ދެ ގައުކޮޅު

ކިޔާފައިވާ ޢަދަދު: 1864
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އިޓަލީ ވިލާތުގައި މާ ކުރީ ޒަމާނެއްގައި، އޭނާ ކުރަމުން އައި ވިޔަފާރި ބޮލާއަޅާފައިވާ ސައުދާގަރަކު އުޅުނެވެ. ވިޔަފާރިއަށް އައި ދަތި ދުވަސްވަރެއްގައި  ސޫދަށް ފައިސާ ދޫކުރާމީހެއްގެ އަތުން ދަރަންޏަށް ފައިސާގެ މިންވަރެއް ނަގަން މަޖުބޫރުވިއެވެ. ނަމަވެސް އެއްބަސްވެފައިވާ މުއްދަތު ޖެހޭއިރުވެސް އެ ފައިސާ ނުދެއްކޭނެކަން ޔަގީންވާތީ، ދަރަންޏަށް ފައިސާ ދޫކުރި މީހާ، ވިޔަފާރިވެރިޔާގެ ގާތަށް، ހުށަހެޅުމަކައިގެން ދުރުވެއްޖެއެވެ!

ދެކޭ ގޮތް ބަދަލުކުރުން

ކިޔާފައިވާ ޢަދަދު: 2040
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެއް ދުވަސްވަރެއްގައި ފިސާރި ބޮޑު މުއްސަންޖަކު ލޮލެއްގައި ރިހޭތީ އުޅުނެވެ. ތަނަވަސް މީހަކަށް ވާތީ މީނާ އަށް ފަރުވާ ކުރުމުގައި ސަރަހައްދުގައި ނަންހިނގާ ޑަކްޓަރުންގެ ޖަމާއަތް ޖަމާއަތުން ތަފާތު ބޭސް ހަދައިދީ އުޅުނެވެ. ނަމަވެސް ލޮލުގައި އަޅާ ގަދަ ވޭނަަށް ދާއިމީ ފަރުވާއެއް ނުލިބެއެވެ!

ޙަޔާތުގެ ދަތުރު (1)

ކިޔާފައިވާ ޢަދަދު: 1347

ޙަޔާތުގެ ދަތުރު (1)

މާޔޫސް ނުވާށެވެ.

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ދިރިއުޅުމުގެ ޙަޔާތުގައި ދުނިޔެ ތިމާއަށް އަބަދު އެއްކުލަވަރެއް ދައްކަމުންދާނޭ ކަމުގައި އުއްމީދުކޮށްގެން ނުވާނެއެވެ. އިންސާނުންނާއި ދޭތެރޭ އެކި ފަހަރު މެދުވެރި ވަމުންދާނީ އެކި ގޮތެވެ. ބައެއް ފަހަރު ހިތްނުތަނަވަސް ވާނޭ ފަދަ ހިތްދަތި ދަނޑިވަޅުތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެފަދަ ކޮންމެ ވަގުތަކީ މާޔޫސްވެ، އާވާރާ ވެގެން ގޮސް ދުނިޔެމަތީން ފޫހިވެ ދިރިއުޅުން ދޫކޮށްލާން ހިތުލާން ޖެހޭފަދަ ވަގުތުތަކެއް ކަމުގައި ވެގެން ނުވާނެއެވެ. ކޮންމެ ޙާލަތަކީވެސް މިންވަރުފުޅުގައި ހުރިގޮތް ކަމުގައި ދެކެގެން މާތްﷲ ވަކީލުކޮށް ކުރިމަގު ފަހި ވުމަށް އަދައިގެން ދިމާވާ އަޑިގަނޑުތައް ކަޑައްތު ކުރުމަށް ހިންމަތްކޮށް ތިމާގެ ޙަޔާތުގެ ދަތުރާއިގެން ދާން ޖެހެނީ ކުރިއަށެވެ. ފެންނާން ހުރި ރާސްތާ ދިގުކަމުގައި ވިޔަސް އަތުވާން ހުރި މަންޒިލް ފާގަތި ވެދާނެއެވެ. އެހެން ކަމުން، އެއްގޮތަކަށްވެސް މާޔޫސް ވުމެއްނެތި ހުރަސްތައް ގިރާކުމަށް މަސައްކަތްކޮށް ޙަޔާތުގެ ލަނޑުދަނޑިތަކާއިގެން ކުރިއަށްދިއުން ހުއްޓައި ނުލާށެވެ.
 

