ފިޠުރު ޒަކާތުގެ މަސް

ކިޔާފައިވާ ޢަދަދު: 5220
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ
ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފުމަށްފަހު ޝައްވާލުމަހުގެ ހަނދު ފެނުމުން މުސްލިމުން ކުރިމަތިލާނީ ފިޠުރުޢީދަށެވެ. އެއީ މާތްﷲ މުސްލިމުންނަށް ދެއްވާފައިވާ ދެޢީދުގެ ތެރެއިން ފުރަތަމަ ޢީދެވެ. އެއީ ރަމަޟާން މަހުގައި ފަރްޟުރޯދަ ހިފުމުގައި މާތްﷲ ދެއްވި ހެޔޮ ތަވްފީޤަށް ޝުކްރުދެންނެވުމާއި އެކަލާނގެ ކުރަން އެންގެވިކަމެއް ކުރެވުނީތީ އެކަމަށް އުފާ ފާޅުކުރާ ދުވަހެވެ. އެދުވަހުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުން ބައިވެރި ކުރުމަށްޓަކައި މާތްﷲ ފިޠުރުޒަކާތޭ ކިޔާ އެއްޗެއް ފަރްޟު ކުރެއްވިއެވެ.

އަޖަމީންނަށް ކީރިތި ޤުރްއާން ތައާރަފު ކޮށްދެއްވި މުތަރުޖިމް

ކިޔާފައިވާ ޢަދަދު: 7771
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
މުޙައްމަދް މާމަޑިޔުކް ޕިކްތޯލް Muhammad MarmadukePickthal (1875 – 1936) އެންމެ ބޮޑަށް އިސްލާމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ކީރިތި ޤުރްއާން އިނގިރޭސި ބަހަށް ތަރުޖަމާ ކުރެއްވި އިސް ބޭކަލެއްގެ ގޮތުގައެވެ. ޕިކްތޯލްގެ ތަރުޖަމާ އެންމެ ފުރަތަމަ ޝާއިޢު ކުރެވިފައިވަނީ  1930 ގައެވެ.

މަތިވެރި ކާމިޔާބީތަކުގެ މަސް

ކިޔާފައިވާ ޢަދަދު: 5621
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަމަޟާން މަސް

މަތިވެރި ކާމިޔާބީތަކުގެ މަސް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމީ  ތާރީޚުގައި ރަމަޟާންމަހަކީ ކާމިޔާބުތަކުން ފުރިގެންވާ މަހެކެވެ. ކީރިތިރަސޫލާގެ ޒަމާނުން ފެށިގެން އަދި އަދާ ޖެހެންދެންވެސް މެއެވެ.މިތާނގައި ފާހަގަކޮށް މިލަނީ ރަމަޟާންމަހުގައި މުސްލިމުންނަށް ލިބިފައިވާ ބައެއް ކަމިޔާބީތަކެވެ.

1-ބަދްރުހަނގުރާމަ: ހިޖްރައިން 2 ވަނަ އަހަރުގެރަމަޟާންމަހުގައިހިނގާފައިވާ ހަނގުރާމައަކީ ޙައްޤާ ބާޠިލު ވަކިވެގެންދިޔަ މުހިއްމު ހަނގުރާމައެވެ. يوم الفرقانގެ ނަން ލިބިގެންވާ ބަދްރުހަނގުރާމަ ހިނގީ އެއަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހުއެވެ. މުސްލިމުންގެ ޢަދަދު މަދުކަމާއި އެމީހުންގެ އަތުގައިހުރި ހަތިޔާރުގެ ބަލިކަށިކަމާ އެކުގައިވެސް ނަޞްރު ލިބުނީ  މުސްލިމުންނަށެވެ. އެމީހުންގެ އީމާންކަމުގެ  ސަބަބުންނެވެ. އެމީހުންގެ އިޚްލާޞްތެރިކަމާއި ވެރިޔާއަށް ކިޔަމަންގަތުމުގެ ބޮޑުކަމުންނެވެ. އެމީހުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ސަބަބުންނެވެ.

ރަމަޟާން މަސް އިޙްޔާކުރުމަށް ލުއި ޕްރޮގްރާމެއް (2)

ކިޔާފައިވާ ޢަދަދު: 4911
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ހެޔޮވިސްނުން ލިބިގެންވާ ކޮންމެމީހަކު ބަރަކާތްތެރި ރަމަޟާންމަހުގެ ބޭނުން  ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ކުރާނެއެވެ. އެމަހުގެ ކޮންމެ ދުވަހަކީވެސް، އަދި ކީއްތޯއެވެ؟ އެމަހުގެ ކޮންމެ ވަގުތުކޮޅަކީވެސް ﷲގެ ޙަޟްރަތަށް  ކުއްތަންވުމަށްޓަކައި، ﷲގެ ރުއްސެވުމާއި ފުއްސެވުން  ހޯދުމަށްޓަކައި، މަސައްކަތްކުރަން ލިބިފައިވާ ރަނގަޅު ފުރްޞަތެކެވެ. ﷲއަށް ކިޔަމަންގަތުމާއި ތަފާތު އަޅުކަންތަކުން އެކަލާނގެ ވަޖްހުފުޅު އަދައިގެން ޢަމަލުތައް ގިނަކުރަންވީ ވަގުތުތަކެކެވެ.
 

އިސްލާންވީ މައިންބަފައިންނަށް އޯގާތެރިވުމަށް އިސްލާން ދީން ނަސޭހަތްތެރިވާ ވަރުންނެވެ.

