ރަމަޟާން މަހަށް ތައްޔާރުވުން

ކިޔާފައިވާ ޢަދަދު: 5087
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރަމަޟާންމަހަކީ މުސްލިމުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މައްސަރެކެވެ. އެ މަސް އަންނާތީ ، ހިތްތައް ފަރިވެފޮޅޭ މަހެކެވެ.
ނަމަވެސް ޒަމާން ބަދަލުވަމުންދާއިރު  ރަމަޟާން މަހަށް މީހުން ތައްޔާރުވަމުންދާގޮތްވެސް ދަނީ ބަދަލުވަމުންނެވެ. ފަހަކަށް އައިސް ރަމަޟާންމަހަކީ ސޭލްތަކުގެ މަހެވެ. ކްރިސްމަސް ސޭލް ގޮތަށް ރަމަޟާން ސޭލް މިހާރު އަންނަނީ އިތުރުވަމުންނެވެ. ކާބޯތަކެއްޗާއި ގެވެހިކަންވާރުތައް ވިއްކާތަންތަން ރަމަޟާންމަހުގެ ފައިދާ ލިބިގަނެ ، މުދާތައް ގިނަކޮށް ، މީހުންނަށް އެ ތަކެތި ގަތުމަށް ގޮވައިލާތަން ފެނެއެވެ. ރަމަޟާންމަހަކީ ގޭތެރޭގެ އާބާތުރަފިލުވާ ފަރުނީޗަރު އައުކުރާ މަހަކަށް މިހާރުވަނީ ބަދަލުވެފައެވެ. މީރުކޮށް ކައިބޮއި ހެދުމާއި މަޖާކުރުމުގެ މަހަކަށް ވެސް ރަމަޟާން މަސް ދަނީ ބަދަލުވަމުންނެވެ.

މީހުން ‘ބަދަލުނުކޮށް’ މީހުން ދެނެގަނެގެން އެކީގައި އުޅެން ދަސްކުރާށެވެ.

ކިޔާފައިވާ ޢަދަދު: 8086
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަހްމަދް ސަމީރު އަލީ                                                
އުމަރުގެ ފާނުގެ ޚިލާފަތުގެ ދުވަސްވަރު، މަދީނާގެ އަހުލުވެރިޔަކު އެއް ދުވަހަކު އޭނާގެ އަންހެނުންނާއި ދެބަސްވެ، އައި ރުޅީގައި އެކަމުގައި އުމަރުގެ ފާނުގެ ލަފާފުޅެއް ހޯދާ ހިސާބަށް މީނާ ކަންބޮޑުވެއްޖެއެވެ. އާންމުންގެ ތެރޭގައި އުމަރުގެފާނު  މަޝްހޫރުވެފައިވަނީ ހިތްވަރުގަދަކަމާއި ތެދުވެރިކަމާއި އިންސާފަށް ލޯބިކުރައްވާ، ވަރަށް ހަރުދަނާ އަޚްލާގެއްގެ ވެރި ބޭފުޅެއްގެ ގޮތުގައިކަމަށްވާތީއެވެ.

މާރާމާރީ ހިންގުމަށް ފުރުޞަތު ނުދެމާތޯ އެވެ!

ކިޔާފައިވާ ޢަދަދު: 4242
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
މާސިންގާ ކަނޑުތަކެއްގެ މެދުގައިވާ ވަކިވަކި ޖަޒީރާ ރައްތަކެއްގައި އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅެ އަޅުގަނޑުމެންްނާއި ހަމައަށް މި ޤައުމު ގެނެސްްދީފައިވަނީ ދުނިޔެމަތީގައިވާ އެންމެ އަމާން، އެންމެ ޞުލްޙަވެރި ތަނުގެ ގޮތުގައެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (6)

ކިޔާފައިވާ ޢަދަދު: 3347
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

فضيلة الشيخ نصرالله مصطفى

(28 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ﷲ ވަޙީ ކުރައްވާފައިވެއެވެ: “ادفع بالتي هي أحسن فإذا الذي بينك وبينه عداوة كأنه ولي حميم . وما يلقاها إلا الذين صبروا وما يلقاها إلا ذو حظ عظيم” (سورة فصلت :34-35) މާނައީ:”އޭގެއިން ތިބާ ހެޔޮ ގޮތުގައި ދިފާޢުވާށެވެ، އެހިނދު އެމީހެއްގެ ހިތުގައި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ވާމީހާ އޯގާވެރި މިތުރެއް ކަމަށް ވެގެންދާނެއެވ”ެ. މިކަމެއް ލިބިނުގަނެވޭނެއެވެ-މަޢާފްކޮށް ހެޔޮކޮށް ހިތުން ފަދަ ހެޔޮޢަމަލްތައްލިބިނުގަނެވޭނެއެވެ- ކެތްތެރީންނަށް މެނުވީ، އަދި އެކަން ލިބިގަނެވޭމީހާއީ ވަރަށް މަތިވެރި ނަޞީބުވެރިއެކެވެ.”

މަކަރާއި ހީލަތްތެރިންގެ ކިބައިން ތިބާ ފައިސާއަށް ރައްކާތެރިވާށެވެ.

ކިޔާފައިވާ ޢަދަދު: 3711
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދުނިޔޭގެ ލޯތަކުން ދެކެމުން އައިސްފައިވާ ޤައުމެކެވެ. އެވޭލާގައި،  ކާބަފައިން ފަންޖިފުޓިތަކުގައި ދިރިއުޅުން ހޭދަކުރަމުން އައިއިރު އެކާބަފައިން އަތުގައި ބޮޑެތި އަލަމާރިތަކާއި ތިޖޫރީ ތަކެއް ނެތެވެ.  އެހެންނަމަވެސް، ކާބަފައިން ހޯދާފައިވާ މުދާކޮޅާއި ފައިސާކޮޅު ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކާބަފައިންނަށް ލިބިފައި އޮތެވެ.  ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅު އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ގޭގައި ފެންނާނެހެން ބެހެއްޓިފައިހުރެއެވެ. ގެއްލިގެން ހޯދާ ނުފެނިގެން އުޅޭކަށް ނުޖެހެއެެވެ. އަދި އެއްވެސް އޮޅުވާލުމެއްނެތި މަސައްކަތްކޮށްފިނަމަ ހައްޤުވާ އުޖޫރަ ބަރާބަރަށް އެމީހަކަށް ލިބެމުންދެއެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (5)

ކިޔާފައިވާ ޢަދަދު: 3444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
فضيلة الشيخ نصرالله مصطفى
(21 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގައިވެއެވެ. “ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ * وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ” (“ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތި ގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوةތެރިކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ. އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ.”) (فصلت:34-35)

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (4)

ކިޔާފައިވާ ޢަދަދު: 3383
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފަޟީލަތުއްޝައިޚު ނަޞްރުﷲ މުޞްޠަފާ
(14 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވޭނުން ފުރިފައިވާ ޙަޔާތެކެވެ. ހިތާމަތަކުން ފުރިފައިވާ ޙަޔާތެކެވެ. އިމްތިޙާންތަކުން ފުރިފައިވާ ޙަޔާތެކެވެ. ކެތްތެރިވެ ﷲ އެންގެވި ގޮތަށް އުޅެނީ ކޮންބައެއްތޯބެލުމަށް ޓަކައި ލައްވާފައިވާ ޙަޔާތެކެވެ. ވީމާ ކޮންމެ މީހަކު ވެސް ބަލަންވީ މިޙަޔާތް ރަނގަޅު ގޮތުގައި ހޭދަކޮށްފައި މި ދުނިޔެ ދޫކޮށް ދެވޭތޯއެވެ.

މުއުމިނާގެ ކަންތައްތަކަކީ އަޖައިބުވަނިވި ކަންތައްތަކެކެވެ.

ސަބަބު ދެނެގަތުން

ކިޔާފައިވާ ޢަދަދު: 3881
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
ކަންކަމުގެ ސަބަބު ދެނެގަތުމަކީ ބައެއް މީހުން ވަރަށް ޝައުޤުވެރި ވާ ކަމެކެވެ. ހަމަ އެހެންމެ އެއީ، ބައެއް މީހުން މާ ބޮޑު ފަރުވާލެއް ބަހައްޓާ ކަމަކަށް ނުވެއެވެ. ތާރީޚަށް ބަލާ އިރު، ކުރި އަރައި ދިޔުމާއި އުފެއްދުންތެރިކަން ފާޅުވެފައި ވާތަން ގިނައިން ފެންނަނީ ސަބަބު ދެނެގަންނަ މީހުންގެ ކިބައިންނެވެ. އެ ފަދަ މީހުންނަކީ އާ ތަޖުރިބާތައް ކުރާ މީހުންނެވެ. ވާ ކަންކަމުން ފިލާވަޅު ލިބިގަންނަ މީހުންނެވެ. އިޞްލާޙުތަކަށް މަގު ފަހި ކުރާ މީހުންނެވެ. އެއާ ޚިލާފަށް އަނެއް ބަޔަކީ މަރައިލެވިފައި ވާ ލޮލަކައިގެން ހިނގާ ބަޔެކެވެ. ތަޖުރިބާއަށް ވުރެ އެމީހުންގެ ޙަޔާތުގެ ކަންކަމަކީ ތަކުރާރެކޭ ދެންނެވުން މާ ރަނގަޅު ކަމަށް ފެނެއެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (3)

ކިޔާފައިވާ ޢަދަދު: 3257
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަޟީލަތުއްޝައިޚު ނަޞްރުﷲ މުޞްޠަފާ
(7 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
އަދި ހަމަ މިއާއި އެއް ގޮތަށް ހެނދުނާއި ހަވީރުކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ވެސް ކިޔުމަށް އާދަކުރާށެވެ. އަދި އެކި އެކި ކަންކަމަށް ފެށުމުގެ ކުރިން ކިޔާ ދުޢާތަކާއި ނިދާއިރުގައްޔާއި ހޭލާއިރު ކިޔާދުޢާތަކަށް ވެސް ފަރުވާބަހަށްޓަންވާނެ އެވެ. އެހެނީ އެއީ ޙަޔާތުގެ އުފާވެރިކަން ގެނެސްދެނިވި ކަމެކެވެ. ތިމާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެނިވި ކަމެކެވެ.

މިވާ ގޮތަށް ވިސްނަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 2766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަބީބާ ޙުސައިން ޙަބީބު
މިހާރު އަޅުގަނޑުމެން ދިވެހިން ދެކޭގޮތުގައި، ދިވެހިންނަށް މިނިވަންކަމާއެކުފިކުރާއި ޚިޔާލު ފައުޅުކުރުމަށްމިހާރު މިއޮތީ ފިސާރި މިނިވަން ޖައްވެކެވެ. ތެދުފުޅެއްމެއެވެ. ނަމަވެސް، އައްސަވައިފިނަމަ ދަންނަވާނީ “މިނިވަން” މިބަސް އަޅުގަނޑުމެން ދިވެހިން މިހާރު މާނަކުރަނީ، އޭގެ ހެޔޮ، އޭގެ ޞައްޙަ އަދި އޭގެ އެދެވިގެންވާ މާނައެއްގައެއް ނޫނެވެ.