ދުޢާގައި އެހެން މީހުން ޝާމިލުކުރުން…

ކިޔާފައިވާ ޢަދަދު: 322

ޢަލީ ޚާލިދު ކަނޑުވި ދެމީހަކު، ސަލާމަތް ވެގެން އެރުނީ ފަޅު ރަށަކަށެވެ. ދެމީހުން ގަސްތު ކުރީ ރަށުގެ ދެފާރާތުގައި ވަކިވަކީން އުޅޭ ށެވެ. އެކަކު އުތުރު ފަރާތު ގައެވެ. އަނެކަކު ދެކުނު ކޮޅުގައި އުޅޭށެވެ. ރަށުގެ ހުރިހާ ތިޔާގި ކަމެއް ހުރީ ރަށުގެ ދެކުނު ފަރާތުގައި އެވެ. ހުރިހާ މޭވާ ގަސްތަކާއި ފަލަ މަޑީގެ ބާވަތް ތައް ހުރީ ދެކުނު ފަރާތު ގައެވެ. އަދި މަސްވެރި ކަން ވެސް ރަނގަޅީ ދެކުނު ފަރާތުގައި އެވެ. ރަށުގެ އުތުރު…

އެކާވީސްވަނަ ޤަރުނުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތު

ކިޔާފައިވާ ޢަދަދު: 292

  ޢައްލާމާ ޔޫސުފުލް ޤަރްޟާވީގެ ޚުޠުބާއެއް ޢަރަބިބަހުން އުރުދޫ ބަހަށް ތަރުޖަމާކުރީ: ޠާރިޤް ނޫރު އިލާހީ އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރީ: ޢަބްދުﷲ ފާރޫޤް ޙަސަން   އެކާވީސްވަނަ ސައްތަ ފެށެނީސަލާމްލެއްވި ޢީސާގެފާނު ރައްކައުވިކަމަށް ބުނާ ތާރީޚުން ތިންވަނަ ހާސް އަހަރުގެ ފެށުމާ ހަމައިންނެވެ. އެކާވީސްވަނަ ސައްތަ ނުވަތަ މި ޒަމާން އަންނަނީ އީސްލާމީ އުންމަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންނެވެ. އެހެންކަމުން އިސްލާމީ އުންމަތުގެ މުސްތަޤްބަލަށްޓަކައިވަނީ ސީދާ އަމާޒެއް އިޚްތިޔާރުކުރާން ޖެހިފައެވެ. ރަނގަޅު މަޝްރޫޢުތަކެއް ރާވާން…

ޞިއްޙީ ފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުންނަށް ހޭހަންކުރަން ފެށީ މުސްލިމުންނެވެ.

ކިޔާފައިވާ ޢަދަދު: 207

ޢަބްދުﷲ ފާރޫޤް ޙަސަން ނޯޓު: މިމަޒުމޫނަކީ ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ ލިޔުއްވައިފައިވާ މަޒުމޫނަކަށް ބައެއް މައުލޫމާތު އިތުރުކޮށްގެން ލިޔެފައިވާ މަޒުމޫނެކެވެ. ޑޮކްޓަރ ނަދުވީއަކީ ޢަލީގަޅުމުސްލިމް ޔުނިވަރސިޓީގެ ތަސްނީފާއި ތައުލީފާ ބެހޭ ޑިޕާރޓްމަންޓުގެ އެހީތެރިޔެކެވެ. އިންޑިޔާގައި ހިނގާ އިސްލާމީ ވަރަށް ގިނަ މުހިންމު ޢިލްމީ ހަރަކާތްތަކެއްގެ މުޢާވިނެކެވެ. ޚާއްޞަކޮށް އިންޑިޔާގެ ޖަމާއަތެ އިސްލާމީގެ ތަޞްނީފާ ބެހޭ އެކެޑެމީގެ ސެކްރެޓަރީއެވެ. ____________________________ މިޒަމާނުގެ ޢިލްމުތަކާއި ފަންނުތަކުގެ ތާރީޚު ލިޔުމުގައި އޮންނަނީ ހުޅަނގުގެ ނުފޫޒެވެ. އެހެންކަމުން ޢާއްމު ގޮތެއްގައި…

