ޙައްޖު މަހުގެ ދިހަ ދުވަސް

ކިޔާފައިވާ ޢަދަދު: 1588
އިބްރާހީމު ރަޝީދު މޫސާ
 
ޙުރްމަތްތެރި މަހެއް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ ” وَٱلْفَجْرِ وَلَيَالٍ عَشْرٍ  – ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.” އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  އެކަލާނގެ ޙަޟްރަތަށް  އަލުން އައުމަށެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ކިޔާފައިވާ ޢަދަދު: 1488

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ޢަބްދުﷲ ފާރޫޤް ޙަސަން

 އިތުރު ސާހިބާ ސަފުތައް އެއްވަރުކުރައްވައި ނިމިވަޑައިގަތުމުން ލަޝްކަރަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނުގެ “ފަހުބަސްފުޅު” ލިބުމުގެ ކުރީން އެކީއެކައްޗަކަށް ހަމަލަނުދޭން އެންގެވިއެވެ. ހަނގުރާމަކުރިޔަށް ގެންދަންވީގޮތާ ބެހޭ ގޮތުން ވިދާޅުވިއެވެ. ދުޝްމިނުން ކައިރިޔަށް އަތުވެއްޖެނަމަ ދުނިއުކާށެވެ. ތީރުތައް ބޭކާރުވިޔަނުދޭށެވެ. އެބައިމީހުން ތިޔަބައިމީހުންގެ އަތްފޯރާފަށަށް ނާންނަނީސް ކަނޑި އުރައިން ދަމައިނުގަންނާށެވެ. ކެތްތެރިވެ ސާބިތުވެތިބޭށެވެ. އެއަށްފަހު އަބޫބަކުރުގެފާނު ގޮވައިގެން ވަޑައިގަތީ އެކަލޭގެފާނުގެ ޢަރީޝަށެވެ. ސަޢުދު ބިން މުޢާޛު އެކަލޭގެފާނުގެ ގެމަ އާއިގެން ޢަރީޝު ވަށައިގެން އެތުރިވަޑައިގެންނެވިއެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކިޔާފައިވާ ޢަދަދު: 388

ބަދުރު ހަނގުރާމަ- 2:

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކައު ސާހިބާ މައިދާން ރޭއްވެވީ ދުވާލުގެ އެއްވެސް ވަގުތެއްގައި މުސްލިމުންގެ ލޯތައް އިރާދިމާ ނުވާނެ ގޮތަށެވެ. މުސްލިމުންގެ ފުރަގަހުގައި ނުވަތަ އަރިމައްޗެއްގައި އިރު ހުންނާނެ ގޮތަށެވެ. ހަމައެއާއެކު މުސްލިމުންނަށް ހުރިހާ ވަގުތެއްގައިވެސް ވައިމަތީގައި ތިބެވޭ ގޮތަށެވެ. ވަޔާއެކު އުފުލޭ ވެއްޔާއި ހިރަފުހުގެ ރާޅުތައް ދުޝްމިނުންނާ ސީދާވާ ގޮތަށެވެ. ދުޝްމިނުންގެ ލޯތަކާ އަބަދުވެސް އިރާ ދިމާވާގޮތަށެވެ.

ބަދުރު ހަނގުރާމަ: 2 – ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން-2

ކިޔާފައިވާ ޢަދަދު: 942

ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (2)