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (04)

ކިޔާފައިވާ ޢަދަދު: 1553

އިބްރާހީމް މާހިރު

10. ކަންކަމުގައި އަވަސްއަރުވައި ނުގަތުމާއި ޙިކުމަތްތެރިވުން

އިސްލާމްދީނަށް ގޮވައިލުމާއި، ދީން އުނގަންނައި ދިނުމާއި ފަތުވާ ދިނުމުގެ އިތުރުން މުޖުތަމަޢުގެ ކަންކަން ހެޔޮމަގަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ވެސް އަވަސްއަރުވައިލުމަކީ އިސްލާމްދީން އަންގައިދީފައިވާ ގޮތެއް ނޫނެވެ. އަވަސްއަރުވައިލައިގެން ކަންކަން ކުރުމަކީ ވަގުތު ޖެހުމުގެ ކުރިން އެކަމެއް ކުރަންއުޅުން ފަދަ ކަމެކެވެ. ނުވަތަ ދޮންވުމުގެ ކުރިން މޭވާ ބިނުންފަދަ ކަމެކެވެ.

ބިއްލޫރިތަށީގެ ބަރުދަން

ކިޔާފައިވާ ޢަދަދު: 2566

 

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

ޢާންމުކޮށް ސައިކޮލޮޖީ ކިލާސްތަކުގައި ޓީޗަރުން ކޮށް އުޅޭ ކަމެއް އޮވެއެވެ. އެއީ ބައިތަށި ފެން ދަރިވަރުންނަށް ދައްކާލާފައި ސުވާލެއް ކުރުމެވެ. އެ ސުވާލަކީ “މިއީ ދެ ބައިކުޅަ އެއް ބަޔަށް ފުރިފައި ހުރި ތަށްޓެއްހެއްޔެވެ؟ ނުވަތަ ދެ ބައިކުޅަ އެއް ބައި ހުސްވެފައި ހުރި ތަށްޓެއްހެއްޔެވެ؟” މި ސުވާލުގެ ޖަވާބު އެކި ދަރިވަރުން ދޭނީ އެކި ގޮތަށެވެ. ދެން ޓީޗަރު ބުނާނެއެވެ. “ތިޔަ ހުރިހައި ދަރިވަރުންނަށް ވެސް ތިޔަ ފެނުނީ ހަމަ އެއް ތަށްޓެކެވެ. ފެން ހުރީ އެއްވަރަކަށެވެ. އެންމެން ތިޔަ ތިބީ އެއް ތަނެއްގައެވެ. ތަށި ތިޔަ ފެނުނީ ހަމަ އެއް ވަގުތެއްގައެވެ. އެކަމަކު ޖަވާބު ކިހައި ތަފާތުހެއްޔެވެ؟ އެއީ އެއްގޮތަކަށް ވެސް ފެންތަށްޓާ ގުޅުން ހުރި ކަމެއް ނޫނެވެ. ކޮންމެ ދަރިވަރަކު ދޭ ޖަވާބު ކަނޑައަޅަނީ އެ ދަރިވަރަކު ދުނިޔޭގެ ކަންތައްތަކާ މެދު ދެކޭ ގޮތެވެ. ދުނިޔޭގެ ކަންކަމާ މެދު ހެޔޮކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެ ބައިކުޅަ އެއްބަޔަށް ފުރިފައި ހުރި ތަށްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އޭގައި ހުރި ރިޒުގަށެވެ. ފެނަށެވެ. އަދި ގޯސްކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެ ބައިކުޅަ އެއްބައި ހުސްވެފައި ހުރި ތަށްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އެތަށީގައި ވާ ހުސްތަނަށެވެ. އެ ތަށީގައިވާ ފެން އެ ދަރިވަރުންނަށް ނުވެސް ފެންނަ ފަދައެވެ.” 

