ވިތުރީގެ މާތްކަން

ކިޔާފައިވާ ޢަދަދު: 4618

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވިތުރިއަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. ވިތުރިއަކީ ވާޖިބެއް ނޫން ނަމަވެސް އެއީ ގަދަވެގެންވާ ސުންނަތެކެވެ. ކޮންމެ މުސްލިމަކު ވެސް އެނަމާދަށް ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (9)

ކިޔާފައިވާ ޢަދަދު: 5606

ذوالكفلގެފާނު (عليهِ السّلام)

عبدالعزيزجمال أبوبكر

މި ލިޔުން ވިދާޅުވަމުން ގެންދަވާއިރު ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އެރުން އެކަށީގެންވާ ސުވާލަކީ ސަލާމްލެއްވި ޛުލްކިފްލިގެފާނަކީ ނަބީ ބޭކަލެއްތޯ ރަސޫލު ބޭކަލެއްތޯ ނުވަތަ ނޫންތޯ އެވެ. އަޅުގަނޑުގެ ހިތުގައިވެސް ފުރަތަމަ އުފެދުނީ ތިޔަ ސުވާލެވެ.

އައުޓު ސޯސްކުރާން ބޭނުންވަނީ ކިހާ މިންވަރަކަށްހެއްޔެވެ.؟

ކިޔާފައިވާ ޢަދަދު: 2002

މުޙައްމަދު އިސްމާޢީލު ފުޅު، މއ. މާފުނަ

ކަން ފަސޭހަކޮށްލުމުގެ ގޮތުން ނަމަވެސް ނުވަތަ ލިބިފައިވާ އަމިއްލަ ތަނަވަސްކަމަކާއި ފުއްދުންތެރިކަމެއްގެ ނިވަލުގައި ނަމަވެސް ނޫނީ އަމިއްލަ ޖާހާއި ޤަދަރަށް އުނިކަމެއް ލިބިދާނެކަމަށް ކުރެވޭ ހީކުރުންތަކަކާ ގުޅުވައިގެން ނަމަވެސް ފަސޭހަކަމާއެކު އަމިއްލަޔަށް ކޮށްލެވެން ހުންނަ ވަރަށް ގިނަ ކަންތައްތައް އެ ކަންކަމަށް އަގު ކަނޑައަޅައި އެކިއެކި ފަރާތްތަކާ ޙަވާލުކޮށް އެ ކަންކަން ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި ކުރިން ވެސް ކޮށް އުޅުނު ކަންކަމެކެވެ. ޤައުމީ އުފުއްދުންތެރިކަމާ ގުޅުންހުރި ކަންތައްތަކާއި، އިޤްތިޞާދީ ފުއްދުންތެރިކަމާ ގުޅުން ހުރި މަސައްކަތްތަކާއި، ދިވެހި މުޖްތަމަޢަށް އެ ކަމުގެ ސަބަބުން އަސަރަކުރުވަނިވި ވަރަށް ގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނެއެވެ.

ރަމަޟާން މަހަށް އަލްވަދާޢު ކިޔާ އިރު

ކިޔާފައިވާ ޢަދަދު: 3287
އިބްރާހީމު ރަޝީދު މޫސާ
ދުވަސްތައް ބުރު ޖަހަމުން ފާއިތުވަމުން ގޮސް ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވަން ތައްޔާރު ވަނީއެވެ.އެ މަހުގެ ނޫރުތައް ނިވިގެންދާން ކައިރިވަނީއެވެ. އެ މަހުގެ އުޖާލާކަމުން ބެބުޅި ބެބުޅުން  ކަނި ވަނީއެވެ. ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް އިޙްޔާކުރުމުންނާއި އެ ރޭތަކާއި ދުވަސްތަކުގައި  ޤުރްއާނުކިޔެވުމުންނާއި، އެ ރޭތަކާއި ދުވަސްތަކާއި ރޭތަކުގައި ކުރި  އިބްތިހާލުތަކާއި ދުޢާތަކާއި އިޢުތިކާފުތަކުން ފެތުރިގެން ދިޔަ އަލިކަން ނެތިވެ އަދިރިކަމުގެ ތެރެއަށް އަލުން ވެއްޓޭ ވަގުތު ކުޑަތަން ވާ އިރު ހިތަށް ކުރުވާ އަސަރުތަކާ މެދު ވިސްނައިލެއްވީމުތޯއެވެ؟

މުއުމިނުންނަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 4271

ރޯދައިގެ ހަދިޔާ – 29

މުއުމިނުންނަކީ ކޮބާ؟

ޢަބްދުﷲ ނަޢީމު އިބްރާހީމު

މީސްތަކުން މާއްދީ ތަކެއްޗަށް ނަޒަރު ހިންގައި ބަލައި އުޅެއެވެ. މުއުމިނުން އެއިން ކޮންމެ އެއްޗަކުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކޭނެއެވެ. މީސްތަކުން މާއްދީ ތަކެތީގައި އަޅައިގަނެގެން އުޅެގެންފަތެވެ. މުއުމިނުން އެ ތަކެތި ފަސްދީ ގޮސް ﷲ ގެ ވުޖޫދާ ގުޅިގެންފަތެވެ.