ކިޔާފައިވާ ޢަދަދު: 7989
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“الدعوة ”  މަޖައްލާއިން. ކިޔައިދެއްވީ أم عبد الملك
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެންމެ ފުރަތަމަ އިސްލާންދީނުގެ މައުލޫމާތުކޮޅެއް އަހަންނަށް އަޑުއިވުނީ، ޓީވީ ބަލަން އިންދައެވެ. އިވުނު އެއްޗަކުން، މަލާމާތުގެ ރާގަކަށް ހީލީމެވެ. އޭގެ އެއް އަހަރު ފަހުން އިސްލާމެއްގެ ގާތުން އިސްލާން ދީނާއި ބެހޭ މައުލޫމާތު އަމިއްލަ އަށް އިސްނަގައިގެން ހޯދީމެވެ! އެކަން ދިމާވީ އަހަރެން މަސައްކަތްކުރި ހޮސްޕިޓަލެއްގައެވެ.

ރަމަޟާން މަސް އިޙްޔާކުރުމަށް ލުއި ޕްރޮގްރާމެއް (1)

ކިޔާފައިވާ ޢަދަދު: 4719
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ހެޔޮވިސްނުން ލިބިގެންވާ ކޮންމެމީހަކު ބަރަކާތްތެރި ރަމަޟާންމަހުގެ ބޭނުން  ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ކުރާނެއެވެ. އެމަހުގެ ކޮންމެ ދުވަހަކީވެސް، އަދި ކީއްތޯއެވެ؟ އެމަހުގެ ކޮންމެ ވަގުތުކޮޅަކީވެސް ﷲގެ ޙަޟްރަތަށް  ކުއްތަންވުމަށްޓަކައި، ﷲގެ ރުއްސެވުމާއި ފުއްސެވުން  ހޯދުމަށްޓަކައި، މަސައްކަތްކުރަން ލިބިފައިވާ ރަނގަޅު ފުރްޞަތެކެވެ. ﷲއަށް ކިޔަމަންގަތުމާއި ތަފާތު އަޅުކަންތަކުން އެކަލާނގެ ވަޖްހުފުޅު އަދައިގެން ޢަމަލުތައް ގިނަކުރަންވީ ވަގުތުތަކެކެވެ.

ވިސްނުން ތޫނު، ކެރޭ އަންހެނެއް

ކިޔާފައިވާ ޢަދަދު: 7754
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ވިސްނުން ތޫނު، ކެރޭ އަންހެނެއް

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެއްދުވަހަކު ޢުމަރު – رضي الله عنه- މިންބަރަށް އަރާވަޑައިގެން ޚުތުބާ ދެއްވަމުން ކާވެނީގެ ރަން ކިޔާއިރު އިންނަން އުޅޭ ފިރިހެންމީހާގެ އަތުން މާ ބޮޑެތި އަދަދު ނުހޯދުމަށް އަންހެނުންގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. ވިދާޅުވީ، ކީރިތި ރަސުލާ އާއި އެކަލޭގެ ފާނުގެ މާތް ސަހާބީންވެސް 400 ދިރުހަމަށްވުރެ ގިނައިން ކާވެނީގެ ރަނުގެ ގޮތުގައި ދެއްވާފައި ނުވާ ކަމުގައެވެ.

ލައިލަތުލްޤަދްރީގެ މަސް

ކިޔާފައިވާ ޢަދަދު: 5430
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރަމަޟާންމަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ނަމަކަށް ކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެއް އެމަހުގައި ލެއްވުން ހިމެނެއެވެ.
އެއީ މާތްﷲގެ ޙަޟްރަތުގައި ޤަދަރު މަތިވެރި ވެގެންވާ ރެއެކެވެ. އެރެއަށް މިނަން ދެއްވީ މާތްﷲ އެވެ.
އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ ކީއްވެގެންތޯއެވެ. ދަންނަ ބޭކަލުން ވިދާޅުވަނީ އެ ރެއަށް “لَيْلَةُ الْقَدْر” އޭ ކިޔުނީ:

ދަރިކަލުންގެ ސުވާލު

ކިޔާފައިވާ ޢަދަދު: 8022
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދަރިކަލުންގެ ސުވާލު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަމީރުލް މުއުމިނީން عمر بن عبد العزيز (رضي الله عنه) އަކީ އަޅުގަނޑުމެން އަބަދުވެސް އަޑުއަހަމުން އަންނަފަދައިން، ވިސްނުންފުޅު ތޫނު، އިންސާފުވެރި އަދި އެހައިމެ އޯގާވެރި ޙާކިމެކެވެ. އެއްދުވަހަކު عمر بن عبد العزيز (رضي الله عنه) ގެ ފިރިހެން ބޭފުޅަކު ދެންނެވިއެވެ. ބައްޕާއެވެ! ބަައެއް ކަންތަކުގައި މާބޮޑަށް ބައްޕަ ރައްޔިތުންނަށް ދޫދެއްވަނީ ކީއްވެތޯއެވެ؟ މާތް ﷲ ގަންދީ ދަންނަވަމެވެ! އަޅުގަނޑު ނަމަ، ހައްގު މަގުގައި އެއްވެސް މީހަކު ދެކެ ބިރެއް ނުގަތީމުހެވެ!

ހާރު ނުކެއުން

ކިޔާފައިވާ ޢަދަދު: 4823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން…

ހާރު ނުކެއުން

އިބްރާހީމު ރަޝީދު މޫސާ
   

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.