ދަންމަރު (16)

ކިޔާފައިވާ ޢަދަދު: 7465
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ﷲގެ ރުއްސެވުން ހޯދުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented)   މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented) ހޯދަން އުޅުމެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (8)

ކިޔާފައިވާ ޢަދަދު: 9352
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދާއޫދު ނަބީކަލޭގެފާނު (عليهِ السّلام)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

سيّدنا داؤود عليهِ السّلام އަކީ ވަރަށް މާތް ނަބީ ބޭކަލެކެވެ. އަދި އެއީ ﷲގެ ޙަޟުރަތުން ފޮތް ބާވައިލެއްވި ރަސޫލުބޭކަލެއް ވެސް މެއެވެ. ދާއޫދުގެފާނަށް ބާވާއިލެއްވި ފޮތަކީ ޒަބޫރެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (7)

ކިޔާފައިވާ ޢަދަދު: 8651
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سيدنا لقمان الحكيم (عليه السلام)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ރިވާވެގެންވާ ގޮތުގައި ލުޤުމާނުގެފާނަކީ އައްޔޫބު (عليه السلام) އަށް ބޮޑުބޭބެ ވިދާޅުވާ ބޭކަލެކެވެ. ނުވަތަ ދެބޭންގެ ދެދަރި ބޭކަލެކެވެ. (މާނައަކީ: އައްޔޫބުގެފާނުންގެ އުޚުތެއްގެ ދަރިކަލެކެވެ. ނުވަތަ މައްމާފުޅާ އެއްކިހުނުފަން އުޚުތެއްގެ ދަރިކަލުންނެވެ.) والله أعلم.
ރިވާވެގެންވަނީ ލުޤުމާނުގެފާނުގެ އުފަން ރަށަކީ އުތުރު ސޫދާނާއި ދެކުނު މިޞްރާ ދެމެދުގައިވާ ނުބާ އެވެ ކިޔާ ޝަހަރެއް ކަމުގައެވެ.

އޭރުގެ ފަތްފުށްތަކުން (8)

ކިޔާފައިވާ ޢަދަދު: 6747
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެބައިމީހުންނާއި، މިބައިމީހުން

އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ އުއްތަމަފަނޑިޔާރުމަނިކުފާނު(ރަޙިމަހުﷲ)


މިއީ، ދުވަހު ނޫސް “ވިޔަފާރިމިއަދު” ގެ 4 ވަނަ އަހަރީ ނަންބަރު (19 ސެޕްޓެމްބަރ 1960) ގައި އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (އޭރުގެ އުއްތަމަފަނޑިޔާރުމަނިކުފާނު) ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. ޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ލިޔުންތެރިކަމުގެ ދާއިރާގައި އިތުރު ތާރަފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ.

މުޅީން ދެބަޔެކެވެ. ދުނިޔޭގެ ދެކޮޅުގައި އުޅޭ ދެބައިމީހުންނެވެ. އެ ދެބައިމީހުން އެއްބަޔަކަށްވެ މަސްހުނިވެ އެކައްޗަކަށް ވުމަކީ، ދުވަހަކު ވެސް ވެފައިއޮތް ކަމެއްނޫނެވެ. ވާނެ ވެސް ކަމެއް ނޫނެވެ. ދުނިޔޭގެ ދެކޮޅު އެއީ އެއް ތަނަކަށް ހެދޭނީ ކިހިނަކުންތޯ އެވެ؟ އިރުމައްޗާއި، ހުޅަގު، އެއްކުރެވޭނީ ކޮންފަދައަކުންތޯ އެވެ؟ އެއަކީ، އިހަކު ވެސް އަދި ފަހަކުން ވެސް ވާކަށް އޮތް ކަމެއް ނޫނެވެ.

އުޞޫލުމްފިޤުހުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 9323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތާރީޚީ ގޮތުން ބަލާއިރު އުޞޫލުލްފިޤުހި އެންމެ ފުރަތަމަ ފެށިގެން އައިސްފައިވަނީ ވެސް ކީރިތި ރަސޫލާގެ ޒަމާނުގައި ކަމަށް ދެންނެވިދާނެ އެވެ. ބުއްދީގެ ހަމައިން ބަލާއިރުވެސް އިސްލާމީ ފިޤުހާ އެކުއެކީގައި އުޞޫލުލްފިޤުހި ވެސް ފެށިގެން އަންނާނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކީރިތި ޤުރުއާނުގެ އަޞްލުން ފިޤުހީ ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ބޭނުންކުރައްވަންޖެހޭ އަދި ބޭނުންފުޅުކުރެއްވީ އުޞޫލުލްފިޤުހީގެ ހަމަތަކާއި އުޞޫލުތަކެވެ.

ދަންމަރު (11)

ކިޔާފައިވާ ޢަދަދު: 8605
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދަތި މަގަކުން ތަރިތަކާ ހަމައަށް

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިއާން ނާޝް އަކީ އިނގިރޭސި ޢިލްމުވެރި އެކެވެ. އޭނާ ޖަޕާނު މީހުން ވާހަކަ ދައްކާ ބަހާއި ޖަޕާނާ ބެހޭ ގޮތުން ދިރާސާއެއް ކުރެއްވުމަށްޓަކައި ޖަޕާނުގައި ހަތް އަހަރު ދުވަސް ހޭދަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޕާނު މީހުން ބޮޑަށް ކަން ބޮޑު ވަނީ ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުންނެއް ނޫނެވެ.

