ވަގުތު ބޭކާރު ނުކުރުން

ކިޔާފައިވާ ޢަދަދު: 4562
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން

ވަގުތު ބޭކާރު ނުކުރުން

އިބްރާހީމު ރަޝީދު މޫސާ

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.

ކާބޯތަކެތި އިސްރާފުކުރުން

ކިޔާފައިވާ ޢަދަދު: 5256
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން..

ކާބޯތަކެތި އިސްރާފުކުރުން

އިބްރާހީމު ރަޝީދު މޫސާ
   

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.

ބަދްރު ހަނގުރާމައިގެ ދަރުސްތަކުގެ ތެރެއިން

ކިޔާފައިވާ ޢަދަދު: 4532
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ބަދްރު ހަނގުރާމައި ގައި މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑުކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއް ކުރަން ތައްޔާރުވެގެނެއް  ވެސް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލައި އިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ނޫނެވެ. ރަމަޟާންމަސް ކަމުގައިވާތީއެވެ.
 

ބަދްރު ހަނގުރާމައިގެ ފިލާވަޅުތަކުގެ ތެރެއިން …

ކިޔާފައިވާ ޢަދަދު: 4815
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝޫރާގެ މުހިއްމުކަން

އިބްރާހީމު ރަޝީދު މޫސާ

ބަދްރުހަނގުރާމައަކީ  އިސްލާމީއުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެވެސް މަލަތައް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. ހިޖްރައިން 2ވަނަ އަހަރުގެ ރަމަޟާންމަހުގެ 17ވީ ހުކުރުދުވަހު ހެނދުނު ހިނގި މިހަނގުރާމައިގެ  ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު ކުރެހެން ފެށުނެވެ. އަދި ހަމަ އެއާ އެކު  މުޅިދުނިޔޭގެ ޗާޓުވެސް އަލުން ކުރެހެން ފެށުނެވެ. ކީރިތިޤުރްއާން ބުނާގޮތުގައި އެއީ “يَوْمَ الْفُرْقَانِ “)(سورة الأنفال : 41)މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.) އެވެ. ނުވަތަ އެއީ “يَوْمَ الْتَقَى الْجَمْعَانِ )(سورة الأنفال : 41) މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް)  އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ “غَزْوَةُ بَدْرِ الكُبْرَى” (ބަދްރުގެ ބޮޑުހަނގުރާމަ)  އެވެ.

ރޯދައަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫން

ކިޔާފައިވާ ޢަދަދު: 4709
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ عليه الصلاة والسلامޙަދީޘްކުރައްވަނީ “لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ فَقَطْ. إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ. فَإِنْ سَابَّكَ أَحَدٌ أَوْ جَهِلَ عَلَيْكَ فَقَلْ : إِنِّى صَائِمٌ  (رواه البيهقى والحاكم وابن خزيمة)
 

ކުޑަކުދިން ލައްވައި ރޯދަހިއްޕުވަން ފަށާނީ ކޮންއިރަކު؟

ކިޔާފައިވާ ޢަދަދު: 4636
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ބުއްދިސަލާމަތުންހުރި ބާލިޣު ކޮންމެމުސްލިމެއްގެ މައްޗަށް ރަމަޟާންމަހުގައި ރޯދަހިފުމަކީ  ވާޖިބުވެގެންވާ ކަމެކެވެ. އެހެންކަމުން ބާލިޣުނުވާ ކުޑަކުދިންގެ މައްޗަށް ރޯދަހިފުމަކީ ވާޖިބުކަމެއްނޫނެވެ.
 
