ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ

ކިޔާފައިވާ ޢަދަދު: 4062

އިސްލާމްދީނުގައި އަންހެނުންނާއި ސިޔާސަތު

ޕާލަމެންޓު މެމްބަރަކަށް ވުމާއި އަދި ސިޔާސީ މުޝީރަކަށް ވުމުގެ ފުރިހަމަ ޙައްޤު ލިބިގެންވޭ

ލިއުއްވީ: ޣަޒާލާ ޙަސަން ޤަދުރީ، މިންހާޖު ވިމެންސް ލީގު
ތަރުޖަމާކުރީ: ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ

ތަޢާރުފް
މުސްލިމުނޫން އޮބްޒާވަރުންނާއި އަދި މުސްލިމުންވެސް އެންމެ ގިނައިން ކުރާ ސުވާލަކީ އިސްލާމީ ސިޔާސީ ނިޒާމުގައި އަންހެނުންގެ ދައުރާއި މެދުގައެވެ. ބައެއް އިސްލާމީ މުޖުތަމަޢު ތަކުގައި އަންހެނުންނާ މެދު އިހާނެތިކޮށް ކަންތައްތައް ކުރެވެމުން ދިއުމުގެ ސަބަބުން ގިނަފަހަރަށް ހީވެފައި އޮންނަނީ ސިޔާސީ ނިޒާމުގައި އަންހެނުންނަށް އޮންނަނީ ވަރަށްވެސް ކުޑަ ފުރުޞަތެއް ކަމަށެވެ. ނުވަތަ އެއްވެސް ޙައްޤެއް ލިބިގެން ނުވާކަމުގައެވެ. އެކަމަކު އެއީ އެކަން އޮންނަ ގޮތެއް ނޫނެވެ.
 

[ކުދިކުދި] ބޮޑެތި ކަންތައްތަކެއް

ކިޔާފައިވާ ޢަދަދު: 8124
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ނަމާދުކޮށް ރޯދަ ހިފައި ޒަކާތްދީ ޙައްޖުކޮށް މާތް ﷲ އެންގެވި ގޮތަށް އުޅެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެވޭތޯ މަސައްކަތް ކުރަނީ މުސްލިމުންނަށް ވީތީ އެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނުގެ އަހުލުވެރީންނެވެ.

ތަޢުލީމީ ދާއިރާ – ކިޔަވައިދިނުން

ކިޔާފައިވާ ޢަދަދު: 4245
ޒުލްފާ އިބްރާހީމް، ގ.ނޫރަންގެ، (ޅ.ކުރެންދޫ)
އަޅުގަނޑުމެންގެ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދަރިއަކު ބަލައި، ބޮޑު ކުރަނީ ނުހަނު ގިނަ އުއްމީދުތަކަކާއި އެކުގައެވެ. ކޮންމެ މަންމައަކަށްވެސް “ތެޔޮފެން ލެވޭ ހިނދު … ހެޔޮކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މި ދަރިފުޅުވާނެއޭ” އުއްމީދުކޮށް، އެކަމަށް ދުޢާ ކުރެއެވެ. ތުއްތު އިރުގައި އިނގިލި ކުރީ ލައިގެން ސްކޫލަށް ގެންގޮސް އާންޓީއާއި ދަރިފުޅު ހަވާލު ކުރެއެވެ. އެކިއެކި ކުލާސްތަކަށް ކުއްޖާ ގެންދެއެވެ. އަވަހަށް ތަކެތި ދަސްކޮށްދޭށެވެ. ތިމާގެ ދަރިފުޅަކީ މޮޅު ކުއްޖަކަށް ހަދާށެވެ. އަދި ކިއެއްތޯއެވެ؟ އެ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާއަށް ވޭތޯއެވެ.

އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމަކީ ފަރުދީ އިޖުތިމާޢީ ޒިންމާއެއެކެވެ.

ކިޔާފައިވާ ޢަދަދު: 4399
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިންގެ މާޒީގައި އެއްދުވަސް ވަރެއްގައި ޢާންމު އިޖުތިމާޢީ މިންގަނޑުތައް ކަމަށް ޤަބޫލުކުރެވޭ މިންގަނޑާއި ޚިލާފު ޢަމަލެއް ކުރާތަން ފެނުމަކީ ހާލަކުން ފަހަރަކު ނޫނީ ނުފެންނާނެކަމކެވެ. އޭރު އެއިންކަމެއް ފެނުމަކީ އާދަޔާ ޚިލާފު ކަމަކަށް ވެގެންދިޔައެވެ. އަދި އެއިންކަމެއް ފެނުމަކީ މީހުން އެއާ ދެކޮޅަށް ތެދުވި ކަމެއްކަމަށް ވެގެންދިޔައެވެ. މީހުންގެ ނަފުރަތު ލިބުނު ކަމަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް މިއަދުގެ ހަޤީޤަތަކީ  އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަކީ ޢާންމުކޮށް ހިނގާ ކަމަކަށްވުމެވެ. އަދި އެއާއެކު އުޅެން އަޅުގަނޑުމެން ފަރިތަވެފައިވާ ކަމަކަށްވުމެވެ.
 

އޭރުގެ ފަތްފުށްތަކުން…. (38)

ކިޔާފައިވާ ޢަދަދު: 2683

އޭރުގެ ފަތްފުށްތަކުން…. (38)

ذمّةތަކުގެ އަގުލިސްޓް (معرضގައި)

الشيخ عمر عيسى


ފަޟީލަތުއްޝައިޚް ޢުމަރު ޢީސާ (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.
 
