ޓްރެފިކް ލައިޓް

ކިޔާފައިވާ ޢަދަދު: 2671
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢާއިޝަތު ނާޖީ
މިއީ މީގެ ޒަމާންތަކެއް ކުރިން އިންޑިޔާގެ ކުޑަކުޑަ އަވަށެއްގައި ހިނގި ހާދިސާއެކެވެ. އެ އަވަށަށް ވަންނަ  މައި މަގުގެ ހަތަރު އަނގޮޅި ކަންމައްޗަކީ އެތައް ޒަމާންތަކެއް ވަންދެން ފަސޭހަކަމާއެކު ދުއްވާ އެއްޗެއްސާއި މީހުން ހިނގައިބިނގައި، ދަތުރުފަތުރު ކުރަން ބޭނުންކުރި ހަތަރު އަނގޮޅިއެކެވެ. ނަމަވެސް އެ އަވަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން އެ ހަތަރު އަނގޮޅީގައި މީހުންނާއި އެއްގަމު އުޅަނދުފަހަރު  ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވެގެން ދިޔައެވެ. މައްސަލައިގެ ޝަކުވާ އަވަށުގެ ވެރިންނާ ހަމައަށް އުފުލެން ފެށިއެވެ. ޓްރެފިކް ލައިޓް ހަރުކޮށް ދިނުމަށް ރައްޔިތުންގެ ފަރާތުން ގޮވާލެވެން ފެށިއެވެ.

ޙިކުމަތްތެރި ބަސްކޮޅެއް

ކިޔާފައިވާ ޢަދަދު: 2049
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ކޮންމެ ޤައުމެއްގެ މީހަކު ކަމުގައި ވިޔަސް، އެ ޤައުމެއްގެ މެމްބަރެއްކަމުގައި އެ މީހަކު އެވާ ޤައުމަކަށް ޢިއްޒަތް ޙާޞިލު ނުވާހާ ހިނދު، އެ މީހަކަށް ޢިއްޒަތް ލިބުމީ އެކަށީގެންވާ ކަމެއް ނޫނެވެ. 

ވަރީގެ ނިސްބަތް އެންމެ މަތީ ޤައުމުތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ!!

ކިޔާފައިވާ ޢަދަދު: 3122
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އދ. ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރަކު އެންމެ ގިނަ ކާވެނި ރޫޅޭ ގައުމަކީ ދިވެހިރާއްޖެކަމުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ކަށަވަރުކޮށްފިއެވެ. މި ދައްކަނީ މާ ކުރީގެ ވާހަކަތަކެއް ނޫނެވެ. މިއީ މިއަދުގެ ވެސް ޙާލަތެވެ. މުސްލިމު ޤައުމެއްގައި މިހެން ކަންތައް އޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުތަކާއި އެކަން އިޞްލާޙުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ފިޔަވަޅު އެޅުން މުހިއްމެވެ.

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން: ވެލަންޓައިން ދުވަސް

ކިޔާފައިވާ ޢަދަދު: 2330
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިސްލާމީ މުޖްތަމަޢުގައި ވަކި ހިއްޕަމުން އަންނަ ލާދީނީ އާދަތަކުގެ ތެރެއިން:

ވެލަންޓައިން ދުވަސް

އަޙްމަދު ޢަބްދުﷲ ސަޢީދު

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް އައުމާއެކު އަޅުގަނޑުމެންގެ ޒުވާން ފުރައިގެ ކުދިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވެލަންޓައިން ދުވަސް ފާހަގަކުރުމަށެވެ. އެ ދުވަސް އައުމާއެކު ވަސްމީރު މާމެލާމެލީގެ ގުލްދަސްތާތަކާއި އަގު ބޮޑު ހަދިޔާތަކާއި މާމުއި ބަސްތަކުން ކަޅިކުރެވިފައިވާ ވެލަންޓައިން ކާޑުތަކުން ލޯބިވެރިން އެ މީހުންގެ ހިތުގެ ޖަޒުބާތުތައް ފާޅުކުރަމުންދެ އެވެ. ދިވެހީންގެ ތެރޭގައި ވެސް ވެލެންޓައިން ދުވަސް ގަބޫލުކުރެވިފައި އޮންނަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
 

އޭރުގެ ފަތްފުށްތަކުން…. (61)

ކިޔާފައިވާ ޢަދަދު: 2625
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވާހަކަކިޔަންއަޅުގަޑުމެން شوقވެރިވާސަބަބަކީކޮބައިތޯ؟

عبدالرحيم عبدالمجيد


ގ. މަންޒިލް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އަތުލިޔުމުގެ ފަންނުވެރިއެކެވެ. “ސަރުކާރުގެ ޚަބަރު”ން ފެށިގެން “ދަރުމަ” ފަދަ ފަހުގެ މަޖައްލާތަކަށްވެސް ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އިސްލާމީ ތާރީޚާގުޅޭ ބައެއް ފޮތް ލިޔުއްވައި ތަރުޖަމާކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް ވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައެވެ. އަދި ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1995 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

އެންމެ ފަހަރަކު ދުށް މީހެއްގެ ދީލަތިކަން!

