މުއައްސަސާތައް ކަރުދާހުގައި މިނިވަންކުރުމުގެކުރިން، ހަވާލުވާންތިބި މީހުންގެ ޟަމީރު މިނިވަންކުރުން

ކިޔާފައިވާ ޢަދަދު: 299

މުއައްސަސާތައް ކަރުދާހުގައި މިނިވަންކުރުމުގެކުރިން، ހަވާލުވާންތިބި މީހުންގެ ޟަމީރު މިނިވަންކުރުން އަޙްމަދު ފާރޫޤް މުޙައްމަދު ހަށިގަނޑުގެ ދިފާޢީ ބާރުތައް ވަގުތީގޮތުން މެދުކަނޑުވައިލެވިފައިވާ، ބޯންމެރޯ ހަދާފައިވާ ކުއްޖަކު ބާއްވާފައިވާ ނިހާއީ ރައްކާތެރިކަން ލިބިދޭންޖެހޭ، އިންޓެންސިވްކެއަރ ޔުނިޓަކަށް ކަމާނުބެހޭ މީހަކު ވަންނަނަމަ، ވަކިގޮތަކަށް ހަށިގަނޑު ޖަރާސީމުން ސާފުކުރުވައި، ވަކިކަހަލަ ހެދުމެއް ލައިގެން ނޫންގޮތަކަށް ނުވައްދައެވެ. ސަބަބަކީ، ޖަރާސީމާއި އެހެނިހެން ގެއްލުންދެނިވި މާއްދާތަކުން ސާފުތާހިރު ކުރެވިފައިވާ އެ ކޮޓަރިއަށް ބޭރުން ވަންނަ މީހެއްގެ ފަރާތުން ބަލިމީހާއަށް ނުހަނުބޮޑު ގެއްލުން ކުރިމަތިވާނެކަމަށްޓަކައެވެ. މިއީ ޢާއްމު…

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ.

ކިޔާފައިވާ ޢަދަދު: 435

ހަރުކަށިކަމާއި ގޮތްދޫނުކުރުމުން ލިބިނުގަނެވޭ ކިތަންމެކަމެއް މަޑުމައިތިރިކަމުން ލިބިގަނެވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މި ދުނިޔޭގައި އިންސާނާގެ ދިރިހުރުން ބިނާވެފައިވަނީ، މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ، اللَّهُ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތާއެކު ކުރެވޭ މުޢާމަލާތާއި، ދުނިޔޭގައި ލެއްވިހައި މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތުގެ މައްޗަށެވެ. މިގޮތުން އިންސާނާ އޭނާގެ އަމިއްލަ ނަފުސާއެކު ނުވަތަ އެއް ބަޔަކު އަނެއް ބަޔަކާ ކުރެވޭ މުޢާމަލާތު ކަމުގައި ވިއަސް، ނުވަތަ ބަސްމޮށުންތެރިކަމެއްނެތް ޙައިވާނުންނާއި، اللَّهُގެ އެހެނިހެން މަޚްލޫޤުންނާއެކު ކުރެވޭ މުޢާމަލާތު ކަމުގައި ވީނަމަވެހެވެ.…

”އަމިއްލައަށް އެދިގެން ވެރިކަމެއް ހޯދުމަކީ اللَّهُ ގެ ތާއީދާއި ވާގިވެރިވެވޮޑިގަތުމުން އެމީހަކު މަޙުރޫމުވާނެ ކަމެކެވެ.”

