޛްހަބް ” މި ސައިޓުގައި ޝާއިޢު ކުރުމަށް ދެއްވިކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި އޭނާގެ މި ބަރަކާތްތެރި މަސައްކަތްޕުޅުގެ ހެޔޮ ދަރުމަ މިންވަރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި މިފޮތް މި ސައިޓަށް ފޮނުއްވައިދެއްވުމުގައި މެދުވެރިވެވަޑައިގަތް ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވެސް މި ޝުކުރާއި ދުއާގައި ޝާމިލުކުރަމެވެ.   ______________________________________ މަޒުހަބަށް ތަބާ ތަބާވުން:…