ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(9)

ކިޔާފައިވާ ޢަދަދު: 1266

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(9)

ޢަބްދުﷲ ފާރޫޤު ޙަސަން

މުސްލިމުންނާ ދިމާވެފައިވާ ޤުރައިޝުންގެ ޤާފިލާތަކުގައި ތިންސަތޭކަ ނުވަތަ ދުއިސައްތަ ވަރަކަށް މީހުން ތިބުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. އެ ޢަދަދުތަކަކީ ޢާންމުގޮތެއްގައި ވިޔަފާރި ޤާފިލާތަކުގައި ދަތުރުކުރާ ޢަދަދުތަކެއް ނޫނެވެ. އެކަމުން އެނގެނީ، މިއީ ހައްތާވެސް ޤުރައިޝުންގެ ޢަސްކަރީ މިޝަންތަކެއްކަމެވެ. މުސްލިމުން ސަމާލުވެގެން ތިބޭތީ، ޢަސްކަރީ ކުރިމަތިލުމެއް ހިނގައިފައި ނުވަނީއެވެ.

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (8)

ކިޔާފައިވާ ޢަދަދު: 1037

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (8)

ޢަބްދުﷲ ފާރޫޤު ޙަސަން

މަދީނާގެ މި ދުސްތޫރީ މުޢާހަދާގައި އެކުލެވޭ ނުކުތާތަކަށް ބަލާއިރުވެސް، ޤުރައިޝުން މަދީނާއަށް ޙަމަލަދޭނެކަން އިތުރު ސާހިބާއަށް ޔަޤީންވެވަޑައިގަންނަވާކަން ކަށަވަރުވެއެވެ. އެހެންކަމުން، އެމީހުނާ މުޤާބަލާކުރައްވަން ސިޔާސީގޮތުން ބާރުހޯއްދަވަން ބޭނުންވާ ހުރިހާ ނުކުތާތަކެއް، މަދީނާގެ ޤާނޫނުއަސާސީގައި ކަޅާއި ހުދުން ވަނީ ހިމަނުއްވައިފައެވެ.

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ކިޔާފައިވާ ޢަދަދު: 417

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ޢަބްދުﷲ ފާރޫޤު ޙަސަން

 “މާހޫލުގެ ކަރުދާހުގައި” ޤުރައިޝުން ލިޔެފައިވާ ހަނގުރާމައިގެ އިޢުލާން ސަރީޙަ ގޮތެއްގައި ލޯތަކަށް ފެނިގެންއައީ އެބައިމީހުން މަދީނާގެ މުނާފިޤުންގެ ރައީސް عبـداللّـه بـن أبـىّ އަށް ފޮނުވި އިންޒާރުގެ ސިޓީންނެވެ. އެސިޓީގައި، މަދީނާގެ އަންޞާރުންނަށާއި ޔަހޫދީންނަށް އިންޒާރުކޮށް އަންގައިފައިވެއެވެ. “ތިޔަބައިމީހުން އަމިއްލަޔަށް މުޙައްމަދުގެފާނު ތިޔަބައިމީހުންގެ ސަރަޙައްދުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން ތިޔަބައިމީހުންގެ ރަށަށް ޙަމަލަދީ ތިޔަބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް، ތިޔަބައިމީހުންގެ އަނބީންނަކީ އަހަރެމެންގެ ހިތްއުފާކޮށްދޭ ބަޔަކަށް ހަދާނޫއެވެ.”

ވިސްނައިލަމާ (1) – ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެ

ކިޔާފައިވާ ޢަދަދު: 1538
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ނިކަން ވިސްނައިލަމާތޯއެވެ؟ ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެއޭ ކިޔާ އަޑު އައްސަވަމެއް ނޫންތޯއެވެ؟ ކުޑަ ކުއްޖަކު ކަލާނގެއާ މުޚާޠަބްކޮށް ލިޔުނު ނޯޓެއްގައި އޮތެވެ. “މަންމަ އަޅުގަނޑު ވިހެއި ވަގުތު، ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރިއޭ ބޭބެ ބުންޏެވެ. އެއީ ބޭބެ ސަމާސަޔަކަށް ދެއްކި ވާހަކައެއް ދޮގެއްތޯއެވެ؟” ނޫނެކެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނެއް މި ބުރައާއި ވޭން އުފުލައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އެ މީހުން ބޭނުންވާ އުފާވެރިކަމަށް އޮތް މަގަކީ އެއީ ކަމަށް ވުމެވެ. އަމިއްލަ ދަރިއެއް ލިބިގަތުމުގެ ބޮޑު އުފާ ހާސިލުކުރެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވުމެވެ.

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ކިޔާފައިވާ ޢަދަދު: 1272

 

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ޢަބްދުﷲ ފާރޫޤު ޙަސަން
 “މާހޫލުގެ ކަރުދާހުގައި” ޤުރައިޝުން ލިޔެފައިވާ ހަނގުރާމައިގެ އިޢުލާން ސަރީޙަ ގޮތެއްގައި ލޯތަކަށް ފެނިގެންއައީ އެބައިމީހުން މަދީނާގެ މުނާފިޤުންގެ ރައީސް عبـداللّـه بـن أبـىّ އަށް ފޮނުވި އިންޒާރުގެ ސިޓީންނެވެ. އެސިޓީގައި، މަދީނާގެ އަންޞާރުންނަށާއި ޔަހޫދީންނަށް އިންޒާރުކޮށް އަންގައިފައިވެއެވެ. “ތިޔަބައިމީހުން އަމިއްލަޔަށް މުޙައްމަދުގެފާނު ތިޔަބައިމީހުންގެ ސަރަޙައްދުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން ތިޔަބައިމީހުންގެ ރަށަށް ޙަމަލަދީ ތިޔަބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް، ތިޔަބައިމީހުންގެ އަނބީންނަކީ އަހަރެމެންގެ ހިތްއުފާކޮށްދޭ ބަޔަކަށް ހަދާނޫއެވެ.”

ހެދުމުގައި ބާހެދި ހާއަޅަން ފަށައިފައި…..

ކިޔާފައިވާ ޢަދަދު: 1229
ޙަސަން ޒަހީން
އަޅުގަނޑުމެނަކީވެސް ޤައުމެކެވެ. ޤައުމުވަންތަ ގޮތް ހުރި ބައެކެވެ. ޤައުމިއްޔަތެއްގެ ރުކުންތައް ފުރިހަމަވާ ބައެކެވެ. ޤައުމު ކިތަންމެ ކުޑަނަމަވެސް މީސްކޮޅު ކިތަންމެ މަދުނަމަވެސް އަމިއްލަ ވަންތަކަމާއި އަމިއްލަ ދިރިއުޅުމަކަށް ބަރޯސާވާ ބައެކެވެ. އެގޮތްތައް ހިފަހައްޓަމުން އައިސްފައިވާ ބައެކެވެ. އެހެންނަމަވެސް ޒަމާނާއެކު ބަދަލުވަމުންދާ ދިރިއުޅުމުގެ ހަމަތަކުގެ ތެރެއިން އަމިއްލަ ވަންތަކަމާއި ޤައުމުގެ ޤައުމީ ވަންތަކަމަށް ފަނޑުކަމުގެ ކުލަވަރު އަރަން ފަށައިފިއެވެ. ޤައުމިއްޔަތުގެ ރުކުންތަކަކީ ކޮބައިކަން ވަކިކުރަން  ދަތިވާން ފަށައިފިއެވެ.

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (6)

ކިޔާފައިވާ ޢަދަދު: 1288

 

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (6)

ޢަބްދުﷲ ފާރޫޤު ޙަސަން
ޚައިބަރުގެ އެންމެ ގަދަފަދަ ކިއްލާ ފަތަޙަކުރެއްވުމަށް އެތައްދުވަހަކު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ނުވުމުގެ ސަބަބުން، حيـدر كـرّار على مرتضى رضى اللّـه عنــه  އަށް ލަޝްކަރުގެ ދިދަ ދެއްވި ދުވަހު، على ގެފާނު މައިދާނަށް ފޮނުއްވަމުން ވިދާޅުވިއެވެ. 
“އޭ على އެވެ. ކަލޭގެފާނުގެ ސަބަބުން އެންމެ މީހަކަށް ތެދުމަގު ފެނުންވެސްވާނީ ކަލޭގެފާނަށްޓަކައި ސުމާރެއް ނެތްހައި ބޮޑު ނިޢުމަތެއްކަމުގައެވެ.”

[ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް]

ކިޔާފައިވާ ޢަދަދު: 1430
ޢަބްދުﷲ ނަޢީމް އިބްރާހީމް
ސުރުޚީގައި އެވަނީ ހިންދީ ލަވައެއްގެ މައިގަނޑުގެ ފުރަތަމަ ބައެވެ. “ދާނޭދާނޭޕެ ލިކާހެ ކާނޭވާލޭކަ ނާމް” މި ޖުމްލައިގެ މާނައަކީ “ކޮންމެ އޮއްޓަރެއްގައިވެސް އެ އޮއްޓަރެއް ކާނޭ މީހެއްގެ ނަން ވަނީ ލިޔެވިފައެވެ.”

މިއީ ވަރަށް ބޮޑު ތެދެކެވެ. ﷲ ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއްމެ ލައްވައިފައި ވަނީ ވަކި ބޭނުމަކަށްޓަކައެވެ. ރިޒުޤަކީވެސް މީސްމީހުންނަށް “ލިޔުއްވައިފައިވާ” ތަކެއްޗެވެ. ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނީ އެ މީހަކަށްޓަކައި ލިޔުއްވައިފައިވާ އެއްޗެއް، ލިޔުއްވައިފައިވާ މިންވަރަކަށެވެ.

ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް

ކިޔާފައިވާ ޢަދަދު: 832

ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް – الشيخ عبد الرزاق بن عبد المحسن حفظه الله

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން 
الشيخ عبد الرزاق بن عبد المحسن حفظه الله ވިދާޅުވެފައިވެއެވެ.
“އަހަރެމެން މިހޭދަކުރާ ދުވަސްތަކަކީ الله ޙުރަމަތްކުރައްވާފައިވާ މަހެއްގެ ދުވަސްތަކެވެ. އެކަލާނގެ ޙުރުމަތް ކުރައްވާފައިވާ މަސްތަކަކީ ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މިހުރިހާ މަސްތަކެއްގައިވެސް ބަޔާންވެގެންވާ ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިމަސްތަކަށް ޙުރުމަތްވެގެންވާ މަސްތަކޭ ބުނެވެނީ މިމަސްތަކުގައި އެހެން މަސްތަކަށްވުރެ ބޮޑަށް ޙުރުމަތްތެރިކަން ލެވިގެންވާތީއެވެ. الله ވަޙީ ކުރައްވާފައިވެއެވެ. {إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ} “التوبة: 36” “ހަމަކަށަވަރުން އުޑުތަކާ ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރު ތަކުގެ ޢަދަދަކީ اللهގެ ހަޒުރަތުގައި ބާރަ މަހެވެ.”

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (5)

ކިޔާފައިވާ ޢަދަދު: 1288

ބަދުރު ހަނގުރާމަ-1:

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (5)

ޢަބްދުﷲ ފާރޫޤު ޙަސަން
ވިސްނައިވަޑައިގެން ބައްލަވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ ހަނގުރާމަވެރި ޝަޚްޞިއްޔަތެއްގެ ޙައިޘިއްޔަތުން މައިދާނަށް ނުކުމެވަޑައިގެންނެވިނަމަ ބަދުރުގެ މައިދާނުގައި އެކަލޭގެފާނުގެ ސިފައިންނަށް ހާޝިމްވަންހައިގެ މީހުން ޤަތުލު ނުކުރާށޭ އެބައިމީހުން ހަނގުރާމަޔަށް ނެރުނީ ގަދަކަމުންނޭ އެންގެވީސްހެއްޔެވެ. عبّاس بن عبدالمطّلب އާއި أبولبخترى ޤަތުލުނުކުރާށޭ އެންގެވީސްހެއްޔެވެ؟  (أبولبخترى ވަނީ އޮޅުމެއްގެ ތެރޭގައި ޤަތުލުވެފައެވެ.) ބަދުރުގެ އަސީރުން ކުކުރާ އަޑު އިވިވަޑައިގަތުމުން، މަދީނާގެ ފަތަޙަ ލިބިވަޑައިގެން ހުންނެވި ޙާކިމަށް ރޭގަނޑު ލޮލުފިޔަފުޅުވެސް ޖައްސަވައެއް ނުލެއްވުނެވެ. ދަންވަރު ތެދުވެވަޑައިގެން އަސީރުންގެ ބަނދެފައިހުރި އަތްތައް މޮހައި ރައިކޮށްދީ ދޫކުރަން އަމުރު ކުރެއްވިއެވެ.