ތައުބާވުމުގެ ދެވަނަ ޝަރުޠު – ފާފަތަކާ މުޅިން އެކަހެރިވެ ދުރުހެލިވުން

ކިޔާފައިވާ ޢަދަދު: 306

ތައުބާވުމުގެ ދެވަނަ ޝަރުޠު – ފާފަތަކާ މުޅިން އެކަހެރިވެ ދުރުހެލިވުން   އަޙްމަދު ފާރޫޤް މުޙައްމަދު ފާފަތަކުން އެއްކިބާވެ ދުރުހެލިވުމަކީ އެންމެ ފުރިހަމަ މާނާގައި ތައުބާވުން ދޭހަކޮށްދޭ ކަންތަކެވެ. އެހެނީ ފާފަތަކާ އެކަހެރިނުވެ ތައުބާވީކަމަކަށް ނުވާނެއެވެ. ތައުބާވީކަމަށް ބުނުމާއެކު ވެސް ފާފަތައްކުރުން ހުއްޓައިނުލާނަމަ އެފަދަމީހުންނާމެދު ޢިލްމުވެރިން ވިދާޅުވަނީ އެއީ ދޮގުވެރިންގެ ތައުބާވުންކަމުގައެވެ. ފާފަތަކުން އެއްކިބާ ނުވުމަކީ މީހާގެ ދީނަށްއޮތް ވަރަށްބޮޑު ނުރައްކަލެކެވެ. އަންނަނިވި ޙަދީޘުން އެކަން އެނގެއެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ:…

ތައުބާވުމުގެ ފުރަތަމަ ޝަރުޠު – ކުރެވުނު ފާފައާމެދު ބިރުވެތިވެ، އިޚްލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދުން

ކިޔާފައިވާ ޢަދަދު: 305

ތައުބާވުމުގެ ފުރަތަމަ ޝަރުޠު – ކުރެވުނު ފާފައާމެދު ބިރުވެތިވެ، އިޚްލާޞްތެރިކަމާއެކު ފާފަފުއްސެވުމަށް އެދުން އަޙްމަދު ފާރޫޤް މުޙައްމަދު ކޮންމެ މީހަކުވެސް އެ މީހަކަށް ކުރެވިފައިވާ ފާފަތަކާމެދު اللَّهُއަށް ބިރުވެތިވެ، އެކަމާހިތާމަކޮށް، ކަންބޮޑުވުމަކީ އެ މީހެއްގެ ޟަމީރު ދިރިހުރިކަމުގެ ނިޝާނެކެވެ. އެ ކަލޭގެފާނަށް اللَّهُ ރުއްސުންލެއްވި ޢަބްދު اللَّهِބްނު މަސްޢޫދުގެ އަރިހުން ޞައްޙަމަގުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِىَ اللَّهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللَّهِ صَلَى اللَّهُ عَلَيْهِ…

ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށްޓަކައި ވަކި ކަމެއް ކުރަންޖެހޭ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 313

ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށްޓަކައި ވަކި ކަމެއް ކުރަންޖެހޭ ހެއްޔެވެ؟ އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނަކީ اللَّهُގެ އެއްކައުވަންތަކަމަށް އީމާންވުމަށް ގޮވައިލާ ދީނެވެ. އެހެންކަމާއެކު އިސްލާމްދީނުގައި އަޅުކަމުގެ އެއްވެސް ކަމެއްގައި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުމެއް ނޯވެއެވެ. ކޮންމެ އިންސާނަކު ވެސް އެ މީހެއްގެ މުހުތާދުތައް އެހެން ފަރާތެއް މެދުވެރިނުކޮށް اللَّهُގެ ޙަޟުރަތުގައި ދެންނެވުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތެވެ. އެހެންކަމާއެކު ތިމާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށްޓަކައި ޢިލްމުވެރިއެއް ނުވަތަ އެހެން ވެސް މީހެއްގެ ގާތުގައި އެވާހަކަދައްކައި ހެދުމެއް ނުވެއެވެ.…

ފާފަތަކުން ތައުބާވެ ޢަމަލުތައް އިޞްލާޙުކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

ކިޔާފައިވާ ޢަދަދު: 211

ފާފަތަކުން ތައުބާވެ ޢަމަލުތައް އިޞްލާޙުކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.     އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުންނަކީ، ހަނދާންނެތުން ބޮޑު ބައެކެވެ. ކުށްތަކަށް އަރައިގަތުން ބޮޑު ބައެކެވެ. އެހެންކަމާއެކު، ކުށްތަކުން ތައުބާވެ ޢަމަލުތައް އިޞްލާޙުކުރުމަށް ބޭނުން ބޮޑުވެފައިވާ ބައެކެވެ. ކުށްފާފަތަކަށް އަރައިގަނެވިފައި ވުމަކީ މާޔޫސްވެ ނާއުއްމީދުވާންވީ ކަމެއް ނޫންކަމަށާއި، ތައުބާވުމުން اللَّهُތަޢާލާ ފާފަތައް ފުއްސަވައިދެއްވާނެކަން އަންގަވައި ވަޙީކުރައްވާފައިވެއެވެ. { قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ…

މުސްލިމުންނަށް ކުރިމަތިވެދާނެ ފިތުނަތަކުން ސަލާމަތްވުމަށްވަނީ އިންޒާރުދެއްވާފައެވެ.