ޢަބްދުﷲ ފާރޫޤް ޙަސަން

       
  ކައު ސާހިބާ މައިދާން ރޭއްވެވީ ދުވާލުގެ އެއްވެސް ވަގުތެއްގައި މުސްލިމުންގެ ލޯތައް އިރާދިމާ ނުވާނެ ގޮތަށެވެ. މުސްލިމުންގެ ފުރަގަހުގައި ނުވަތަ އަރިމައްޗެއްގައި އިރު ހުންނާނެ ގޮތަށެވެ. ހަމައެއާއެކު މުސްލިމުންނަށް ހުރިހާ ވަގުތެއްގައިވެސް ވައިމަތީގައި ތިބެވޭ ގޮތަށެވެ. ވަޔާއެކު އުފުލޭ ވެއްޔާއި ހިރަފުހުގެ ރާޅުތައް ދުޝްމިނުންނާ ސީދާވާ ގޮތަށެވެ. ދުޝްމިނުންގެ ލޯތަކާ އަބަދުވެސް އިރާ ދިމާވާގޮތަށެވެ. އިސްލާމީ ލަޝްކަރުގެ މެދުތެރެ ވަރުގަދަ ކުރެއްވުމަށާއި، މެދުތެރެ ވަށައިލެވުނަ ނުދެއްވުމަށްޓަކައި ދެފަރާތުގެ އަރިމައްޗަށް ދުނިދަނޑިވެރިންތަކެއް ޚާއްޞަ ކުރެއްވިއެވެ. ލަޝްކަރުގެ ފަހަތް ހިމާޔަތް ކުރެއްވުމަށްޓަކައި ރިޒާވް ލަޝްކަރެއްގެ ގޮތުގައި ފަހަތުގައި ވަރުގަދަ ޔުނިޓެއް ބޭއްވެވިއެވެ. އެޔަށްފަހު ލަޝްކަރުގެ ކޮންމެ ބަޔަކަށްވެސް ވަކިވަކިން އިރުޝާދު ދެއްވައި އެބައެއްގެ ޒިންމާއާއި މަސްއޫލިއްޔަތު ބަޔާންކޮށްދެއްވިއެވެ. އިތުރު ސާހިބާގެ އަމުރުފުޅާއި އިޝާރަތާނުލައި އެއްވެސް ޙަރަކާތެއް ނުހިންގުމަށް ބާރުލައްވައި އަމުރުކުރެއްވިއެވެ. ހަނގުރާމައިގެ މައިދާނަށް ވަޑައިގެން އެކިތަންތަނަށް އިޝާރާތްކުރައްވައި ވިދާޅުވެދެއްވިއެވެ. އިރާދަކުރެއްވިއްޔާ މިއީ މާދަމާ ދުޝްމިނުންގެ މިވެނި މީހަކު ގަތުލުވާނެ ތަނެވެ. އެވެނި ތަނެއްގައި އެވެނި މީހަކު ގަތުލުވާނެއެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (09)

ކިޔާފައިވާ ޢަދަދު: 928
އިބްރާހީމް މާހިރު
 
25. ބިން ޢިމާރާތްކުރުމާއި، ތިމާވެއްޓަށް ރައްކާތެރިވުމާއެކު ތަރައްޤީ ހޯދުން
ބިން ޢިމާރާތްކުރުމާއި، މާއްދީ އަދި އިންސާނީ ވަސީލަތްތަކުގައި ފުރިހަމަ ތަރައްޤީ ހޯދުމާއި، ތިމާވެއްޓަށް ރައްކާތެރިވެ، ކުނިބުންޏާއި ނުސާފުކަމުން ރައްކާތެރިވުމާއި، ވެށީގެ ވަސީލަތްތައް ހަމަހަމަކުރުމާއި، މީހުންގެ ދިރިއުޅުން ފަސޭހަކޮށްދޭނެ ކަންކަމުގައި އެހީތެރިވެ އުޅުމާއި، ދިރިއުޅުން އިތުރަށް ޒީނަތްތެރިކޮށްދޭ ކޮންމެ ކަމަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއްކަމާއި އެއީ އަޅުކަމެއް ކަމުގައި ދެކެންވާނެއެވެ.

ބަދުރު ހަނގުރާމަ-2 : ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(1)

ކިޔާފައިވާ ޢަދަދު: 1293

ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (1)

ޢަބްދުﷲ ފާރޫޤް ޙަސަން

       
ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ ސަތާރަ ވަނަ ދުވަހު (13 މާރިޗު 624 މ.) ބަދުރުގެ މައިދާނުގައި މުސްލިމުންނާއި ޤުރައިޝުންނާ ދެމެދު ހިނގި ތާރީޚީ ހަނގުރާމައަކީ އިސްލާމީ އުންމަތުގެ ނަސީބާއި ޙައްޤުގެ މަގަށް ގޮވައިލެވުނު ގޮވައިލެވުމުގެ މުސްތަޤްބަލުގެ ނިޔާކަނޑައެޅުނު ހަނގުރާމައެވެ. އިންސާނީ ނަސްލުގެ މުސްތަޤްބަލު އެޙާދިޘާއަކާ ގުޅިފައިވާ ޙާދިޘާއެވެ. އެދުވަހުން ފެށިގެން މިއަދާހަމަޔަށް މުސްލިމުންނަށް ލިބެމުންދާ ކޮންމެ ފަތަޙައަކާއި ނަޞްރަކީ އެހަނގުރާމައިގެ ނަތީޖާއެވެ. މުސްލިމުންގެ ތެރޭގައި އުފެދުނު އަދި އުފެދެމުންދާނެ ހުރިހާ ދައުލަތްތަކަކީވެސް ބަދުރުގެ މައިދާނުގައި މުސްލިމުންގެ ކުޑަކުޑަ މީސްކޮޅަށް ލިބުނު ފަތަޙައިގެ ފޮނިމޭވާއެވެ. އެހެންކަމުން އަރަހުށި މާތްﷲ އެހަނގުރާމަ ހިނގި ދުވަހަށް ނަން ދެއްވައިފައިވަނީ “ޔައުމުލް ފުރްޤާނު” (ނިޔާކަނޑައެޅުނު ދުވަސް) ގެ ނަމުންނެވެ.

ވިސްނައިލަމާ (3) – މައްސަލަޔާ ކުރިމަތިވުމަކީ ކުރިއަށް ދާ ކަމުގެ ހެއްކެއް

ކިޔާފައިވާ ޢަދަދު: 1421
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ތިބާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ދިމާވާ ކޮންމެ މައްސަލައަކީ ނުބައި މައްސަލައެއް ނޫނެވެ. ދިމާވާ މައްސަލަތަކުން ގިނަ ފަހަރަށް އެނގޭ ކަމަކީ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ ކަމެވެ. މަސައްކަތު އާލާތް ވިއްކާ ބަޔަކު ޢިމާރާތެއްގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. އެ ޢިމާރާތުގައި ހަމަ މި ބާވަތުގެ ސާމާނު ވިއްކާ ކުޑަ ފިހާރައެއްވެސް ހުއްޓެވެ. ބޮޑު ފިހާރަ ހުޅުވުމަށް ފަހު، އެ ފިހާރައިގެ އެތަންމިތާގައި ލިޔުމެއް ތަތް ކޮށްފިއެވެ. އެ ލިޔުމުގައި އޮތީ “ހުޅުވުން” މިހެންނެވެ. މި ލިޔުމުން ދޭހަ ކޮށް ދެނީ ފިހާރަ ހުޅުވުނު ކަމެވެ. ނުވަތަ ހުޅުވަނީ ކަމެވެ. ކުޑަ ފިހާރައިގެ ވެރިމީހާ ހެދީ ކިހިނެއް ކަމަށްތޯއެވެ؟ އޭނާގެ ފިހާރައިގެ ދޮރުމަތީގައި ބޮޑު ސިންގާ ބޯޑެއް ބެހެއްޓީއެވެ. އެ ބޯޑުގައި އޮތީ “މައި ދޮރު” މިހެންނެވެ.

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (10)

ކިޔާފައިވާ ޢަދަދު: 1093

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (10)

ޢަބްދުﷲ ފާރޫޤު ޙަސަން

ޝައްކެއްނެތެވެ. ޤައުމެއްގެ ތާރީޚުގެ މިފަދަ ދަނޑިވަޅުތަކަކީ އެބައެއްގެ ލީޑަރޝިޕްގެ ޤާބިލިއްޔަތުގެ އިމްތިޙާނެކެވެ. ހަމައެފަދައިން އުންމަތުގެ އަފްރާދުންގެ ބުންވަރާއި ފަންވަރު ވަޒަންކުރުމެއްވެސް މެއެވެ. މަދީނާގެ ނުވަރޭފެނުތެރޭގައި އޮތް އިސްލާމީ ދައުލަތާ ކުރިމަތިވީ މިފަދަ އިމްތިޙާނެއްގެ ވަގުތެވެ. މަދީނާގެ ކުޑަކުޑަ، ޅަޅަ ދައުލަތުގައި އެކަށީގެންވާ ވަސީލަތްތައް ހުރިނަމަ، ޤާފިލާވެސް އަތްދަށުން ދެމިގެންދިޔަދޭކަށެއް ނުޖެހެއެވެ. މައްކާގެ ލަޝްކަރުވެސް އިނދަޖައްސައިލަންޖެހެއެވެ. ނަމަވެސް ވަގުތާއި ޙާލަތު ތަންދޭގޮތުން، މުސްލިމުންނަށް ކުރިމަތިލެވޭންއޮތީ އެދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކާއެވެ. އެހެންކަމުން، އަރަހުށި މާތް اللّـه ގެ ނިޔާފުޅުގައިވެސްވަނީ ދެބައިމީހުންގެ ތެރެއިން އެއްބަޔަކުގެ މައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވުމަށެވެ. އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި ފާޅުކުރެއްވުމަށެވެ. ކާފަރުންގެ އަސްލު މުލުންލުހެލެއްވުމަށެވެ.  (الأنفـال: 7)

ވިސްނައިލަމާ (2) – ހުރަސްތަ؟ ނުވަތަ ފުރުޞަތުތަ؟

ކިޔާފައިވާ ޢަދަދު: 1402
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ޖެސީ އޮވެންސްއަކީ 1930 ގެ އަހަރުތަކުގައި މަޝްހޫރު ވެގެން ދިޔަ ދުވުންތެރިއެކެވެ. ފުންމުންތެރިއެކެވެ. އޭނާއަކީ އެމެރިކާއަށް އުފަން، އެފްރިކާ މީހެކެވެ. ކަޅު ނަސްލުގެ މީހެކެވެ. އެހެންވީމާ ނާޒީ ޖަރުމަނުގެ ދޮން މީހުންނާ ވާދަކޮށްގެން އޭނާއަށް އެއްވެސް ރޭހެއް ކާމިޔާބު ނުކުރެވޭނޭ ކަމަށް އޮތީ ބެލެވިފައެވެ. އޭނާޔާ ދިމާއަށް މީހުން އެހެން ކިޔަމުންވެސް ދިޔައެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި… (8)

ކިޔާފައިވާ ޢަދަދު: 1084
އިބްރާހީމް މާހިރު
22. ތަފާތު އެތައްކަމެއް ހުރިކަން ޤަބޫލުކުރުން
ތަފާތު ދީންތައް ޤަބޫލުކުރާމީހުންނާއި، ތަފާތު ނަސްލުތަކުގެ މީހުންނާއި، ތަފާތު ބަސްތަކުން ވާހަކަދައްކާ މީހުން އުޅޭކަން އިސްލާމްދީން ޤަބޫލުކުރެއެވެ. އަދި ތަފާތު ޙަޟާރަތްތަކާއި، ތަފާތު ސަޤާފަތްތަކާއި ސިޔާސީ ތަފާތު ފިކުރު ޤަބޫލުކުރާ މީހުން ވެސް އުޅޭނެކަމީ އިސްލާމްދީން ޤަބޫލުކުރާކަމެކެވެ.