އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (10)

ކިޔާފައިވާ ޢަދަދު: 1040
އިބްރާހީމް މާހިރު
28. އިސްލާމީ ފިޤްހު އާކުރުން
އިސްލާމް ދީނަކީ މެދުމިނުގެ ދީންކަން ހާމަވާ ސިފަތުގެ ތެރޭގައި އިސްލާމީ ފިޤްހު އާވެއާވެ ހުރުން ހިމެނެއެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުއްނަތް ފަހްމުކޮށްގަތުމުގައި އަބަދާ އަބަދު ވިސްނަން ޖެހެއެވެ. އަލްއަންޢާމް ސޫރަތުގެ 98 ވަނަ އާޔަތުގައި ވަނީ ” قَدْ فَصَّلْنَا الْآَيَاتِ لِقَوْمٍ يَفْقَهُونَ” މާނައަކީ: “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާން ކޮށްދެއްވަނީ ވިސްނާ ބަޔަކަށެވެ”. ކީރިތި ރަސޫލު صلى الله عليه وسلم ގެ ބަސްފުޅެއްގައި ވަނީ “من يرد الله به خيرا يفقهه في الدين” މާނައަކީ: “ﷲ ހެޔޮގޮތް އިރާދަކުރައްވައިފި މީހަކު ނަމަ އެމީހަކު ދީނުގައި ފިޤްހުވެރިކުރައްވާނެތެވެ.”

ތަޒްކީރުލްޤުރްއާން (3)

ކިޔާފައިވާ ޢަދަދު: 1412
 
މަވްލާނާ ވަޙީދުއްދީން ޚާން 
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ މަވްލާނާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ “ތަޒްކީރުލްޤުރްއާން” ގެ ދިވެހި ތަރުޖަމާއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަރުޖަމާ އަޅުގަނޑު ނަގާފައި ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ކީރިތި ޤުރްއާނުގެ ތަރުޖަމާއިންނެވެ. ތަރުޖަމާއަށްފަހު “ބަޔާނެއް” މިހެން ސުރުޚީ ޖަހާފައި އެވަނީ މަވްލާނާ ވަޙީދުއްދީން ލިޔުއްވާފައިވާ ބަޔާނުގެ ތަރުޖަމާއެވެ.

 

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (6)

ކިޔާފައިވާ ޢަދަދު: 1177

ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (6)

ޢަބްދުﷲ ފާރޫގު ޙަސަން

           
ކޮންމެއަކަށް ދެޤާޞިދުން ވަޑައިގަތުމާއެކު މުސްލިމުން އެބޭކަލުން ވަށައިލިއެވެ. އެދެބޭކަލުންނާ ސުވާލުކޮށް ތަފްޞީލު އޮޅުން ފިލުންވަން ފެށިއެވެ. ޚަބަރުތައް ސާފުވެ މުސްލިމުންނަށް ފަތަޙަ ލިބުނުކަން ޔަޤީންވުމާއެކު މަދީނާގައި އުފާފާގަތިކަން ޢާއްމުވިއެވެ. ތަޙްލީލާއި ތަކުބީރުގެ އަޑުން މަދީނާގެ ފަރުބަދަތަކާއި ވާދީތައް ގުގުމަން ފެށިއެވެ. އަންޞާރުންގެ ކުރިޔަށް ތިއްބެވި ބޭކަލުންކުރެ ލަޝްކަރުގައި ބައިވެރިވެވަޑައި ނުގެންނެވުނު ބޭކަލުން ކައު ސާހިބާ صلّى الله عليه وسلّم އަށް ފަތަޙައިގެ މުބާރަކު ބާދީއާއި ތަހްނިޔާ ވިދާޅުވުމަށްޓަކައި ބަދުރާ ދިމާޔަށް އަވަސްވެވަޑައިގެންނެވިއެވެ.

އީދުގެ ތެރެއިން މުޖުތަމަޢަށް ހަމަޖެހުން ގެނެސްދެއެވެ.