ކިޔާފައިވާ ޢަދަދު: 360

  ”އަމިއްލައަށް އެދިގެން ވެރިކަމެއް ހޯދުމަކީ اللَّهُ ގެ ތާއީދާއި ވާގިވެރިވެވޮޑިގަތުމުން އެމީހަކު މަޙުރޫމުވާނެ ކަމެކެވެ.” އަޙްމަދު ފާރޫޤް މުޙައްމަދު ދުނިޔޭގެ އަދުގެ ތަރައްޤީއަށް ލޯހުޅުވުމެއްނެތި، އެމޭޒަން ޖަންގަލިތަކުގައި ދިރިއުޅެމުންދާ މީހަކަށް، ޒަމާނީ ދިރިއުޅުމުގެ އާޖުފާޖު ކަމުނުދާ ފަދައިން، އިސްލާމްދީނުގައި އަންގަވާފައިވާކަމެއް ގަބޫލުކުރުން ދަތިވުމަކީ މުސްލިމު ޤައުމުތަކުގައި ވެސް ގިނަބަޔަކަށް އުނދަގޫ ކަމެއްކަމަށް ވެދެއެވެ. ކަމުގެ ޙަޤީޤަތަށް ފުންކޮށް ވިސްނައިފި މީހަކަށް މިހެން ދިމާވާ ސަބަބު އޮޅޭކަށް ނުޖެހެއެވެ. އެހެނީ، މިއަދުގެ ދުނިޔޭގައި މި އުޅެމުންދާ އަޅުގަނޑުމެން…

މިއަދު ޢަމަލުކުރެވެމުންދާ ތަޢުލީމީ ނިޒާމު އިޞްލާޙުކުރުމުގެ ބޭނުންތެރިކަން

ކިޔާފައިވާ ޢަދަދު: 637

މިއަދު ޢަމަލުކުރެވެމުންދާ ތަޢުލީމީ ނިޒާމު އިޞްލާޙުކުރުމުގެ ބޭނުންތެރިކަން  އަޙްމަދު ފާރޫޤް މުޙައްމަދު މުސްލިމު އުއްމަތަށް މިއަދު ދިމާވެފައިވަނީ މީގެ ކުރީގެ އެއްވެސް ޒަމާނެއްގައި ދިމާވެފައި ނުވާފަދަ ގެއްލުންބޮޑު މައްސަލަ ތަކެކެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ މައްސަލައަކީ، އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އެޖެންޓުން ކޮންމެ ޤައުމެއްގައިވެސް އުފެދޭނެ ނިޒާމެއް ޤާއިމުކޮށް، ދުނިޔޭގެ ޤައުމުތަކުގައި އެ ނިޒާމު ތަންފީޛުކުރަމުން ގެންދިޔުމެވެ. މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ހިންގޭ ނިޒާމެއްކަމުގައި ވީނަމަވެސް، މައިގަނޑުގޮތެއްގައި އޭގެ ގެއްލުން އުފުއްލަންޖެހެނީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ކަލަކަށް…

އަހުލުއް ސުއްނަތި ވަލް ޖަމާޢަތި އެޢަޤީދާގެ މަތީ ހިނގަމުން އަންނަ ތައުޙީދުގެ ޢަޤީދާ

ކިޔާފައިވާ ޢަދަދު: 411

އަހުލުއް ސުއްނަތި ވަލް ޖަމާޢަތި އެޢަޤީދާގެ މަތީ ހިނގަމުން އަންނަ ތައުޙީދުގެ ޢަޤީދާ އިދްރީސް ޙުސައިން   ﷲ ސުބުޙާނަހޫ ވަތަޢާލާއާ މެދު ޔަހޫދީންގެ ނުބައި ޢަޤީދާތައް: (ހ) އަރާމު ކުރައްވާ ދުވަސް: އިމާމު އިބްނު ޖަރީރުއް ޠަބަރީއާއި ޤުރުޠުބީއާއި އެނޫން މުފައްސިރުން، ޤާފު ސޫރަތުގެ 38 ވަނަ އާޔަތް ]وَمَا مَسَّنَا مِنْ لُغُوبٍ [ ގެ ތަފްސީރު ކުރަށްވަމުން މާތް ﷲ ރަޙްމަތްލެއްވި ޤަތާދާއާއި އަލްކަލްބީގެކިބައިން ރިވާކުރަށްވާފައި ވެއެވެ. “މިއާޔަތް ބާވައި ލެއްވުނީ މަދީނާގެ ޔަހޫދީންނާ…

އުނގެނުމާއި އުނގަންނައިދިނުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަސާސެވެ.

