ޕްލެނެޓްތަކާއި ތަރިތަކާއި ހަނދުތައް ދަތުރު ކުރުން

ކިޔާފައިވާ ޢަދަދު: 2691
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް

ވަރަށް މަދު އަހަރުތަކެއް ކުރިން ހޯދިފައިވާ ގޮތުގައި އަހަރެމެން އިންސާނުން ބިންމަތީގައި ހުރެގެން އެއްގޮތަކަށްވެސް އެއްވެސް ތަރިއެއް ނުފެނެއެވެ. އެކަމަކު އަހަރެމެންނަށް މިފެންނަނީ ތަރިތައް ދަތުރުކޮށްފައިވާ ރޮނގު ނުވަތަ އެތަރި ހުންނަ ތަންތަނެވެ. މިގޮތުން އަހަރެމެންނާ އެންމެ ކައިރީގައިވާ އިރުން ފޮނުވައިދޭ އަލި އަހަރެމެންނާ ހަމަޔަށް މި އަންނަނީ އަށްމިނިޓް ވިހި ސިކުންތުންނެވެ. އަދި އިރުދަނީ ސިކުންތަކު 19.4 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރަމުންނެވެ. އެހެންވީމާ އަހަރެމެންނަށް ފެންނަނީ އިރު ކުރިން ހުރިތަންތަނެވެ. އަދި އިރު މިގެލެކްސީގެ މެދު ވަށައިގެން ސިކުންތަކު 220 ކިލޯމީޓަރުގެ ބާރު މިނުގައި އިރު ދަތުރު ކުރެއެވެ.

ބޮޑު އެއްކުރެއްވުން ނުވަތަ ބިގް ކްރަންޗް ތިޔަރީ

ކިޔާފައިވާ ޢަދަދު: 2571
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް
ޢިލްމުވެރިން ދެކިލައްވާގޮތުގައި މިކައުނު ފުޅާވަމުންދާ ފުޅާވުން އަބަދަށް ދެމިގެންވާ ކަމެއް ކަމުގައި ނުވާނެއެވެ. މިފުޅާވުމަށް ނިމުމެއް އަންނަ ދުވަސް އަންނާނެއެވެ. ސަބަބަކީ މި ފުޅާވާ ފުޅާވުމަކީ ބިގްބޭންގް ނުވަތަ ބޮޑުގޮވުމުގެ ސަބަބުން އެތިކޮޅުތައް ބުރަބުރައިގެންދާ ދިޔުމެވެ.
 

ޔޫ.އެން. ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ރާއްޖެއަށް ޙައްޤުބާ؟

ކިޔާފައިވާ ޢަދަދު: 2986
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު މުއުމިން
އ.ދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ ކައުންސިލްގެ މެންބަރުކަމަށް ދެވަނަ ފަހަރަށް ދިވެހިރާއްޖެ ވަނީ މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އިންތިޚާބުވެފައެވެ. 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާ ކައުންސިލްގެ ދައުރަށް، އޭޝިއާ ޕެސިފިކް ސަރަޙައްދުން ރާއްޖޭގެ އިތުރުން ހޮވިފައިވަނީ ޗައިނާ، ސަޢޫދީ ޢަރަބިޔާ އަދި ވިއެޓްނާމެވެ.

ތަރީގެ ޙަޔާތުގެ މަރުޙަލާތައް

ކިޔާފައިވާ ޢަދަދު: 3188
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް
ކީރިތި ޤުރްއާނުގައި ތަރިތަކުގެ ތަފާތު މަރްޙަލާތަކުގެ ވާހަކަ ބަޔާންކޮށްދެއްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ” وَإِذَا النُّجُومُ انكَدَرَتْ” (سورة التكوير:2) މާނައީ: “އަދި، ތަރިތަކުން އޭގެ އަލިކަންގޮސް ކިލަނބުވެ، އަލި ފަނޑުވެއްޖެ ހިނދެވެ.” އަދިވެސް ވަޙީކުރައްވައެވެ. “فَإِذَا النُّجُومُ طُمِسَتْ” (سورة المرسلات:8) މާނައީ: “ފަހެ، ތަރިތަކުން އޭގެ އަލިކަން ފުހެވިއްޖެ ހިނދެވެ.”

