ހިތްތަކުގެ ހަމަޖެހުންވަނީ اللَّهُ ހަނދުމަކުރުމުގައެވެ.

ކިޔާފައިވާ ޢަދަދު: 333

ހިތްތަކުގެ ހަމަޖެހުންވަނީ اللَّهُ ހަނދުމަކުރުމުގައެވެ. އަޙްމަދު ފާރޫޤް މުޙައްމަދު މިއަދު މީސްތަކުންގެ ޙާލަތަށް ބަލައިލާއިރު ގިނަ ބަޔަކުއުޅެނީ އެބައިމީހުންގެ ހިތް ނުތަނަވަސްކަމާއި ކަންބޮޑުވުންތައް ފިލުވައިލެވޭނެ ގޮތެއް ނުފެނިގެންނެވެ. ނަފުސާނީ ބޮޑު ގިލަންވެރިކަމެއްގައި މީސްތަކުންވަނީ ހަފުސްވެފައެވެ. ހިތްހަމަޖެހުން ހޯދުމަށްޓަކައި ބައެއް މީހުން މަސްތުވާ ތަކެތީގެ އަޅުންނަށް ވެދެއެވެ. އަނެއްބަޔަކު ޑިސްކޯތަކާއި ނައިޓްކްލަބުތަކުގައި ވަގުތުތައް ހޭދަކުރެއެވެ. ބައެއް މީހުން ސައިކޭޓްރިސްޓުންނާއި ނަފުސާނީ ޢިލްމުވެރިންގެ ގާތުން ކޮންމެވެސް ނަތީޖާއެއް ލިބޭތޯ މަސައްކަތްކުރަމުން ދެއެވެ. އަނެއް ބަޔަކު ޑޮކްޓަރުންނާއި ބޭސްވެރިންގެ ކިބައިން ތިމާމެންގެ…

ތިމާގެ އެކުވެރިން އިޚްތިޔާރުކުރުމުގައި އިސްލާމީ ހަމަތަކަށް ރިޢާޔަތްކުރުން (2)

ކިޔާފައިވާ ޢަދަދު: 326

ތިމާގެ އެކުވެރިން އިޚްތިޔާރުކުރުމުގައި އިސްލާމީ ހަމަތަކަށް ރިޢާޔަތްކުރުން (2) އަޙްމަދު ފާރޫޤް މުޙައްމަދު މީހާ ދެނެގަނެވޭނީ އޭނާ އެކުވެރިވާ ބަޔެއްގެ ފަރާތުންނެވެ. ބަނގުރާބުއިމާއި، ޖުވާކުޅުމާއި، ޒިނޭކުރުމާއި، މިނޫންވެސް ފާފަތަކަށް އަރައިގަތުން އާދަކޮށްފައިވާ ބަޔަކާ ގުޅިގެން އެފަދަ މީސްމީހުންގެ މަޖިލީހުގައި އިށީނދެ ވާހަކަދައްކައި އުޅޭ މީހަކު، އެފަދަ ބަޔަކާ ގުޅިގަންނަ ކުރީކޮޅު، ޙަޤީޤަތުގައި އެފަދަ ފާފައަކަށް އަރައިގަންނަކަމަށް ނުވިއަސް މީސްތަކުން ދެކޭނީ އޭނާ ވެސް އެފަދަ ކަންކަން ކުރާކަމަށެވެ. ޢަރަބި ޝާޢިރެއްގެ ބައިތެއްގައިވެއެވެ. [މީހާއަކީ ކޮންކަހަލަ މީހަކުތޯ ސުވާލު…

ތިމާގެ އެކުވެރިން އިޚްތިޔާރުކުރުމުގައި އިސްލާމީ ހަމަތަކަށް ރިޢާޔަތްކުރުން (1)

ކިޔާފައިވާ ޢަދަދު: 373

ތިމާގެ އެކުވެރިން އިޚްތިޔާރުކުރުމުގައި އިސްލާމީ ހަމަތަކަށް ރިޢާޔަތްކުރުން (1)   އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުންނަކީ އެއް ބަޔަކު އަނެއްބަޔަކާ އެކުވެރިވެ ގުޅިގެން އުޅުން ޠަބީޢީ ގޮތުންވެސް ލާޒިމުވެފައިވާ ބަޔެކެވެ. އެހެނީ، އެއްވެސް އިންސާނަކީ، އަނެކާގެ އެހީތެރިކަމާނުލައި ދިރިއުޅުމުގެ ހަނގުރާމަ ކާމިޔާބުކުރެވޭނެ މީހެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެން މަރުވެ ކަށްވަޅަށް ދާނދެން ތިމާފަދަ އެހެން އިންސާނުންގެ އެހީތެރިކަމާއި އަޅައިލުމާއި އޯގާތެރިކަމަށް ކޮންމެ އިންސާނަކު ވެސް ބޭނުންވެއެވެ. ކަން މިހެން ހުރުމާއެކު ދިރިއުޅުމުގެ މައިދާނުގައި ތިމާގެ އެހީތެރި…

ޝަރުޢީގޮތުން ސާބިތުނުވާ ތަކެއްޗަށް ޢަމަލުކުރުމެއް ނުވެއެވެ.

