ޙައްޖަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 8089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ. އެހެނިހެން އަޅުކަމެކޭ އެއް ފަދައިން ޙައްޖުގެ ޙަޤީޤީ ރޫޙަކީ ވެސް ތަޤްވާ އެވެ.

ޖާހިލިއްޔަ ޒަމާން……..

ކިޔާފައިވާ ޢަދަދު: 6139
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ޖާހިލިއްޔަ ޒަމާނަކީ އިންސާނުން އެމީހުންގެ ބުއްދިއަށް ބިނާކޮށް ހުރިހާކަމެއް ރޭވި ޒަމާނެކެވެ. ހީތަކާއި ވަހުމުތަކަށް ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ދުވަސްވަރެކެވެ. ދިރިއުޅުމުގެ މަންހައްޖު ގެއްލިގޮސް ރަގަނޅާއި ގޯސް ވަކިނުވާ ޙާލަތުގައި ދުނިޔެ އޮތް ދުވަސްވަރެކެވެ. ހެއްދެވި ފަރާތާއި އިލާހުވަންތަކަން ހަނދާން ނެތިކޮށްލި ދުވަސްވަރެކެވެ. ލޮލަށްފެންނަ ފެނުންތަކަށް ބުރެވެ ދިރިއުޅުމުގެ ހުރިހާކަމެއް ބިނާކުރި ޒަމާނެވެ.

ތެދަކީ ކޮބައިތޯ ހޯދުން

ކިޔާފައިވާ ޢަދަދު: 7923
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މި ދުނިޔެ މައްޗަށް ލޯހުޅުވައިލާ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނަން ފަށައެވެ. އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވަންނަ ސުވާލަކީ އަހަރެން މިއީ ކާކުހޭ (?Who am I) މި ސުވާލެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، އެނގިގެން ނުވަތަ ނޭނގިނަމަވެސް، ކޮންމެ މީހެއްގެ ސިކުނޑީގައިވެސް މި ސުވާލު އޮވެއެވެ.

ޤާނޫނާ ޤަވާއިދަކީ ބޭރުފުށުގެ “ދަވާދެއް”

ކިޔާފައިވާ ޢަދަދު: 5035
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ހުރިހާ ކަމަކީ ޤާނޫނާއި ޤަވާއިދުން ހައްލުވާނެ ކަމެއް ނޫނެވެ. މިއީ އިންސާނެއްގެ ބޭރުފުށުގެ ޢަމަލުތައް ތަހަައްމަލުކޮށް ތަރުބިއްޔަތުކުރުމުގައި މުހިންމު އެއްޗެކެވެ. އެހެންނަމަވެސް އިންސާނީ ފިޠުރަތު ރޭވިފައިވާގޮތުން އިންސާނެއްގެ ހަމަޖެހުމާއި އުޅުމާއި ހަމަތައް ބިނާވެގެންދާ ހަމައެކަނި އުސޫލުތަކީ ޤާނޫނާއި ޤަވައިދެއް ނޫނެވެ. އަދި ޢިލްމުކަމުގައިވެސް ދެކިގެން ނުވާނެއެވެ. ސަބަބަކަށްވަނީ މި ބައިތަކުން އޮމާންކޮށް ވަރުނީސްކުރަނީ އިންސާނުން ބޭރުފުށުން ފެންނަ ގޮތްކަމުގައިވުމެވެ.

އެއްބައިވަންތަކަމުގެ ޝަރުޠު

ކިޔާފައިވާ ޢަދަދު: 7669
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިސްލާމީ ހަތަރު ވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ ދުވަސްވަރު މުސްލިމުންގެ އިޖްތިމާޢިއްޔަތު ނުވަތަ އެއްބައެއްވަންތަކަން އޮތީ ގެއްލިފައެވެ. މުސްލިމުންގެ މެދުގައި ޚިލާފު އުފެދެން ފަށާފައެވެ. އެ ދުވަސްވަރު އެއް ދުވަހަކު މީހަކު އައިސް ޢަލީ ރަޟިޔަﷲ ޢަންހު އަށް ދަންނަވައިފިއެވެ. އަބޫބަކުރުގެފާނާއި، ޢުމަރުގެފާނުގެ ދުވަސްވަރު އިސްލާމީ ދުނިޔެ އޮތީ އެކަތިގަނޑަކަށެވެ. ކަލޭގެފާނުގެ ދުވަސްވަރު މި އޮތީ ބައިބައި ވެފައެވެ. އެއީ ކީއްވެގެންތޯއެވެ؟ ޢަލީ ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. لان ابابكروعمركانا واليين على مثلى وانااليوم وال على مثلك މާނައަކީ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާ ދެބޭކަލުން ވެރިކަން ކުރެއްވީ އަހަރެމެން ކަހަލަ މީހުންގެ މައްޗަށެވެ. އަހަރެން މި ވެރިކަން ކުރަނީ ކަލޭކަހަލަ މީހުންގެ މައްޗަށެވެ.

