ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (7)

ކިޔާފައިވާ ޢަދަދު: 3402

فضيلة الشيخ نصرالله مصطفى

(5 ޖުލައި 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބަދަލު ހިފައި ޙައްޤު ލިބިގަތުމުގެ ބައި ދޫކޮށްފިނަމަ ކެތްތެރިވެ މަޢާފްދިނުން ފަސޭހަވެގެންދާނެއެވެ.

ޝުކުރުކުރުން

ދެވަނަ އަޞްލަކީ ޝުކުރުވެރި ވުމެވެ. އެއީ ﷲ އަންގަވާފައިވާ ކަންތައްތައް އެކަލާނގެ އާއި ކުއްތަން ވުމުގެ ގޮތުން ކުރުމެވެ.ﷲ ވަޙީކުރެއްވިއެވެ: “لَئِن شَكَرْتُمْ لأَزِيدَنَّكُمْ” (إبراهيم:7) މާނައަކީ: ތިޔަބައިމީހުން ތިމަން ﷲއަށް ޝުކުރުވެރި ވެއްޖެނަމަ ހަމަ ކަށަވަރުން ތިމަން ﷲ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ”. މިއާޔަތުން ޝުކުރުކުރުމުގެ މުހިއްމުކަން ހާމަވާނެކަން ކަށަވަރެވެ.

ބަރުގޮނު އަޅަނީ ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 2910
އަޙްމަދު ޝިޔާމް
ބަރގޮނުު އަޅަނީ ކީއްކުރަންހޭ އަޅުގަނޑުގެ ރަޙްމަތްތެރިއެއްގެ ގާތުގައި އެހުމުން އޭނާބުނީ އެހެންމީހުންނަށް ދުއްތުރާ ކުރަން ކުރާ ކަމެއްކަމަށެވެ. އެހެން ރަޙްމަތްތެރިއެއްގެ ގާތުގައި އެސުވާލު އެގޮތަށް ކުރުމުން އޭނާ ބުނި އެއީ މަގުން ތަންހޯދުމަށް ކަމަށެވެ.

ކޮންމެއަކަސް ބަރުގޮނުު ނުވަތަ ބަރުގޮނު، އެޅުމުން މިހާރު އެއަޑަކީ މީހުން ފޫހިވާ އަދި އަޑުއަހަން އުނދަގޫ އަޑަކަށްވަނީ ވެފައެވެ. އަޅުގަނޑުމެން ބައިސިކަލް ދުއްވި ޒަމާނުގައި ރަނގަބީލު އަޅަނީވެސް މީހުންނަށް ދުއްތުރާކުރާކަށް ނޫނެވެ. މަގުންތަންހޯދުމަށާއި ގޯޅިއަކުން ލަނބާލާއިރު އެކްސިޑެންޓެއް ވެދާނޭ ކަމުގެ ބިރަށެވެ.

” ޤުރްއާނާއި އިންޖީލާއި ސައިންސް ” މި ފޮތުގެ ލިޔުންތެރިޔާ

ކިޔާފައިވާ ޢަދަދު: 463
އަޙްމަދް ސަމީރު ޢަލީ
ސުރުޚީގައި އެވާ ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތައުލީމީ މުސްލިމުންގެ ތެރޭގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތް ލިޔުއްވީ ފަރަންސޭސި ވިލާތުގެ މެޑިކަލް ޑަކްޓަރެކެވެ. ބޭސްވެރިކަމުގެ ޚާއްސަ ފަންނަކީ އެތެރެހަށީގެ އޮޕަރޭޝަން ކުރެއްވުމެވެ.
 

އުޅޭ މާހައުލަށް ހަށިގަނޑު ހޭނުމާއި ތަނެއްގެ ސަގާފަތަށް ހޭނުން

ކިޔާފައިވާ ޢަދަދު: 8276
އަޙްމަދް ސަމީރު ޢަލީ


ތިރީގައި އެވަނީ އިނގިރޭސި ނޫސް ސަންޑޭ އޮބްސާރވަރގައި Professor Mark Pagel ދެއްވި ބަސްދީ ގަތުމެއްގެ ތަރުޖަމާއެވެ. ޕްރޮފެސަރ ޕޭޖަލް އަކީ، އިނގިރޭސި ވިލާތުގެ University of Reading ގައި ދުނިޔޭގެ އެކި ކަންކޮޅުގައި، މީހުންގެ ސަގާފަތަށް އަންނަ ބަދަލު ދިރާސާ ކުރާ ގޮފީގެ އެންމެ އިސް ޕްރޮފެސަރެވެ. 115 ވަރަކަށް އަހަރު ވެފައިވާ މި ޔުނިވަރސިޓީ ހުންނަނީ އިނގިރޭސިވިލާތުގެ ރީޑިންގް ކިޔާ ސަހަރެއްގައި ކަމުގައިވާތީ ޔުނިވަރސިޓީއަށް އެސަހަރުގެ ނަމުން ނަންދެވިފައިވަނީއެވެ.

ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (2)

ކިޔާފައިވާ ޢަދަދު: 4915

އިބްރާހީމް ރަޝީދު މޫސާ
ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ ” يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَاكُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (البقرة : 183) އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެމައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ. “

މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.

ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (1)

ކިޔާފައިވާ ޢަދަދު: 4984

އިބްރާހީމް ރަޝީދު މޫސާ

ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ “يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ( البقرة : 183)  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”
މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.

ރޯދައާއި ދުޢާ

ކިޔާފައިވާ ޢަދަދު: 5242
އިބްރާހީމް ރަޝީދު މޫސާ
ރަމަޟާންމަހުގައި ރޯދަހިފުން ފަރްޟުކުރެއްވިކަން އަންގަވައި ބާވައިލެއްވި އާޔަތާމެދު ވިސްނައިލަމާތޯއެވެ. މާތްﷲ މި އާޔަތުގައި ރޯދަހިފުން ފަރްޟުކުރައްވާފައި މި ވަނީ މުއުމިނުންގެ މައްޗަށެވެ. އާދެ!މާތްﷲ ވަޙީކުރައްވަނީ “يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾

ގިނަގުނަ ސަވާބުތަކާއި ދަރުމައިގެ މަސް(2)

ކިޔާފައިވާ ޢަދަދު: 4690

އިބްރާހީމް ރަޝީދު މޫސާ

ރަމަޟާންމަހަކީ ހެވާއި ދަރުމައިގެ މައްސަރެވެ. ކުރާއަޅުކަންތަކުގެ ސަވާބު އެކަކުން ހާހަކަށް އިތުރުވެގެންދާ މައްސަރެވެ.
ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ސަވާބުލިބިގެންވެއެވެ. އެހެންކަމުން ރަމަޟާން މަހުގައި އެއިން ކޮންމެ އަކުރަކަށް އެއްހާސް ސަވާބު ލިބިގެންވެއެވެ. މި ސަވާބު މިއަށް ވުރެ ބޮޑަށް ރަމަޟާންމަހުގެ ހުކުރުދުވަސްތަކުގައި އިތުރުވެގެންދާނެއެވެ. އަދި މި ސަވާބު ލައިލަތުލްޤަދްރި ވިލޭރޭގައި އެތައްއެތައް ހާހަކަށް އިތުރުވެގެންދާނެއެވެ.

ގިނަގުނަ ސަވާބުތަކާއި ދަރުމައިގެ މަސް

ކިޔާފައިވާ ޢަދަދު: 4611
އިބްރާހީމް ރަޝީދު މޫސާ

ރަމަޟާންމަހަކީ ހެވާއި ދަރުމައިގެ މައްސަރެވެ. ކުރާއަޅުކަންތަކުގެ ސަވާބު އެކަކުން ހާހަކަށް އިތުރުވެގެންދާ މައްސަރެވެ.
ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ކީރިތިޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ސަވާބުލިބިގެންވެއެވެ.އެހެންކަމުން ރަމަޟާންމަހުގައި އެއިން ކޮންމެ އަކުރަކަށް އެއްހާސް ސަވާބު ލިބިގެންވެއެވެ. މި ސަވާބު މިއަށް ވުރެ ބޮޑަށް ރަމަޟާންމަހުގެ ހުކުރުދުވަސްތަކުގައި އިތުރުވެގެންދާނެއެވެ. އަދި މި ސަވާބު ލައިލަތުލްޤަދްރި ވިލޭރޭގައި އެތައްއެތައް ހާހަކަށް އިތުރުވެގެންދާނެއެވެ.

ފިޠުރު ޒަކާތުގެ ޙިކްމަތާއި މިންވަރު

ކިޔާފައިވާ ޢަދަދު: 7810
އިބްރާހީމް ރަޝީދު މޫސާ

ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފުމަށްފަހު ޝައްވާލުމަހުގެ ހަނދު ފެނުމުން މުސްލިމުން ކުރިމަތިލާނީ ފިޠުރުޢީދަށެވެ. އެއީ މާތްﷲ މުސްލިމުންނަށް ދެއްވާފައިވާ ދެޢީދުގެ ތެރެއިން ފުރަތަމަ ޢީދެވެ. އެއީ ރަމަޟާން މަހުގައި ފަރްޟުރޯދަ ހިފުމުގައި މާތްﷲ ދެއްވި ހެޔޮ ތަވްފީޤަށް ޝުކްރުދެންނެވުމާއި އެކަލާނގެ ކުރަން އެންގެވިކަމެއް ކުރެވުނީތީ އެކަމަށް އުފާ ފާޅުކުރާ ދުވަހެވެ. އެދުވަހުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުން ބައިވެރި ކުރުމަށްޓަކައި މާތްﷲ ފިޠުރުޒަކާތޭ ކިޔާ އެއްޗެއް ފަރްޟު ކުރެއްވިއެވެ.