ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނައިލާން ރަނގަޅު ނުކުތާއެއް

ކިޔާފައިވާ ޢަދަދު: 7766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމު އިބްރާހީމް

ދަރިން ތަރުބިއްޔަތުކުރުމުގެ މައްސަލަ އަކީ އެއްވެސް ދުވަސްވަރެއްގައި ފަސޭހަ ކަމަކަށްވެފައި އޮތްކަމެއް ނޫނެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމުގެ މަގަށް އެކިދުވަސްވަރު އެޅިފައި އޮންނަނީ އެކި ހުރަހެވެ. އަދި އެންމެންނަށް ކުރިމަތިލާންޖެހޭ މައްސަލަ މުޅީން އެއްގޮތެއް ވެސް ނޫނެވެ.

ޤާޟީއަކާއި މުފުތީއެއްގެ ތަފާތު

ކިޔާފައިވާ ޢަދަދު: 9643
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عـبدالعزيزجمـال أبوبكر
ތަޢާރުފު:
މުފްތީ މި ނަމަކީ ދިވެހީންނާ އެހާ ރައްޓެހި ނަމެއް ނޫނެވެ. އެއީ އެ ފަދަ މަޤާމެއްގައި ދިވެހިރާއްޖޭގައި އެއްވެސް ބޭފުޅަކު އަދި ނެތީތީ އެވެ. ނަމަވެސް 1970 ގެ އަހަރުތަކުން ފެށިގެން “ޤާޟީ” މި ލަފުޒަކީ ދިވެހީންނާ ވަރަށް ރައްޓެހި ލަފުޒެކެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ކަންތައް އުއްތަމަފަނޑިޔާރު މަނިކުފާނާއި އެ މަނިކުފާނުގެ ނާއިބުން މެދުވެރިކޮށް ހިންގެވި ދުވަސްވަރު “ނާއިބު ބޭކަލުން” މަޝްހޫރުވެފައި ވީފަދައިން، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 1969 ގައި ޤާއިމުވެ ޢަދުލު އިންސާފު ހިންގުމުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހަމަޖެހުނެވެ.
 

ފުރަތަމަ ލިޔެވުނު ޤާނޫނު އަސާސީ

ކިޔާފައިވާ ޢަދަދު: 7076
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ކީރިތި ރަސޫލާ (ޞ.ޢ.ވ) މަދީނާއަށް ހިޖުރަ ކުރެއްވިއިރު، މަދީނާގައި އެއްވެސް ވެރިޔަކުނެތުމާއި އަދި ލިޔެވިފައިވާ އެއްވެސް ޤާނޫނެއް ނެތުމުގެ ސަބަބުން ކުށްކުރާމީހުން ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް މަދީނާއަކު ނުވެއެވެ. އެންމެ ބާރުގަދަ މީހާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރުން ވަނީ އާދައަކަށް ވެފައެވެ. ނިކަމެތި ބާރު ދެރަ މީހުންނަށް ޖެހިފައިވަނީ ކޮންމެވެސް ބާރުގަދަ މީހެއްގެ ނިވަލުގައި އަބަދު ވެސް އުޅޭށެވެ. އެ ގޮތުން ސަލާމަތުން ދިރިހުރުމަށްޓަކައި ނިކަމެތިންނަށް އޭރު ޖެހިފައިވަނީ އާންމު ގޮތެއްގައި ކޮންމެވެސް ބާރުގަދަ ޤަބީލާއެއްގެ ނުވަތަ ޤަބީލާއެއްގެ ބާރު ގަދަ ލީޑަރެއްގެ ނިވަލަށްވަންނާށެވެ.

ޙަޤީޤަތް ހޯދުން

ކިޔާފައިވާ ޢަދަދު: 7671
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަވްލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިންސާނާއަކީ ޙައްޤު ހޯދަން މަސައްކަތް ކުރާ ޙައިވާނެކެވެ. (Man is a truth-seeking animal) އަޅުގަނޑު ވަނީ އަމިއްލައަށް ވެސް މި ތަޖުރިބާ ކޮށްފައެވެ. ކުޑަ އިރުއްސުރެ ޙަޤީޤަތަކީ ކޮބައިތޯ ހޯދުމުގެ އެދުން އަޅުގަނޑުގެ ހިތުގައި ކޮންމެވެސް އެއް ސިފައެއްގައި އޮވެއެވެ. މި އެދުން އޭގެ އެންމެ ފުރިހަމަ ބާރާއެކު އުތުރިއަރައިގަތީ 1942 ވަނަ އަހަރުއެވެ. އެ ދުވަސްވަރު އަޅުގަނޑު ޖަންގަލީގަޔާއި ވީރާނާ ވެފައިވާ ތަންތާނގައި ރޮމުން ހިނގައި އުޅުނީމެވެ. އަދި ކިޔަމުން ދިޔައީމެވެ. “އޭ ﷲއެވެ. އިނބަ ކަލާނގެ ހިދާޔަތް ލިބޭނީ ކޮން ދުވަހަކުންތޯ އެވެ؟ ހިދާޔަތުގެ އިންތިޒާރުގައި މިއަޅާ ހުންނަން ޖެހޭނީ ކިހައި ދުވަހެއް ވާންދެންތޯ އެވެ؟”

