އީމާންކަން ފުރިހަމަވާނީ ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއެކު، އެއާއެއްގޮތަށް ޢަމަލުކުރުމުންނެވެ. (2)

ކިޔާފައިވާ ޢަދަދު: 435

އީމާންކަން ފުރިހަމަވާނީ ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއެކު، އެއާއެއްގޮތަށް ޢަމަލުކުރުމުންނެވެ.  (2) އަޙްމަދު ފާރޫޤް މުޙައްމަދު އީމާންކަން ފުރިހަމަވާނީ ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއެކު، އެއާއެއްގޮތަށް ޢަމަލުކުރުމުންކަމަށް އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުން ވެސް ސާބިތުވެއެވެ. އަލްއިމާމު އަޙްމަދު ބުނު ޙަންބަލް (ރަޙިމަހު اللَّهُ) ވިދާޅުވެފައިވެއެވެ. [ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވާފައިވާ އުސޫލާ އެއްގޮތަށް އީމާންކަމަކީ ކޮބައިކަން ބަޔާންކުރެއްވުމުގައި ތިމަންނާއާ ބައްދަލުވި ތާބިޢީ ބޭކަލުންނާއި، އެނޫން ވެސް ޢިލްމުވެރިންކުރެ ހަތްދިހަ އަށްވުރެ ގިނަ…

ޒަޔަންގެ ލޯބިވެރީން (6)

ކިޔާފައިވާ ޢަދަދު: 227

ޒަޔަންގެ ލޯބިވެރީން (6) ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު (13 މާރޗުގައި ޝާޢިއުކުރެވުނު ބަޔާ ގުޅޭ) މި މަޒުމޫނު ނަގައިފައި ވަނީ ވޭތުވެ ދިޔަ ވިހި ވަނަ ގަރުނުގެ ތެރޭގައި އިސްތިއުމާރީ ބާރުތަކުން އަރަބި ދުނިޔެއަށް ހިންގި ނުފޫޒުގެ ނަތީޖާއާ ބެހޭ ގޮތުން ރޯޖަރ ހާރޑީ ލިޔެފައިވާ “ކޮކަޑިލީ ފެންވަޅު” މިނަން ކިޔާ ފޮތުންނެވެ. މުސައްނިފު ހާރޑީއަކީ ކުރިން ބީބީސީގެ މުރާސިލެކެވެ. މިލިޔުމުގައި ހުރި ބައެއް އަރަބި ނަންނަން އިނގިރޭސި ފޮތަކުން ނަގައިފައިވާތީ އަރަބީން ކިޔާ ގޮތާ…

އިސްލާމީ ދައުލަތެއްގެ ސަރަޙައްދުގައި ޣައިރުދީނަކަށް ދަޢުވަތުދިނުން

ކިޔާފައިވާ ޢަދަދު: 274

އިސްލާމީ ދައުލަތެއްގެ ސަރަޙައްދުގައި ޣައިރުދީނަކަށް ދަޢުވަތުދިނުން ޢަބްދުﷲ ފާރޫޤް ޙަސަން އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސުވާލަކީ އިސްލާމީ ދައުލަތެއްގައި ދިރިއުޅޭ ޣައިރުމުސްލިމުންނަށް ނުވަތަ ޣައިރުދީނަކަށް ދަޢުވަތުދޭން ބޭރުން އަންނަ ބަޔަކަށް މުސްލިމު އާބާދީއަށް އެބައިމީހުންގެ ދަޢުވަތު އަމާޒުކުރުމުގެ ހުއްދަދެވިދާނެ ހެއްޔެވެ؟ މި ސުވާލެވެ. މި ސުވާލުގެ ޖަވާބުދިނުމަށްޓަކައި އިސްލާމްދީނުގެ ޙަޤީޤީ މައުޤިފާއި، އިސްލާމީ ދައުލަތެއް ޤާއިމު ކުރުމުގެ ބޭނުމުގެ މައްޗަށް ބަލައިލާން ޖެހެއެވެ. އިސްލާމްދީނަކީ އިންސާނީ ދަރިފަސްކޮޅުގެ ކުރިމައްޗަށް ޙަޔާތުގެ މަގެއްގެ ޙައިޘިއްޔަތުން ދިރިއުޅުމުގެ ނިޒާމެއް ހުށަހަޅާ ދީނެކެވެ.…

އީމާންކަން ފުރިހަމަވާނީ ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއެކު، އެއާއެއްގޮތަށް ޢަމަލުކުރުމުންނެވެ. (1)