އަހުލުއްސުންނަތި ވަލްޖަމާޢަތި އެ ޢަޤީދާގެ މަތީ ހިނގަމުން އަންނަ: ތައުޙީދުގެ ޢަޤީދާ – 1 (1)

ކިޔާފައިވާ ޢަދަދު: 271

އިދްރީސް ޙުސައިން ފަޟީލަތުއްޝައިޚު އިދްރީސް ޙުސައިން ލިޔުއްވާފައިވާ [އަހުލުއްސުންނަތި ވަލްޖަމާޢަތި އެ ޢަޤީދާގެ މަތީގައި ހިނގަމުން އަންނަ ތައުޙީދުގެ ޢަޤީދާ ] (1) މި ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކުރެއްވިކަމަށް ޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝައިޚު އިދްރީސަށާއި މިކަމުގައި ވާގިވެރިވެދެއްވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. މީގެ ފޮތެއް ބޭނުންފުޅުވާނަމަ، މި ސައިޓުގެ ޚިޔާލު ކޮލަމުގައި ނަމާއި ފޯނު ނަންބަރު ޖައްސަވައި ފޮނުއްވުމުން (އިންޝާ ﷲ) ފޮތުގެ ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ. ____________________________ ޖަމްޢިއްޔަތުލް ޢުލަމާ ލާމިގެ، ސ.…

ކައިވެނީގެ ކުރީން ޖެނެޓިކް ތަޙުލީލެއް ކުރުން

ކިޔާފައިވާ ޢަދަދު: 512

އަޙްމަދު ޝާޒް ތަޢާރުފު : ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ: ކައިވެނި ކުރަން ބޭނުންވާ އަންހެންމީހާއާ ފިރިހެންމީހާއާ ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން ދަރިފަސްކޮޅަށް ނަގުލުވަމުންދާ ނުވަތަ ގައިންގަޔަށް އަރާ ނުވަތަ އެނޫންވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1] ކައިވެނީގެ ކުރިން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ބޭނުމަކީ…

ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށް އިސްލާމްދީނުގެ މަގު

ކިޔާފައިވާ ޢަދަދު: 364

އަޙްމަދު ޝާޒް (2017) ތަޢާރުފު : ނަފުސާނީ (Psychological) ނުވަތަ ސިކުނޑީގެ (Mental) ދުޅަހެޔޮކަން، އީޖާބީ (ޕޮޒިޓިވް) އަދި ޣައިރު އީޖާބީ (ނެގެޓިވް) މި ދެގޮތަކަށް މާނަކުރެވެއެވެ. ނަފުސާނީ ދުޅަހެޔޮކަން އީޖާބީ ގޮތެއްގައި މާނަކުރާނަމަ އެއީ އިންސާނާގެ ނަފުސަށް ނުވަތަ ސިކުނޑިއަށް ހަމަޖެހުން ލިބި އެ ޙާލަތު އެގޮތުގައި ދެމިހުރުމެވެ. އިންސާނާގެ ކަންތައްތައް ތިން އަރިމައްޗަކަށް ބެހިގެންވެއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކާއި، ތިމާއާ އެހެންމީހުންނާ ގުޅޭ ކަންތައްތަކާ އަދި ތިމާއާ ހެއްދެވި ފަރާތާ…

އަމިއްލައަށް މަރުވެއްޖެ މީހާއާއި، މުސްލިމުންގެ މުދަލުން ޚިޔާނާތްތެރިވެއްޖެ މީހާގެމައްޗަށް ކަށުނަމާދުކުރުން

ކިޔާފައިވާ ޢަދަދު: 430

އަޙްމަދު ފާރޫޤް މުޙައްމަދު ފަޟީލަތުއްޝައިޚު އަޙްމަދު ފާރޫޤް މުޙައްމަދުގެ ލިޔުއްވުމެއް، ލިޔުންތެރިންގެ ސައިޓަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ______________________ އަމިއްލައަށް މަރުވެއްޖެ މީހާއާއި، މުސްލިމުންގެ މުދަލުން ޚިޔާނާތްތެރިވެއްޖެ މީހާގެމައްޗަށާއި، އެނޫންވެސް ކުށްފާފަތަކަށް އަރައިގެންފައިވާ މީހުންގެމައްޗަށްވެސް ކަށުނަމާދު ކުރަންޖެހޭނެކަމަށް ޢިލްމުވެރިންކުރެ ގިނަބޭކަލުން ދެކެލައްވައެވެ. އަލްއިމާމުއް ނަވަވީ ލިޔުއްވާފައިވެއެވެ. އަލްޤާޟީ (ޢަޔާޟު ބްނު މޫސާ) ވިދާޅުވިއެވެ. [އެންމެހައި ޢިލްމުވެރިން ދެކެލައްވާ ގޮތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ކަށުނަމާދު ކުރުމެވެ. އޭނާއަކީ، ޙައްދެއްގައި މަރުވި މީހަކުކަމުގައި…