ކިޔާފައިވާ ޢަދަދު: 7361
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުއްވީ: ޖޮއޭން ބްރައުން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޔުނިވަރސީޓީގައި ކިޔަވަން އުޅުނު ދުވަސްވަރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އޭނާގެ ބޭބެގެ 21 ވަނަ އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވުމަށް އަހަންނަށް ދައުވަތެއް ދިނެވެ. މި ހަފުލާ ބާއްވަން ހަމަ ޖެހިފައި އޮތީ ވަރަށް މަޝްހޫރު ހޮޓަލެއްގައި ކަމަށް ވެފައި، ޕާޓީއަކަށް ދާކަހަލަ ރީތި ޕާޓީހެދުމެއް އަހަރެންވެސް ގަންނަ ހިތުން އުޅޭތާ ދުވަސްކޮޅެއް ވެފައިވާތީ، ވަރަށް ނަލަ ހެދުމެއް ގަންނަން ހިތުގައިލީމެވެ.

[އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ.]

ކިޔާފައިވާ ޢަދަދު: 2635
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
ދުވަސްތަކާއި މަސްތަކާއި އަހަރުތައް ފާއިތުވަމުން ދަނީ ތަފާތު ގިނަ ކަންތައްތަކާއި އިންސާނާ ކުރިމަތި ކުރުވާފައެވެ. ހިތާމައާއި އުފާވެރިކަމެވެ. ރުޅިވެރިކަމާއި ހިތްހަމަޖެހުމެވެ. ނަފުރަތާއި އެކުވެރިކަމެވެ. އުނދަގުލާއި ފަސޭހައެވެ. އިންސާނާ އަބަދު ހޭދަ ކުރަނީ އޭނާ ހިތްހަމަޖެހޭފަދަ ދުވަސްތަކެއް ނޫނެވެ. އުނދަގުލާއި ދަތިކަމުގައި ދުވަސްތައް ހޭދަކުރުމަކީ ދުނިޔެ ހިނގަމުންދާ ޤާނޫނުން އެންމެންނާވެސް ކުރިަތިލާންޖެހޭ ކަމެކެވެ.

ދުވަސްވީ ލިޔުންތެރިއެއް ފަސްއެނބުރި ބަލައިލާހިނދު..

ކިޔާފައިވާ ޢަދަދު: 7687
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: އެންޑީ ރޫނީ
ތަރުޖަމާ: އަޙްމަދް ސަމީރު އަލީ


އެންޑީ ރޫނީ (Andrew Aitken “Andy” Rooney) އަކީ އެމެރިކާގެ  ތަފާތު ޓީވީ/ރޭޑިޔޯ އިސްޓޭޝަން ތަކަށް ދިގު މުއްތަކަށް ލިޔުއްވި ވަރަށް ތަޖުރިބާކާރު ލިޔުންތެރިއެކެވެ. އުމުރުން 92 އަހަރުގައި އަވަހާރަވީ 2011 ވަނަ އަހަރެވެ. ކުރު އިބާރާތުން މާނަފުން، ހިކުމަތްތެރި ލިޔުމެއް ލިޔުއްވުމަކީ އެންޑީ ރޫނީގެ ޚާއްސަ ފަންނެކެވެ.

ޝަރަފުވެރި ދިރިއުޅުމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަން އަހަންނަށް އެނގި ޔަގީންވެއްޖެއެވެ!

ހޮވައިގެން ލިބޭ މާވަހަރަކީ ބަދުނަސީބު އެއްޗެއްބާއެވެ؟

ކިޔާފައިވާ ޢަދަދު: 8027
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރުޢަލީ
މާވަހަރެއް ހޮވާ ހިސާބުން އިވެން ފަށަނީ ރަހުމަތްތެރިން ރުޅިވާ ވާހަކައެވެ. ހައިރާންކަންމަތީ ބަލަން ތިބޭ މީހުންނަށް ފެންނަނީ ޒަމާނުންސުރެ ދެކެފަރިތަ މިތުރުން އަދާވާތްތެރިންނަށް ފުރޮޅިގެންދާ ތަނެވެ. ހޮވި މާވަހަރެއް ވިއްކާލައިގެން ކުއްލިއަކަށް ލިބޭ ފައިސާއިން އެމީހާއަށް މާބޮޑު އުފަލެއް ނުލިބޭކަމުގެ ހިތްދަތި ޚަބަރަކީ އަޑުއަހަން ފަސޭހަ ޚަބަރެއްނޫނެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ލިއްބައިދޭ މަތިވެރި ފިލާވަޅުތައް

ކިޔާފައިވާ ޢަދަދު: 5840
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޙަސަން ލުތުފީ، ރަންފަސް، ސ.ހިތަދޫ
މީލާދީ ސަނަތުން 628 ވަނައަހަރު، މައްކާގެ ޤުރައިޝުންނާއި، މަދީނާގައި އަލަށް ޤާއިމްކުރެވުނު އިސްލާމީ ދައުލަތާއި ދެމެދު ވަރަށް މުހިންމު މުޢާހަދާއެއްކަމަށްވާ “ހުދައިބިއްޔާ މުޢާހަދާ” ގައި ސޮއިކުރެވުނެވެ. އޭރު މިދެފަރާތުގެ ގުޅުން ވަރަށް ނުރައްކާތެރި ފައްތަރެއްގައި އޮތުމާއިއެކު، މި މުޢާހަދާގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ޞުލްޙަ ގާއިމްވެގެންދިޔައެވެ.