ކިޔާފައިވާ ޢަދަދު: 346

އުނގެނުމާއި އުނގަންނައިދިނުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި އެއް އަސާސެވެ. އަޙްމަދު ފާރޫޤް މުޙައްމަދު ރާއްޖޭގެ ކަލަންޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި މިއަދަކީ ދިވެހިރާއްޖޭގެ ލައިބްރެރީ ދުވަހެވެ. ލައިބްރެރީ ނުވަތަ ކުތުބުޚާނާ އަކީ ކިޔުންތެރިކަމާއި، މަޢުލޫމާތާއި، ފޮތްތެރިކަން ޢާއްމުކޮށް، މީސްތަކުންގެ ޢިލްމީ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަތިވެރި މަޤްޞަދުގައި ވަރަށް ކުރިއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރެވެމުންދާ މުއައްސަސާއެކެވެ. ތާރީޚީ ލިޔުންތަކުން ފެންނަގޮތުގައި، ދިވެހި ރާއްޖޭގައި ރަސްމީ ހައިސިއްޔަތެއް ލިބިދޭ ގޮތުގައި [ޤައުމީ ކުތުބުޚާނާ] ގެނަމުގައި ކުތުބުޚާނާއެއް ހުޅުވުނީ 1945ވަނަ އަހަރުއެވެ.…

ޙައްދު ކަނޑައަޅުއްވައިފައިވާ ކަންކަމާ ގައިގޯޅިނުވުމަށް އެންގެވުމުގައިވަނީ މަތިވެރި ޙިކުމަތެކެވެ.

ކިޔާފައިވާ ޢަދަދު: 220

ޙައްދު ކަނޑައަޅުއްވައިފައިވާ ކަންކަމާ ގައިގޯޅިނުވުމަށް އެންގެވުމުގައިވަނީ މަތިވެރި ޙިކުމަތެކެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމީ ޝަރީޢަތުގައި ޢުޤޫބާތް ކަނޑައަޅުއްވައިފައިވާ ކަންތައްތަކަށް ދެ ނަމެއް ކިޔައެވެ. އެއީ ޙައްދާއި ތަޢުޒީރެވެ. ޝަރީޢަތުގައި ޙައްދު ކަނޑައަޅުއްވާފައިވަނީ އެންމެ ބޮޑެތި ކުށްފާފަތަކަށެވެ. އެފަދަ ކަންކަމާ ގައިގޯޅިނުވުމަށް އަންގަވާފައިވަނީ، އެފަދަ ކުށަކަށް އަރައިގަނެވުމުން މީސްތަކުން ދުރުކުރެއްވުމަށްޓަކައެވެ. ޢަރަބިބަހުން ޙައްދުގެ މާނައިގެ ތެރޭގައި ސަރަޙައްދު ނުވަތަ ސަރަޙައްދު ވަކިކުރާ ރޮނގުގެމާނަ ހިމެނެއެވެ. އެހެންކަމާއެކު ޝަރުޢީ ޙައްދަކާ ގައިގޯޅިނުވުމަކީ، ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަނެވިދާނެ ކޮންމެކަމަކާ ދުރުވެ…

ދުނިޔޭގެ އާބާދީ ދުވަހު މުސްލިމުންގެ އަދުގެ ޙާލަތާމެދު ހިތާމަކުރުންނޫން ކަމެއް ނެތެވެ.

ކިޔާފައިވާ ޢަދަދު: 383

ދުނިޔޭގެ އާބާދީ ދުވަހު މުސްލިމުންގެ އަދުގެ ޙާލަތާމެދު ހިތާމަކުރުންނޫން ކަމެއް ނެތެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު މިއަދަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. މިދުވަސް ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރުމުގައި ތަފާތު ބޭނުންތައް އެކުލެވިގެން ވާނެއެވެ. ދުނިޔޭގެ މިހާރުގެ އާބާދީ، ހަތްބިލިޔަން ފަސްސަތޭކަ ސާދަ މިލިޔަނަށްވުރެ ގިނައެވެ. މީގެތެރެއިން މުސްލިމުންގެ އާބާދީ 2.1 ބިލިއަނަށްވުރެ ގިނައެވެ. މުޅި ދުނިޔޭގައިވެސް ވިހެއުމުގެރޭޓް އެންމެމަތީ މުސްލިމުންގެމެދުގައެވެ. އަލަށް އެންމެ ގިނަމީހުން ގަބޫލުކުރަމުންދާ ދީނަކީ ވެސް އިސްލާމް ދީނެވެ. ކަންމިހެންހުރުމާއެކު، ކުރިޔަށްއޮތް މަދު އަހަރުތަކެއްގެތެރޭގައި…