 

ޙިކުމަތުގެ ގަލަމުން (1)

ކިޔާފައިވާ ޢަދަދު: 2223
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްލުމައް
މިލިޔުމުގައި ހިމަނާފައި މިވަނީ 2012 ވަނަ އަހަރުން ފެށިގެން ފޭސްބުކްގައި އަޅުގަނޑުގެ ޓައިމްލައިނުގައި ” ޙިކުމަތުގެ ޤަލަމުން ” މިނަމުގައި ފޮޓޯ ފޯލްޑަރ އެއް ހަދައިގެން ޢާއްމު ކުރަމުން ދިޔަ ބުނިބަސް (ކޯޓްސް ) ގެ ޢަދަދުތަކެވެ.  މީގެ ތެރެއިން ގިނަ ބުނިބަސް ތަކަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންކަމާއި އަދި އެކި މުނާސަބާތަކާއި ގުޅުވައިގެން ޝާއިޢުު ކުރެވުނު ބުނިބަސް ތަކެކެވެ. މިސައިޓުގެ ކިޔުންތެރީންނަށް މި ޢަދަދުތައް ޙިއްސާ ކޮށްލަނީ ޝަރަޙައާއި އެކުއެވެ. މި ބުނިބަސްތަކުގައި އެކުލެވިގެންވާ ފިލާވަޅުން މިންވަރެއް ކިޔުންތެރިންނާއި ހަމައަށް ފޯރައިފިނަމަ އަޅުގަނޑުގެ އުއްމީދު ޙާޞިލުވީއެވެ. މިލިޔުމުގައި ބުނިބަސްތައް ގެނެސްދީފައި މިވަނީ ފޭސްބުކުގައި ޝާޢިއު ކުރެވުނު ތަރުތީބުންނެއް ނޫނެވެ.

އޭރުގެ ފަތްފުށްތަކުން…. (102)

ކިޔާފައިވާ ޢަދަދު: 3122

އޭރުގެ ފަތްފުށްތަކުން…. (102)

އޭނާ މީހަކަށް ހެދީ ކޮންއެއްޗެއް ހެއްޔެވެ؟

މުޙައްމަދު ވަޙީދު މަޑުލު

އަލްފާޟިލް މުޙައްމަދު ވަޙީދު މަޑުލު، ނުވަތަ މަޑުލު މުޙައްމަދު ވަޙީދަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށްވުރެ ކުޅަދާނަ ކުރުވާހަކަ ލިޔުންތެރިއެކެވެ. އޭނާގެ ކުރުވާހަކަތަކަކީ އެ ފަންނުގައި ނަމޫނާ ވާހަކަތަކެކެވެ. ދާދިފަހުންވަނީ އޭނާގެ ފުރަތަމަ ދިގުވާހަކަ ވެސް ޝާއިޢުކުރައްވައިފައެވެ.

ބޭރުގެ ޚަބަރު ލިޔުއްވުމަކީވެސް ވަޙީދުގެ ކުރީގެ ފަންނެކެވެ. ދުވަހު ނޫސް “މޫންލައިޓް” ގައި ގިނަ ދުވަސްތަކެއްވަންދެން ބޭރުގެ ޚަބަރުތައް ލިޔުއްވަމުން ގެންދެވިއެވެ. ވަޙީދުގެ ލިޔުންތައް ޝާއިޢުކުރެވިފައިވާ ނޫސް މަޖައްލާތަކުގެތެރޭގައި “މޫންލައިޓް” “ފަތްތޫރަ” “ޖަމާޢަތުގެ ޚަބަރު” “ހަވީރު” “ފުރަދާނަ” “ދަރުމަ” ފަދަ ނޫސް، މަޖައްލާތައް ހިމެނެއެވެ. އޭނާ ލިޔުއްވާފައިވާ ދާއިރާތަކުގެތެރޭގައި ޤައުމީ، އިޖްތިމާޢީ އަދި ބޭރުގެ ދުނިޔޭގެ މައްސަލަތައް ހިމެނެއެވެ.