ކިޔާފައިވާ ޢަދަދު: 303

  މުސްލިމުންނަށް ކުރިމަތިވެދާނެ ފިތުނަތަކުން ސަލާމަތްވުމަށްވަނީ އިންޒާރުދެއްވާފައެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު ދިރިއުޅުމުގެ މައިދާނުގައި އިންސާނުންގެ ޢަމަލުތައް ހުންނަގޮތެއްގެމަތިން އެބައިމީހުންނަށް އެކިކަހަލަ ކަންތައްތައް ތަޖުރިބާކުރަން ޖެހެއެވެ. މީސްތަކުންގެ ޢަމަލުތައް އިސްލާމްދީނުގެ ސާފުސީދާ އުސޫލުތަކާ އެއްކިބާވެގެން ދިޔުމަކީ اللَّهُގެ ކޯފާއާއި ޢަޛާބު އެކި ސިފަސިފާގައި ކުރިމަތިކުރައްވާ ކަމެކެވެ. ވޭތިވެދިޔަ އުއްމަތްތަކުގެ ތާރީޚު ދިރާސާކޮށްފި ކޮންމެ މީހަކަށް، ވަރަށް ސާފުކޮށް މިކަން ފެންނާން އެބައޮތެވެ. ގިނަފަހަރަށް اللَّهُގެ ޙަޟުރަތުން ކުރިމަތި ކުރައްވާ ފިތުނައެއް ނުވަތަ މުސީބާތެއްގައި ހައްޔަރުވެ، އެކަމުގެ ގެއްލުން…

ހާސްވުމާއި ކަންބޮޑުވުމުން ސަލާމަތް ވެވޭނެ މަގުތައް އިސްލާމްދީނުގައި ދައްކަވާފައިވެއެވެ.

ކިޔާފައިވާ ޢަދަދު: 2139

ހާސްވުމާއި ކަންބޮޑުވުމުން ސަލާމަތް ވެވޭނެ މަގުތައް އިސްލާމްދީނުގައި ދައްކަވާފައިވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ވަރަށްގިނަފަހަރަށް ކަންކަމާ ފިކުރުބޮޑުވެ ހާސްވުމާއި ކަންބޮޑުވުމަކީ ގިނަބަޔަކަށް މެދުވެރިވާ ކަމެކެވެ. މަރުވެދާނެތީ ބިރުގަތުން، އެވެނިގޮތެއް ވެދާނެތީ ކަންބޮޑުވުން މިހެންގޮސް މިބާވަތުގެ ފިކުރުތަކާހެދި ހަމަޖެހިނުލެވިގެން އުޅޭ މީހުން މަދެއްނޫނެވެ. މިފަދަ ކަންބޮޑުވުންތަކުން ސަލާމަތްވުމަށްޓަކައި އިސްލާމްދީނުގައިވަނީ ގިނަގުނަ އިރްޝާދުތައް ދެއްވާފައެވެ. قَالَ رَسُولُ اللَّهِ  صَلَّى اللَّهُ عَلَيهِ وَسَلَّمَ   {دَعْوَةُ ذِي النُّونِ، إِذْ دَعَاهُ وَهُوَ فِي بَطْنِ الْحُوتِ، [لاَ إِلَهَ…

މުސްލިމުންގެ ޢަދާވާތްތެރިން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން އިސްލާމްދީނާ ދުރުކުރުވުމަށެވެ.

ކިޔާފައިވާ ޢަދަދު: 625

މުސްލިމުންގެ ޢަދާވާތްތެރިން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން އިސްލާމްދީނާ ދުރުކުރުވުމަށެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނާމެދު ޢަދާވާތްތެރިވާ މީހުންނަކީ މިއަދަކު އިއްޔެއަކު އުފެދިގެން އުޅޭ ބަޔެއްނޫނެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ اللَّهُގެ ދީނާމެދު ނުނިޔަތްލާ މީހުން، އެ ދީނުގެ އަލިކަން ފިލުވައިލުމަށް މަސައްކަތްކުރަމުންގެންދެއެވެ. މި ޙަޤީޤަތް ބަޔާންކުރައްވައި اللَّهُ ވަޙީކުރައްވާފައިވެއެވެ.  {يُرِيدُونَ لِيُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ.} (الصف: ٨) މާނައީ: {އެއުރެން އެދެނީ، اللَّهُގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުންފުމެ، ނިއްވައިލުމަށެވެ.} މިފަދަ އެހެން އާޔަތެއްގައިވެއެވެ.…

މުސްލިމުންނަކީ ދޫނުބައި ބަޔަކުކަމުގައި ނުވުމަށް އަމުރުކުރައްވާފައިވެއެވެ.

ކިޔާފައިވާ ޢަދަދު: 382

މުސްލިމުންނަކީ ދޫނުބައި ބަޔަކުކަމުގައި ނުވުމަށް އަމުރުކުރައްވާފައިވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނުގައި މީސްތަކުންނަށް މަގުދައްކަވާފައިވަނީ، އެބައިމީހުންގެ ދުނިޔެއާއި އާޚިރަތުގެ އެންމެ ހެޔޮ، ރަނގަޅު މަގަށެވެ. މިގޮތުން މީސްތަކުންނާ މުޢާމަލާތުކުރުމުގައި ރީތިބަހުން ވާހަކަދެއްކުމަށް އަމުރުކުރައްވާފައިވެއެވެ. އެއްވެސް ޙާލެއްގައި ހުތުރުބަސްތައް ބޭނުންކުރުމާއި، މީހުންނަށް ލަޢުނަތްދީ، މަލާމާތްކޮށް ނުހެދުމަށް އިރުޝާދުދެއްވާފައިވެއެވެ. ޝައްކެއްނެތެވެ. ބަސްމަގު ރިވެތިވުމަކީ އަނެކުންގެ ލޯތްބާއި ރުހުންލިބި، އެ މީހެއްގެ ބަސް އަނެކުން ގަބޫލުކުރުމަށްއޮތް އެންމެ ފަސޭހަމަގެވެ. قَالَ رَسُولُ اللَّهِ صَلَى اللَّهُ عَلَيهِ وَسَلَّمَ: {لَيْسَ الْمُؤْمِنُ…

މުއައްސަސާތައް ކަރުދާހުގައި މިނިވަންކުރުމުގެކުރިން، ހަވާލުވާންތިބި މީހުންގެ ޟަމީރު މިނިވަންކުރުން

ކިޔާފައިވާ ޢަދަދު: 283

މުއައްސަސާތައް ކަރުދާހުގައި މިނިވަންކުރުމުގެކުރިން، ހަވާލުވާންތިބި މީހުންގެ ޟަމީރު މިނިވަންކުރުން އަޙްމަދު ފާރޫޤް މުޙައްމަދު ހަށިގަނޑުގެ ދިފާޢީ ބާރުތައް ވަގުތީގޮތުން މެދުކަނޑުވައިލެވިފައިވާ، ބޯންމެރޯ ހަދާފައިވާ ކުއްޖަކު ބާއްވާފައިވާ ނިހާއީ ރައްކާތެރިކަން ލިބިދޭންޖެހޭ، އިންޓެންސިވްކެއަރ ޔުނިޓަކަށް ކަމާނުބެހޭ މީހަކު ވަންނަނަމަ، ވަކިގޮތަކަށް ހަށިގަނޑު ޖަރާސީމުން ސާފުކުރުވައި، ވަކިކަހަލަ ހެދުމެއް ލައިގެން ނޫންގޮތަކަށް ނުވައްދައެވެ. ސަބަބަކީ، ޖަރާސީމާއި އެހެނިހެން ގެއްލުންދެނިވި މާއްދާތަކުން ސާފުތާހިރު ކުރެވިފައިވާ އެ ކޮޓަރިއަށް ބޭރުން ވަންނަ މީހެއްގެ ފަރާތުން ބަލިމީހާއަށް ނުހަނުބޮޑު ގެއްލުން ކުރިމަތިވާނެކަމަށްޓަކައެވެ. މިއީ ޢާއްމު…

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ.

ކިޔާފައިވާ ޢަދަދު: 414

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މި ދުނިޔޭގައި އިންސާނާގެ ދިރިހުރުން ބިނާވެފައިވަނީ، މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، اللَّهُ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތާއެކު ކުރެވޭ މުޢާމަލާތާއި، ދުނިޔޭގައި ލެއްވިހައި މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތުގެ މައްޗަށެވެ. މިގޮތުން އިންސާނާ އޭނާގެ އަމިއްލަ ނަފުސާއެކު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ކުރެވޭ މުޢާމަލާތު ކަމުގައި ވިއަސް، ނުވަތަ ބަސްމޮށުންތެރިކަމެއްނެތް ޙައިވާނުންނާއި، اللَّهُގެ އެހެނިހެން މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތު ކަމުގައި ވީނަމަވެހެވެ.…