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (3)

ކިޔާފައިވާ ޢަދަދު: 3525

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (3)

އިބްރާހީމު ރަޝީދު މޫސާ

ހަވަނަ މުޢުޖިޒާތް: ރޯދަ ހިފާ އިރު ނުކައި ނުބޮއި ހުރުމާއި ޖިންސީ އެދުންތަކުން ދުރުހެލިވެގެން ހުރުމަކީ ޞިއްޙީ ނުރައްކާތަކަކުން ލިބޭ އަމާންކަމެއް

މި ޒަމާނުގެ މެޑިކަލް ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ނުކައި ނުބޮއި ހުރުމަކީ ހށިގަނޑުގައި ފެން މަދުވުމާއި މަޢުދަނީ ލޮނުތައް މަދުވެގެންދާނެ ކަމެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބޭރަށް ހިންގުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ޑިހައިޑްރޭޓް ވެގެން ދަނީ މި ފަދަ ލޮނުތަކާއި ފެންތައް ހަށިގަނޑުން ބޭރުވެގެންދާލެއް ގިނަ ކަމުންނެވެ.

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (2)

ކިޔާފައިވާ ޢަދަދު: 4000
 

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (2)

އިބްރާހީމު ރަޝީދު މޫސާ

ދެވަނަ މުޢުޖިޒާތް : ރޯދައިގެ ސަބަބުން އިންސާނާ،  ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުން

ހޮލްބްރޫކް (Holbrook) ވިދާޅުވާ ގޮތުގައި ”  ރޯދަ ހިފުމަކީ ވަގުތީ ޖާދުވީ ކުޅިވަރެއް ނޫނެވެ. އެކަމަކު އެއީ ރަގަނޅު ޞިއްޙަތަކަށްޓަކައި އޮތް ކަށަވަރު ގަރަންޓީއެކެވެ. ” ޑރ. ލީކް (Liek) ވިދާޅުވާ ގޮތުގައި ރޯދައިގެ ސަބަބުން ހަޖަމުކުރުމަށް ބޭނުންވާ ހަކަތައިގެ ތެރެއިން ވަރަށް ގިނަ ހަކަތަތަކެއް ރައްކައުތެރި ކުރެވެއެވެ. މި ހަކަތަތައް ހަށިގަނޑުގެ އެހެނިހެން ބޭނުންތަކަށް (މިސާލަކަށް ފާރުގަނޑު ހިއްކުމަށާއި ޖަރާސީމުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް)  އިސްތިޢުމާލު  ކުރެވެއެވެ.

އިސްލާމީ އަޅުކަން

ކިޔާފައިވާ ޢަދަދު: 4490

ރޯދައިގެ ހަދިޔާ – 28

އިސްލާމީ އަޅުކަން

ޢަބްދުﷲ ނަޢީމު އިބްރާހީމު
އިސްލާމީ އަޅުކަމުގެ ބޭރުފުށުގެ ސިފައެއް އޮވެއެވެ. ހަމައެޔާއެކު އެ އަޅުކަމުގެ ރޫޙެއް ވެސް އޮވެއެވެ. ޙަޤީޤަތުގައި އިސްލާމީ އަޅުކަމުގެ މައިގަނޑު ބޭނުމަކީ އެ ރޫޙެވެ.

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

ކިޔާފައިވާ ޢަދަދު: 3535
 

ރޯދަހިފުމުގައި ހިމެނޭ ޢިލްމީ ބައެއް މުޢުޖިޒާތްތައް (1)

އިބްރާހީމު ރަޝީދު މޫސާ

މާތްﷲ އެކަލާނގެ އަޅުންގެ މައްޗަށް ފަރްޟުކުރައްވާ ކަންތައްތަކަކީ އެ ކަންތައްތަކުގައި ބޮޑެތި ޙިކްމަތްތަކަކާއި ފައިދާތަކެއް ހިމެނޭ ކަންތައްތަކެކެވެ.

ތަވްޙީދާއި ޝިރްކް

ކިޔާފައިވާ ޢަދަދު: 5399

ރޯދައިގެ ހަދިޔާ – 27

ތަވްޙީދާއި ޝިރްކް

ޢަބްދުﷲ ނަޢީމު އިބްރާހީމު

އިންސާނުންގެ ތެރޭގައި އުޅެނީ ދެވައްތަރެއްގެ އިންސާނުންނެވެ. އެއްބަޔަކީ ﷲގެ މަގުގައި ދިރިއުޅޭ މީހުންނެވެ. އަނެއް ބަޔަކީ ﷲ ނޫން އެހެން ފަރާތެއްގެ މަގުގައި ދިރިއުޅޭ މީހުންނެވެ. ފުރަތަމަ ބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ތަވްޙީދުގެ މައްޗަށެވެ. ދެވަނަބައިގެ މީހުންގެ ދީން ބިނާވެފައި އޮންނަނީ ޝިރްކުގެ މައްޗަށެވެ. ފުރަތަމަ ބައިގައި ހިމެނޭ އިންސާނުންނަކީ މުވައްޙިދުންނެވެ. ދެވަނަބައިގައި ހިމެނޭ އިންސާނުންގެ ނަމަކީ މުޝްރިކުންނެވެ.