ކީރިތިރަސޫލާ  ބަޔާންކުރައްވާފައިވގޮތުގައި  ތިންބައެއްގެ މައްޗަށް ދީނީއެއްވެސް ތަކްލީފެއް ނޯންނާނެއެވެ. އޭގެތެރޭގައި ހިމެނޭ އެއްބަޔަކީ ކުޑަކުދިންނެވެ. އެކުދިންގެ މައްޗަށް ދީނީކަންތައްތައް ވާޖިބުވާނީ  އެކުދިންބާލިޣުވުމުންނެވެ. ނުވަތަބޮޑުވުމުންނެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ “رُفِعَ الْقَلَمُ عَنْ ثَلاَثٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّبِىِّ حَتَّى يَحْتَلِمَ ، وَعَنِ الْمَجْنُونِ حَتَّى يُفِيقَ (رواه أبو داود والبيهقى والنسائى والحاكم وأحمد وابن خزيمة). މާނައަކީ :ތިންމީހެއްގެ ކިބައިން މާފުކުރެއްވިގެންވެއެވެ. ނިދާފައި އޮތްމީހާ ހޭލައްޖައުމަށްދާންދެނާއި ، ކުޑަކުއްޖާ ބާލިޣުވެއްޖައުމަށްދާންދެނާއި، މޮޔަމީހާ ހޭއަރައްޖައުމަށް ދާންދެނެވެ.” ޖުމްހޫރުޢިލްމުވެރިން ވިދާޅުވާގޮތުގައި ކުޑަކުއްޖާ ބާލިޣުވާ ޢުމުރަކީ ހަނދުމަހުން ފަނަރައަހަރު ވުމެވެ.

ރަމަޟާން މަސް އިޙްޔާކުރުން … ޤުރްއާން ކިޔެވުން

ކިޔާފައިވާ ޢަދަދު: 5527
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވަނީ ” مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه مسلم والبيهقى والنسائى والترمذى والدارمى) މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ސަވާބަށް އެދި ރަމަޟާންމަސް ދިރުވިމީހާގެ އިސްވެދިޔަހާ ފާފަތަކާއި  ކުރިއަށް އޮތްހައި ފާފަތައް ފުއްސަވާދެއްވާނެތެވެ.”

މަޣުރިބު ނަމާދު ކުރާއިރު މިސްކިތު ކުޑަދޮރުން އިރު ފެނެއެވެ!

ކިޔާފައިވާ ޢަދަދު: 7587
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަން މި ދިވެހިރާއްޖޭގައި، އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު އެއްދުވަހުން އަނެއް ދުވަހަށް މާބޮޑު ތަފާތެއް ނެތި ވަރަށް ފަސޭހަ ކަމާއި އެކު ހަމަ ލޮލަށް ފެނެއެވެ. ޖޯގްރަފީގޮތުން ދުނިޔޭގެ ދެބައި ހަމަވާ ހިސާބުގައި ދިރިއުޅެވޭތީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އިސްލާން ދީން މެދުއިރުމަތިންފެށިގެން ފެތުރެމުން ދިޔައީވެސް އިރުމައްޗަށާއި  ހުޅަނގަށެވެ. ދާދި ފަހަކާއި ޖެހެންދެން،  މާ އުތުރަށާއި އެންމެ ދެކުނަށްވުރެ މެދު ތެރޭގައޭ ދެންނެވޭ ކަހަލަ ގޮތަކަށް މުސްލިމުން ދިރިއުޅެމުން އައިސްފައިވެއެވެ. ހޫނު މޫސުމުގައި ދުވާލެއްގެ ދިގުމިން 16 ގަޑިއިރަށް ދެމިގެން ދިޔަޔަސް މުސްލިމުން ހަމަ ރޯދަ ހިފަމުން ދިޔައީ ހަމަ އިރު އޮއްސެންދެންނެވެ.

ރޯދައާއި ދުޅަހެޔޮކަން

ކިޔާފައިވާ ޢަދަދު: 4965
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި  ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި  ބޭސްތަކުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ. މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ.
 

ރިވެތި އަޚްލާގުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 3814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ކީރިތި ރަސޫލާގެ ނިބޫ ކާފަ ދެ ދަރިކަލުން، ތުއްޕުޅު އަލްޙަސަން އާއި އަލްހުސެއިން، މި ދެބެން އެއްދުވަހަކު ނަމާދަށް ވަޑައިގަތެވެ. އެ ދެބޭފުޅުންނަށްމެ ފާހަގަ ކުރެއްވުނީ މިސްކިތްދޮށުގައި ވުޟޫ ކުރަން ހުރި އުމުރުން ދޮށީ ފިރިހެނެކެވެ. ފަހަރުގައި އަލަށް އިސްލާންވި މީހަކަށް ވުންވެސް އެކަށީގެންވެއެވެ. އެ ދެބެންނަށްވެސް ފާހަގަ ކުރެއްވުނީ އޭނާ ވުޟޫ ކުރަނީ ނުބައިކޮން ކަމުގައެވެ!