ޤާޟީކަމަކީ ހައިބަތުހުރި ޒިންމާދާރު މަސައްކަތެއް

ކިޔާފައިވާ ޢަދަދު: 5366
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަލްއިމާމް ޒުހުރީ ވިދާޅުވެފައެވެ. ތިން ސިފައެއްހުރެއްޖެ މީހަކީ ޤާޟީކަމަށް ކުފޫހަމަވާ މީހެއް ނޫނެވެ. އެގޮތުން އެސިފަތަށް ބަޔާންކޮށް ދެއްވަމުން ވިދާޅުވެފައިވާ ސިފަތަކުގެ ތެރޭގައި، މީސްތަކުން ކޮށްފާނެ މަލާމާތަކަށް ޖެހިލުންވެ ފިނޑިވުމާއި އެހެންމީހުންގެ ސަނާއާއި ތަޢުރީފު ހޯދުމަށް މަސައްކަތްކުރުމާއި ޤާޟީކަމުގެ މަޤާމުން ވަކިކޮށްފާނެކަމުގެ ބިރު އޮތުން އަދި އެކަމަށް ފަސްޖެހުން ހިމަނުންވާފައިވެއެވެ.

އޭރުގެ ފަތްފުށްތަކުން……(44)

ކިޔާފައިވާ ޢަދަދު: 2775
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެނަށް ކެހިދޭ ދުނިޔެ

الشيخ عبدالله سعيد


އައްޝައިޚް ޢަބްދުﷲ ސަޢީދު (ރަޙިމަހުﷲ)އަކީ، ޏ.ފުވައްމުލަކަށް އުފަން ޢިލްމުވެރިއެކެވެ. އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ، އިންޑިޔާއިންނެވެ. އެ މަނިކުފާނުވަނީ، ރާއްޖޭގައި ނުކުތް ތަފާތު ނޫސް މަޖައްލާތަކަށް ލިޔުއްވައިފައެވެ.

އައްޝައިޚް ޢަބްދުﷲ ސަޢީދަކީ، މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަމާއި އެނޫން ވެސް ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނުވަނީ، އެމަނިކުފާނުގެ ގޭގައި އާދެ! ފުވައްމުލަކު މާދަޑުގޭގައި މަކްތަބެއް އުފައްދަވައިގެން ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު ވެސް ކުރައްވައިފައެވެ.

ގޭ ދޮރުމަތިން ފެންނަ ކޮތަޅު

ކިޔާފައިވާ ޢަދަދު: 2650
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކޮމަންޑޫ ޢަލީ އިބުރާހީމް
މާލެއަކީ ދޭސީންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ނިޞްބަތުން އަވަށްޓެރި ގައުމުތަކުގެ މަސައްކަތު މީހުން އައިސް އުޅޭ ތަނެކެވެ. ޚާއްޞަކޮށް ބަގުލަދޭޝްގެ ރައްޔިތުން (ބަންގާޅީން) ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ތަނެކެވެ.

އިސްލާމް ދީނުގައި ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުން

ކިޔާފައިވާ ޢަދަދު: 6990
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދެ އަތްނބަށް މީހުނާ އިނުން ނުވަތަ ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ މައްސަލައިގައި އިސްލާމީ ދުނިޔެއަށް ވަނީ ކުށްހީ އާއި، އޮޅުންތައް ވެރިވެފައެވެ. އަންހެނުންނާއި، ފިރިހެނުން ވަނީ އިސްލާމް ދީނުގައި ލައްވައިފައިވާ ނުހަނު ރީތި، ރަނގަޅު އާދައެއް ދޫކޮށްލުމަށް ފަހު ކާފަރުންގެ އުސޫލުތަކުގައި ހިފަހައްޓަން ފަށައިފައެވެ.