ކިޔާފައިވާ ޢަދަދު: 1169
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދު މުޅި ދުނިޔެ މިވަނީ ބަވަނަވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ މިވަނީ ގުޅި ލާމެހިފައެވެ. ކުރާންޖެހޭ ކަންތައް ގިނަވެ، އެންމެން މިވަނީ “ބިޒީ”ވެފައެވެ. މުޖުތަމަޢުގެ ޙަރަކާތްތައް މިވަނީ ގިނަވެ، ހަލަބޮލިކަން އިތުރުވެފައެވެ. އެންމެންގެ ބޭނުންތައް މިވަނީ ގިނަގުނަވެފައެވެ. އަރާމުކޮށްލާނެ ވަގުތެއް ނުވެއެވެ. އުފާކޮށް މަޖާކޮށްލާނެ ފުރުޞަތެއް ނުލިބެއެވެ. ޢާއިލާގެ އެންމެން އެއް ތަނެއްގައި ތިބެ މީރުކޮށް ކައިލާނެ ތަންވަޅެއް ނުވެއެވެ. އާ ހެދުމެއް ފަހައި އެ ހެދުންލައި ޒީނަތްތެރިވެލާނެ ދުވަހެއް ނާދެއެވެ.

ތަޒްކީރުލްޤުރްއާން (2)

ކިޔާފައިވާ ޢަދަދު: 1244
 
މަވްލާނާ ވަޙީދުއްދީން ޚާން 
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު މުފައްކިރެއް ކަމުގައިވާ މަވްލާނާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ “ތަޒްކީރުލްޤުރްއާން” ގެ ދިވެހި ތަރުޖަމާއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަރުޖަމާ އަޅުގަނޑު ނަގާފައި ވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ކީރިތި ޤުރްއާނުގެ ތަރުޖަމާއިންނެވެ. ތަރުޖަމާއަށްފަހު “ބަޔާނެއް” މިހެން ސުރުޚީ ޖަހާފައި އެވަނީ މަވްލާނާ ވަޙީދުއްދީން ލިޔުއްވާފައިވާ ބަޔާނުގެ ތަރުޖަމާއެވެ.

 

އީދު ފާހަގަކުރުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 2090
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އީދަކީ އުފަލެވެ. އުފާ ފާޅުކުރުމެވެ. ދިވެހިބަސްފޮތުގައި ވެސް “އީދު”ގެ އެއް މާނައަކީ “އުފައު” ކަމަށް އޮވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުގައި އީދުގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކުގެ މާނައެއް ކަމަށް އޮންނަނީ އުފަލެވެ. ނުވަތަ އުފާވެރިކަމާ ގުޅޭ ކޮންމެވެސް ކަމެކެވެ. އެހެންވީމާ ޢީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެވެ. ގާތްތިމާގެ އަޚުންނާއި އުޚުތުންނަށް ޒިޔާރަތްކޮށް ތަހުނިޔާކިޔައި ހެޔޮދުޢާ ކުރުމުގެދުވަހެވެ.

ވިސްނައިލަމާ (5) – އަމިއްލަ ނަފްސު އިނދަނުޖައްސާތި!

ކިޔާފައިވާ ޢަދަދު: 1277
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރު ކުރަނީ ދުނިޔޭގެ ކޮންމެ ތިން މީހަކުން އެކެކެވެ. މާނައަކީ ދުނިޔޭގެ ކޮންމެ ތިން މީހެއްގެ ތެރެއިން ދެ މީހުންނަކަށް އެ މީހުންގެ ޙަޤީޤީ އަގެއް ވަޒަނެއް ނުކުރެވެއެވެ. ހުނަރުގެ މިންވަރެއް ވަޒަނެއް ނުކުރެވެއެވެ. ގާބިލިއްޔަތަކަށް އިތުބާރެއް ނުކުރެވެއެވެ. އެކަމަކު ތިމާއަށް ބަޔަކު އިތުބާރު ކުރާނޭ ގޮތް ހަދަން ބޭނުން ނަމަ، އެންމެ ފުރަތަމަ ޖެހޭނީ އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ހަނދުމަފުޅު ކުރައްވާށެވެ. “ތިބާ އެހެން މީހަކަށް ނުބަތަ ބަޔަކަށް އެ އިޚްތިޔާރު ނުދޭހައި ހިނދަކު އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ތިބާއަކީ ކުޑަ މީހެއް ކަމުގައެއް ނުދެއްކޭނެއެވެ.” ކާމިޔާބު ވިޔަފާރިވެރިއަކު ބުނެފައި ވެއެވެ. “އެ މީހަކު އަމިއްލައަށް އަރާން ނޫޅެނީސް، އެއްވެސް މީހަކު ހަރުގަނޑަކަށް އެރުވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.”