ކިޔާފައިވާ ޢަދަދު: 308

ޝަރުޢީގޮތުން ސާބިތުނުވާ ތަކެއްޗަށް ޢަމަލުކުރުމެއް ނުވެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު                           ކީރިތި ޤުރްއާނާއި ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތުން ސާބިތުވާ ދުޢާތަކާއި ޛިކުރުތައް އެއީ މުސްލިމުންނަށް ފުދި އިތުރުވެގެންވާ އެއްޗެކެވެ. އަޅުގަނޑުމެން މުސްލިމުންކުރެ ގިނަ މީހުން މިއުޅެނީ ކޮންމެ ދުވަހަކު ކީރިތި ޤުރްއާނުން ފޮތެއްވެސް ކިޔަވައި ނުލެވިގެންނެވެ. ނުވަތަ ހެނދުނާއި ހަވީރު ކިޔެވުމަށާއި އެނޫން ވަގުތުތަކުގައި…

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (3)

ކިޔާފައިވާ ޢަދަދު: 307

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (3) އަޙްމަދު ފާރޫޤް މުޙައްމަދު ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސަމާސާފުޅުކުރެއްވުން ހުންނަގޮތް   އިސްލާމްދީން މީސްތަކުންނަށް ދަސްކޮށްދެނީ އެއްވެސް ޙާލެއްގައި ދޮގެއް ނުހެދުމަށެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ އެކަލޭގެފާނަށް އުޑުން ވަޙީބާވައިލެއްވުނު ނަބީބޭކަލަކުކަމަށް ވުމާއެކު ވެސް، އެކަލޭގެފާނަކީ ވެސް އިންސާނެއްގެ ކިބާގައި ހުންނަ ސިފަތައް ލިބިވަޑައިގެންވާ ބޭކަލެކެވެ. ހިތްޕުޅުދަތިވުމާއި، އުފާފުޅުވުމާއި، ކަންކަމާ ހިނިވަރުނަކުރެއްވުމާއި، ދެރަފުޅުވެ ކީރިތި ކުރެއްވުންފަދަ ކަންކަން…

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (2)

ކިޔާފައިވާ ޢަދަދު: 368

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (2)   އަޙްމަދު ފާރޫޤް މުޙައްމަދު ދޮގުވެރިކަން ޢާއްމުވުމަކީ، ޤިޔާމަތުގެ ޢަލާމާތްތަކުގެތެރެއިންވާ ބިރުވެރިކަމެއް ދޮގުހެދުން ޢާއްމުވުމަކީ، ޤިޔާމަތުގެ ޢަލާމާތްތަކުގެތެރެއިންވާކަމެކެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަން އަންގަވާފައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِىَ اللَّهُ عَنْهُ،  أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: {لَا تَقُومُ السَّاعَةُ حَتَّى تَظْهَرَ الْفِتَنُ، وَيَكْثُرَ الْكَذِبُ، وَيَتَقَارَبَ الْأَسْوَاقُ، وَيَتَقَارَبَ الزَّمَانُ، وَيَكْثُرَ الْهَرْجُ.}…

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (1)

ކިޔާފައިވާ ޢަދަދު: 390

ދޮގުހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ބޮޑުވެގެންވާ ފާފައެކެވެ. (1)   އަޙްމަދު ފާރޫޤް މުޙައްމަދު   މީސްތަކުންގެމެދުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމިއޮތުމަށްޓަކައި އިސްލާމްދީނުގައިވަނީ ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން ދޮގުހެދުމުން އެއްކިބާވެގެންވުމާއި، އެއްބަޔަކު އަނެއްބަޔަކާމެދު ކުށް ހީކުރުންތަކުން ދުރުވެގެންވުމާއި، ކޮންމެ ޙާލެއްގައި ވެސް ތެދުވެރިވުމަށް އަމުރުކުރައްވާފައިވުންފަދަ އެތައް ކަމެއްވެއެވެ. ދޮގުވެރިކަމަކީ މުނާފިޤުންގެ ސިފައެކެވެ.   ޙަޤީޤަތުގައި އިސްލާމްދީނުގެ ހުރިހާކަމެއް ވެސް ބިނާވެގެންވަނީ ތެދުގެ މައްޗަށެވެ. މީސްތަކުން اللَّهُއަށް އީމާންވަނީ ވެސް އެގޮތުގެމަތިންނެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ…

ޙަރާމްކަމެއް އަބަދުވެސް ވާނީ ޙަރާމްކަމެއްކަމުގައެވެ.