އަޅެ މިއީ އަރަތެއް ނޫން ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 5041
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ޒަމާން ބަދަލުވެ، ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށް ގޮސް އުސް ޢިމާރާތްތައް ހެދި ވަރަކަށް އަޅުގަނޑުމެން ރުންކުރުވެ އެއް ބަޔަކު އަނެއް ބަޔެއްގެ ކަރުގައި ހިފަން މިތިބެނީ ތައްޔާރަށެވެ. މަގުތަކާއި ގޯޅިތަކުގައި ގާ އަތުރައި މަގުތައް ކިތަންމެ ފުޅާވެފައި ފަސޭހަވިޔަސް، އަޅުގަނޑުމެންގެ ވިސްނުން ކުރިއަށްވުރެ ހަނިވެއްޖެ އެވެ. އަޅެ މިއީ އަރަތެއް ނޫންހެއްޔެވެ؟
އަޅުގަނޑުމެން ޚަރަދުކުރާ މިންވަރު ކިތަންމެ މަތިވިޔަސް ފުދިގެން އުޅޭ ތަނެއް ނުފެނެއެވެ. އަޅުގަނޑުމެން ކިތަންމެ ބައިވަރު ތަކެއްޗެއް ގަތަސް އެއިން ލިބޭ އުފަލެއް އޮތްކަމަކަށް ނުވެއެވެ. އަޅުގަނޑުމެންގެ ގެދޮރު ކިތަންމެ ބޮޑުވެފައި ކިތަންމެ ޗާލުވިޔަސް، ޢާއިލާ ކުޑަވެފައި ކިތަންމެ ފަސޭހަވިޔަސް، ވަގުތު ނެތުމުގެ ސަބަބުން ޢާއިލާއަށް ދޭންވާ ވަގުތު އަޅުގަނޑުމެންނަށް ދެވޭކަމަކަށް ނުވެއެވެ. އަޅެ މިއީ އަރަތެއް ނޫންހެއްޔެވެ؟

އޭރުގެ ފަތްފުށްތަކުން…. (20)

ކިޔާފައިވާ ޢަދަދު: 6596
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ވެލިގަނޑަށް އައި ފުރަތަމަ نورގެ އަލިކަން ދެކެފާ”

الفاضلة مريم سعيد


އަލްފާޟިލާ މަރިޔަމް ސަޢީދަކީ، ލިޔުންތެރިއެކެވެ. އެއަށްވުރެ މަޝްހޫރު ޅެންވެރިއެކެވެ. އަދަބީ ޖައްވެއްގައި ބޮޑުފުޅުވި  ބޭފުޅެކެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ދަރިކަނބަލެކެވެ.
މި ލިޔުމަކީ، ރާއްޖޭގައި އަންހެންނުންނަށް ޚާއްޞަކޮށް އުފެދުނު ފުރަތަމަ ޖަމްޢިއްޔާ “ޖިންސުއްލަޠީފުންގެ ރޫޙް” ގެ ފަރާތުން ނެރެމުން ގެންދިޔަ މަޖައްލާ،”ޖިންސުއްލަޠީފް”ގެ 4 ވަނަ ޢަދަދުގައި އޭނާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ޢަދަދު ނުކުމެފައިވަނީ، 1 ރަބީޢުލްއައްވަލް 1379 ގައެވެ. އާދެ! މީގެ ބައި ޤަރުނަށްވުރެ ވެސް ކުރީގެ ތާރީޚެއްގައެވެ.

ބޭނުންވަނީ ތަރައްޤީ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 3239
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ފިރުޒުލް
“ތަރައްޤީ”، މި ލަފުޒުގެ މަފްހޫމަކީ ކުރިއެރުމެވެ. އެއް ޙާލަތުން، އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމެވެ. ވުމާއެކު، އިންސާނާގެ ހަށިގަނޑުގެ ހެދި ބޮޑުވުމަކީ ވެސް ތަރައްޤީއެވެ. އިންސާނެއްގެ ޢުމުރާއި ޖިސްމާނީ ހެދި ބޮޑުވުމާ ގުޅޭ ގޮތުން، އޭނާގެ ވިސްނުމާއި ފިކުރަށް؛ ޢަމަލުތަކާއި މުޢާމަލާތުތަކަށް އަންނަ ކުރިއެރުމަކީ ވެސް ތަރައްޤީއެވެ. މިއަށް ވުރެ ތިލަކޮށްލާއިރު،ކިޔަވާ ދަރިވަރަކު އެއް ކިލާހުން އަނެއް ކިލާހަށް ބަދަލުވާ ބަދަލުވުމަށް ވެސް ތަރައްޤީއޭ ކިޔިދާނެ އެވެ. އަދި ހަމަ އެހެންމެ ވަކި ފަރުދެއްގެ ޢާމްދަނީއަށް އިތުރުވާ އިތުރުވުމަށާއި ވަޒީފާގެ ކުރިއެރުން ވެސް، ކުރިން ބުނެވުނު މަފްހޫމްގެ ތެރޭގައި ހިމެނެއެވެ. މި ފަދަ އެތައް މާނައެއް ހަމަ މި މަފްހޫމްގެ ތެރެއަށް އިތުރު ވެސް ކުރެވިދާނެ އެވެ.
 

ކީރިތި ޤުރުއާނުގެ ހިޔަލުގައި (1) :

ކިޔާފައިވާ ޢަދަދު: 6458
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނަޞްރު ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލުމެއް

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

ފެށުމުގެ ކުރިން

ނަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ 110 ވަނަސޫރަތެވެ. މިސޫރަތް އެކުލެވިގެންވަނީ ތިން އާޔަތުގެ މައްޗަށެވެ. ނަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތެރެއިން އެއްކޮށް އެންމެފަހުން ބާވާލެއްވުނު ސޫރަތެވެ. މިސޫރަތައްފަހު  ބާވާލެއްވުނު ކަމަށް ބުނެވެނީ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. ” އެދުވަހަކުން، ތިޔަބައިމީހުން، މާތް ﷲގެ ހަޟުރަތައް ގެންދެވޭނެ ދުވަހަކަށްޓަކައި، ރައްކާތެރިވެތިބޭށެވެ. އެއަށްފަހު (އެދުވަހު) ކޮންމެ މީހަކަށްމެ، އެއްވެސް ބޭއިންސާފުވުމެއްނެތި، (ހައްގުވެގެންވާ ޖަޒާ) ފުރިހަމައަށް ދެވޭނެއެވެ.” މިއާޔަތެވެ.ނަޞްރު ސޫރަތްބާވައިލެއްވުނީ ހިޖުރައިން 10 ވަނައަހަރު ހައްޖުމަހު ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހައްޖުގެ އަޅުކަން އަދާކުރެއްވުމުގައި މިނާއަށް ވަޑައިގެންވަނިކޮށެވެ. އެހެންނަމަވެސް، މިސޫރަތް ބާވާލެއްވިފައިވަނީ ހިޖުރައިގެ ފަހުންކަމަށް ވާތީ ނަޞްރު ސޫރަތް ހިމެނެނީ މަދަނީ ސޫރަތެއްގެގޮތުގައެވެ.

މިއަދު އިންދާ ގަހަކުން މޭވާ ލިބޭނީ މާދަމާ

ކިޔާފައިވާ ޢަދަދު: 5093
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިންސާނާގެ ޙަޔާތަކީ ވަރަށް ގިނަ ކަންތައްތައް ދަސްކޮށްދީ ތަޖުރިބާކޮށްދޭ އެއްޗެކެވެ. އިބުރަތްތެރި ގިނަ ފިލާވަޅުތަކެއް އޮޅުން ފިލައިދޭ ދުވަސްތަކެކެވެ. އެއީ ކެއްތެރިވުމާއި، ކެތްތެރިކަން ދަސްކޮށްދޭ ދުވަސްތަކެކެވެ. އަނެކުންގެ ހައްގުތަކާއި، އަނެކުންނަށް އިޚުތިރާމްކުރަން އުގަންނައިދޭ ދުވަސްތަކެކެވެ. އެހެންނަމަވެސް އެއީ ތިމާއަށް ލިބިފައިވާ ބުންދީގެ ބޭނުންކުރާ މީހުންނަށެވެ. ހަޔާތުންގެ ދަތުރުން ދަސްވަނީ މިފަދަ ފިލާވަޅުތަކެކެވެ.

މާތް ސީރަތުގެ ދޯދިތަކުން – 1 (ށ)

ކިޔާފައިވާ ޢަދަދު: 7576
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

محـمّد صـلّى اللّـه علـيه وسـلّمގެ މާތް ދަރިކޮޅު

ޢަބްދުލްމާލިކު މުޖާހިދު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

13 މާރޗް 2013 (ބުދަ) ދުވަހު ޝާއިޢުކުރެވުނު ބައިގެ ނުނިމި އޮތް ބައި)
صحيح بخارى ގައި ام شريك رضي اللّـه عنها ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ. رسو ل اللّـه صلّى اللّـه عليه وسلّم ވަނީ ބޮނޑު މަރަން އަންގަވައިފައެވެ. އެއީ إبراهيم عليه السّلام އެއްލައިލެވުނު އަލިފާންގަނޑުގެ ވަރު އަރުވަން ފުމުނީ ބޮނޑު ކަމަށް ވާތީއެވެ.