ޢަރަފާތު ދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 879
 
އައްޝައިޚް ޙަސަން ފިކުރީ
 
الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد

ޢަރަފާތް ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ. އެދުވަހަކީ ދުޢާ އިޖާބަކުރައްވާ ދުވަހެކެވެ. އަދި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަހެވެ. އެހެން ދުވަސްތަކުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަސް ވަނީ މާތްކުރައްވާފައެވެ. އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަހެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (5)

ކިޔާފައިވާ ޢަދަދު: 1041

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (5)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އަހަރެން އެހެން ބުނުމުން އަބޫލަހަބުގެ ގާތަށް ރުޅިއައިސްގެން އަހަރެންގެ މޫނުމަތީގައި ވަރަށް ބާރަށް ތަފާލެއް ޖަހައިފިއެވެ. އަހަރެންވެސް އަބޫލަހަބާ ހިފައިގެންފީމެވެ. އަބޫލަހަބު އަހަންނަށްވުރެ މާބާރު ގަދައެވެ. އޭނާ އަހަރެން ހޫރައިފައި ބިންމައްޗަށް ޖަހައިފިއެވެ. އަހަރެންގެ ބުރަކަށި މައްޗަށް އަރައި އިށީނދެއްޖެއެވެ. އެވަގުތު އުއްމުލް ފަޟުލު އެތާނގައި އޮތް ފޭލިގެއެއްގެ މުޑިއެއް ނަންގަވައި އެއިން އަބޫލަހަބުގެ ބޮލުގައި ޖެއްސެވުމުން އަބޫލަހަބުގެ ބޯ ވަރަށް ބޮޑަށް ފެޅިއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އޭނާގެ ސާހިބާ ރަށުގައި ވަޑައިގެން ނުއުޅުއްވާތީ ތިޔަ އުޅެނީ ހިތުހުރި ގޮތެއް ހަދައިލާން ކަމަށް ހެއްޔެވެ؟ އަބޫލަހަބު ދެރަވެގެން ތެދުވެގެން ހިނގައްޖެއެވެ. އަރަހުށި މާތްﷲ ޢަދަސާއެވެ ކިޔުނު ބައްޔެއްގައި އޭނާ ހައްޔަރު ކުރެއްވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. ހަތްރޭވީތަނާ އޭނާ މަރުވެއްޖެއެވެ. އެބައްޔަކީ ޢަރަބީން ވަރަށް ބޮޑަށް ބިރުގަންނަ ބައްޔެކެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ކިޔާފައިވާ ޢަދަދު: 1125

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليه وسلّم މުސްލިމުންނަށް ރައްދު ހަމަލަދިނުމަށް އަމުރުކުރެއްވިއިރު މުޝްރިކުން ތިބީ ވަރަށް ބޮޑަށް ލޮޑުވެފައެވެ. ބުންވަރު އެލިފައެވެ. އަނެއްކޮޅުން ޞަޙާބީން އޭގެ ކުރިން ގެންދެވީ ހަމައެކަނި މުޝްރިކުންގެ ޙަމަލަތައް މަތަކުރައްވަމުންނެވެ. އެހެންކަމުން އެބޭކަލުން ތިއްބެވީ ވަރުބަލިފުޅުކަމެއް ނެތި ފުރިހަމަ ފޯރިއާއި ޖޯޝުގައެވެ. އެބޭކަލުން މުޝްރިކުން ގިއްގަޅުއްވަމުން ފަހަތަށް ކޮއްޕަވަމުން އެއުރެން ހައްޔަރުކުރައްވަމުން ޤަތުލުކުރައްވަމުން ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވިއެވެ.