ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ކިޔާފައިވާ ޢަދަދު: 1516

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ކަމަކީ މުޅިންތަފާތު ދެ ލަފުޒެކެވެ. މިހާރަކަށް އައިސް މި ދެ ލަފުޒުވެސް އޮޅުވައިލައިގެން ލިޔެ ވާހަކަދައްކާތީ އިވި ފެނިފައި އެބަހުއްޓެވެ. އެއްބައިވަންތަކަމަކީ އެކުވެރިކަމާއި އެކަކުއަނެކަކަށް އެހީތެރިވުމާއި ގުޅިގެން މަސައްކަތްކުރުމާއި މިފަދަ ސިފަތަކުން އުފެދި ބޭނުންކުރެވޭ ލަފުޒެކެވެ. އެހެން ނަމަވެސް އެއްބައެއް ވަންތަކަން ބޮޑަށް ގުޅިފައިވަނީ އަޅުގަނޑުމެންނަކީ އެއް ނަސްލަކުން އެއް ދަރިކޮޅަކުން އައިސް ތިބި އެއްބަޔެއްކަން ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ލަފުޒެކެވެ.

އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރުހިންގައިލުމެއް: 1.ހ

ކިޔާފައިވާ ޢަދަދު: 1636

  “ދީން” މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުމެއް

 
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު  ގ. މަންޒިލް
ފެށުމުގެ ކުރީން
އިސްލާމީ ޝަރީއަތުގެ ވާހަކައަކީ މުސްލިމު މުޖުތަމަޢުތަކުގައި އަބަދުވެސް ދެކެވޭ ވާހަކައެވެ. ދިވެހި މުޖުތަމަޢަކީވެސް ބޮޑު މުސްލިމު އަޣުލަބިއްޔަތެއް ހިމެނޭ މުޖުތަމަޢަކަށްވުމުން، ދިވެހީންގެ ތެރޭގައިވެސް ޝަރީއަތުގެ ވާހަކައަކީ އަބަދުހެންމެ ދެކެވޭ ވާހަކައެކެވެ. އަދި ވަކީން ޚާއްޞަކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހީންނަށް ލިބުމުން، މިވާހަކަތައް އިތުރުވެގެން ދިޔައެވެ. ނޫސް، މަޖައްލާ، ރޭޑިޔޯ، ޓީވީ، އަދި އިންޓަރުނެޓުފަދަ ޚަބަރާއި މައުލޫމާތު ފަތުރައިދޭ އަދި އެތަންތާގައި ޚިޔާލުފާޅުކުރެވޭ ވަސީލަތްތަކާއި މިންބަރުތަކުގައި، ޝަރީއަތުގެ ވާހަކަ ގިނައިން ދެކެވި އެވާހަކައިގެ އަޑުވެސް ގަދަވިއެވެ. މިވާހަކަތަކަށް ބަލައިލާއިރު، ދީންދެކެ ލޯބިވާ ދީނަށް ޣީރަތްތެރިވާ ބައެއް މީސްމީހުން ދެކޭގޮތުގައި ދިވެހި މުޖުތަމަޢަކީ ފުރިހަމަ އިސްލާމީ މުޖުތަމަޢެއްނޫނެވެ.

ކުދިކުދި ފަރުޢީ މައްސަލަތަކުގައި ޚިޔާލުތަފާތުވެ ބައިބައިވުމަކީ ދީނީ އުޞޫލެއް ނޫނެވެ. (2)

ކިޔާފައިވާ ޢަދަދު: 1064
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(21 ޑިސެންބަރ 2015 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާތް ﷲ ރުއްސުންލެއްވި ޢާއިޝާ (ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެންވެއެވެ. “ކީރިތި ރަސޫލާ އަށް އިޚުތިޔާރު ލިބިވަޑައިގެން 2 ކަމެއް ހުށހެޅިއްޖެ ނަމަ، ފާފައެއް ކަމުގައި ނުވާހާ ހިނދަކު އެކަލޭގެފާނު ޚިޔާރުކުރައްވަނީ އޭގެ ތެރެއިން އެންމެ ލުއި ފަސޭހަ ގޮތެވެ.”

ކުދިކުދި ފަރުޢީ މައްސަލަތަކުގައި ޚިޔާލުތަފާތުވެ ބައިބައިވުމަކީ ދީނީ އުޞޫލެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 1351
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މީގެ އަށްސަތޭކަ އެތައް އަހަރެއްގެ ކުރީއްސުރެ ދިވެހީން މި އަންނަނީ އިސްލާމީ އުޞުލުތައް ދަމަހައްޓަމުންނެވެ. އިސްލާމް ދީނަށް ތަބާވެ އެ ދީނުގެ ޝިޢާރުތައް ނަގަހައްޓަމުންނެވެ. ﷲ ގެ އުލޫހިއްޔަތާއި ރުބޫބިއްޔަތަށް ފުރިހަމަޔަށް އީމާންވެގެންނެވެ. ތާރީޚުން ފެންނަން އޮތީ ވެސް ދިވެހީންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބަޔެއްކަމުގައެވެ.

ރެސްޕެކްޓް ކެމްޕޭން: މުހިއްމު ފިޔަވަޅެއް

ކިޔާފައިވާ ޢަދަދު: 1164
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަހަރު ފާހަގަކުރި ބައިނަލް އަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި  އިހްތިރާމް ކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމަށް ރައީސް ކުރެއްވި އިލްތިމާސަށް އިޖާބަ ދެއްވުމުގެ ގޮތުން ޕީއެސްއެމްގެ ފަރާތުން ޤައުމީ ކެމްޕެއިނެއް ފަށައިފި އެވެ. މި ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ، ޓީވީއެމްގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

އެއީ ތަދުބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.

ކިޔާފައިވާ ޢަދަދު: 1303
 
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ދާދި ފަހުން، ބޮޑެތި ހާދިސާތަކެއް ހިނގައިދިޔަ ހައްޖު ދަތުރަކީ ވަރަށް ގިނަމީހުންނަށް އެދަތުރުގައި ދިމާވި ތަފާތު ކަންތައް ހިތުން ފިލައިގެން ނުދާނެ ދަތުރެކެވެ. ބައެއް މީހުންނަށް އެ ދަތުރުގެ ހަނދާންތައް ބިރުވެރިއެވެ. އަދި ވަރަށް ގިނަބަޔަކަށް، ހައްޖުގެ މަތިވެރި އަޅުކަމުން ލިބުނު ހިތަހަމަޖެހުމާއި އުފަލާއި، އަދި މި މާތް އަޅުކަމުގެ ދަތުރުގައި ދިމާވި އެކުވެރިންގެ މަތިން ހަނދާން ނެތުމަކީ ފަސޭހަކަމެއްނޫންކަންވެސް ކަށަވަރެވެ.

އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދީފައިވަނީ އިސްލާމްދީނުގައެވެ.

ކިޔާފައިވާ ޢަދަދު: 1911
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ދުވަސް މިއަދު މި ފާހަގަކުރަނީ އެވެ. މިއަދުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ. އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާންކުރާންޖެހޭ އެންމެ ބޮޑު އެއް ކަމަކީ އިންސާނީ ޙައްޤުތައް ފެށިގެން އައީ އިސްލާމް ދީނުންކަމެވެ. އަދި އެ ޙައްޤުތައް އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައިވަނީ ވެސް އިސްލާމްދީނުގައި ކަމެވެ. ނަމަވެސް މިއަދު އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ އިރު މިވާހަކަ އަޅުގަނޑުމެންގެ ގިނަ މީހުންނަށް އިހުމާލުކޮށްލެވެއެވެ. ނަމަވެސް ޙަޤީޤާތަކީ އިންސާނީ ޙައްޤުތަކުގެ ހުރިހާ އަސާސްތަކެއް އިސްލާމްދީނުގައި ގެނެސްދީފައިވާ ކަމެވެ.

ތުއްތުކުއްޖަކު ހިތްހަމަޖައްސައިދިން ނޯޓެއް

ކިޔާފައިވާ ޢަދަދު: 1397
 
 ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެން އަލަށް އިސްކޫލަށް ދިޔަ ދުވަހަކީ ވަރަށް ހާސްވެ ކަންބޮޑުވި ދުވަހެއް ނޫންތޯއެވެ؟  ދުނިޔޭގެ ދެބައިހަމައިގެ އުތުރުގައިވާ ހުޅަނގު ގައުމުގައުމާއި މެދުއިރުމަތީގައި ވެސް ކޮންމެ ތައުލީމީ އަހަރެއް ފަށަނީ ހޫނުމޫސުމުގެ ދިގު ޗުއްޓީއަކަށް ފަހުގައެވެ. ބައެއް ހިސާބުގައި ކިޔެވުން ފަށަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަނެއްބައި ހިސާބުގައި އޮކްޓޯބަރުމަހުގެ ކުރީކޮޅުގައެވެ.

މިދުނިޔެ ދޫކުރުމުގެ ކުރިން، ފާހަގަ ކުރެވޭވަރުގެ ހެޔޮކަމެއް ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 1189
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
“ދާދި ފަހުން އުމްރާއަށް ދިޔުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. މަދީނާއަށް ދިޔަ ދަތުރުގައި، ވުޞޫކޮށްގެން މެންދުރުނަމާދަށް ދިޔައީ ކީރިތި ރަސޫލާގެ މިސްކިތްކޮޅަށެވެ. މަސްޖިދުއްނަބަވީގައި ފަހުން ބޮޑުކުރި ތަނަވަސް ފެންޑާގައި އަޅުގަނޑަށް ފާހަގަވި އެކަކީ އިސްކޮޅުން ދިގު، ހިމަތޮޅި ގައިހަން ކަޅުމީހެކެވެ. އޭނާގެ އިސްކޮޅުންނާއި ލައިގެން ހުރި ހެދުމުން އެއީ ސޫދާނުމީހެއްކަން ހަމަ ޔަގީނާގާތަށް އަޅުގަނޑަށް އެނގުނެވެ!  ދުރުން ބަލައިލާއިރު އޭނާގެ ކިބައިން އެންމެ ފާހަގަވާ ކަންކަމަކީ، މޫނުމަތީގެ ތޫނުފިލިކަމާއި އަބަދުވެސް މޫނުމަތި އުޖާލާކޮށްދޭ، އޭނާގެ ރީތި ހިނިތުންވުމެވެ! ހަށިގަނޑުގައި ސަރުބީ މަދު، ހަރަކާތް ކުރުމުގައި ހަލުވި މީހެކެވެ. މުޅި މީހާގެ ކިބައިން ޚާއްސަ އުޖާލާކަމެއް ފާޅުވާކަހަލައެވެ!

އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ.

ކިޔާފައިވާ ޢަދަދު: 1352
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މިއީ މުއްސަނދި އަރަބި ގައުމެއްގައި ހިނގި ކަމެކެވެ. މި ލިޔުން ފޮނުވާފައިވަނީ ސިޓީއެއްގެ ސިފައިގައި، ރެޑިއޯ ޕޮރޮގްރާމެއްގައި އާންމުންނަށްނަށް އިއްވާ ގޮތަށެވެ. 
 
” އިއްޒަތްތެރި ޝައިޚަށް ހެޔޮ ދުޢާ ސަލާމް. އަޅުގަނޑު މި ފޮނުވާ ސިޓީ، ތިޔަ ޕްރޮގްރާމު އަޑުއައްސަވާ އަޑުއެހުންތެރިންނަށް ވިދާޅުވެދެއްވުން އެދެމެވެ. އެއީ ވިސްނައި ފިކުރު ކުރާމީހުންނަށް އިބުރަތަކަށް ވާނެތީއެވެ.