ޢުމަރު ބިން ޢަބުދުލްޢަޒީޒުގެ ހެޔޮވެރިކަން

ކިޔާފައިވާ ޢަދަދު: 7699
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ފަހަކަށް އައިސް “ގަވަރނަންސް” އާއި “ހެޔޮވެރިކަން” އަދި ވަކިން ޚާއްސަކޮށް “ގުޑް ގަވަރނެންސް” މި ލަފްޒުތަކަކީ ތަރައްޤީގެ ބަހަރުވައިގައި އެންމެ ގިނައިން ބޭނުންކުރެވޭ ލަފުޒުތަކަށް ވަނީ ވެފައެވެ. ބޭޑް ގަވަރނެންސްއަކީ އަޅުގަޑުމެންގެ މުޖްތަމަޢުގައި ހިގާ ހުރިހާ ގޯސްކަންތައްތަކެއްގެ މައިގަނޑު އެއް ސަބަބު ކަމުގައި، ގިނައިން އަންނަނީ ގަބޫލުކުރެވެމުންނެވެ. އެހީދޭ ގިނަ ފަރާތްތަކާއި އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް، އެ ފަރާތްތަކުން ދޭ އެހީއާއި، ލޯނުތައް ދިނުމުގައްޔާއި އިސްލާޙު ގެނައުމުގައި “ގުޑް ގަވަރނަންސް”ގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޝަރުޠު ކުރެއެވެ.

އުޞޫލުލްފިޤުހަކީ ކޮން އެއްޗެއް؟

ކިޔާފައިވާ ޢަދަދު: 11718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފިޤުހު ނުވަތަ އިސްލާމީ ޤާނޫނީ ނިޒާމް ގެ މައުޟޫއަކީ އިސްލާމީ ތަޢުލީމުގެ ދާއިރާގައި އާދަޔާ ޚިލާފަށް ފުޅާ ދާއިރާއެކެވެ. “ފިޤުހު” މި ލަފުޒުގެ މާނައަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން އެނގުމާއި ދޭހަވުމާއި މަޢުލޫމާތާއި އިސްލާމީ ޤާނޫނީ ނިޒާމެވެ. 
“ވިކިޕީޑިއާ” (www.wikipedia.org) ބުނާ ގޮތުގައި “ފިޤުހު”(فقه) ގެ މާނައަކީ އިސްލާމީ ޤާނޫނީ ނިޒާމް (Islamic jurisprudence) އެވެ. އަދި އެއީ ޤުރުއާނާއި ސުންނަތުގެ އަލީގައި، ތަންފީޛީ އިޚުތިޔާރު އޮތް ފަރާތްތަކުން (ބޮޑެތިބޮޑެތި ޢިލްމުވެރީންނާއި ދީނުގެ އިމާމުން) ހުޅުވައިލައްވައި ފުޅާކުރައްވައިފައިވާ އަދި (އެ ބޭފުޅުން) ތަންފީޒުކުރައްވައިފައިވާ، އިސްލާމީ ޝަރީޢާގެ ސުލޫކީ މިންގަނޑެވެ.

ބުއްދީގެ އަލީގައި ޙަޤީޤީ އީމާންކަން

ކިޔާފައިވާ ޢަދަދު: 7668
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ޙައްޤު ތެދު ހޯދުމަށް ފެންބޮވައިގަތުމަކީ ލިބޭ ވަރަށްބޮޑު އުފަލެކެވެ. އަދި އެއީ ޙަޔާތުގެ މަޤުޞަދުގެ މައިބަދަ ވެސް މެއެވެ. ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ މި ދުނިޔޭގެ ޙަޔާތް ނިންމައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުބާރަށް ހާޒިރުކުރެވި އޭނާގެ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭ އަދި އެ އިންސާނާގެ ކޮންމެ ޢަމަލެއް އެ އަމަލެއްގެ ނިޔަތުގެ އަލީގައި، އިންސާފުވެރިކަމާ އެކު އިންސާފުކުރެވޭނޭ މީހެކެވެ.

މާވަޑިޔާގެ ކީސް ތޫނުކުރުން، ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 9109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 ގޭގައި ކުޑަ މަސައްކަތެއް ކުރަން ޖެހިފައި އޮތުމުން، އީދު ބަންދުގެ ދެތިންދުވަސް ހޭދަ ކުރެވުނީ އަތްދަށު ވަޑިއެއްގެ ގޮތުގައެވެ. މާވަޑިމީހާއަށް ދުރު ގާތްކޮށްދިނުމުގައެވެ. ކޮންމެ މަސައްކަތެއްވެސް އެކަމަކަށް ފަރިތަ މީހުން ކުރާއިރު އެއީ ހަމަ ބަލާހިތުން ބެލޭ ކަންކަމެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، އަޅުގަނޑުގެ ރަޙުމަތްތެރި މާވަޑިޔާގެ މަސައްކަތް އެހާ ލުއިފަސޭހަކޮށް، ‘ދަތްކުނޑި ނުވިކައި’ އެ ކުރެވޭ އެއް ސަބަބަކީ، އެއް މަސައްކަތެއް ރަނގަޅަށް ދަސްވަންދެން އެމަސައްކަތުގައި ދެމިހުރުމެވެ.  ދެވަނަ ސަބަބަކީ އޭނާ ގެންގުޅޭ ރޮންދާ، ވަޑާންކަށި އަދި ކީހުގެ ތޫނުކަމެވެ.