ރަސްފުރާ

ކިޔާފައިވާ ޢަދަދު: 491

(މިއީ د.خالد بن صالح المنيف  ލިޔުއްވާފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެކެވެ) ތަރުޖަމާ: އިބްރާހީމް މާހިރު މީހާގެ ޢުމުރުން އަހަރުތައް ފާއިތުވަމުން ގޮސް، ބައެއް މީހުންގެ ވިސްނުމާ ފިކުރު އެމީހުން ވަރަށް އުފާވެރިކުރުވާ މަރުޙަލާއަކަށް ގެންދާނެއެވެ. މި މަރުޙަލާއަށް ރަސްފުރާ ކަމުގައި ކިޔަމާ ހިނގާށެވެ. އެއް ސަބަބަކީ، މި މަރުޙަލާގެ ހިތްގައިމުކަމާއި ފުރިހަމަކަމެވެ. އަނެއް ސަބަބަކީ މި މަރުޙަލާގައި، ޙަޔާތުގައި އެމީހަކަށް ލިބިފައިވާ ކަންކަމާމެދު އުފާވާ މިންވަރާއި މުޅިމީހާއަށް ލިބޭ ރާޙަތުގެ ބޮޑުކަމުންނެވެ. މި…

ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙު ތަރުޖަމާ ކުރުމުގައި އިނގިރޭސި ބަހާއި ދިވެހި ބަހުގައި ހުރި ތަފާތުގެ މައްޗަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 757

އަޙްމަދު ޝާޒް (2017) ޢަރަބި ބަހުގެ ބަލާޣާތްތެރިކަމާ ފަޞާޙާތްތެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ މަސްދަރަކީ ކީރިތި ޤުރްއާނެވެ. އަދި މިއީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ހުރިހާ ދާއިރާއެއް ހިމެނޭގޮތުން، ބަހަކަށް ލިބިގެންވާ ހަމައެކަނި ރެފަރެންސް ވެސް މެއެވެ. ޢަރަބި ބަސްފިޔަވައި މިފަދަ ފުރިހަމަ ރެފަރެންސެއް ލިބިފައިވާ އެހެން އެއްވެސް ބަހެއް ދުނިޔޭގައި ނެތޭ ބުނުމުން މިކަމާ ދެކޮޅަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެއެވެ. ކީރިތި ޤުރްއާނުގެ ބައެއް މުޞްޠަލަޙުތައް އެހެނިހެން ބަސްބަހަށް ތަރުޖަމާކުރުމުގައި، އެ މުޞްޠަލަޙެއްގެ ސީދާ…

މިންވަރަށް އީމާންވުން

ކިޔާފައިވާ ޢަދަދު: 1140

ވަރަށް ފަޤީރު މީހަކު ގެންގުޅުނު ބަލިކަށި، ނިކަމެތި ހިމާރަކަށް ޝާހީ އަސްތަބީލާއަކަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. އެ ސޮރު އެ ތަނަށް ގޮސް ބަލައިލި އިރު އެ ތާނގައި އުޅޭ އަސްތަކުގެ ސިއްހަތު ރަނގަޅުކަން ފެނިފައި  ހައިރާން ވެއްޖެއެވެ. އެ އަސްތަކުގެ ޚިދުމަތުގައި އެތައް ނޯކަރުންނެއް ތިއްބެއެވެ. ހިމާރަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ނިކަމެތި، އަނަރޫފަ ހަށިގަނޑަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. [އަހަރެންނަށް ވެސް މި ސޮރުމެންނަށް މި ލިބޭ ފަދަ ކާނާ ލިބޭނޭ ނަމަ…