ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

ކިޔާފައިވާ ޢަދަދު: 3464
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

އިބްރާހީމު ރަޝީދު މޫސާ

މާތްﷲ އެކަލާނގެ އަޅުންގެ މައްޗަށް ފަރްޟުކުރައްވާ ކަންތައްތަކަކީ އެ ކަންތައްތަކުގައި ބޮޑެތި ޙިކްމަތްތަކަކާއި ފައިދާތަކެއް ހިމެނޭ ކަންތައްތަކެކެވެ.

ތަވްޙީދާއި ޝިރްކް

ކިޔާފައިވާ ޢަދަދު: 5360
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 27

ތަވްޙީދާއި ޝިރްކް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް(2)

ކިޔާފައިވާ ޢަދަދު: 3343
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް(2)

ވާދަކުރައްވަން ތައްޔާރުތޯ

އިބްރާހީމް ރަޝީދު މޫސާ
ކުރީ ދުވަހު ރަމަޟާނީ ބައެއް މުބާރާތްތަކަ ބެހޭ ގޮތުން ވާނީ ވާހަކަދައްކައިފައެވެ.  ކުރީ ދުވަހުގައި ދެންނެވި ފަދައިން ، މިއީ ލާމަސީލު މުބާރާތްތަކެކެވެ. މި މުބާރާތްތައް ބޭއްވެނީ ވަރަށް އަޖައިބުވަނިވި ޖައްވެއްގެ ތެރޭގައެވެ. އާދަޔާ ޚިލާފު މާޙައުލެއްގައެވެ.
މިއަދު މި ދަންނަވައިލަނީ ބާކީ ހުރި މުބާރާތްތަކުގެ ވާހަކައެވެ.

ރަސޫލާގެ އަޞްޙާބުން

ކިޔާފައިވާ ޢަދަދު: 4695
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯދައިގެ ހަދިޔާ (26)

ރަސޫލާގެ އަޞްޙާބުން

ޢަބްދުﷲ ނަޢީމު އިބްރާހީމު

އެއް ރިވާޔަތެއްގައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އަޞްޙާބުންނަށް ބަދުބަސް ނުބުނާށެވެ. އެފަރާތެއްގެ ބާރުފުޅުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔައިގެ ތެރެއިން މީހަކު އުޙުދުފަރުބަދައިގެ ބޮޑުމިނުގެ ރަނުން ޞަދަޤާތް ކުރިކަމުގައި ވިޔަސް، (އެއިން ބޭކަލެއްގެ ނުވަތަ ބޭކަނބަލެއްގެ) ޞަދަޤާތުގެ މުއްދެއްގެ މިންވަރާހަމައަށް ނުވަތަ އޭގެ ދެބައިކުޅަ އެއްބައިގެ މިންވަރާ ހަމައަށްވެސް ނުދެވޭނެއެވެ. (اصحابى فوالذى نفسى بيده لوان احدكم انفق مثل احد ذهبا مابلغ مدّ احدهم ولا نصيفه – متفق عليه)

ބޭކާރު ވާހަކަދެއްކުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 4590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއީ ރޯދަ މަހެވެ. ބަރަކާތްތެރި ރަމަޟާންމަހެވެ. މި މައްސަރުގެ ހަމަ ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ތިބެނީ ރޯދައަށެވެ. އަޅުގަނޑުމެންގެ ނަފުސު އެދި ގޮވާ އެތައް ކަމެއް ދޫކޮށްލައިގެންނެވެ. ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. އެކަލާނގެ ޙަޟުރަތުން ދަރުމައާއި ސަވާބަށް އެދިގެންނެވެ.

މަތިވެރި ނަބިއްޔާ

ކިޔާފައިވާ ޢަދަދު: 5001
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 25

މަތިވެރި ނަބިއްޔާ

ޢަބްދުﷲ ނަޢީމު އިބްރާހީމު

ކީރިތި ޤުރްއާނުގައި މާތް ނަބިއްޔާ މުޙައްމަދު ބުނު ޢަބްދުﷲ އަށް خاتم النبيـين (އަލްއަޙްޒާބް 40) މިނަމުން މުޚާޠަބް ކުރައްވާފައިވެއެވެ. މި ނަންފުޅުގެ މާނައަކީ ހަމައެކަނި އެކަލޭގެފާނަކީ ނަބީބޭކަލުންގެ ސިލްސިލާގެ އެންމެ ފަހު ބޮޅުކަމުގައި ބަޔާން ކުރެއްވުމެއް ނޫނެވެ. މިނަންފުޅުގެ މާނައަކީ ނަބީބޭކަލުން ފޮނުއްވައިގެން ބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހިންގެވި މަޝްރޫޢު ނިމުމަކަށް އައީއެވެ. އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމަށް އެންގެވީ އެހެންވެގެންނެވެ. އެކަލޭގެފާނަށްފަހު އެހެން ނަބިއްޔަކު ފޮނުއްވުމުގެ ބޭނުން ކެނޑުނީއެވެ.