އޭރުގެ ފަތްފުށްތަކުން…. (50)

ކިޔާފައިވާ ޢަދަދު: 133
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

اَلْعِلْمُ وَالْعَمَلُ

حسين صلاح الدين


“އޭރުގެ ފަތްފުށްތަކުން….” މި ސިލްސިލާއަށް 50 ހަމަވީއެވެ. މެދުކެނޑުމެއްނެތި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު، 50 ހަފުތާ ވަންދެން ޝާއިޢުކުރެވުނީތީ އުފާކޮށް މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ޖުމްހޫރީދުވަހުގެ އުފަލާއެކު، މާޔޫސްކަމުގެ ސާލެއްގައި….

ކިޔާފައިވާ ޢަދަދު: 5252
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
މިއަދަކީ އަޅުގަނޑުމެންގެ ފަޚުރުވެރި ޖުމްހޫރީ ދުވަހެވެ. 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދިވެހިން ފެށި ޖުމްހޫރީ ވެރިކަމަށް 45 އަހަރު ފުރޭދުވަހެވެ. ރަސްކަމެއްގެ އާދަކާދާއާއި ވިސްނުން ދޫކޮށް، ދިވެހިން ޖުމްހޫރީ ނިޒާމަކަށް ޤައުމު ދީލާލީ، ހަލަބޮލި ނުތަނަވަސް ދުވަސްތަކެއް ދެކުމަށްފަހުގައެވެ. ތަހުޒީބުގެ ކުލަވަރުން ޤައުމު ކުލަޖައްސަން އެދޭތީއެވެ. އެހެންނަމަވެސް އެ އުންމީދީ އުފާވެރި ތާރީޚަށް 45 އަހަރު ފުރުނު މި ދުވަހު ދިވެހިންގެ ޙާލަތު މިވަނީ އަނެއްކާ ވެސް މާޔޫސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މިއީ ވިސްނައިލަންޖެހޭ ކަމެކެވެ. ތާރީޚަކީ އިޢާދަވާނެ އެއްޗެކެވެ.

ތަޙްނީކު ކުރުމުގެ ފައިދާއަށް ސައެންސް ހެކިވެއްޖެ

ކިޔާފައިވާ ޢަދަދު: 3125
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޢަބްދުﷲ ސަޢީދު
މާބަނޑުގައި ތުއްތު ދަރިފުޅު އޮންނަ ހިނދު އެ ކުއްޖާގެ ޙައްޤުތައް ހިމާޔަތްކޮށްދޭ ފަދައިން، ދުނިޔެއަށް އުފަންވުމާ އެކު، އެ ތުއްތު ދަރިފުޅު ފުރިހަމަ ސިއްހަތެއްގައި ދިރިއުޅުމުގެ ޙައްޤު އެންމެ ފުރިހަމައަށް އަދި އެންމެ ފުރަތަމައަށް ކަށަވަރުކޮށްދިނީ ވެސް އިސްލާމް ދީނެވެ. ޅަފަތުގެ މަރުޙަލާގައި ތުއްތު ދަރިފުޅަށް ކުރިމަތިވާ މާއްދީ އަދި ރޫޙާނީ ހުރިހާ ގެއްލުންތަކުން ސަލާމަތްކުރުމަށް އިސްލާމް ދީނުގައި ތަފާތު އުސޫލުތަކާއި ކަންތައް ކަނޑައެޅިފައިވެއެވެ.

ދިރިއުޅުން އުފާވެރިކުރުވާނީ ކިހިނެއް؟ (2)

ކިޔާފައިވާ ޢަދަދު: 8103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެމީހުންނަށް ފައިދާއެއް ނުކުރެއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިއީ ޑރ. މުޙައްމަދު ޢަބްދުއްރަޙުމާން އަލްޢަރީފީ ލިޔުއްވައިފައިވާ ލިޔުއްވުމެއްގައި ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއްގެ އަވަސް ތަރުޖަމާއެކެވެ.

އެއް ފަހަރަކު އަޅުގަނޑުގެ ފޯނަށް މެސެޖެއް ލިބުނު ހަނދާން އެބަހުއްޓެވެ. އެ މެސެޖްގައި އޮތީ މިހެންނެވެ. “ޢިއްޒަތްތެރި ޝައިޚެވެ! ދަންޖެހުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟”

އަޅުގަނޑަށް މެސެޖް ފޮނުވި ފަރާތާ އަޅުގަނޑު ގުޅައިލީމެވެ. އެއީ ޒުވާން ފިރިހެނެކެވެ. އަޅުގަނޑު ބުނީމެވެ. “މާފުކުރާށެވެ! ތިބާގެ ސުވާލެއް އަޅުގަނޑަކަށް ސާފެއްނުވިއެވެ. އަދި އެއްފަހަރު އެ ސުވާލު ތަކުރާރުކޮށްލެއްވިދާނެހެއްޔެވެ؟”

މިކައުނުގެ ހުރިހާ ދިރުމެއްގެ އަޞްލަކީ ފެނެވެ.

ކިޔާފައިވާ ޢަދަދު: 3303
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް 
ފެނަކީ، ހުރިހާ ދިރުމެއްގެ އަޞްލެވެ. މިކަން ބަޔާން ކުރައްވައި އެންމެހައި ޢާލަމްތަކުގެވެރި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާންގައި ވަޙީކުރައްވާފައިވެއެވެ. “أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ” (سورة الانبياء 30) މާނައީ: “އުޑުތަކާއި ބިންތައް އެއްވެފައިވަނިކޮށް ތިމަން ރަސްކަލާނގެ އެތަކެތި ވަކިވަކި ކުރައްވައި (ނިޒާމު ދެއްވަވައި) ހެއްދެވިކަން ކާފިރުވެގަތް މީހުނަށް ނޭނގެނީ ހެއްޔެވެ؟ އަދި ތިމަން ރަސްކަލާނގެ ހުރިހާ ދިރޭ ތަކެތީގެ ޙަޔާތް، ފެނުން ދެއްވަވައި އުފެއްދެވީމެވެ. ފަހެ، މިފަދަ ނިޢުމަތްތައް ދެއްވުމާއެކުވެސް އެބައިމީހުން އީމާން ނުވަނީ ހެއްޔެވެ؟”

އޭރުގެ ފަތްފުށްތަކުން…. (49)

ކިޔާފައިވާ ޢަދަދު: 182
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عملى حيات ގެ ފިލާވަޅެއް

ދެމަފިރިންނަށް ދެބަސްވާންޖެހެނީ ކީއްވެގެންތަ؟

 ع.ص  


ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު، އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ލިޔުއްވާފައިވާ މި ލިޔުމަކީ، މީގެ 56 އަހަރު ކުރިން ނުކުތް، “جنس اللطيف” މަޖައްލާގެ 3 ވަނަ ޢަދަދު (10 ޛުލްޙިއްޖާ 1378) ން ނަކަލުކޮށްފައިވާ ލިޔުމެކެވެ. ޢަބްދުﷲ ޞާދިޤަކީ، މިވަގުތު ރާއްޖޭގައި ތިއްބެވި ދިވެހި އަދަބީ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ޚާއްޞަ ބޭފުޅެކެވެ. ޢަބްދުﷲ ޞާދިޤަކީ، އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި އޭނާގެ ގަލަންކޮޅު ހިންގަވަމުން ގެންދަވާ ހުނަރުވެރިއެކެވެ. ގިނަ ދަރިވަރުންތަކެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ، އަދި މިހާރުވެސް ހޯއްދަވަމުން ގެންދަވާ، ދިވެހިބަހުގެ ކުޅަދާނަ އުސްތާޛެކެވެ.