އިސްލާމް ދީނަކީ ހަމައެކަނި ދީނެއްނޫނެވެ.

ކިޔާފައިވާ ޢަދަދު: 3771
ޙަސަން ޒަހީން
އިސްލާމްދީނަކީ ހަމައެކަނި ދީނެއްނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާކަމަކަށް ހައްލު ހޯދައިދީފައިވާ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީނާ ބީރައްޓެހި، އިސްލާމް ދީން ނުދަންނަ މީހުން ޤަބޫލުކުރާ ގޮތުގައި ދީނާއި ދައުލަތަކީ ދޭއްޗެކެވެ. ސިޔާސަތަކީ ރައްޔިތުންގެ ޙައްޤުތައް ހޯދަދިނުމަށް ގައުމުތަކުގެ ވެރީންގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެވެ. އެ ކަންކަން ފުރިހަކޮށްދިނުމުގައި ދީނެއް ބޭނުމެއް ނުވާނެއެވެ. މިއީ އަލްމާނީ ފިކުރުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތެވެ. އެހެންނަމަވެސް އިލްމާއި ފިކުރު ހެޔޮ ގޮތުގައި ބޭނުންކުރާ ޣައިރު މުސްލިމުންވެސް ޤަބޫލުކުރާ ގޮތުގައި އިސްލާމް ދީނުގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ބަޔާންވެގެން ވެއެވެ.

ތަރައްޤީވުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 2067
ޢަބްދުﷲ މުޞްލިޙް

ބަހުގެ ގޮތުން ބަލާއިރު ތަރައްޤީވުމަކީ “ތަނެއް ނުވަތަ ކަމެއް ކުރިޔަށް ދާދިއުން ނުވަތަ ހެޔޮބަދަލުތައް އަންނަ އައުމެވެ.” މި ގޮތުން ބަލާއިރު “ތަރައްޤީ” މި ބަހަކީ ވަރަށް ފުޅާ މާނައެއް ނެގިދާނެ ބަހެކެވެ. އެގޮތުން ދީނީ ގޮތުން ތަރައްޤީވުމާއި ޢިލްމީ ގޮތުން ތަރައްޤީވުމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ތަރައްޤީވުން ހިމެނެއެވެ.

ދިވެއްސަކަށްވީތީ ފޚުރުވެރިވާނަން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1015

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

އަޅުގަނޑުމެންނަކީ ދިވެހި ލެޔާއި ގުޅިފައިވާ ދިވެހި ވަންތަ ބަޔެކެވެ. ދިވެހިންނަށް ވީތީ ފަހުރުވެރިވާ ބަޔެކެވެ. ދިވެހި ޤައުމިއްޔަތެއްގެ އަހްލުވެރި ބަޔެކެވެ. އަޅުގަނޑުމެންގެ ލެޔާ ގުޅިފައިވަނީ މި ދިވެހި ވަންތަކަމާއެވެ. ދިވެހިންގެ އެއްބައިވަންތަކަމާއެެވެ. އަޅުގަނޑުމެންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ދިވެހިވަންތަ ދިވެހި ދަރިންތަކެކެވެ. މިއީ ދިވެހި ޤައުމެވެ. މަގޭ ގައުމެވެ. މަގޭ ރާއްޖެއެވެ. މަގޭ އާދަކާދައެވެ. މަގޭ ސަގާފަތެވެ.