اللَّهُ ގެ ޝަރީޢަތުގެ ޙުކުމްތަކަށް ޢަމަލުނުކުރުމަށް ބުނުމުގެ ޙައްޤު އެއްވެސްފަރާތަކަށް ލިބިގެންނެއް ނުވެއެވެ

ކިޔާފައިވާ ޢަދަދު: 761

اللَّهُ ގެ ޝަރީޢަތުގެ ޙުކުމްތަކަށް ޢަމަލުނުކުރުމަށް ބުނުމުގެ ޙައްޤު އެއްވެސްފަރާތަކަށް ލިބިގެންނެއް ނުވެއެވެ އަޙްމަދު ފާރޫޤް މުޙައްމަދު   ބަވަނަވެފައިވާ މިއަދުގެ ދުނިޔޭގައި މުސްލިމުން އުޅެންޖެހިފައި މިވަނީ ޙައިރާންކަމުން ފުރިގެންވާ ދިރިއުޅުމެކެވެ. އިސްލާމީ ޤައުމުތަކުގައި اللَّهُގެ ޝަރީޢަތުގެ ޙުކުމްތަކަށް ޢަމަލުކުރުން ހުއްޓުވުމަށް މުޅި ދުނިޔޭގެ އެންމެން ބައިވެރިވެފައިވާ ޖަމާޢަތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. ބައެއްފަހަރަށް މިފަދަ ގޮވާލުންތައް އަންނަނީ ހުރިހާ ޤައުމުތަކަށް އަމާޒުކޮށެވެ. ޖެނީވާގައިހުންނަ އ.ދ. މަޖިލީހުގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއިން، 2012 ވަނައަހަރުގެ…

اللَّهُއަށް އީމާންނުވާބަޔަކު ކޮންމެފަދަ ހަޑިއެއްވެސް ހާވަފާނެއެވެ.

ކިޔާފައިވާ ޢަދަދު: 209

اللَّهُއަށް އީމާންނުވާބަޔަކު ކޮންމެފަދަ ހަޑިއެއްވެސް ހާވަފާނެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުންނަކީ، އެބައިމީހުންނަށް އިޚުތިޔާރުތަކެއް ލިބިގެންވާ ބަޔެކެވެ. އެހެންނަމަވެސް، އެބައިމީހުންނަކީ، اللَّهُގެ އަޅުންނެވެ. ސާހިބަކީ اللَّهُ އެވެ. ހުރިހާކަމެއްގެ ފުރިހަމަ ބާރާއި އިޚުތިޔާރު މިލްކުވެވޮޑިގެންވާ ފަރާތަކީ، ހަމައެކަނި اللَّهُއެވެ. މި ބިންމަތީގައި އިންސާނާ ލައްވައިފައިވަނީ، އެކަލާނގެ ޚަލީފާއެއްކަމުގައެވެ. އޭގެމާނައަކީ، އިންސާނުންނަކީ اللَّهُ އެދިވޮޑިގެން ވާގޮތަށް ބިންމަތީގައި ކަންކަން އިންތިޒާމުކޮށް، ހެޔޮގޮތުގައި ދުނިޔެ އާރާސްތުކޮށް ތަޢުމީރުކުރުން މަތިކުރައްވައިފައިވާ ބަޔަކަށްވުމެވެ. މިކަން ފުރިހަމަކުރެވޭނީ، اللَّهُ ބާވައިލެއްވި ޝަރީޢަތް ބިންމަތީގައި ތަންފީޛު…