ކިޔާފައިވާ ޢަދަދު: 291

އީމާންކަން ފުރިހަމަވާނީ ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއެކު، އެއާއެއްގޮތަށް ޢަމަލުކުރުމުންނެވެ.  (1) އަޙްމަދު ފާރޫޤް މުޙައްމަދު ބައެއް މީހުންނަށް ހީވެފައިއޮންނަނީ، ތިމާ اللَّهُއަށް އީމާންވެއްޖައީމޭބުނެ، ޝަހާދަތުގެ ދެކަލިމަ ކިޔައިލުމުން ފުދޭނެކަމަށެވެ. ކޮންމެހެން ކުރަންޖެހޭ ޢަމަލުތަކަކާ ނުލައިވެސް اللَّهُއަށް އީމާންވުމުން ފުދޭނެކަމަށެވެ. މިއީ ވަރަށްބޮޑު ކުށް ހީއެކެވެ. ކީރިތި ޤުރްއާނާއި، މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭގޮތުގައި ހިތުން ކަށަވަރުކުރުމާއި، ދުލުން އިޤްރާރުވުމާއި، އެއާއެއްގޮތަށް ތިމާގެ ޢަމަލުތައް ސީދާކުރުމުން މެނުވީ އީމާންވީކަމުގައި ނުވާނެއެވެ.…

ރަނގަޅު ކޮންމެ ކަމަކަށް އިސްލާމްދީން ތަރުޙީބުދެއެވެ.

ކިޔާފައިވާ ޢަދަދު: 309

ރަނގަޅު ކޮންމެ ކަމަކަށް އިސްލާމްދީން ތަރުޙީބުދެއެވެ. އަޙްމަދު ފާރޫޤް މުޙައްމަދު އިސްލާމްދީނަކީ، އެހީތެރިވުމާއި އަޅައިލުމަށް ގޮވައިލާ ދީނެކެވެ. އެ ކަމުގެ އުސޫލު ބަޔާންކުރައްވައި اللَّهُވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. {وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ}  (المائدة: 2) މާނައީ: {އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާ ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް…

[ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ!]

ކިޔާފައިވާ ޢަދަދު: 364

[ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލުނުކުރާ ހުށިކަމެވެ!]  އަޙްމަދު ފާރޫޤް މުޙައްމަދު ދިރިއުޅުމުގެ މައިދާނުގައި މީސްތަކުންގެމެދުގައި ކަންތައްތައް ބައްސަވާފައިވަނީ اللَّهُއެވެ. ތަނަވަސްކަމުގެ އަހުލުވެރިންނާއި، ދިރިއުޅުމަށްޓަކައި މީހުންނަށް އާދޭސްކޮށް ސަލާންޖަހައި އުޅެން މަޖުބޫރުވެފައިވާ ނިކަމެތި ފަޤީރުން ވެސް ލެއްވީ اللَّهُއެވެ. ކަން މިހެން އޮތުމާއެކު ތިމާމެންނަށް ދެއްވާފައިވާ ތަނަވަސްކަމުން ނިކަމެތިންނަށް އެހީވެ ހެޔޮފޯރުވައި އުޅުމަށް ވެސް އަމުރުކުރެއްވީ اللَّهُއެވެ. اللَّهُގެ މަގުގައި ހޭދަކުރުމަށްފަހު އެ ވާހަކަ ދައްކައި އުޅޭ މީހުންނާ ބައެއް ފަހަރަށް ދިމާވެއެވެ. އަނެއްބައި ފަހަރަށް…

އެންމެ ނާރަކާމެދުވެސް ތިބާ ފިކުރުކޮށްލަބަލާށޭ!

ކިޔާފައިވާ ޢަދަދު: 386

އެންމެ ނާރަކާމެދުވެސް ތިބާ ފިކުރުކޮށްލަބަލާށޭ! ޙަސަން ޒަހީން ތިބާއަށް އެނގޭހެއްޔެވެ. ތިބާގެ ކޮންމެ ހަރަކާތަކީ، ތިބާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. އެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ ފުރިހަމަ އިންސާނެއްގެ ސިފައިގައި ތިބާ ޚަލްޤުކުރައްވާފައިވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތިންނެވެ. އެމަތިވެރި ނިޒާމަކީ އެއާމެދު ތިބާ ވިސްނާ ފިކުރުކުރުމަށް ތިބާއަށް އަމުރުކުރައްވާފައިވާ ތިބާގެ ހަށިގަނޑެވެ. އެ ހަށިގަނޑުގައި ލައްވާފައިވާ ބަހާތަކެވެ. ތިބާގެ ހަށިގަނޑުގައިވާ އެންމެ ނާރަކާމެދު ތިބާ ފިކުރުކޮށްލަބަލާށެވެ. ތިބާއަށް ފެންނާނީ ފުރިހަމަކަމާއި، އުނިކަމެއް ނެތްކަމެވެ. ހައްދަވާ ޚަލްޤުކުރައްވާފައިވާ…