ރިވެތި އަޚްލާޤް ގެ ވެރީންނާއި އެ ނޫން މީހުންގެ ސިފަތައް

ކިޔާފައިވާ ޢަދަދު: 4344
ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދަރިފުޅު މަންމަގެ އުނގުން ތެދުވެ، އަމިއްލަ ދެފައިން ހިނގައިގަންނަ އިރު އޭނާ ލައްވަން ތައްޔާރު ކުރަންވާނީ، ހެޔޮ ލަފާ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަކަން ފެންނަ ފަދަ ރީތި ހެދުމެކެވެ. އެއަށްފަހު، އޭނާގެ ތަޢުލީމު ބިނާވާންވާނީ،އިސްލާމީ ރީތި އަޚްލާޤުގެ ބިންގާ މަތީގައެވެ. އޭނާގެ މުޅި ޙަޔާތުގެ އޮނިގަނޑު ހިފެހެއްޓިފައި ހުންނަންވާނީ، ހަރުދަނާ، ގޮތް ހުރި ތަރްބިއްޔަތުގެ ތަނބުތަކެއްގެ މަތީގައެވެ. އާދޭހެވެ. އެ ގޮތަށް ބޮޑެތިވާ ކުދިން، އެ ކުދިންގެ އެންމެ ފުރަތަމަ ވާޖިބަކަށް ހަދާނީ މައިން ބަފައިންގެ ބަސްއެހުމެވެ. އުމުރުން ދޮށީ މީހުންނަށް ޤަދަރު ކުރުމެވެ. ކިޔެވުމުގެ ބޭނުމެއް ހިފޭނީ އޭރުންނެވެ. ކިތަންމެވަރަކަށް ކިޔަވައި ދިނަސް،ޑިގްރީ މައްޗަށް ޑިގްރީ ނަންގުވައި، ސަތޭކަ ޑިގްރީ ހަމަ ކުރުވިޔަސް، އޭނާ ހުރީ ތަރްބަވީ ގޮތުން ފޭލް ވެފައި ކަމަށް ވާނަމަ، އޭނާގެ މުޖްތަމަޢު އޭނާ ބަލައެއް ނުގަންނާނެ އެވެ. އޭނާއަކަށް ދުވަހަކުވެސް ހަރުދަނާ ދިރިއުޅުމެއް ނުލިބޭނެ އެވެ.
  

އިޚްލާޞްތެރި ވުމަކީ ޟަރޫރަތެކެވެ.

ކިޔާފައިވާ ޢަދަދު: 2165
އިބްރާހީމް މާހިރު
އިސްލާމީ ޢަޤީދާއާއި ޝަރީޢަތާއި ޙަޟާރަތާއެކު ދުނިޔޭގެ ދަތުރުގެ ހުންގާނަށް އިސްލާމްދީން ގެނައުމަށް މަސައްކަތް ކުރުމަކީ ﷲ އަށް ކުއްތަން ވުމަށްޓަކައި ކުރެވޭ އަޅުކަމެކެވެ. އެއީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ. މިއަޅުކަމުގައި އަދި މިޖިހާދުގައި އެކަލާނގެއަށް ނިޔަތް ޚާލިޞް ކުރުމަކީ އެކަން އެކަލާނގެ ޙަޟްރަތުގައި ޤަބޫލުވުމަށްޓަކައި ލާޒިމު ކަމެވެ. އެކަމުގެ ތެރެއަށް އެނޫން ނިޔަތެއް ވަދެއްޖެނަމަ ޢަމަލު ފާސިދުވެ، ނަފްސު ކިލަނބުވެ، ސަފުތައް ބަލިކަށިވެ، އުޖޫރަ ގެއްލިދާނެތެވެ. އިޚްލާޞްތެރި ނިޔަތުގެ ސަބަބުން، ޢަމަލު އިޞްލާޙުވެ، ޢަޒުމު ވަރުގަދަވެ، މަގު ތަނަވަސްވެ، ހުރަސްތައް ނައްތާލުމަށް އެހީތެރިކަން ލިބޭނެއެވެ. ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ. “إن يريدا إصلاحا يوفق الله بينهما” މާނައަކީ: “ޞުލްޙަކުރުމަށް އެދެމީހުން ޤަޞްދުކުރާނަމަ ﷲ އެދެމީހުން ޞުލްޙަކުރައްވައި އެއްބަސްކުރައްވަފާނެތެވެ”. މިއާޔަތުން އެނގޭގޮތުން، ޢަޒުމާއި ނިޔަތަކީ ކަމެއް ފުރިހަމަކުރުމަށް މުހިއްމު ކަމެކެވެ. އެއީ ﷲގެ ޙަޟްރަތުން އެކަމެއް ފުރިހަމަ ވުމަށް ތައުފީޤު ލިބުމުގެ ސަބަބެކެވެ.

ހުކުރުދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 2119
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފުތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ” (رواه مسلم) މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.

އެންމެ ފުރަތަމަ ބިނާކުރަން ޖެހެނީ އިންސާނާ އެވެ!