އައްޝައިޚް ޢުމަރު ޢީސާގެމި ލިޔުން ނަކަލުކޮށްފައިވަނީ، މީގެ 56 އަހަރު ކުރީން، 1ރަބީޢުލްއައްވަލު 1378 ގައި ނުކުތް “ސަރުކާރުގެ ޚަބަރު” ނޫހުންނެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (7)

ކިޔާފައިވާ ޢަދަދު: 3364

فضيلة الشيخ نصرالله مصطفى

(5 ޖުލައި 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބަދަލު ހިފައި ޙައްޤު ލިބިގަތުމުގެ ބައި ދޫކޮށްފިނަމަ ކެތްތެރިވެ މަޢާފްދިނުން ފަސޭހަވެގެންދާނެއެވެ.

ޝުކުރުކުރުން

ދެވަނަ އަޞްލަކީ ޝުކުރުވެރި ވުމެވެ. އެއީ ﷲ އަންގަވާފައިވާ ކަންތައްތައް އެކަލާނގެ އާއި ކުއްތަން ވުމުގެ ގޮތުން ކުރުމެވެ.ﷲ ވަޙީކުރެއްވިއެވެ: “لَئِن شَكَرْتُمْ لأَزِيدَنَّكُمْ” (إبراهيم:7) މާނައަކީ: ތިޔަބައިމީހުން ތިމަން ﷲއަށް ޝުކުރުވެރި ވެއްޖެނަމަ ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ”. މިއާޔަތުން ޝުކުރުކުރުމުގެ މުހިއްމުކަން ހާމަވާނެކަން ކަށަވަރެވެ.

ބަރުގޮނު އަޅަނީ ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 2852
އަޙްމަދު ޝިޔާމް
ބަރގޮނުު އަޅަނީ ކީއްކުރަންހޭ އަޅުގަނޑުގެ ރަޙްމަތްތެރިއެއްގެ ގާތުގައި އެހުމުން އޭނާބުނީ އެހެންމީހުންނަށް ދުއްތުރާ ކުރަން ކުރާ ކަމެއްކަމަށެވެ. އެހެން ރަޙްމަތްތެރިއެއްގެ ގާތުގައި އެސުވާލު އެގޮތަށް ކުރުމުން އޭނާ ބުނި އެއީ މަގުން ތަންހޯދުމަށް ކަމަށެވެ.

ކޮންމެއަކަސް ބަރުގޮނުު ނުވަތަ ބަރުގޮނު، އެޅުމުން މިހާރު އެއަޑަކީ މީހުން ފޫހިވާ އަދި އަޑުއަހަން އުނދަގޫ އަޑަކަށްވަނީ ވެފައެވެ. އަޅުގަނޑުމެން ބައިސިކަލް ދުއްވި ޒަމާނުގައި ރަނގަބީލު އަޅަނީވެސް މީހުންނަށް ދުއްތުރާކުރާކަށް ނޫނެވެ. މަގުންތަންހޯދުމަށާއި ގޯޅިއަކުން ލަނބާލާއިރު އެކްސިޑެންޓެއް ވެދާނޭ ކަމުގެ ބިރަށެވެ.

” ޤުރްއާނާއި އިންޖީލާއި ސައިންސް ” މި ފޮތުގެ ލިޔުންތެރިޔާ

ކިޔާފައިވާ ޢަދަދު: 423
އަޙްމަދް ސަމީރު ޢަލީ
ސުރުޚީގައި އެވާ ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތައުލީމީ މުސްލިމުންގެ ތެރޭގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތް ލިޔުއްވީ ފަރަންސޭސި ވިލާތުގެ މެޑިކަލް ޑަކްޓަރެކެވެ. ބޭސްވެރިކަމުގެ ޚާއްސަ ފަންނަކީ އެތެރެހަށީގެ އޮޕަރޭޝަން ކުރެއްވުމެވެ.
 

އުޅޭ މާހައުލަށް ހަށިގަނޑު ހޭނުމާއި ތަނެއްގެ ސަގާފަތަށް ހޭނުން

ކިޔާފައިވާ ޢަދަދު: 8233
އަޙްމަދް ސަމީރު ޢަލީ


ތިރީގައި އެވަނީ އިނގިރޭސި ނޫސް ސަންޑޭ އޮބްސާރވަރގައި Professor Mark Pagel ދެއްވި ބަސްދީ ގަތުމެއްގެ ތަރުޖަމާއެވެ. ޕްރޮފެސަރ ޕޭޖަލް އަކީ، އިނގިރޭސި ވިލާތުގެ University of Reading ގައި ދުނިޔޭގެ އެކި ކަންކޮޅުގައި، މީހުންގެ ސަގާފަތަށް އަންނަ ބަދަލު ދިރާސާ ކުރާ ގޮފީގެ އެންމެ އިސް ޕްރޮފެސަރެވެ. 115 ވަރަކަށް އަހަރު ވެފައިވާ މި ޔުނިވަރސިޓީ ހުންނަނީ އިނގިރޭސިވިލާތުގެ ރީޑިންގް ކިޔާ ސަހަރެއްގައި ކަމުގައިވާތީ ޔުނިވަރސިޓީއަށް އެސަހަރުގެ ނަމުން ނަންދެވިފައިވަނީއެވެ.

ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (2)

ކިޔާފައިވާ ޢަދަދު: 4883

އިބްރާހީމް ރަޝީދު މޫސާ
ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ ” يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَاكُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (البقرة : 183) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެމައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ. “

މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.