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް (2)

ކިޔާފައިވާ ޢަދަދު: 402

ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޔުނިވަރސިޓީ، اللَّهُ އަށްޓަކައި ކުރެވުނު ހޭދައެއްގެ ދިރިހުރި މިސާލެއް (2) އަޙްމަދު ފާރޫޤް މުޙައްމަދު   ޖާމިޢުލް ޤަރްވިއްޔީނުގެ ކުރިއާއި ފަހުގެ ބައެއް ދަސްވެނިން: މިތާނގައި ބަޔާންކޮށްފައި މި ވަނީ، ޖާމިޢުލް ޤަރްވިއްޔީނުގެ ކުރިއާއި ފަހުގެ ދަސްވެނީންގެތެރެއިން ފާހަގަކޮށްލެވޭ މަދު ބޭފުޅުންކޮޅެކެވެ. ޝުޢައިބު ބުނު އަލްޙުސައިނުލް އަންޞާރީ އަބޫމަދްޔަނު (509ހ.594ހ.) މި ކަލޭގެފާނަކީ، މާލިކީ މަޛުހަބުގެ ބޮޑު ޢިލްމުވެރިއެކެވެ. ގިނަގުނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭކަލެއްމެއެވެ. އަބުލްވަލީދު މުޙައްމަދު ބުނު އަޙްމަދު ބުނު މުޙައްމަދު…

ޒަޔަންގެ ލޯބިވެރީން (5)

ކިޔާފައިވާ ޢަދަދު: 269

ޒަޔަންގެ ލޯބިވެރީން (5) ތަރުޖަމާ: އިބްރާހީމް ހުސެން މަނިކު (26 ފެބްރުވަރީގައި ޝާޢިއުކުރެވުނު ބަޔާ ގުޅޭ) މި މަޒުމޫނު ނަގައިފައި ވަނީ ވޭތުވެ ދިޔަ ވިހި ވަނަ ގަރުނުގެ ތެރޭގައި އިސްތިއުމާރީ ބާރުތަކުން އަރަބި ދުނިޔެއަށް ހިންގި ނުފޫޒުގެ ނަތީޖާއާ ބެހޭ ގޮތުން ރޯޖަރ ހާރޑީ ލިޔެފައިވާ “ކޮކަޑިލީ ފެންވަޅު” މިނަން ކިޔާ ފޮތުންނެވެ. މުސައްނިފު ހާރޑީއަކީ ކުރިން ބީބީސީގެ މުރާސިލެކެވެ. މިލިޔުމުގައި ހުރި ބައެއް އަރަބި ނަންނަން އިނގިރޭސި ފޮތަކުން ނަގައިފައިވާތީ އަރަބީން ކިޔާ ގޮތާ…

اللَّهُގެމަގުގައި އިހުގެ މުސްލިމުން ކުރައްވާފައިވާ ދެމިހުންނަނިވި ޞަދަޤާތުގެ ބައެއް އަސަރުތައް މިއަދު ވެސް ފެންނަން އެބަހުއްޓެވެ.

ކިޔާފައިވާ ޢަދަދު: 568

اللَّهُގެމަގުގައި އިހުގެ މުސްލިމުން ކުރައްވާފައިވާ ދެމިހުންނަނިވި ޞަދަޤާތުގެ ބައެއް އަސަރުތައް މިއަދު ވެސް ފެންނަން އެބަހުއްޓެވެ.   އަޙްމަދު ފާރޫޤް މުޙައްމަދު އިންސާނުންނަށް މި ދުނިޔޭގައި ލިބިގެންވާ މުދަލާއި ތަކެތީގެތެރެއިން ކޮންމެ މީހަކު ވެސް މަރުވުމަށްފަހު މަންފާކުރާނީ ތިނެއްޗަކުންނެވެ. އެ ތަކެއްޗަކީ ކޮބައިކަން ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވާފައިވެއެވެ. {إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو…