ޝަރީޢަތުގެ ނަޒަރުގައި މަޞްލަޙަތު

ކިޔާފައިވާ ޢަދަދު: 12692
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެށުން:
“އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.”

ތިބާގެ ވާހަކަތައް ތިންފުރޭނިން ފުރާނައިލާށެވެ.

ކިޔާފައިވާ ޢަދަދު: 3708
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޝާކިރު މުޙައްމަދު
އައްބާސީ ޚިލާފަތުގެ ރަންދުވަސްވަރުގައި، އެ ޚަލީފާކަމުގެ ވެރިރަށް ކަމުގައިވާ ބަޣުދާދުގައި ވަރަށް ވިސްނުންފުޅު ތޫނު ޢިލްމުވެރިއަކު ދިރިއުޅުއްވިއެވެ.
އެއްދުވަހަކު ޝައިޚްގެ އަރިހުގައި ދިރިއުޅޭ މީހަކު ޝައިޚްގެ ގާތަށް ޙާޟިރުވެ ދެންނެވިއެވެ. “އޭ ޝައިޚެވެ. ޝައިޚްގެ ރަޙްމަތްތެރިޔާއާއި ގުޅޭގޮތުން ދެންމެ އަޅުގަނޑަށް އަޑުއިވުނު ވާހަކައެއް ދަންނަވަންތޯއެވެ؟”

ދިރުއުޅުމުގެ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި ތަޤުވާވެރިއަކަށްވުން

ކިޔާފައިވާ ޢަދަދު: 7252
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން

ތަޤުވާވެރިންނަކީ ކޮބާ؟

ސޫރަތުލް ބަޤަރާގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ (2﴾ “މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.”  މި އާޔަތުގެ މާނައިން އޮޅުމެއް ނެތްގޮތުގައި އެނގި ސާފުވެގެންދަނީ ކީރިތި ޤުރުއާނަކީ ތަޤުވާވެރިންނަށް ނުވަތަ މުއުމިނު އަޅުތަކުންނަށް ހުރި ހިދާޔަތެއްކަމެވެ. ތެދުމަގެއްކަމެވެ. މާތް ﷲ ގެ މަގުގައި ހެޔޮޢަމަލު ކުރުން މަތީ ދެމި ހުރި މީހުނަށް ލިބިގެންވާ ނޫރެއްކަމެވެ.

އިރު އޮއްސެންވާއިރަށް ކުޑަކުދިން ގެއަށް ވައްދައި ދޮރުތައް ލެއްޕުން

ކިޔާފައިވާ ޢަދަދު: 4684
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް
بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
 
އިހުޒަމާނުއްސުރެ މީހުން ކުރަމުން އައިސްފައިވާ ވަރަށް ގިނަ ކަންތައްތަކަކީ ބޯދާ ކަންތައްތަކޭ ބުނެވެއެވެ. އެއީ ހަގީގަތެއް ނުވަތަ އިލްމީ އަސްލެއް ނެތް ކަންތައް ތަކެވެ. ނަމަވެސް އިހުޒަމާނުއްސުރެ މީހުން ކުރަމުން އައި ކަންތައްތަކާއި ދެކެމުން އައި ހުރިހައި ގޮތަކީ ބޯދާ ކަންތައްތަކެއް ނުވަތަ ގޮތްތަކެއް ނޫނެވެ.

ޢަމަލުތަކުން ހަޤީޤަތް ބުނެދެޔޭ!

ކިޔާފައިވާ ޢަދަދު: 6298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
ކަމެއް ކުރުމުގެ ހަޤީޤީ މަގުޞަދަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ އެކަންކުރި މީހަކަށެވެ. ސަބަބަކަށް ވަނީ ނިޔަތެވެ. އެއީ އެހެންމީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެމީހަކުކުރި ޢަމަލަށް ބެލުމަށްފަހު، އެކަމުގެ ނިޔަތްދެނެގަނެވިދާނެ އެވެ. ސަބަބަކަށްވަނީ މީހެއްގެ ޢަމަލުން އޭނާގެ މަގުޞަދާއި، އަމާޒު ކޮންމެވެސް މިންވަރަކަށް ތަސައްވަރުކުރެވޭތީ އެވެ.

މާމުއިގެ ގިނަގުނަ ފައިދާގެތެރެއިން…….

ކިޔާފައިވާ ޢަދަދު: 4304
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
“ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ:މާމުއީގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.”(އައްނަޙްލު: 68،69)

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (4)

ކިޔާފައިވާ ޢަދަދު: 9728
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
(13 އޭޕްރިލް 2011 (ހުކުރު) އާ ގުޅޭ)
ކުރީން ވެސް ދެންނެވި ފަދައިން ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު ތަންތާނގެ އަސަރު (ވީރާނާ ވެފައިވާ ގޯތިގެދޮރު) ދިރިތިބީންނަށް ޢިބްރަތަކަށްޓަކައި އަދިވެސް ފެންނާން އެބަހުއްޓެވެ.

5- ސައްޔިދުނާ އިބްރާހީމް ޢަލައިހިއްސަލާމް:

ނަބީ ބޭކަލުންގެ ބަފައިކަލުނަވި ސައްޔިދުނާ އިބްރާހީމްގެފާނަކީ ޚަލީލުﷲ (ﷲގެ ޚާއްޞަ މިތުރު)ގެ މަތިވެރި ލަޤަބު ލިބިވަޑައިގެންވާ މާތް ކަލޭގެފާނެވެ.

އިޞްލާހީ މަސައްކަތާއި އުޅަނދު ފޫދުއްވުން

ކިޔާފައިވާ ޢަދަދު: 4178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ
އަޅުގަނޑުމެން އެންމެން ދިރިއުޅޭ މި ޙަޔާތުގެ މިސާލަކީ ބޮޑު މާސިންގާ ކަނޑެއްގައި ދަތުރުކުރަމުންދާ އުޅަނދެއްގެ މިސާލެވެ. މިއީ  ހުރިހާ ބާވަތެއްގެ މަޚްލޫޤާތުން ދިރިއުޅޭ އުޅަނދެކެވެ.  އޭގެ ތެރޭގައި މި އުޅަނދުގެ އަގު ވަޒަންކުރާ ބަޔަކާއި މި އުޅަދުގެ އަގު ވަޒަންކުރުމުގައި  އެހެންމީހުންގެ ޙައްޤުތައް ނުދަންނަ ބަޔަކު ވެއެވެ.

ތަޢުލީމީ ޒުވާނަކާއި ދީނީ ޢިލްމުވެރިއެއް

ކިޔާފައިވާ ޢަދަދު: 4593
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
ދުވަސްތަކެއް ވަންދެން ޢިލްމު ހޯދުމަށްޓަކައި ޒުވާނަކު އެކި ޤައުމުތަކަށް ދަތުރުކުރިއެވެ. އޭނާ އެނބުރި ޤައުމަށް އައުމަށްފަހު،  އޭނާ ކުރާ ތިން ސުވާލަކަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ ތަޖުރިބާކާރެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ގާތުގައި އެދުނެވެ. އެ ޒުވާނާގެ އެދުމާ އެއްގޮތަށް އޭނާގެ މައިންބަފައިން ދީނީ ޢިލްމުވެރިޔަކާ އޭނާ ބައްދަލުކޮށްދެއްވިއެވެ.

ކީރިތި ޤުރުއާނުގައި ނަބީބޭކަލުންގެ ނަންފުޅު ބަޔާންވެގެންވާ މިންވަރު (3)

ކިޔާފައިވާ ޢަދަދު: 9610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(30 މާރޗް 2012 (އަންގާރަ) އާ ގުޅޭ)
މިފަދަ ޢިބްރަތްތެރި ވާހަކަތައް ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވައިފައިވަނީ މީސްތަކުންނަށް ޢިބްރަތެއް ކަމުގައެވެ. އެހެންނަމަވެސް މިފަދަ ވާހަކަތަކުން ޢިބްރަތް ލިބޭނީ ތަޤުވާވެރީންނަށެވެ.

5- ސައްޔިދުނާ ޞާލިޙު ޢަލައިހިއްސަލާމް

ސައްޔިދުނާ ޞާލިޙުޢަލައިހިއްސަލާމް ފޮނުއްވުނީ ޘަމޫދު ބާގައިގެ މީހުންގެ ގާތަށެވެ. އެއީ ވެސް ޢަރަބި ޕެނިންސިއުލާރ ސަރަހައްދަށެވެ. ޞާލިޙުގެފާނު އެބަޔެއްގެ ގާތަށް ފޮނުއްވި ޘަމޫދު ބާގައިގެ މީހުންގެ އާބާދީ ފެތުރިފައި އޮތީ ޙިޖާޒުކަރައާއި ޝާމުކަރައާ ދެމެދުގެ ހިސާބެއްގައެވެ. (އެއީ މިއަދުގެ ސޫރިއާ އާއި އެތާނގެ ވަށައިގެންވާ ސަރަޙައްދެވެ.) އެއީ މަދުޔަންގެ އިރުދެކުނު ސަރަޙައްދެވެ.