ފަހަރުގައި މިއީ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ!

ކިޔާފައިވާ ޢަދަދު: 473

ފަހަރުގައި މިއީ ފަހު ފުރުޞަތުކަމަށްވެސް ވެދާނެ! ޙަސަން ޒަހީން   ނަޞީބުގެ މޫސުން ފެށުނީއެވެ. ލިބިގަތުމަށް އަވަސްވެގަންނާށެވެ. މިއީ ފުރުޞަތުގެ ފުރުޞަތެވެ. ދަނޑިވަޅުގެ ބޭނުންހިފުމަށް ފޫގަޅާލާށެވެ. ތިބާ ބޭނުންވަނީ ކޮންގޮތެއް ތޯއެވެ! ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތައް ފޮހެލަންތޯއެވެ! ތަޢުބާވެ މާތްﷲގެ މަގަށް އެބުރި ރުޖޫއަވާންތޯއެވެ! ކުރިމަތި މިލެވުނީ އެދުވަސްތަކާއެވެ. ފުރުޞަތުތައް ބައިވަރެވެ. ތިބާގެ ހިތްވަރާއި ކެރުންހުރި މިންވަރަކުން ލިބިގަތުމަށް އަވަސްވެގަންނާށެވެ. ތިބާ ހޯދަށް އެނދުނު މިންވަރަކަށް ލިބޭނެއެވެ. ބޭނުންވަނީ ތިބާގެ ހިތްވަރެވެ. ތިބާ ބޭނުންވަނީ ކޮންކަމެއްތޯއެވެ! ނަރަކައިގެ…

ހެޔޮކަންބޮޑު ގޮތަކީ ދިރިއުޅޭތަނުގެ އަހުލުވެރިންނަށް އެހީ ފޯރުވުމެވެ.

ކިޔާފައިވާ ޢަދަދު: 563

ހެޔޮކަންބޮޑު ގޮތަކީ ދިރިއުޅޭތަނުގެ އަހުލުވެރިންނަށް އެހީ ފޯރުވުމެވެ. مأمون عبدالقيوم އިސްލާމް ދީނަކީ، އެކަކު އަނެކަކުގެ ޙާލުބަލައި، އެކަކު އަނެކަކަށް ހަމްދަރުދީވެ އެހީތެރިވުމުގެ ލާމަޘީލު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ދީނެކެވެ. ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތަކީ، މިމާތް މަޤްޞަދު ޙާޞިލުކޮށްދޭ ދެއަޅުކަމެވެ. ޒަކާތުގެ އިތުރުން، ނިކަމެތިންނާއި، އެކިގޮތްގޮތުން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ ދިނުމަކީ ވެސް، ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށް، ތިމާ ހެޔޮހިތުންދޭ ކޮންމެ އެއްޗަކީ ޞަދަޤާތެކެވެ. ޞަދަޤާތް ދިނުމުގައި އެންމެ…

ފިޠުރު ޒަކާތް އަދާކުރުމަށް ފަރުވާތެރިވުންހުއްޓެވެ.

ކިޔާފައިވާ ޢަދަދު: 347

ފިޠުރު ޒަކާތް އަދާކުރުމަށް ފަރުވާތެރިވުންހުއްޓެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މުދަލުގެ ޒަކާތެކޭ އެއްފަދައިން، ފިޠުރު ޒަކާތަކީ، އިސްލާމްދީނުގައި ލައްވާފައިވާ އިޖުތިމާޢީ ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ވަރަށް މުހިއްމު އަޅުކަމެކެވެ. ފިޠުރު ޒަކާތްދިނުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، ރަމަޟާންމަހުގެ ރޯދަހިފުމާ ވިދިގެން، އިސްލާމީ އުއްމަތް ޢީދުގެ އުފަލުގައި ބައިވެރިވާހިނދު، މުޖުތަމަޢުގެ އެއްބައިކަމަށްވާ މިސްކީނުން އެ އުފަލުން މަޙުރޫމުވުމުން ސަލާމަތްކޮށް ދެއްވުމެވެ. ހަމައެއާއެކު އެއީ، ރޯދައަށް ހުރުމުގައި، ރޯދަވެރިޔާއަށް ކުރެވިފައިވާ ކުދިކުދި ކުށްތަކުގެ ކައްފާރާއެއްގެގޮތުގައި ދިނުމަށް ރަސޫލު اللَّهِ…

