ކުޑަކުދިންނަށްޓަކައި ދެވަނަ ވިސްނުމަކަށް ދާކަށް ނުވޭތޯ އެވެ؟

ކިޔާފައިވާ ޢަދަދު: 4971
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
ދާދި މިދާކަށް ދުވަހު ނިމިގެން އެ ދިޔައީ މި އަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެކެވެ. އުފަލާއެކު ކުޑަކުދިންގެ ހަރަކާތްތައް ދުނިޔޭގެ ހަތަރު ބިތުގައި ފާހަގަކުރެވިގެން ދިޔަ ތަން ފެނުނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް މެއެވެ. ކުޑަކުދިންނަށްޓަކައި އިސްކޫލުތައް ޒީނަތްތެރިކޮށް، ތަފާތު ނަންނަމުގައި ހަވީރުތައް ބޭއްވުނެވެ. ކުލަކުލައިގެ ހެދުންލައްވައި ކުދިން ޖަރީކޮށް، ނަލަހައްދައިގެން ކުޅިވަރުތައް ކުޅުނެވެ. ތަފާތު ޝިޔާރުތައް ލިޔެފައިވާ ފޮތިތަކާއި ބެނާރތައް އެތަންމިތާގައި ދެމިއެވެ. އެ ކުދިންނަށްޓަކައެވެ. އެ ކުދިން ދެކެވާ ލޯބިންނެވެ.

އޭރުގެ ފަތްފުށްތަކުން…. (28)

ކިޔާފައިވާ ޢަދަދު: 2547
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 الطلاق

ވަރިކުރުމީ، ވަރިވެގަތުމީ، ވަރަށް ނޭދެވޭ، ހުތުރު ކަމެކެވެ.

فضيلة الشيخ ملم موسى مافهه كليكفان


އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ފާހަގަކޮށްލެވޭ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ދިވެހިބަހަށް ކުރެއްވި އެންމެބޮޑު އެއް ހަދިޔާއަކީ، “އަލްއީޤާޡު ފީ ތަޢުލީމިލް އަލްފާޡު” ގެ ނަމުގައި ލިޔުއްވި ދިވެހި-ޢަރަބި ބަސްފޮތެވެ. އޭގެ އިތުރުން “ދިވެހިބަހުގެ ރަންތަރި” ގެ ނަމުގައިވެސް ބަސްފޮތެއް ލިޔުއްވިއެވެ. އޭނާ ލިޔުއްވާފައިވާ  “ހާޖަރާގެ ހިތާމަ” އަކީ ދިވެހި އަދަބިއްޔާތުގެ ނަމޫނާއެއްގެ ގޮތުގައި ހިމެނޭ ވާހަކައެކެވެ.

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤުޞަދު

ކިޔާފައިވާ ޢަދަދު: 4058
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ނަޞްރުﷲ މުޞްޠަފާ

އިސްލާމްކަމާއި ހެއްދެވިފަރާތުގެ ގުޅުން.

ހަމަކަށަވަރުން “އިސްލާމް” މި ނަމަކީ ﷲ تعَالى އެކަލާނގެ ރުހިވޮޑިގެންފައިވާ އެކަލާނގެ ދީނަށް އިޚްތިޔާރު ކުރައްވައިފައިވާ ހަމަ އެކަނި ނަމެވެ. މި ނަމަކީ އެއްވެސް ބޭފުޅަކު ދެބަސްވެވަޑައި ނުގަންނަވާނޭ ފަދައިން އިންސާނަކު އުފައްދަވައިފައިވާ ނުވަތަ ހަމަޖައްސަވާފައިވާ ނަމެއް ނޫނެވެ. ﷲ ދެއްވާފައިވާ ނަމެކެވެ.
 

އަހަރެން އެދެނީ. . .

ކިޔާފައިވާ ޢަދަދު: 3400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
އަހަރެން އެދެނީ، ރިވެތި ދިރިއުޅުމެއް އުޅޭށެވެ. އަހަރެން އެދެނީ، އެންމެންގެ މޫނުމަތީން ވެސް ހިނިތުންވުމެވެ. އަހަރެން އެދެނީ، ހަތުރުވެރީން މިތުރުންނަށް ވުމަށެވެ. އަހަރެން އެދެނީ، ކޮންމެމީހަކާ ވެސް ރީތިބަހުން މުޚާޠަބުކުރާ ތަން ފެނުމެވެ. އަހަރެން އެދެނީ، އެކަކު އަނެކަކަށް، ފުރައްސާރަކުރާ ތަން ނުފެނުމެވެ. އަހަރެން އެދެނީ، ކޮންމެމީހަކު ވެސް އަނެކާ ހިނިތުންވުމާއެކު ސަލާންކޮށްލައި އުޅޭ ދުވަހެކެވެ.

އަހުލިއްޔަތު Legal Competency

ކިޔާފައިވާ ޢަދަދު: 4175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ނަޞްރުﷲ މުޞްޠަފާ

ތަޢާރުފު

އަހްލިއްޔަތު ނެގިފައިވަނީ ޢަރަބި ލަފްޘު “އަލް އަހްލު” މިލަފްޡުންނެވެ. އެއީ އަހްލުވެރިވުމުގެ މާނައިގައިއެވެ. ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. (إنه ليس من أهلك) މާނައަކީ: ” އޭނާއަކީ ތިބާގެ އަހްލުންގެ ތެރެއިން ވާ މީހެއްނޫނެވެ”. މިއަށް ދިވެހިބަހުން “ޞަލާޙިއްޔަތޭ” ވެސް ކިޔެއެވެ. އަދި ޤާބިލްކަން ލިބިގެންވުމޭވެސް ދެންނެވިދާނެއެވެ. ވީމާ އެކި ކަންކަމަށް ޤާބިލްމީހަކަށް ތިމާވެގެންދަނީ ވަކިކަންތައްތަކެއް ފުރިހަމަވެގެންނެވެ.