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް

ކިޔާފައިވާ ޢަދަދު: 3481
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރަމަޟާން މަސް – ބޮޑެތި މުބާރާތްތަކުގެ މަސް

ވާދަކުރައްވަން ތައްޔާރުތޯ؟

އިބްރާހީމް ރަޝީދު މޫސާ

ތަޖްރިބާ ކޮށްލައްވާށެވެ! ، ބައިވެރިވެ ވަޑައިގެން އަގުހުރި އިނާމުތައް ހޯއްދަވާށެވެ ! މި މުބާރާތްތަކުގައި ވަގުތުން އިނާމު ލިބިވަޑައިގަންނަވާ މުބާރާތްތަކަކާއި ފަހަށް ރައްކައުކުރެވޭ އިނާމުތަކެއް ލިބިވަޑައިގަންނަވާ މުބާރާތްތަކެއް ވެއެވެ.

މިއީ ލާމަސީލު މުބާރާތްތަކެކެވެ. މި މުބާރާތްތައް ބޭއްވެނީ ވަރަށް އަޖައިބުވަނިވި ޖައްވެއްގެ ތެރޭގައެވެ. އާދަޔާ ޚިލާފު މާޙައުލެއްގައެވެ.

ރައްޔާނު ދޮރުކޮޅު

ކިޔާފައިވާ ޢަދަދު: 4040
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރައްޔާނު ދޮރުކޮޅު

އިބްރާހީމް ރަޝީދު މޫސާ

ރޯދަވެރިންނަށްޓަކައި ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ލައްވާފައިވެއެވެ. ރޯދަ ވެރިން ނޫން ބަޔަކު  މި ދޮރުކޮޅުން ސުވަރުގެއަށް ނުވަދެވޭނެތެވެ.

مُحَـمَّدٌ رَسُـوْلُ اللَّـه

ކިޔާފައިވާ ޢަދަދު: 5336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ހަދިޔާ – 24

مُحَـمَّدٌ رَسُـوْلُ اللَّـه

ޢަބްދުﷲ ނަޢީމު އިބްރާހީމު

ޤަދީމީ މައްކާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތްއިރު، މައްކާގައި އޮތީ ޝިރުކުގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހައި ފައިދާތަކެއް ގުޅިފައި އޮތީ ޝިރުކާއެވެ. އެހެންނަމަވެސް އެކަލޭގެފާނު، އެކަލޭގެފާނު އަމިއްލަ ނަފްސު، އެ ޙާލަތަށްވުރެ މައްޗަށް އުފުއްލެވިއެވެ. ޙާލާތުގެ ފައިދާ ހޯއްދެވުމުގެ ބަދަލުގައި އެކަލޭގެފާނު ފެއްޓެވީ ޙައްޤަކީ ކޮބައިތޯ ހޯއްދެވުމުގެ މަސައްކަތްޕުޅެވެ. ﷲ ގެ މަދަދު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ހިދާޔަތުގެ އަލިމަގު ފެނިވަޑައިގަތެވެ. އޭގެ ފަހުން ﷲ އެކަލޭގެފާނަށް ނަބިކަން ދެއްވިއެވެ.

ރަމަޟާން މަސް – ނޫރާނީ ގަސް

ކިޔާފައިވާ ޢަދަދު: 3566
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ރަމަޟާން މަސް – ނޫރާނީ ގަސް

އިބްރާހީމު ރަޝީދު މޫސާ
ރަމަޟަންމަހުގެ  ރޯދައަކީ އިންސާނާއަށް ލިބިގެންވާ މޮޅު ދަނޑެކެވެ. އެ ދަނޑުގައި އިންދާ ކޮންމެ އޮށަކުން ނުކުންނަ މަލަހަކީ ،ހެދިބޮޑުވެ ފޮނި މޭވާތައް  އަޅައި ގަހެކެވެ. ރަމަޟަންމަހުގައި  ކުރާ ކޮންމެ ހެޔޮ ޢަމަލަކީ އޭގެ ސަވާބު އެތައް ގުނައަކަށް އިތުރުކޮށް ދެއްވާނެ ކަމެކެވެ.