ތައުބާވުމަށް ލިބޭ އަގުހުރި ފުރުޞަތެއް

ކިޔާފައިވާ ޢަދަދު: 383

ތައުބާވުމަށް ލިބޭ އަގުހުރި ފުރުޞަތެއް مأمون عبدالقيوم ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން ފިޔަވައި، ކޮންމެ އިންސާނަކީވެސް ކުށަށް ހުށަހެޅިފައިވާ މީހެކެވެ. އިންސާނުން ކުރާ ކުށްތަކުގެތެރޭގައި، ކުދި ކުށްތަކާއި ބޮޑެތި ކުށްތައް ހިމެނެއެވެ. ކޮންމެ އިންސާނަކީވެސް ކުށްކުރާ މީހަކަށް ވީ ހިނދު، އެމީހަކު ކުރާ ކޮންމެ ކުށަކަށް، މާތްﷲ ، އެކުށެއްގެ ޙައްޤު ޖަޒާ ދެއްވާކަމުގައި ވަނީނަމަ، ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން ފިޔަވައި ޤިޔާމަތް ދުވަހުން ސަލާމަތްވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަމަކު، އެއަށްވުރެ މާތްﷲ ގެ…

އިންސާނަކު ކިބުރުވެރިވާންވީ ސަބަބެއް ނެތެވެ.

ކިޔާފައިވާ ޢަދަދު: 714

އިންސާނަކު ކިބުރުވެރިވާންވީ ސަބަބެއް ނެތެވެ. مأمون عبدالقيوم އިސްލާމް ދީން ބިނާވެފައިވަނީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިލާހުވަންތަކަން ޤަބޫލު ކުރުމުގެ މައްޗަށެވެ. އިންސާނުން އުފެއްދެވުމާއި ނެތިކުރެއްވުމާއި، މުޅި ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް އުފެއްދެވުމާއި ނެތިކުރެއްވުމަކީ، އެކަލާނގެ މިންވަރު ކުރައްވައި އިރާދަކުރެއްވި ގޮތެއްގެ މަތިން ހިނގަމުންދާ ކަންކަމެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އިންސާނުންނަކީ އެއްވެސް އާރެއްބާރެއް އޮތްބައެއް ނޫނެވެ. އެބައިމީހުންނަކީ ޙަޤީޤަތުގައިވެސް ޢުބޫދިއްޔަތުގެ އަހުލުވެރިންނެވެ. އިސްލާމް ދީން ދެކޭ ގޮތުގައި އިންސާނުންގެ ޢުބޫދިއްޔަތަކީ، އެބައިމީހުންގެ ނިކަމެތިކަމާއި އަގެއްނެތްކަމުގެ…

ކޮންމެ ކަމަކާމެދު ވެސް ވިސްނައި ފިކުރުކުރުން ލާޒިމެވެ.

ކިޔާފައިވާ ޢަދަދު: 262

ކޮންމެ ކަމަކާމެދު ވެސް ވިސްނައި ފިކުރުކުރުން ލާޒިމެވެ. مأمون عبدالقيوم އަޅުގަނޑުމެން އިންސާނުން މިދުނިޔެއަށް ފޮނުއްވީ، އެހެން އެއްވެސް މަޚްލޫޤަކަށް ނުދެއްވާ މަތިވެރި ނިޢުމަތްތަކަކާއި ޚާއްޞަ ސިފަތަކެއް ދެއްވާފައެވެ. މިކަމުގެ ސަބަބުން، އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް އިންސާނުންވަނީ މާތް ކުރައްވާފައެވެ. އިންސާނުންނާއި އެހެން މަޚްލޫޤުންނާ ދެމެދުގައި އޮންނަ އެންމެ ބޮޑު ތަފާތަކީ، އިންސާނުންނަށް ބުއްދީގެ ނިޢުމަތް ދެއްވިކަމެވެ. ބުއްދި އަޅުގަނޑުމެންނަށް ދެއްވީ ހެޔޮނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައެވެ. ކަންކަމާމެދު ފިކުރުކޮށް ޢިބްރަތް ޙާޞިލުކުރުމަށް ޓަކައެވެ. މިކަން…

[ނުކުރާކަންތަކުގެ ވާހަކަ ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟]

ކިޔާފައިވާ ޢަދަދު: 515

[ނުކުރާކަންތަކުގެ ވާހަކަ ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟] مأمون عبدالقيوم މާތްﷲ ، އިންސާނުނަށްވަނީ، ހެޔޮނުބައި ވިސްނުމުގެ ބާރު ދެއްވާފައެވެ. ބުއްދި ސަލާމަތުންހުރި އެއްވެސް އިންސާނަކަށް، ހެޔޮކަންތައްތަކާއި ނުބައި ކަންތައްތަކެއް ނޯޅޭނެއެވެ. މިކަމުގައި ބުއްދި سلامة ން ހުންނަ އެންމެން ވެސް އެއްވަރެވެ. މީހުން ތަފާތުވަނީ ކުރާ عمل ގައެވެ. ﷲ سبحانه وتعالىއަށް ފުރިހަމައަށް އީމާންވާ މީހަކުނަމަ، އެމީހާގެ ސަލާމަތް ބުއްދި އަންގައިދޭ ގޮތެއްގެ މަތިން، ހެޔޮކަންތައް ކުރުމުގައި ތަފާތެއް ނުގެންގުޅޭނެއެވެ. ފާޅުގައި ހެޔޮކަންތައް ކޮށްފައި، ސިއްރުގައި…

رمضان މަހުގެ ފަހުދިހައިގެ މާތްކަން

ކިޔާފައިވާ ޢަދަދު: 625

رمضان މަހުގެ ފަހުދިހައިގެ މާތްކަން مأمون عبدالقيوم بركات ތެރި رمضان މަސް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، އެމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ سبحانه وتعالى ކީރިތި قرآن ބާވައިލައްވަން ފެށްޓެވީ، رمضان މަހުގެ ފަހުދިހައިގެ ރޭތަކުގެތެރެއިން ރެއެއްގައިކަމަށް ގިނަ علم ވެރިން ވިދާޅުވެފައިވެއެވެ. ކީރިތި قرآن ބާވައިލައްވަން ފެށްޓެވި ރެޔަކީ، ليلة القدر ވިލޭރޭކަމަށާއި އެރެޔަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް ކަމަށް القدر…

މިތުރާއެވެ! ތިބާގެ މުށްހުޅުވައިލާށެވެ.

ކިޔާފައިވާ ޢަދަދު: 299

މިތުރާއެވެ! ތިބާގެ މުށްހުޅުވައިލާށެވެ. ޙަސަން ޒަހީން އެކުވެރި މިތުރާއެވެ. މިއަދު ތިބާ ގުނަމުންތިޔަދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކެވެ. ބަރަކާތާއި ސަވާބުން ފުރިގެންވާ ރަމަޟާން މަހުން މިފަހަރުވެސް ތިބާއަށް ފުރުޞަތު ލިބުނީއެވެ. އެކަމަށްޓަކައި ތިބާ ﷲއަށް ޙަމްދުކުރާށެވެ. އެ ބޮޑު ނިޢުމަތް ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރުކުރާށެވެ. އެކުވެރި މިތުރާއެވެ. މިއީ ނިޢުމަތުގެ މަހެވެ. ހަނދާންކޮށްދިނުމުގެ މަހެވެ. އެތައް ގިނަ ޙިކުމަތްތަކެއް އެކުލެވިގެންވާ ސަވާބުގެ މަހެކެވެ. ތިބާވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ރޯދަ ހިފުމަކީ ފިލާވަޅުތަކެއް ދަސްކޮށްދޭ…

توحيد ގެ عيد އެެއް

ކިޔާފައިވާ ޢަދަދު: 264

توحيد ގެ عيدއެެއް  مأمون عبدالقيوم     އިއްޔެއަކީ، މިފަދަ رمضان މަހެއްގައި މާތްﷲ މުސްލިމުންނަށް ދެއްވި ވަަރަށް މަތިވެރި ނަސްރަކާއި ކާމިޔާބީއެއްގެ ހަނދާންތައް އާވެ އާލާވެގެންދާ ދުވަހެކެވެ. އާދޭހެވެ. رسول الله صلى الله عليه وسلم މައްކާ ފަތަޙަ ކުރެއްވީ ހިޖްރީ ތާރީޚުގެ 8 ވަނަ އަހަރުގެ رمضان  މަހުގެ 20 ވަނަ ދުވަހުއެވެ.     މައްކާއަކީ، كعبة ﷲ ގެފުޅާއި ގެފުޅުގެ ވަށައިގެންވާ المسجد الحرام ހުރި مقدس ބިމެވެ. މި އުންމަތުގެ…