ޙަޔާތުން ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 2943
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ.ފުނަދޫ
ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅިއެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވިއެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާއި ބައްދަލު ކުރިއެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ.
” ތިބާގެ ސްކޫލްފީ އާއި ކޮލެޖް ފީ ދައްކައި ދިނީ ތިބާގެ ބައްޕަތަ؟”

ޙަޔާތުގެ ތަފާތު ދެ ދުވަސް

ކިޔާފައިވާ ޢަދަދު: 3077
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބއްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ.

ހުވަނދާއި ސެންޓާއި އަތަރާއި އޭގެ ޙުކުމް

ކިޔާފައިވާ ޢަދަދު: 5229
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ހުވަނދާއި ސެންޓާއި އަތަރު (ނުވަތަ މީރުވަސްދުވާ އެއްޗެއްސަކީ)  ފަހިކޮށް ނަމަވެސް ނުވަތަ އިދިކޮށް ނަމަވެސް މީސްތަކުންގެ މެދުގައި އޮންނަ ގުޅުންތަކަށް އަސަރުތަކެއް ފޯރުވާ އެއްޗެއްކަމަށް ބުނެވެއެވެ.  ސެންޓާއި އަތަރާއި އެހެނިހެންވެސް މީރުވަސްދުވާ އެއްޗެހީގެ ޖަޛްބާތަކީ އޭގެ އަސަރު ހަމައެކަނި އިންސާނުންނަށް ފޯރުވާ އެއްޗެއް ނޫނެވެ. އިންސާނުންގެ އިތުރަށް ޖަނަވާރުންގެ ދުނިޔޭގައްޔާއި ގަސްގަހާ ގެހީގެ ޢާލަމުގައްޔާއި ، ފަނިފަކުސާގެ ކައުނުގައިވެސް ، ވަހަކީ ވަރަށް މުހިންމު ތާސީރުތަކެއް ފޯރުވާ އެއްޗެކެވެ. ޖިންސީ ގުޅުންތަކާއި ބަލިމަޑުކަމާއި، އެހެނިހެން މުޢާމަލާތު ތަކުގައިވެސް، ވަހަކީ މުހިންމު ދައުރެއްކުޅޭ އެއްޗެކެވެ.  މިހެންވެ، ވަހުގެ ދުނިޔެއަކީ ވަރަށް ތަނަވަސް ވެށްޓެކެވެ. 
 

[މޫނުފޮތަށް] ދެވިހިފުން

ކިޔާފައިވާ ޢަދަދު: 5183
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
14 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އެކުއްޖާގެ ބައްޕަ އައި.ޖީ.އެމް.އެޗުގެ ތެރެއިން އެމީހުން ބޭނުންވާ ރަނގަޅު ކްލިނިކް ހޯދަމުންދަނީއެވެ. އެދެބަފައިން “މަސްތުކުރުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” އާއި، “ދުންފަތަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” އާއި “ސިޔާސީ ޕާޓިތަކަށް ދެވިހިފާފައިވާ މީހުންގެ ކްލިނިކް” ފަހަނައަޅައި މަޑުމަޑުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އެ އަންހެންކުއްޖާ އޭނާގެ ބައްޕަގެ ގައިގައި ކޮއްޓައިލައިފައި އެދެބަފައިން ބޭނުންވެގެން އުޅޭ ކްލިނިކް ދައްކައިލައިފިއެވެ. އެދެބަފައިން އެ ހޯދަނީ ކޮން ކްލިނިކެއް ތޯއެވެ؟ އާދެ ” މޫނުފޮތަށް ދެވިހިފައިފައިވާ މީހުންގެ ކްލިނިކް” އެވެ.

މުސްލިމު ދަރިވަރަކާއި ޢަލްމާނީ ޕުރޮފެސަރު

ކިޔާފައިވާ ޢަދަދު: 9009
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ސަމީރު ޢަމީރު ޢަލީ
ﷲގެ އެއްކައުވަންތަކަން ގަބޫލު ނުކުރާ (ލާދީނީ) ޕްރޮފެސަރކު، ޔޫރަޕުގެ މަޝްހޫރު ޔުނިވަރސިޓީއެއް ގައި، ﷲ އާއި ސައިންސާއި މިއީ އެއްވެސް ގުޅުމެއް ނެތް، ޢިލްމީ ގޮތުން ސާބިތު ނުކުރެވޭނެ ކަމެއްކަން ދެއްކުމުގެ ގޮތުން އޭނާގެ ކުލާހުގައި ކިޔަވަމުންދާ، އޭޝިއާ ނަސްލުގެ މުސްލިމު ދަރިވަރަކާ މުޚާތަބުކުރައްވައި ވަރަށް ރުންކުރު ރާގެއްގައި ވިދާޅުވިއެވެ.
ޕްރޮފެސަރު:     ޒުވާނާ! ކަލޭ ތިޔައީ މުސްލިމެއް ދޯ؟