ކިޔާފައިވާ ޢަދަދު: 2791

އިބްރާހީމް މާހިރު

ޤަދީމީ ޗައިނާ މީހުން އެމީހުންގެ ޢަދުއްވުންގެ ކިބައިން ރައްކާތެރިވެ އަމާންކަމާއެކު އުޅުމަށްޓަކައި “ޗައިނާގެ ބޮޑުފާރު” ރޭނިއެވެ. އެފާރުގެ އުސްކަމުން ޢަދުއްވުންނަށް އެ ފާރުމަތިން އަރައިނުގަނެވޭނެކަން އެމީހުންނަށް އެނގެއެވެ. ނަމަވެސް ފާރު ރޭނިތާ ފުރަތަމަ ސަތޭކަ އަހަރުގެ ތެރޭގައިވެސް 3 ބަޔަކު ޗައިނާއަށް އަރައިގަނެ ހަމަލާ ދިނެވެ. އެއިން އެއްވެސް ފަހަރެއްގައި ޢަދުއްވުން އެތެރެވީ ބޮޑުފާރު މަތިންނެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް ބޮޑުފާރުގެ ގޭޓުތައް ކައިރީގައި ތިބި ފާރަވެރިންނަށް ރިޝްވަތުދީ ގޭޓުތައް ހުޅުވައިގެންނެވެ. ޗައިނާ މީހުން އެއިރު އިސްކަން ދިނީ އިންސާނާ ބިނާކުރުމަށްވުރެ ބޮޑަށް ފާރު ބިނާ ކުރާށެވެ. ނަމަވެސް އެހެން ހުރިހާ އެއްޗެއް ބިނާކުރުމުގެ ކުރިން އިސްކަން ދޭންޖެހޭނީ އިންސާނާ ބިނާކުރާށެވެ.

ރަށެއް ކުރިއަރާނީ އެރަށެއްގެ އަންހެނުންގެ އެހީޔާއި ލައިގެންނެވެ.

ކިޔާފައިވާ ޢަދަދު: 1725

އޭރުގެ ފަތްފުށްތަކުން…. (79)

ރަށެއް ކުރިއަރާނީ އެރަށެއްގެ އަންހެނުންގެ އެހީޔާއި ލައިގެންނެވެ.

އަލްފާޟިލް މުޙައްމަދު އަމީން ދީދީ


ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ވަރަށް ފުންނާބު އުސް ކުޅަދާނަ އަދީބެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. އަދަބީ ފަންނުތައް ދިރުވައި އާލާކުރެއްވުމަށް ވަރަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ދިވެހި އަދަބިއްޔާތު އާ ރޯޝަންކަމަކާއެކު ދިރިގެން އައީ އެ ކިލެގެފާނު އެޅުއްވި ބިންގަލުގެ މަތީގައިކަމުގައި ދެންނެވުމަކީ، ދޮގަކަށް ނުވާނެ އެވެ.

ރުޅި މައިތިރިކުރާން ދަސްކޮށްދެވިގެންނޫނީ އަމާންކަމެއް ނެތެވެ.

ކިޔާފައިވާ ޢަދަދު: 5941

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރުޅިއަކީ އިޙުސާސެކެވެ. އެއީ ނުރުހުމުގެ އެންމެ މަތީ ދަރަޖަ ކަމަށް ވެސް ބުނެވިދާނެ އެވެ. ކޮންމެ މީހެއްގެ ކިބައިގައި ވެސް މި އިޙުސާސްވާނެ އެވެ. ރުޅިއޭ މި ކިޔާ އިޙުސާސު ނެތް ހަމަ އެކަކުވެސް ނުވާނެއެވެ. ތަފާތުވަނީ ރުޅި އަންނަ މިންވަރެވެ. ނުވަތަ ރުޅި އިސްކުރާ މިންވަރެވެ. ރުޅި މައިތިރިކުރުމުގެ ހުނަރެވެ.

ވިތުރީގެ މާތްކަން

ކިޔާފައިވާ ޢަދަދު: 4692

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވިތުރިއަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. ވިތުރިއަކީ ވާޖިބެއް ނޫން ނަމަވެސް އެއީ ގަދަވެގެންވާ ސުންނަތެކެވެ. ކޮންމެ މުސްލިމަކު ވެސް އެނަމާދަށް ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.