އިތާމުތުގެ ތިން ދޮރާށި

ކިޔާފައިވާ ޢަދަދު: 5412
ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ކިޔަވާން އުޅުނު ދުވަސްވަރު މުދައްރިސުން ދައްކާފައި ހުރި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަ އަޅުގަނޑު ވަރަށް ބޮޑަށް ހަނދާން ހުރެއެވެ. މި ގޮތުން، އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީގައި “މެނެޖީރިއަލް އިފެކްޓިވްނަސް” މި މާއްދާގެ ތެރޭގައި “ކޮންފްލިކްޓް ރިޒޮލިއުޝަން” (މައްސަލަ ހައްލުކުރުން)، މި ބައި ކިޔަވައިދިން ކިލާހެއްގައި، ދަރިވަރަކު އެއް ދުވަހަކު ޕްރޮފެސަރާ ކުރި ސުވާލުގެ ޖަވާބުގައި އޭނާ ދެއްކި ވާހަކައަކީ، އެ އިރުޝާދާ އެއް ގޮތަށް ކޮންމެ ފަހަރަކު އަޅުގަނޑަށް ޢަމަލު ނުކުރެވުނުކަމުގައިވީ ނަމަވެސް، ހިތުން ފިލައިގެންދާނޭ ވާހަކައެއް ނޫނެވެ.  

ސީރަތުގެ މައްޗަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 5652
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މުސްލިމުންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތު ވަނީ ދުނިޔޭގެ އެތައް ބަހަކުން ލިޔެ، ޝާއިޢުކޮށްފައެވެ. އެކަމަކު މުސްލިމް ޢިލްމުވެރިންގެ މި ފޮތްތަކުން ޢާއްމު އުނިކަމެއް ފާހަގަ ކުރެވެއެވެ. އެ އުނިކަމަކީ އެއިން ކޮންމެ ފޮތެއްވެސް ލިޔެފައިވަނީ މުޤައްދަސް ޖަޒްބާތެއްގެ އަލީގައި ކަމަށް ވުމެވެ. މިއީ ޢަޤީދާއަށް ބަލާއިރު ހިފަހައްޓަން ޖެހޭ އުސޫލުކަމަށް ވެދާނެއެވެ. އެހެންނަމަވެސް ޢިލްމީ ނަޒަރަކުން ބަލާއިރު އެފަދަ ފޮތްތަކުގެ އިތުބާރު މާ ބޮޑެއް ނޫނެވެ. ޣައިރު މުސްލިމުން ލިޔެފައި ހުންނަ ސީރަތު ފޮތްތަކުގެ އަހަންމިއްޔަތު މުސްލިމުން ލިޔެފައި ހުންނަ ފޮތްތަކަށްވުރެ ބޮޑުވާ ސަބަބަކީ މިއީއެވެ. ޣައިރު މުސްލިމުން ލިޔާ ފޮތްތަކުގައި އަޅުގަނޑުމެންގެ ސީރަތުލިޔުންތެރިންނާ ޚިލާފަށް މަވްޟޫޢު މުޠާލިޢާ ކުރުމަށްފަހު މުހިއްމު ނުކުތާތައް ހޯދައިގަނެވިފައި ހުރެއެވެ. އަޅުގަނޑުމެންގެ ލިޔުންތެރިން މިފަދަ އުސޫލެއްގައި ހިފަހައްޓާތީއެއް ނުފެނެއެވެ.

އިސްލާމްދީން ގޮވައިލަނީ ބުއްދީގެ ބޭނުންކޮށްގެން އީމާންކަން ލިބިގަތުމަށެވެ.

ކިޔާފައިވާ ޢަދަދު: 4446

ލިޔުއްވީ: ޑރ.ޔޫސުފް އަލްޤަރަޟާވީ

ތަރުޖަމާ: އިބްރާހީމް މާހިރު

އިސްލާމްދީން ވަނީ އިންސާނާގެ ބުއްދީގެ ބާރު ކަނޑުވައިފާނެ ހުރިހާ ބާވަތެއްގެ ކަސްތަޅުތަކަކުން އެ ބުއްދި މިނިވަންކޮށްދީފައެވެ. އިސްލާމްދީނަށް ވަންނަ މީހުންނަށް އިސްލާމްދީން ގޮވައިލަނީ އެމީހުންގެ ބުއްދީގެ މިނިވަކަމަށް އަޅާ ހުރަސްތައް ނައްތައިލުމަށެވެ. އެމީހުންގެ މިނިވަންކަން ނިގުޅައިގަނެފައިވާ ޖަލުތަކުން ނުކުމެ، އެމީހުން އަސީރުކުރާ ކަންކަމުން މިނިވަން ވުމަށެވެ.