ކިޔާފައިވާ ޢަދަދު: 461

ޙަރާމްކަމެއް އަބަދުވެސް ވާނީ ޙަރާމްކަމެއްކަމުގައެވެ.  އަޙްމަދު ފާރޫޤް މުޙައްމަދު  އިސްލާމްދީނުގައި އަންގަވާފައިވަނީ ދިރިއުޅުމުގެ އެންމެ ފުރިހަމަ ގޮތެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ކަށަވަރުވާނެ އުސޫލެވެ. ތިމާއަށާއި، ތިމާފަދަ އެންމެހައި އިންސާނުންނަށް އަދި ކީއްތޯއެވެ؟ އެންމެހައި މަޚްލޫޤުންނަށް އެ ކަންކަމުން ފައިދާއާއި މަޞްލަޙަތުހުރި ގޮތެވެ. އިސްލާމްދީނުގައި ހުއްދަކުރައްވައި ޙަލާލުކުރައްވާފައިވާ ކޮންމެ ކަމަކާއި، ނަހީކުރައްވައި ޙަރާމްކުރައްވާފައިވާ ކޮންމެ ކަމެއްގައި މި ދެންނެވުނު މަތިވެރި ސިފަ އެކުލެވިގެންވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ކަންމިހެން ހުރުމާއެކު ވަކި މުނާސަބާއަކާގުޅިގެން ދީނުގައި ޙަރާމްކުރައްވާފައިވާކަމެއް ހުއްދަވާނެކަމަށް ދުށުމަކީ…

ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް  ދެމެހެއްޓުމަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތުގެތެރެއިން

ކިޔާފައިވާ ޢަދަދު: 462

ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް  ދެމެހެއްޓުމަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތުގެތެރެއިން އަޙްމަދު ފާރޫޤް މުޙައްމަދު ޙަދީޘްތައް ޝަރަޙަ ކުރެއްވުން: ސުނަނު އައްނަސާއީ: އަލްއިމާމު އަޙްމަދު ބުނު ޝުޢައިބު އައްނަސާއީ އަކީ، ޙަދީޘް ލިޔުއްވި މަޝްހޫރު ބޭކަލުންކުރެ އިސް ސަފުގައި ގުނާލެވޭ ބޭކަލެކެވެ. އެ ކަލޭގެފާނުގެ އުސްތާޛުންގެތެރޭގައި އަލްބުޚާރީ، މުސްލިމު، އަބޫދާވުދު، އައްތިރްމިޛީ، ފަދަ މަޝްހޫރު އިމާމުން ހިމެނިވަޑައިގަންނަވައެވެ. އަލްއިމާމުއްނަސާއީ ލިޔުއްވި ޙަދީޘްފޮތް، ސުނަނު އައްނަސާއީ އަކީ، ޙަދީޘްގެ މަޝްހޫރު މަޞްދަރުތަކުގެ ތެރެއިންވާ…

އޭރުގެ ފަތްފުށްތަކުން....!: އިސްލާމް މަންމައެއްގެ ވާޖިބު

ކިޔާފައިވާ ޢަދަދު: 317

އޭރުގެ ފަތްފުށްތަކުން….! އިސްލާމް މަންމައެއްގެ ވާޖިބު އަލްމުޙްތަރަމް ޢުމަރު ޢީސާ އަލްމުޙްތަރަމް ޢުމަރު ޢީސާ (ނުވަތަ މ.ސީނީއަޞުރުމާގޭ އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަހުﷲ)) އަކީ، ކުޅަދާނަ ޅެންވެރިއެކެވެ. މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާކުރެއްވުމުގެ ފަންނުގައި ޤާބިލު ބޭފުޅެކެވެ. އޭނާ ތަރުޖަމާ ކުރައްވާފައިވާ ވާހަކަތަކުގެތެރޭގައި މަޝްހޫރު “ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ” އާއި “ކަލީލާ ވަދިމްނާ” އާއި “ރަތްބުރު” ހިމެނެއެވެ. އަދި އޭނާވަނީ ވަރަށްގިނަ ނޫސް، މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ. އައްޝައިޚު ޢުމަރު ޢީސާ މި ލިޔުން…